ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިހްލާސްތެރިކަމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް މިގޮތަށް ވިދާޅުވީ 2023 ވަނަ އަހަރު ފެށުމުގެ މުނާސަބަތުގައި، ރައީސް ސޯލިހް ދިވެހި ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ހިތޯބާއި ގުޅުވައިގެން ކުރެއްވި ޓްވީޓެއްގައެވެ.

ރައީސްގެ ވިދާޅުވީ، ނިމިގެން ދިޔަ އަހަރުގެ ތެރޭގައި ރާއްޖެއަށް ލިބުނު އެންމެ މަތިވެރި އަރުތައަކީ، ދިވެހި މުޖްތަމައުގައި ސުލްހަވެރިކަމާއި ހަމަޖެހުން ގާއިމުވެފައި އޮތުން ކަމަށެވެ. އަދި، އިންސާނީ ހައްގުތައް ކުރިއަރުވައި، އިޖްތިމާއީ އަދާލަތު ގާއިމުކޮށް ،އަދުލު އިންސާފު ގާއިމުކުރުމަށް، މުހިންމު މަސައްކަތްތަކެއް މިދިޔަ އަހަރު ކުރެވުނުކަމަށާއި، ރަނގަޅު ނަތީޖާއެއް ވެސް ހާސިލުކުރެވުނު ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގެ ރައްޔިތުންނަށް، ހަމަހަމަކަމާ އެކު އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް، އެކަށީގެންވާ މުހިންމު މަސައްކަތްތަކެއް ކުރެވި، ރައްޔިތުންނަށް އެކަމުގެ ލާބައާއި މަންފާ މިހާރު ދަނީ ލިބެމުންނެވެ.

" ކޮވިޑްގެ ދަތިތަކުން އަރައިގަނެ ގައުމުގެ އިގްތިސާދީ ދުވެލި ހަލުވިކުރުމަށް، މިދިޔަ އަހަރުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތްތަކަށް ފަހު، މިއަދު ތައްޔާރުވާންވީ، ކޮވިޑްގެ ކުރިން އޮތް އިގްތިސާދީ ހާލަތަށް ވުރެ ވެސް މާ ރަނގަޅު ހާލަތަކަށް ރާއްޖޭގެ އިގްތިސާދު ގެންދިއުމަށް. އަދި، ދިވެހި ފަތުރުވެރިކަމާއި ދިވެހި މަސްވެރިކަމުގެ ނަފާ އިތުރުކުރެވޭނެ އައު ގޮތްތަކާ މެދު ވިސްނުން ހިންގުމަކީ، މިއަދު ކުރަންޖެހިފައިވާ ކަމެއް. ގައުމީ ތަރައްގީގައި ދިވެހި ޒުވާނުންގެ ދައުރު ފުޅާކޮށް، މިންތީގެ ހަމަހަމަކަމަށް ޖާގަ ދިނުމަކީވެސް، އިގްތިސޯދު ހަރުދަނާ ކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހިފައިވާ ކަމެއް." ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސްގެ މި ވާހަކަތަކާއި ގުޅިގެން އާދަމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމަށް ހަރާމް ހުކުމެއްކޮށް، ޖަލަށްލައި، ރައްޔިތުން ރުޅިއަރުވައި، ގައުމުގައި ބައިބައިވުން އުފައްދާފައި އެއްބައިވަންތަކަމަށް ގޮވާލުމަކީ ރައީސް މަކަރުވެރިކަމާއި "ހިޔަޅު ބުއްދި" ގެންގުޅޭ ވަރު ހާމަވާ ކަމެއް ކަމަށެވެ.

"ރައީސް ސޯލިހްގެ އިހުލާސްތެރިކަމެއް ނެތް". އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ….

    ސިޔާސީ މީހަކަށް ވާން ބޭނުން ނަމަ ފުރަތަމަ ޖެހޭނީ ތިބުނާ އެއްޗެއް ވަޅުލަން

  2. ޗާބޫކުން

    ޓެކްސަް ބޮޑު ކުރުން އެވެގެންދާނީ ސަރުކާރުން ރައްޔިތުން ރޮއި ރޮއި ރޮއި ރޮއި ތިއްބާ ޗާބޫކު ހިފައިގެން ނިކުމެ ރައްޔިތުން ގައި ގައި ޗާބޫކުން ތެޅުމަށޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ވަރަށް ތަދުވެ ބުރަކަށީގައި ރިއްސަން ވެސް ފަށައިފިއޭ އަވަހަށް އެޗާބޫކުނޭ ގެންދަވާ އޯއް އޯއް އޯއް އޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް...

