އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއަކީ އިދިކޮޅު ކެންޑިޑޭޓަކާއި ވާދަކުރަން ޖެހޭ އިންތިހާބެއް ނޫންކަމަށާއި ހުރީ ވާދަވެރި ކެންޑިޑޭޓެއް ކަމުން މިހާތަނަށް ކަންކަމުގައި ރިއެކްޓްނުކޮށް ހުރީ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.

މިރޭ ފުރަތަމަ ފަހަރަށް ޕްރައިމަރީގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީއަދި ރިއެކްޓެއް ނުކުރި ނަމަވެސް ކުރިއަށް އޮތްތަނުގައި ބައެއް ކަންކަމަށް އެމަނިކުފާނު ރެސްޕޮންޑް ކުރާނަން ކަމަށެވެ.

ވަރަށް ފޯރިއާއިއެކު ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ސޯލިހް ބަހުގެ ހަމަލާތައް ނުސީދާކޮށް އަމާޒުކުރެއްވީ ރައީސް މުހައްމަދު ނަޝީދަށެވެ. ނަޝީދު ވެރިކަމުގެ ދައުރު ހަމަނުކުރެއްވިކަން ނުސީދާކޮށް ފާހަގަ ކުރައްވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ފަސް އަހަރު ވަންދެން ވެރިކަން ކުރައްވާނެ ކަމަށެވެ.

"އަޅުގަނޑު ނިކުމެ މިހުރީ އެއްއަހަރަކަށް ނޫން. ދެއަހަރަކަށް ވެސް ނޫން. ފަސް އަހަރަށް. އަޅުގަނޑު މިކުމެ މިހުރީ ތަޖުރިބާތަކަކާއިއެކު. ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ހައިންތިހާބު އަޅުގަނޑު ކާމިޔާބުކޮށްފިން. ރައްޔިތުން މަޖިލީހުގެ ފަސް އިންތިހާބު ކާމިޔާބުކޮށްފިން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރާނެގޮތާއި ރައްޔިތުންގެ ތާއީދު ހޯދާނެ ގޮތް އެމަނިކުފާނަށް އެނގިވަޑައިގަންނަވައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިހާބު އަޅުގަނޑު ބޮޑުތަނުން ކާމިޔާބު ކުރާނަން ކަމަށް ވިދާޅުވެ ރައީސް ހަނދާނަށް ގެންނެވީ ފުރަތަމަ ފަހަރަށް ކޮންގްރެސްގައި ރިޔާސީ ޓިކެޓް ދިން ދުވަހު ދެއްކެވި ވާހަކަފުޅެވެ.

"ފުރަތަމަ ކަމަކީ އެއްވެސް މީހެއްގެ އަޅަކަށް އަޅުގަނޑު ނުވާނަން. މަޝްވަރާ ދެއްވަންވީ. ވާހަކަތައް ހިއްސާކުރަންވީ. އަޅުގަނޑު ކަންކަން ނިންމާނީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ފައިދާ ހުރި ގޮތަކަށް. ދެވަނަ ކަމަކީ ދުނިޔޭގައި ވަރަށް މަދުވާނެއޭ އަޑު އަހާ މީހުން. އަޅުގަނޑު ކަންކަން ނިންމަނީ ކެބިނެޓް ވަޒީރުންނާއި ރައްޔިތުން މަޖިލީހުގެ މެންބަރުންނާއި މަޝްވަރާ ކުރުމަށްފަހު ހުރިހާ ފަރާތްތަކަށް ފައިދާ ހުރި ގޮތަކަށް." ރައީސް ވިދާޅުވިއެވެ.

