އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ހަރާން ހުކުމެއް ކުރަނީ މިވަގުތު ވެރިކަމުގައި ހުންނެވި ރައީސް އިބްރާހީމް ސޯލިހު ދެވަނަ ދައުރަކަށް އިންތިހާބުވުމަށް މަގު ކޮށަން ވެގެން ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީން ރޭ ބުނެފިއެވެ.

އާ އަހަރުގެ ތަހުނިޔާ ފޮނުވައި އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ 2023 ފެށިގެން މިއައީ "ދިވެހި ރައްޔިތުންގެ އުންމީދު" އަދި "ތަރައްގީގެ ބާނީ" ޔާމީންގެ މައްޗަށް ސިޔާސީ ނުފޫޒުން ހަރާން ހުކުމެއް ޖަހާ ޖަލުގެ ތޭރިތަކުގެ ތެރެއަށް ލައިގެން އަނިޔާވެރިވަމުން ދަނިކޮށް ކަމަށެވެ.

"އެމަނިކުފާނަށް ހަރާން ހުކުމެއް ޖެހުމުގެ އެންމެ ބޮޑު ބޭނުމަކީ މިވަގުތު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރި އިބްރާހިމް ރައީސް އިތުރު ދައުރަކަށް އިންތިހާބުވުމަށް ކޮށާ މަގެއްގެ ގޮތުގައި ކަން ދިވެހި އެންމެހާ ރައްޔިތުންނަށް ކަށަވަރެވެ،" އިދިކޮޅު ބަޔާނުގައިވެއެވެ.

މިއީ ދިވެހި ރައްޔިތުންނަށް ހިތްދަތިކަމާއި، މާޔޫސްކަމުގެ ހަތަރު އަހަރަށް އިތުރުވި ބޮޅެއް ކަމަށް އެ ބަޔާނުގައިވެއެވެ. ރައްޔިތުންގެ ދިރިއުޅުމުގެ އަގުބޮޑުކޮށް، ރައްޔިތުން އަތުން އަށް އިންސައްތަގެ ޖީއެސްޓީ އެއް ނަގާ ތަކެތީގެ އަގުބޮޑުކުރުމުގެ އިތުރުން ރައްޔިތުން ނިކަމެތި ކުރަމުންދާ އިރު، މިހުރިހާ ކަމަކުން އަރައިގަނެވެން އޮތީ މިއަހަރު ރިޔާސީ އިންތިހާބުގައި އިބްރާހީމް މުހައްމަދު ސޯލިހު އާއި، ސަރުކާރު ކޯލިޝަންގައި ހިމެނޭ ފަރާތްތައް ބަލިކޮށް ރައީސް ޔާމީން އަނބުރާ ވެރިކަމަށް ގެނެސްގެން ކަން ކަމަށް ބަޔާނުގައިވެއެވެ.

ޔާމީން ޖަލުގައި ރަހީނުކޮށްގެން ގެންގުޅުނު ނަމަވެސް އެމަނިކުފާނު ހިތްވަރަކަށް ބަދަލެއް ނާންނާނެ ކަމަށާއި، އެމަނިކުފާނު ހުންނެވީ ވަރަށް ސާބިތުކަމާއި އަޒުމާއެކު ކަމަށް ބަޔާނުގައިވެއެވެ.

އިދިކޮޅުން ވަނީ މިވެރިކަން ބަދަލުކުރުމުގެ އަޒުމުގައި އެންމެހާ ދިވެހި ރައްޔިތުން ނުކުތުމަށް ގޮވާލައިފައެވެ.

ވ. އާރަށް މައްސަލައިގައި ޔާމީން ގެންދަވަނީ 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި މަނީ ލޯންޑްރިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވީ ފަސް މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ އިން) ޖޫރިމަނާކޮށް ހަތް އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. އަދި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި އިއްވީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އަލްޖިބްރާ

    ލައްބަ ! ސާބިތުކަމާއި އަޒުމުގައި ޖަލުގައި ހުންނަވާ !

    2
    6
  2. Anonymous

    ޔާމީން ގެ ރައީސް ކަމުގައި ، ހުޅުމާލޭ ކޯޓްގައި އޮތް މަސްއަލައެއް އެކޯޓްން ނަގާ ، މަސްއަލާގެ ޞީޣާ ބަދަލުކޮށް މާލޭ ކޯޓަށް ހުށަހަޅައި ނަޝީދު ޖަލަށްލީ ، ކާކަށް ދެވަނަ ދަވްރަކަށް މަގު ކޮށަންބާ.!!!!!

  3. ޑެނީ

    ޔާމީން ޖަލަށް ލިޔަސް އަދި ދޫކޮއްލިއަސް ތި ސޯލިހު ބޮޑު ތަނުން ފެއިލް.. ފުރަތަމަ ސުޓިކާ ޖަހައިގެން އާމްދަނީ ހޯދީ އެވަރުން ނުވެގެން ޖީއެސްޓީ ބޮޑު ކޮއްލީ އަދިވެސް ބަނޑު ނުފުރޭ ތަ ކިނބޫ

    7
    1
  4. ބަރޯ

    އަނެއްކާވެސް މާޔޫސްކަމުގެ 5 އަހަރެއް ކަމުގައި ނުލައްވާށި، މި ވެރިކަމުގަ ރައްޔިތުން ވަރަށް މާޔޫސްކަމާއި ތަދުކަން ތަޖުރިބާކޮށްފި. ﷲ މި ނުލަފާވެރިންނަށް ދެން މި ޤައުމުގެ ވެރިކަން ނުދެއްވާށި.