ހިޔާ ފްލެޓްގައި ދިރިއުޅޭ ރައްޔިތުންގެ ޝަކުވާތަކަށް ރައީސް މުހައްމަދު ނަޝީދު ރިއެކްޓްނުކޮށް އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ކެމްޕޭނަށް އެމަނިކުފާނު އެސަރަހައްދަށް ވަޑައިގަންނަވާތީ އާއްމުންގެ ޖަމިއްޔާ (ކޮތަރު ކޮށިން) ފާޑުކިޔައިފިއެވެ.

އާއްމުންގެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ހިޔާ ސަރަހައްދަށް ގޮސް ކެމްޕެއިން ކުރުމަކީ ހަމަ ކޮންމެ ސިޔާސީ ވެރިއަކަށް ލިބިގެންވާ ހައްގެއްކަން ފާހަގަކޮށް، ނަޝީދު ހިޔާ ފްލެޓްތަކާއި ގުޅޭ ގޮތުން ދައްކާފައި ހުރި ވާހަކަތައް ފާހަގަ ކޮށްފައި ވެއެވެ.

އެގޮތުން ހިޔާ ފްލެޓް އިމާރާތް ކުރުމަށް ޗައިނާ އިން ލޯނު ނެގުމުން އެއީ ދަރަނި ދަންތުރައެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެ، އަދި އެންމެފަހުން ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމަން އޮތް ލޯނަށް ނަޝީދު ހުރަސްއެޅިކަން ވެސް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

"ހިޔާ ފްލެޓުގެ ލޯނާއި ބެހޭގޮތުން އިތުރުފުޅު ހައްދަވައި، 2020 ސުރެ ފެށިގެން އެތަނުގެ މަހު ކުލި 11،000 އަރާނެ ކަމަށް ބުނެ، ތަނުގެ ކުލި ބޮޑު ކުރަން ސަރުކާރުން ކުރަމުން ދިޔަ މަސައްކަތަށް ހިތްވަރުދީ، އެހެން ދިވެހިންނަށް ސަރުކާރުގެ އެ ޖަރީމާ ވިއްކަން އިސްވެ މަސައްކަތްކުރި މީހުންގެ ތެރޭގައި ނަޝީދު ހިމެނިވަަޑައިގަންނަވައެވެ. އޭރު އަގާއި ގުޅޭ ގޮތުން ކޮތަރުކޮށި ޓީމުން ދައްކަމުން ދިޔަ ވާހަކަތަކަށް ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ނަޝީފު ފަދަ ވެރިންގެ މިފަދަ އަމަލުތަކެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ފްލެޓުތައް ހަވާލުނުކޮށް ދެ އަހަރު ލަސްކުރި އިރު އެކަމާއި ގުޅޭގޮތުން ބަހެއްް ވިދާޅުނުވެ، ފްލެޓުވެރިން ކުރި އާދޭސްތަކަށް ބީރު ކަންފަތެއްދީ، ނަޝީދު ވިދާޅުވީ ހިޔާގައި ދިރިއުޅުން ބުއްދިވެރި ނޫން ކަމަށް ވެސް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

ފްލެޓުގެ ފިނިޝިން ނުނިންމުމުން މީހުން އަމިއްލައަށް ތަން ހަދަން ޖެހި، ތިންމަސްތެރޭ އެކަން ނުވެވި، އަގު ކުޑަކޮށް، ކުލި ފަސްކުރަން ރޮއި އާދޭސް ކުރަމުން ދިޔައިރި މަޖިލީސް ރައީސް އަދި އެމްޑީޕީ ރައީސްގެ ހައިސިއްޔަތުންވެސް ނަޝީދު އެއްވެސް އެއްޗެއް ވިދާޅެއް ނުވާކަމަށާއި އެކަންކަމަށް ނަޝީދު ރިއެކްޓް ނުކުރިކަމަށް ބަޔާނުގައި ބުންޏެވެ. އަދި އޭރު ނަޝީދު ހުންނެވީ ދައުލަތުގެ ހަރަދުގައި 33000 ޑޮލަރަށް ހޮޓެލް ޖެންގައި ކަން ވެސް ބަޔާނުގައި ފާހަގަ ކޮށްފައި ވެއެވެ.

ފްލެޓު ކުލި ނެގުން ރަމަޟާން މަސް ނިމެންދެން ފަސްކޮށް ދިނުމަށް އެދި މަޖިލީހަށް ވެއްދި ގަރާރު ބޭރު ކުރީ ނަޝީދުގެ މަޖިލީސް ރައީސްކަމުގައި ކަމަށާއި މަޖިލިސް ރައީސްގެ ހައިސިއްޔަތުން ކުލި ފަސްކުރަން އެއްވެސް ކަމެއް ނުކުރިތާ އެކަމާ ބެހޭ ގޮތުން އެދުވަހު އެއްޗެއް ބުނެލާކަށްވެސް ނަޝީދު ބޭނުންފުޅު ނުވިކަމަށް އާއްމުންގެ ޖަމިއްޔާ އިން ބުންޏެވެ.