ރައީސް ދެން ވާހަކަފުޅު އަމާޒުކުރެއްވީ ނަޝީދާ އެކު ކޯލިޝަން ހަދާނެ ބައިވެރިޔަކު ނުވާނެ ކަމަށް ވިދާޅުވެ އެކަމަށެވެ. "2008 ވަނަ އަހަރުގެ ތަޖުރިބާ އެބެއް. 2013 ވަނަ އަހަރު ކަންތައް ވީގޮތް އެނގޭ. 2018 ވަނަ އަހަރު އަޅުގަނޑުމެން ކާމިޔާބު ކުރިން. ދެމަސް ވަންދެން ކޯލިޝަން ނުދެމެހުއްޓުނު. ވީވައުދު އޮތީ އޮތްތަނެއްގައި. އެއަށްފަހު ހުރަހަކަށްފަހު ހުރަހެއް ކުރިމަތިވެ އެންމެފަހުން ޖެހުނީ މަގުމައްޗަށް ނިކުންނަން. މިއަދު އެހެން ވާކަށް ބޭނުމެއް ނޫން. 2013 ވަނަ އަހަރު ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވުނީ އަޅުގަނޑުމެންނާއި ކޯލިޝަން ހަދާނެ ބައިވެރިޔަކު ނުވެގެން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނު ނިކުމެ މިހުރީ ރައްޔިތުންގެ އަސާސީ ހިދުމަތްތައް ފުރިހަމަ ކޮށްދޭން ކަމަށެވެ. "ސިޔާސީ ފިކުރަށް ބެލުމެއްނެތި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންކަން ކޮށްދެމުން. %90 ރަށުގައި އޮތީ ނަޖިސް ފެން. އެންމެ ރަށެއްގައި ފެނުގެ ނިޒާމް ގާއިމް ކުރަން. ނަރުދަމާ ގާއިމު ކުރަން ސޮއި ކުރެވުނީ އެންމެ އަށް ރަށުގައި. 141 ރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކޮށްފިން. އަޅުގަނޑު ނިކުމެ މިހުރީ އެކަންކޮށް ނިންމާފައި." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ދަތިކަމާއިއެކު ވެސް ކަންތައްތަކެއް ކުރެވުނުކަމުގެ އުފާ އިހްސާސް ކުރެވޭ ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޙަސަން

    ގިނައިން ކެނޑީ މީިހަކު ކޮށް ނިންމާފައިހުރި ކަންކަމުގެ ރިބަން

    60
    5
  2. ޢައްޑޫ

    ގައުމު ވިއްކާ ހުސްކޮއްފި

    58
    6
  3. ޖައްބާރު

    ކަލެ އަކައް ނުކުރެވޭ އެއްކަމެއްވެސް.ދެންވެސް ކަމެއް ކުރަންޏާ އިސްތިޔުފާދީފަ ދުރައްދޭ

    57
    6
  4. ގޮތްނޭގޭ

    އެބަ ރަގަޅުވޭ

    10
    17
  5. ޖަންބު

    ނަސީދު ހިޔާފުލެޓްން ފަހާލީމާ އަދިކިރިޔާ ރިއެކުޓް މިވީ ސާބަހޭ ސުލޯ

    35
    3
  6. ހަސަނު

    ހަހަހަަހަ ހަހަހަ
    މަ ބުނީ! ހާދަގަދަކޮއްފިޔޭ އިގޭ ސްލޯހިލޫ
    ރިއެކްޓު ނުކުރުން މައްސަލައެއްދޯ؟؟؟
    ހަހަހަަހަ ހަހަހަ
    މިއަހަރުދެން ހުރިހާކަމެއް ވެސް ކުރެވޭތޯބަލާނަމެއްނު ދޯ؟؟ ތިހުރީ ކުރިމަތިލެވިފަނުން...އައްދިއްޔޯތް؟؟

    36
    4
  7. ރަޝީދު

    ދެންކޮބައި ތޯ ސީލައިފް މީހުންގެ އުންމީދުތައް.. ތި މަނިކުފާނަށް ފޮނުވި ސިޓީގެ ޖަވާބެއްވެސް އަދި ބައްދަލެއްވެސް ނުމެވި...

