ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދިޔަ ނަމަވެސް އެމަނިކުފާނުގެ ރިޔާސީ ކެމްޕޭނަށް ޕީޕީއެމް އިން ނ.އަތޮޅަށް ދިއުމަށް ނިންމައިފިއެވެ.

ޕީޕީއެމް އާއި ޕީއެންސީ ހިންގުމުގައި މިހާރު އެންމެ އިސްކޮށް ހަރަކާތްތެރިވާ ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަބްދުލްރަހީމް އަބްދުﷲ (އަދުރޭ) މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕެއިން ދަތުރެއް ޖެނުއަރީ 6 އިން 10 އަށް ނ.އަތޮޅަށް ކުރުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

މިދިޔަ މަހުގެ 25 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް 11 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެހެންކަމުން މަތީ ކޯޓަކުން އެހުކުމް ބާތިލް ނުކުރާނަމަ ޔާމީނަށް މިއަހަރުގެ ރިޔާސީ އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

ޔާމީނަށް އިއްވި ޖަލު ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް އެމަނިކުފާނުގެ ގާނޫނީ ވަކީލުން ގެންދަނީ ކުރަމުންނެވެ.

ޖަލު ހުކުމް އިއްވުމުގެ ކުރިން ޔާމީން ވަނީ ވަރަށް ގިނަ އަތޮޅުތަކަށް ދަތުރު ކުރައްވާފައެވެ. އެމަނިކުފާނު އެންމެ ފަހުން ދަތުރު ކުރެއްވީ އައްޑޫ ސިޓީއަށެވެ. މިދިޔަ ސެޕްޓެމްބަރ މަހު އައްޑުއަށް ކުރެއްވި ދަތުރުފުޅުގައި ޔާމީން ވަނީ ޕީޕީއެމްއަށް ދެން ވެރިކަން ލިބިއްޖެނަމަ އައްޑުއަށް ކޮށްދެއްވާނެ ބައެއް ކަންކަން އިއުލާން ކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ހޮއްކޮ

    ޕިސް ޕިސް ސުބުހާﷲ ޖަލުގައޮއްވާތޯ ހެޔޮނުވާނެ ނުންތޯ

    6
    6
  2. ޔޫމީ

    ވަރަށް ބަރާބަރު. ދޭތިން އެކައްޗައް މިފަހަރު ހިފާލަންޖެހޭނެ.

    5
    4
  3. ބޮކި

    އަނެއްކާ ޔާނު ފޮޓޯ ހިފައިގެން އަދުރޭ ދޯދަނީ...

    4
    2
  4. Anonymous

    އޭނާގެ (މިރައީސްގެ) ރުފިޔާތައް ތަޅާ ބުރުވާލެވޭނީ ތިކަހަލަ ގޮތަކަށް....
    ސާބަހޭ ކުދިންނޭ އެކައުންޓްތައް އެއްކޮށް ހުސްކޮށްލަންވާނެ.

    ލޮލް

    5
    3
  5. އޭއާރ ރަހިމު

    އާބުދު ރަހިމު ދިޔަކަސް ނޫނަކުން ނުވާނެ. ލާމަކުންވެސް ނުވޭ ވިއްޔާ