"ސްލޯ" ވުމަކީ އެމްޑީޕީ ދަންނަ ކަމެއް ނޫން ކަމަށް ވިދާޅުވެ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ސަރުކާރަށް ފާޑުވިދާޅުވެއްޖެއެވެ.

ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް ފުވައްމުލަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި ދޫނޑިގަމުގައި ސަޕޯޓަރުންނާއި ބައްދަލުކުރައްވާ ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ސޯލިހްގެ ވެރިކަމުގެ ހަތަރު އަހަރުގެ ތެރޭގައި ކަންބޮޑުވުންހުރި ކިތަންމެކަމެއް އެބަހުރި ކަމަށެވެ.

މިހަތަރު އަހަރުގެ ތެރޭގައި ފުވައްމުލަކު ރައްޔިތުން ސަރުކާރަށް އަދި އެމްޑީޕީއަށް ހުރިހާ އެއްޗެއްވެސް ދިން ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން 2018 ގެ ރިޔާސީ އިންތިހާބުގައިވެސް މެޖޯރިޓީ ހޯދައިދިން ކަމަށާއި، ފުވައްމުލަކުގެ މަޖިލިސް ގޮނޑިތަކާއި ކައުންސިލްގެ މެޖޯރިޓީވެސް އެމްޑީޕީއަށް ރައްޔިތުން ދިންކަން ނަޝީދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަށް ކަންބޮޑުވުން އަންނަނީ ތިބޭފުޅުން އެ ދިންމިންވަރާއި ގާތަށްވެސް ސަރުކާރުން މި ފުވައްމުލަކަށް ދީފައި ނުވާތީ." ނަޝީދު ވިދާޅުވިއެވެ.

ފުވައްމުލަކުގައިވެސް މަޝްރޫތަކެއް ކުރިއަށްދާކަމަށާއި އެހެންނަމަވެސް ޓޫރިސްޓް އެނދު ފުވައްމުލަކުގައި އިތުރުކުރުމަށް ވި ވައުދާ ގާތަށްވެސް މަސައްކަތް ނުކުރެވޭކަން ނަޝީދު ފާހަގަކުރެއްވިއެވެ. މީގެއިތުރުން ދަނޑުވެރިކަމުގެ ލެބޯޓްރީއެއް ގާއިމުކުރުމަށްވެސް ވައުދުވެ އެކަންވެސް ނުވެ އޮތްކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ވައުދުތައް ފުއްދުމުގައި "ސްލޯ" ވުމަކީ އެމްޑީޕީ ދަންނަ ކަމެއް ނޫން ކަމަށެވެ.

"ދެން އަޅުގަނޑުމެން ލަހޭ، ސްލޯއޭ، މާ މަޑުންނޭ، ފިނިހަކަ ދުވެލީގައޭ، އެއީ މި ޕާޓީ ދަންނަގޮތެއް ނޫނޭ. މި ވާހަކަތައް އަޑުއުފުލަމުން މިދަނީ ކެތް މަދުވާތީވެ." ނަޝީދު ވިދާޅުވިއެވެ.

ފުވައްމުލަކުގައި މިހާރު 200 ޓޫރިސްޓު އެނދު ހުރިއިރު، އެމަނިކުފާނުގެ އަމާޒަކީ އެ އަދަދު 1000 އަށް އިތުރުކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ. "ތިޔަ ބޭފުޅުންނަށް ޑޮލަރު ލިބޭނޭ ގޮތް ހަދައިދިނުމަކީ އެމްޑީޕީގެ އަމާޒެއް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ، ދައުލަތުން ދަރަނި ދެއްކުމަށް ބޮޑު ހޭދައެއް ކުރަންޖެހޭ ކަމަށާއި މި ފެށުނު 2023 ވަނަ އަހަރުވެސް އެ ހަރަދު އެގޮތަށް ކުރަންޖެހޭ ކަމަށެވެ. މީގެކުރިން މި ސަރުކާރުން އަމަލުކުރީ ދަރަނި ދެއްކުމަށް ދަރަނި ނެގުމުގެ އުސޫލެއް ކަމަށާއި މިއަހަރާ ޖެހުމުން ޖެހުނީ ދަރަނި ދެއްކުމަށް ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރުމަށް ކަމަށެވެ. ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދެވެން ނެތީ އެ ސަބަބާ ހެދިކަމަށް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އިއްތިހާދު

    އާން އެގޭ. ފާސްޓްގެ އިދިކޮޅު. 5 އަހަރު ވީއިރު އެޅުނު ބުރިޖެއް ނެތް. ނިންމުނު ފުލެޓެއް ނެތް.

    19
    1
  2. އަބުދުަﷲ

    ހުރިހާކަމެއް ގޯހުންގޯހައްގޮސް ކުއްވެރިން ލާރިކޮޅެއްދިނުމުން މިނިވަން ކުރުމުން ފެށިގެން ސަރުކާރާ ކުންފުނުތަކުގެ ކަރެޕްޝަން ދުވަހަކު އަތުނުޖެހޭ ހިސާބައްދާން އެނގިހުރެ ދޫކޮއްލައިގެން ހުރެފަ ވެރިކަން ބޭނުންވުމުން އެއްޗެކޭ ތިކިޔަނީ.