    ދެން ރައްޔަތުންނޭ ކިޔާފައި އަގަފުޅާކުރައްވަނީ ހަމަ "ނަޝީދެކޭ" ކޮބައި ތަފާތަކީ

    201 މީހުން ގެދޮރު ނެތިފައި އެތިބެނީ ދައުލަތުގެ %100 ހިއްސާވާ އެޗްޑީސީން މަކަރުހަދައިގެން ވީގެއްލުމެއްގައި...

    އަދި މިވަރުން ނިމުނީކީވެސްނުމެ ނޫން.. ކޯޓުން ކުރި ހުކުމް ވެސް ބޮލާލާ ޖަހާފައި އެއޮތީ

    ދެންވެސް މިވިދާލުވަނީ "ރައްޔަތުންގެ އިޙްސާސް އޭ"

    ތީ ބޮޑު އަރަތެއް ނޫންތޯ؟

    35
    1
  8. ޢިއްތިހާދު

    މީނަރިއެކްޓްކުރަންވެއްޖެނަމަ މިގައުމުގަ ބަޔަކުނުތިބޭނެ ނަޝީދު ދެންގޮވާނީ ބާގީއައް އޭރުން ރާކަނިމަސްކެވޭނީ ރަނގަޅައް އެކަން އެއްމެރަނގަޅައްއެގޭނީވެސްނަޝީދައް ރިއެކް ޓުނުކުރި 4 ފޮޓޯއާ ކަޅުދަބަހާ ވެންޓިލޭޓާރްތަކާ މިހާރު އިންޑިއާކަނޑުގަ ކަނދުފަތިތައްއަޅަންބުނީ އޭނަކަމައްތިބުނީ އެމްޑީޕީ މެނިފެސްޓާރް އައްނޫނޭ ތިބުނީ އެއައްހުވާކޮއްރިޔާސީވައުދުވީ 2018ހޯދަން

    33
  9. ބޮޑޭ

    ކަސްޓަމް ވިޔަފާރިވެރިންނަށް ޖެއްސުންކޮށް ކަޓް ކަންތައް ދާ ގޮތް ބަލާލިންތަ؟ ހަސަން ސުލެއިމާން ކިޔާ ބުރޯގެ އަންޑަރ ސެކްރެޓަރީ ގެ އުދަގޫ ބޮޑުވެގެން މަމެން ޝަކުވާކުރަން ދިޔައިމަ ވެސް ރިއެކްޓްނުކުރި.ރެސްޕޮންޑް ނުކުރި .މުދާ މިފަހަރުވެސް ޑެމަރޭޖް. އެމް.ޕީ އިންގެ އާއިލީ ވިޔަﷲާރީތައް ފުޑާލާއިރުވެސް ރިއެކްޓް ނުކޮށް ތިހުރީ..ގެންނަ މުދަލެއްވިއްޔާ ދެމަރޭޖް.

    25
  10. ޒާން

    މިއީ ދެން ހާދަހާވާ މަރުމޯލް ވާހަކައެކޭދޯ.. ވެރިިކަމުގެގަޑިހަމަވާން ބައިގަޑިއިރަށްވީމަތޯ ރެސްޕޮންޑު ކުރަންޖެހެނީ. އެއީތޯ ރައްޔިތުން ހަވާލު ކުރިޒިންމާއަކީ. ރާއްޖޭގެ އިޖުތިމާއީ އަގު ބަންގުލަދޭޝްގެ އަލަމްގިރި ހަލާކުކޮއް އެންމެންގެ ކުރިމަތީ ގައުމު ބަދުނާމުވިއިރު ރެސްޕޮންޑުކުރާކަށް ނުޖެހޭތޯ.؟ ދިވެހި ކަނޑުން ބަޔެއްް ގެއްލިގެން ދިޔުމާއި ދެކޮޅަށް މުޅިގައުމު ގޮވާލަމުން ދިޔައިރު ރެސްޕޮންޑު ކުރާކަށް ނުޖެހޭތޯ.؟ ދައުލަތުގެ ދަަރަނި ބޮޑުވެ ނުރައްްކާވެގެންގޮސް ބައިނަލްއަގުވާމީ ފަރާތްތަކުން އެކަމާ ކަންބޮޑުވެގެން އުޅޭއިރު އެކަމަށް ރެސްޕޮންޑު ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާގެ ޒިންމާއަކަށް ނުވަނީތޯ.؟ ...