    4
    2
  3. ދިސްވޭ

    ކެނެރީގެ ނަޝީދު އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއްނޫނޭ އެމްޑީޕީ އަކީ ވެސް ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ ރައީސް އިބޫ އަކީ ޓެކްސް ބޮޑުކޮށްގެން ރައްޔިތުން ފެލާލާ ސަރުކާރުގެ ބޮޑޭ އެއީ ވެސް ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ ޗޮއިސް އަކީ ޕީޕީއެމް އެމްޑީއޭ އަދި ޖޭޕީ އުފައްދާ ކޯލިޝަން އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އަކީ މިފަހަރު ރާއްޖޭގެ ރައީސް އަކަށް ގެންނަންވީ ވިޔަފާރި ވެރިއެކޭ އެއިރުންނޭ ޓެކްސް ކުޑަވާނީ ގޯތިވެސް ހުޅުމާލޭން ލިބޭނީ

    3
    3
  4. Anonymous

    މައުމޫނުގެ ވެރިކަން ވެއްޓުނީ ރައްޔިތުންނަށް އަނިޔާވެރިވީމަ. ލާދީނީމީހާގެ ވެރިކަން ވެއްޓުނީ ރައްޔިތުންނަށާއި ގައުމަށާއި އިސްލާމްދީނަށް އަނިޔާވެރިވީމަ. ޔާމީނުގެ ވެރިކަން ވެއްޓުނީ ރައްޔިތުންނަށާއި ގައުމަށް އަނިޔާވެރިވީމަ. އިބޫއަށް ކިހާވަރެއް ވާނެބާ.

  5. ހަސީނާހަސަން

    އާދަމް ޝަރީފަށް އިނގޭބާ ރިޝްވަތުގެ ގޮތުގެ ޔާމީނުގެ އެކިއެކި އެކައުންޓުތަކަށް މިލިއަނުން ޑޮލަރުޖަމާވެފަހުރިވަރު އާދަމް ޝަރީފް ގަބޫލުކުރަނީ އެއީ ހަމަ ޑޮލަރު ގަންނަން ޖަމާކުރިހާ ޑޮލަރުކަމަށްތޯ މިދައްކަނީ 3 ބިލިއަނަށްވުރެގިނަ ދިވެހި ރުފިޔާގެ ވާހަކަ އާދަމް ޝަރީފަށް އެފައިސާ ފެންނަނީ ހަލާލު ފައިސާގެ ގޮތުގަތޯ

  6. ނުނން

    ޔާނު އުޅުނީ ޑޮލަރު މާރުނުކުރެވިގެން

  7. އަބްދޫ

    ގައުމު މިހާލަތަށް އައީ ރައީސް ޔާމީނަށް ވެރިކަމަށް ނާދެވުނީމަ. އެކަންޔަގީން . ފަހުގެ ތާރީހުގަ ގައުމަށް ތަނަވަސްކަން އައީ ރައިސް ޔާމީނުގެ ވެރިކަމުގަ . އެކަން ޔަގީން. އެކަމަކު 2018 ގަ ރައީސް ޔާމީނަށް ވެރިކަމަށް ނާދެވުނީ ޔާމީނުގެ އިހްލާސްތެރިކަން ނެތީމަ. ގައުމު ހިންގަން އަނބި ފާތުމަޔާ ހަވާލުކޮށްގެން ހުރިހާ އިހްލާސްތެރިންނަށް ގޯނާކުރަންފެށީމަ. މިކިަންތައް ފާތުމަ ފެށުމުގެ ކުރިން އިންތިހާބު އޮތީ ޔާމީނަށް ކާމިޔާބުކުރެވުމާ ގާތުގަ.ކަންކަން ކުރަންނެގިތިބެ ކުޅުނު ކުޅިވަރުގެ ނަތީޖާއާޢއި ހިތި މިހާރު އެފެންނަނީ. ޔާމީނުގެ ކުޅި ތަކަކީ ނަސީދު އޭނާގެ ވެރިކަމުގާވެސް ކުޅުނު ކުޅިވަރު.