ބާރު އޮތްނަމަ ހިޔާ ފްލެޓު ތަޅާލާނެ ކަމަށް މިނިސްޓަރ އަސްލަމް ވިދާޅުވީ ވެސް ނަޝީދު މަޖިލީހުގެ ރިޔާސަތުގައި އިންނަވަނިކޮށް ކަމަށާއި ނަމަވެސް އެކަމަށް ވެސް ނަޝީދު އެއްވެސް އެއްޗެއް ވިދާޅުނުވާ ކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

"ޔަގީންކޮށް އެނގެން އޮތް ކަމަކީ މިއަދާއި ހަމަޔަށް ހިޔާ ފްލެޓުވެރިންނަށް ކުރިމަތިވެފައި ހުރިހާ ދުއްތުރާލެއް ސަރުކާރަށް ކުރެވުނީ ނަޝީދާއި މަޖިލީސް މެންބަރުންގެ އެއްބާރުލުމާއި އެކުގައި ކަމެވެ." ބަޔާނުގައި ބުނެފައި ވެއެވެ.

ހިޔާ ފްލެޓުތަކަކީ އިންސާނުން އުޅެން ހެޔޮވާވަރު ތަނެއް ނޫން ކަމަށް ވިދާޅުވި ނަޝީދަށް މިއަދު ހިޔާ މާ ކަމުގޮސްގެން އެތަނަށް ވަޑައިގަންނަވާއިރު އާއްމުންގެ ޖަމިއްޔާ އިން ފާހަގަ ކުރި ކަންތައް އެމަނިކުފާނު ކުރެއްވެވި ސަބަބުވެސް ހިޔާގެ މީހުންނަށް ކިޔާދޭނެ ކަމަށް އުންމީދު ކުރާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ. އަދި އެމަނިކުފާނުގެ ސީދާ އަދި ނުސީދާ ބަހާއި އަމަލުގެ ސަބަބުން މިއަދު ހާލުގައި އުޅެން މަޖްބޫރުވެފައިވާ ފަރާތްތަކުގެ އަރިހުން މައާފަށް އެދޭނެ ކަމަށްވެސް އާއްމުންގެ ޖަމިއްޔާ އިން އުންމީދު ކުރާކަމަށް ބަޔާނުގައި ބުނެފައި ވެއެވެ.

ހިޔާ ފްލެޓް ސަރަހައްދުގައި މިއަދު ހަވީރު ނަޝީދު ކެމްޕޭން އިވެންޓެއް ބޭއްވުމަށް ވަނީ ނިންމާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޔައުޤުބު

    އާނ އޭނާއަށް ރައްޔިތުން ފެންނަން ފަށާނީ ކޮންމެވެސް ގޮނޑިއެއް ބޭނުންވީމާ އެދުވަސްވަރު މިސްކިތް ފެންނަ ކަމަށްވެސްވަނީ މަޖިލީހުގައި އިދެގެން ހިޔާއަށް ކަމެއްކޮށްނުދިން މީހަކު މިރަށަށް އަރަން ލަދެއްނުގަނެއިދޯ ނަޝީދު އައުޓް

    28
  2. މަހެދީ ޙަސަނު

    ހީކުޅައީ މިދުވަސް ނާންނާނެ ކަމަށް މިއޮތް ވެރިކަމުގެ ދޯހަޅި ކަމަކީ މިހާތަނަށް އައިއިރުގަވެސް ހިޔާގަ އޭޓީއެމެއްހާ ވަރުވެސް ބަހައްޓާލެވިފަ ނެތުމާ ސަރުކަރުގެ ޞިއްޙީ މަރުކަޒެއް ނެތުން

    21
  3. Anonymous

    ފުލެޓުބޭ އިސްތިއުފާ

    23
  4. ޙައްވަ

    ހިޔާފުލެޓުނޫނަސް ހުޅުމާލޭގައި ބައިވަރު ފުލެޓުތަށް އެބަހުރި އެފުލެޓުތަކުގައި ބަލިމީހުންތިބޭއިރު އަރާފައިބަން އެތަށްތަކުލީފެއް އުފުލަންޖެހޭ ވެރިކަމަށް ކުރިމަތިލައްވައިގެން އުޅޭބޭފުޅުން ކީއްތޯވާނީ އެބަލިމީހުންނަށް ފުލެޓުތަކުގައި ފަސޭހަކަމާއެކު އަރާފޭބޭނެގޮތެއްހަމަޖައްސާލަދިނިއްޔާ

    11
    • ޝިއު

      ތިއަށްވުރެ ސަރުކާރުން އިސްކަންދެނީ ދުނިޔެވަށާ ރައްޔިތުންގެފައިސާގަ ބުރުޖަހާފަގޮސް އިންޑިޔާއިން ލޯނު ނަގާށެވެ.

      7
      1