    33
    2
  11. ޙަސަން

    ޜިއެކްޓް

    11
    1
  12. ޑައެލޯގް

    އިބޫ ކަލޭއަށް ކޯލިޝަންދަމަހައްޓާވާހަކަތިބުނީ، އޭގެސަބަބުމިބުނަނީއެވެ. އެމީހުންބުނާވަރަކަށް ޚަޒާނާދިނީމަ އެމީހުންތިބޭނެއެވެ. ދެންތިބުނީ ކަލޭލަފާއަހާވާހަކައެވެ. އެސަބަބަކީ ކަލެއަކީ އެއްޗެއްއެގޭމީހެއްނޫން ކަމުން މިނިސްޓަރު އަމީރާއި އަސްލަމާއި ދެންހުރިމިނިސްޓަރަކު ކޮންމެ އެޖެންޑާއެއްގެނެޔަސް ކަލޭ އެއްބަސްވެއެވެ. އެހެންވީމަ ކޯލިޝަނާއި ކަލޭކައިރީގައި އެބުރޭހިނިތައް އުޅޭނެއެވެ. ސަބަބަކީ އެމީހުން މުއްސަނދިވެއްޖެއެވެ. އެކަމަކު ރައްޔިތުންވީބިކައެވެ. ދެންތިބުނީ ފެނާނަރުދަމާވާހަކައެވެ. ކުރީހުރިހައި ސަރުކާރަކުންނެގީ 41 ބިލިއަންގެލޯނެވެ. ކަލޭއެކަނި 57 ބިލިއަންމިހާރު ނަގައިފިއެވެ. އަދި ބާކީ 1 އަހަރުއެބައޮތެވެ. އެވަރުލޯނުނަގައިގެން ކަމެއްވެސްނުކުރެވެއެވެ. ލޯނުނެގުމަށް އެންމެ ދެކޮޅަށްވާހަކަދެއްކީވެސް ހުދުކަލެއެވެ. އަދި ގައުމު ހިނގަންނޭގޭތީވެ އިންޑިޔާއަށް ގައުމުގެ ހުންގާނުވަނީކަލޭދީފައެވެ. ދެން އިންޑިޔާއިން މިގައުމުހިންގަނީއެވެ. ދެންކަލޭގެ މޮޅުކަމެއްކޮބައިހެއްޔެވެ.

    22
    1
  13. ކަތްދާ

    ރިއެކްޓުކުރަމުން ރެސްޕޮންޑުކުރަމުން ގޮސް އަވަދި ވާންވީ.

    12
  14. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    ތިމާމީހާގެ މޮޅު ވާހަކަ ދައްކަން ވާނީ ކުރެވުނު ކަންތަކުގެ ވާހަކައިން. ކުރެވުނު ކަމެއް ނުކިޔާ އިބޫ އެއް. ވޯޓް ހޯދާ ފޯމިއުލާ އިނގޭ ވާހަކަ ކަރުބުޑުން ހަންދާ ވަރަށް ގޮވީ. އަމިއްލަ އަށް އަމިއްލަ މޮޅު ވާހަކަ ދެއްކުމަށް ދިވެހި ބަހުގައި ކިޔަނީ "އަކަޔަން-ބޯ".

  15. ޑރ ސާޖީ

    ކުރިން އަޑު އެހީ ޔަމީންނަކީ ވަގެއް ކަމަށް.މިހާރު އިގިއްޖެ އިބޫ އަކީ ވެސް ވަގެއްކަމަށް.

