އިދިކޮޅު ޕީޕީއެމް އަދި ޕީއެންސީއަކީ އުސޫލާ އެއްގޮތަށް ކަންކަން ކުރަން ލޯބި ކުރާ ޕާޓީއެއް ކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މާލެ ސިޓީގެ ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.

ވ. އާރަށުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލުމާ ގުޅިގެން އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ފަރާތްތަކުން އާޓިފިޝަލް ބީޗުގައި ބޭއްވި އެއްވުމުގައި ޝުޖާއު ވިދާޅުވީ ޕީޕީއެމުން ޖަލްސާ ބޭއްވީ މާލެ ސިޓީ މެދުވެރިކޮށް ހުއްދަ ހޯދައިގެން ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ޕީޕީއެމްއަކީ އަބަދުވެސް އުސޫލުތަކުގެ ތެރެއިން ކަން ކުރުމަށް ލޯބިކުރާ ޕާޓީއެއް. އަޅުގަނޑުމެން އެދުނީ އަޅުގަނޑުމެން ބޭނުމޭ އާޓިފިޝަލް ބީޗްގައި ޖަލްސާއެއް ބާއްވަން. މި ބޭއްވިގެންދާ ޖަލްސާއަކީ ހުއްދަ ނެގިގެން ބޭއްވޭ ޖަލްސާއެއް." ޝުޖާއު ވިދާޅުވިއެވެ.

މި މަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކެމްޕެއިން ޖަލްސާއެއް އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި އިރު، އެ ބިމާ ޖެހިގެން އޮންނަ އާޓިފިޝަލް ބީޗުގައި އިދިކޮޅު ފަރާތްތަކުން ވަނީ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އެއްވުމެއް ބާއްވައިފައެވެ.

ޝުޖާއު ވިދާޅުވީ އިދިކޮޅު އެއްވުމަށް ޗެލެންޖްކޮށް ޖަދަލު ކުރުމަށް އެމްޑީޕީން ހިންގާ ސިޔާސީ ހަރަކާތަކީ ގައުމު ހަމަނުޖެހުމުގެ މަގަށް ގެންދިއުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ.

" ސަރުކާރުގެ ހުރިހާ ކުންފުނިތަކުގެ އިސްވެރިންނަށް މަޖުބޫރުކޮށްގެން ކޮންމެ ކުންފުންޏަކުން ދެމީހުން އައިސްގެން ޖަލްސާ އެ އޮތް ބާއްވަނީ." ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އެމްޑީޕީއަށް އޮންނަ ތާއީދު ޕީޕީއެމްއާ އަޅާބަލާއިރު މަދުކަމަށެވެ.

"އަޅުގަނޑުމެން ދައްކާ ވާހަކަ އެމްޑީޕީ ޖަގަހައިގަ ތިއްބެވި ބޭފުޅުންވެސް ބައްލަވަނީ. އެއީ މި ދަންނަވާ ތާއީދަކީ." ޝުޖާއު ވިދާޅުވިއެވެ.

"ވަގުތަށް" މައުލޫމާތު ދެއްވަމުން ޕީޕީއެމް-ޕީއެންސީގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ޕީޕީއެމް އިން ވަނީ އެމްޑީޕީއަށް ވުރެ ކުރިން އެއްވުން ބޭއްވުމަށް އިންތިޒާމްކޮށްފައި ކަމަށެވެ.

"ޕީޕީއެމްއިން ވާނީ މާ ކުރިންވެސް އާޓިފިޝަލް ބީޗްގައި ޖަލްސާއެއް ބާއްވަން ނިންމާފައި. ސޯލިހްގެ ޖަލްސާ އަކީ އަޅުގަނޑުމެން ޖަލްސާއަށް ހުއްދަ ހޯދިފަހުން ބާއްވަން ނިންމި ޖަލްސާއެއް" ހީނާ ވިދާޅުވިއެވެ.

ރޭގައި ރައީސް ވިދާޅުވި ގޮތުގައި، އެމަނިކުފާނު ނުކުމެ ހުންނެވީ ރާއްޖޭގައި ސުލްހަ އާއި ހަމަޖެހުން ގާއިމު ކުރުމަށެވެ. އެގޮތުން 2013 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ދެމެދު ރައްޔިތުން މާލޭގައި ތިބީ ނާމާންކަމާއި ބިރުވެރިކަމާއި އުނދަގޫތަކުގެ ތެރޭގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ހުރިހާ ކަމެއް 2018 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ވެރިކަމަށް ފަހު ބަދަލުކޮށްލާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަން ކަން މިއޮތީ ތަންމިނަށް ހުޅުވާލާފައި. ޖެހިގެން މިއޮތީ. ކުރިއަށް ގެންދަނީ މިއޮށް. އެއްވެސް މީހެއް ބަންދު ކުރޭތޯ އެބަ؟ މިތަނުގައި އަޅުގަނޑުމެންނަށް ޖަލްސާ ނުބޭއްވިގެން މިދަނީ. އެހެންވިޔަސް، އެ މިނިވަންކަމާ އެކީގައި ހިޔާލު ފާޅު ކުރުމަށް އެ ބޭފުޅުންނަށް މިވަނީ ޖާގަ ދީފައި،" ވަރަށް ފޯރީގައި ވާހަކަފުޅު ދެއްކެވި ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވި ގޮތުގައި ބަޔަކު "ހައްޔަރު ނުކުރިޔަސް" ނުވަތަ "ބަންދު ނުކުރިޔަސް" ވެރިކަން ކުރެއްވޭނެ ކަން އެމަނިކުފާނު މި ގެންދަވަނީ ރައްޔިތުންނަށް ދައްކަވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޮކި

    އުސޫލްއާއެއްކޮށް ކަންތައްކުރަމުން ދަނިކޮށް މުޅިދައުލަތް ދަވާލީ.....

    6
    1
    • ލަކުޑިބޯ

      ހާދަދުވަހެއްކޮށްފަބޮކިދިއްލުނީ ފުލްޗާޖުވާވަރުގެ ރީލޯޑެއްލިބުނީދޮތަ!

  2. އެދުރުބެ

    ރީ ގަރުނުގެ ވެސް އެންމެ ބޮޑު ޖޯކު! ކީކޭ ބުނާނީ ދެން.

    5
    1
  3. އަލްޖިބްރާ

    އުސޫލާއެއްގޮތަށް ކަންކުރާކަން ޔާމީނުގެ އެކައުންޓަ ބަލާލީމަ އެގޭ !

    2
    1
  4. ކަދުރޭ

    ތިވާ ހަކަ އިތުރައް ނުދައްކާ. ދައުލަތައް ވަންނަންވާ ފައިސާ އަމިއްލަ އެކަުންޓައް. ކަލޭމެންގެ އުސޫލު ވަރައްސާފު.