    22
  3. އެމްޑީޕީ ދަފްތަރުގަ ނަން އޮތް ތިނަދޫ ޒުވާނެއް

    ސުލޯވިޔަސް ފާސްޓްވިޔަސް ހަވަރު ތިނަދޫއިން ގޯތި ނުދެނީސް އެމްޑީޕީއަށް އަހަރެން ދޭނެ ވޯޓެއްނެތް. އިންތިހާބު ކައިރިވީމާ ގުބޯ ހައްދަން ގޯތިދޭން އިއުލާނު ކުރުމަކީ ގޯތި ހައްގުވާ ފަރާތްތަކަށް ގޯތި ލިބުމެއް ނޫންކަން ވެސް އެމްޑީޕީއަށް ހަދާންކޮއްލަދެމެވެ

    19
  4. ދިސްވޭ

    އެމްޑީޕީ ކަމަކީ ރައްޔިތުން ފެލައިގެން ރައްޔިތުން އަތުން ޓެކްސް ދަމައިގަތުން އެކަން އެބަކުރޭ ބަރާބަރަށް އެމްޑީޕީ އައުޓް އެމްޑީޕީ ގެ ވެރިކަމުގައި ކެނެރީގެ ނަޝީދުގެ ބަލާއާއި ހެދިއޭ މިހާ ބޮޑަށް ތަކެތީގެ އަގު ބޮޑުވީ ޑޮލަރު އަގުބޮޑު ކުރީވެސް އޭނާ ދެން އަނެއްކޮޅުން ޖީއެސްޓީ ވެސް ނަގަން ފެށީއޭނާ ޖީއެސްޓީ ނުނަގާ ކަސްޓަމްްސް ޑިއުޓީ ކުޑަ ކޮށް ބޮޑުކޮށްލާ ދެން މާލެ ސަރަހައްދުން ހުޅުމާލެ އަދި ގުޅިފަޅު އަދި ތިލަފުށި އަދި އެނބޫދޫ ފަޅު ހިއްކާ އެހިއްކާ ފަޅުން މަހަކު 1 ހެކްޓަރުގެ 30 ހާސް ބިން ބިމެއް 1 މިލިއަން ޑޮލަރަށް ވިއްކަމުން ދިޔަނަމަ މިއަދު ނުޖެހޭނެއޭ ޓެކްސް ވެސް ނަގަން އަދި ރާއްޖޭގެ އާބާދީގައި 10 ހާސް ހަމަނުވާ ރަށްރަށުގައި މީހުން ވެސް ނޫޅޭނެއޭ އެއިރުން އެފަދަ ރަށްރަށް އިންޑަސްޓްރިއަލް މަސައްކަތް ތައް ކުރުމަށް ޓަކައި ބޭރުގެ ފަރާތް ތަކަށާއި ދިވެހިންނަށް ދޫކޮށްލެވޭނެ ނޫންތޭ..

  5. ހުސެން

    ކަލޭ ވެސް ދެއުޅިއެއް ނުވޭ.މިއޮތް ހުރިހާ ދުވަހު ސުލޯ ކަމެއް ނޭގުނީތަ.އިންތިހާބު ބޯމަތިވީމާ މަސް ކެއުން މިއީ މިމީހުންގެ އާދަ ފާދަ.މި ސުލޯ ސޯލިހުގެ ސުލޯ ވަމުން ދިޔަ މީނަ ހުރީ ސުލޯ މޯޟަނުގަ.ކީއްވެ ނޯ ކޮންފިޑެންސް މޯޟަން ނުނެގީ.މީނަގެ ކޮއްކޮ ލިވާތުކުރީމަ އަދަބު ކުޑަކޮށް އިސްލާމީ ޟަރީއަތް ފުނޑާލާ އެކަން ކެނެރީގެއިން އާލާ ކުރީ ސުލޯލިހާ ގުޅިގެން މިއަދު އެތޯ މިތޯ އަށް ކަންވާރ އެއްލައިގެން ގަންނަ ކޮޅަކުން ވޯޓް ދަމަން މަކަރާ ޖަހާނެ ކަމެއް ނެތް

    11
  6. ލަސްތަވާ

    ތެދެއް މި ދިއްދޫގަ ބަނަދަރަށް އިތުރުކުރެވޭ އެންމެ 300 ފޫޓް ހަދާތާ 5 އަހަރު

    13
  7. ޢަހޫ

    ފާސްޓްވެގެންތަ ފަސްމިނެޓުތެރޭތަ ވެރިކަންދޫކޮއްލީ.

    10
  8. ފާސްޓް

    މަނިކުފާނުގެ ފާސްޓްކަން ރައްޔިތުންނަށް އޮތީ ފެނިފައި. އެންމެ ފާސްޓްކޮށް ކުރި ކަމަކީ ދޮގުހެދުން. ހެދި ދޮގުތައް ގިނަކަމުން އެ ދޮގުތައް އެއްކޮށްފައި ދެ ފޮތް އުމަރު ނަސީރު ނެރުނު. ދެން ފާސްޓްކަމުން ކުރި ކަމަކީ ކެބިނެޓް އެއްފަހަރާ އިސްތިއުފާ ދިނުން. އޭގެ ފަހުން ފާސްޓްވެގެން ގޮސް އިސްތިއުފާ ދީފައި ގެޔަށް ކަޑާލީ. ގޭގައި ހުރެފައި ފާސްކަމުން މުޅިގައުމުގައި ހުޅުޖަހައިލީ. ފާސްޓްކަމުން ކުރި ކަންކަމުގެ ކުރު ލިސްޓެއް މީ.

  9. ނަމަ

    ނަޝީދު އެމްޑީޕީ ދަންނަ ކަމެއް އޮވޭތަ ހަމަ އެއްމެ ކަމެއްވެސް