  16. ޙަހަހަހަ

    އާނ ރޯން ފަށާ

  17. ދސަދ

    މިގައުމުގެ މިނިވަންކަމަށްވުރެ ބޮޑަށް އަހަރެން ބޭނުންވާ އެއްވެސް ކަމެއް ނެތް.
    އިންޑިއާ އުނގަށްވެެއްޓުނީމާ ކަމަކުނުދޭ. ރަނގަޅު ބައިވެރިންނަކީ މެދުއިރުމަތި، ޗައިނާ.

  18. ބްރޯ

    މީނަވެސް ބޮޑުވެއްޖެދޯ..

  19. ޙަަަހަ

    ރިޔާސީ އިންތިހާބު ހަނދާންވާތީތޯ

  20. ގަމާރޫ

    ޑޮކްޓަރ ފައިސާއައިބެހޭ ޤަވާޢިދުގައިވާގޮތުން ދައުލަތަށް ލިބޭ އާމުދަނީ ޖަމާވާންޖެހޭނީ މީރާއަށް މިޤަވާއިދަށް ބަދަލުގެނައުމުގެ ބާރު އޮންނަނީ ރައީސަށް ދައުލަތުން ފަޅާއި ކަނޑު ވިއްކައިގެން ލިބުނު ލާރި އެމް.އެމް.ޕީ.އާރު.ސީއަށް ބަލައިގަންނަގޮތް ހެދީ ކީއްކުރަން؟ ރައީސު ބުނީ އަހަރެންގެ ގެއަށްވަނީ ހަރާމް ފައިސާއޭ، ،އަނބިމީހާވެސް ނާހާނެ ފައިސާހޯދީ ކޮންތާކުންތޯ؟އަހަރެންނަށް ޕާޓީ ހިންގަން މީހުން ދިން ފައިސާ،، އެއީ މަނީ އެކްސްޗޭންޖުކުރަން ދިން ޑޮލަރ ، ބޯހަލާކު ޑޮކްޓަރ ރައްޔިތުންނޭ ކޮންސަލްޓެންސީ ނުހޯދާ!

  21. ގަމާރުތަކާ

    ދެންކޮބައި ތޯ ސީލައިފް މީހުންގެ އުންމީދުތައް.. ތި މަނިކުފާނަށް ފޮނުވި ސިޓީގެ ޖަވާބެއްވެސް އަދި ބައްދަލެއްވެސް ނުމެވި...201 މީހުން ގެދޮރު ނެތިފައި އެތިބެނީ ދައުލަތުގެ %100 ހިއްސާވާ އެޗްޑީސީން މަކަރުހަދައިގެން ވީގެއްލުމެއްގައި...
    އަދި މިވަރުން ނިމުނީކީވެސްނުމެ ނޫން.. ކޯޓުން ކުރި ހުކުމް ވެސް ބޮލާލާ ޖަހާފައި އެއޮތީ
    ދެންވެސް މިވިދާލުވަނީ "ރައްޔަތުންގެ އިޙްސާސް އޭ"
    ތީ ބޮޑު އަރަތެއް ނޫންތޯ؟
    ރަނުގެ ފުރުޞަތެއް: އެއްވެސް މުއްސަދިކަމެއް ނެތް 10 އަހަރުކުރިން މާލެ ލޮލުންދުށް ސީލައިފް އަޙުމަދު ހުޅުމާލެއިން 1200 އަކަފޫޓުގެ ގޯތި ވިއްކަނީ ޑައުންޕޭމަންޓް ދައްކާތާ 1 މަސް ފަހުން ގޯތި ޙަވާލުކުރަނީ ކުރިޔާލާ ފައިސާ ދެއްކިއްޔާ ގޯތި ލިބޭނީ! އަވަސް

  22. ވާނުވާ.

    ރެސްޕޮންޑުކުރަން އަދި މާއަވަސް. އަދިވެސް ހައެއްކަ މަސްދުވަސް އެބައޮތް. މަޑުކުރައްވާ.