މިއަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބާއްވާނީ ސެޕްޓެމްބަރ މަހުގެ 02 ވަނަ ދުވަހު ނުވަތަ ސެޕްޓެމްބަރ 09 ވަނަ ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު "ވަގުތު" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ކޮމިޝަނުން މިހާރު މަޝްވަރާކޮށްފައި ވަނީ މިހައަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު 2 ނުވަތަ 9 އެއްގައި ބޭއްވުމަށް ކަމަށެވެ. އިންތިހާބު ބާއްވާނެ ސީދާ ތާރީހެއް މި މަހު 15 ގައި ކޮމިޝަނުން ނިންމައި އިއުލާން ކުރާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ތައްޔާރީތައް އިލެކްޝަންސް ކޮމިޝަނުން ވަމުން އަންނައިރު ވެރިކަން ކުރާ އެމްޑީޕީން މިމަހުގެ 28 ވަނަ ދުވަހު އެޕާޓީގެ ރިޔާސީ ޕްރައިމަރީ ބާއްވާނެއެވެ. ޕްރައިމަރީގައި ވާދަކުރައްވަނީ ރައީސް ސޯލިހާއި ކުރީގެ ރައީސް ނަޝީދެވެ.

އިދިކޮޅު ޕީޕީއެމް އިން ރިޔާސީ ޓިކެޓް ދީފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށެވެ. ނަމަވެސް ޔާމީނަށް މިހާރު ޖަލު ހުކުމެއް އިއްވާފައި ވުމުން މަތީ މަރުހަލާގެ ކޯޓަކުން ހުކުމް ބާތިލްނުކުރާނަމަ އެމަނިކުފާނަށް އިންތިހާބުގައި ވާދައެއް ނުކުރެވޭނެއެވެ.

މަޖިލިސް މެންބަރު ކާނަލް (ރިޓަޔާޑް) މުހައްމަދު ނާޒިމް އާއި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވެސް ވަނީ ރިޔާސީ އިންތިހާބުގައި ވާދަކުރާނެ ކަމަށް ވިދާޅުވެފައެވެ.

އިންތިހާބުގައި ވާދަކުރާނެ ކަމަށް ލަފާކުރެވޭ ބޭފުޅުންގެ ތެރެއިން މިހާތަނަށް ވަކިގޮތެއް އިއުލާން ނުކުރައްވާ ހުންނެވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް އެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ޝޮކްތެރަޕީ

    މި ސަރުކާރު ބާލުވާނަން އިންޝާﷲ. އިންޑިޔާ ސިފައިން ބާލުވާނަން އިންޝާﷲ.

    40
    2
  2. އިންޑިޔާ އައުޓު

    މިފަހަރު މިސަރު އިދަޖައްސާނަން

    18
    2
  3. ދަޗޮއިސް

    ރާއްޖޭގެ ރައްޔިތުންނަަށް އުފާވެރި އަމާން އަދި މުއްސަނދި ދިރިއުޅުމެއް އަންނަ ރިޔާސީ އިންތިޚާބަށް ފަހު ދެވޭނެ ހަމައެކަނި ޕާރޓީ އަކީ އެއީ ޕީޕީއެމް ޕީއެންސީން ނެރޭނެ ކެންޑިޑޭޓް ކަން އެއީ ޔަގީން ކަމެކޭ ބްރިޖް ނޭޅޭ މީހުންނަކީ އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ އަދި ދައުލަތަށް މަހަކު 30 ހާސް މިލިއަން ޑޮލަރު މަމެން ވައްދާނަމޭ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ އެތަނުން 1 ހެކްޓަރުގެ 30 ހާސް ބިން ބިމެއް 1 މިލިއަން ޑޮލަރަށް ވިއްކާލައިގެން ޚަރަދު ކުޑަ ދިރިއުޅުމެއް ބޭނުންވާ ހުރިހާ ދިވެހިން ވޯޓް ލާންވީ ޕީޕީއެމް އަށޭ ޕީޕީއެމް އެއީ ރައްޔިތުން ނަށް ހުރި ޗޮއިސް އަކީ ޔުއަރ ޗޮއިސް އިޒް ކްލިއަރ ޗޮއިސް އިޒް ގަޓް ރައީސް ޔާމީން ދިސް އިޒް ދަ ޗޮއިސް...

    15
    3
  4. ދިސްވޭ

    ރާއްޖެތެރޭ އަތޮޅު ކައުންސިލަކުން އެދޭ އިރަށް އެއާރޕޯރޓެއް އަދި ބަނދަރު އަދި ހޮސްޕިޓާ އަޅަން އެގޮތަށް ރައީސް އަށް ވެސް ނުނިންމޭނެއޭ އެކަން ނިންމަން ޖެހޭނީ އެކަމަކީ އެއީ ފައިނޭންޝަލީ ދެކޮޅު ޖެހޭ ކަމެއް ކަމަށްވާނަމައޭ ރާ އަތޮޅުގައި ތިން އެއާރޕޯރޓް ހަދައިގެން އެ އެއާރޕޯރޓްސް ތަކަށް ދަތުރު ކުރާނެ ޕަރސެންޖަރުން ކޮބާތޭ ބަދަލުގައި މާލެ އަތޮޅު މާފުށީގައި ނޫންތޭ އެއާރޕޯރޓެއް އަޅަންވީ އެއިރުން ނޫންތޭ އެތަނަށް އަންނަ ގެސްޓުން 10 ގުނަ އިތުރު ކުރެވޭނީ

    4
    2
  5. މައިޗޮއިސް

    ހޯއް އަންނަ ރިޔާސީ އިންތިޚާބަކީ އެއީ ދިވެހިންގެ އިންތިޚާބެކޭ މިގައުމަކީ އެއީ މަމެން ޕިންކީންގެ މިލްކިއްޔާތެކޭ އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިޚާބު ވާން ޖެހޭނީ މަމެން ޕިންކީންގެ މިލްކިއްޔާތަކަށޭ މިކަން މިގޮތަށް ވެގެން ނޫނީ މުޅި މާލެ އަތޮޅުގެ ފަޅު ތައް ހިއްކާ ބްރިޖް ތަކުން ގާފަރާއި ހަމައަށް ގުޅުވާލާ ގާފަރު ފަޅުގައި އިންޑަސްޓްރިއަލް ޕާރކެއް ވެސް ހެދޭނީ އާއު މިކަން ކުރެވޭނީ ހަމައެކަނި ޕިންކީންނަށޭ ޔޫނޯ ޔޫ ވޯންޓް ޕިންކީސް ޗޮއިސް އަކީ ގަޓް ރައީސް ޔާމީނޭ މައި ޗޮއިސް އިޒް ކްލިއަރ މައި ޗޮއިސް އިޒް ގަޓް ރައީސް ޔާމީން...

    5
    3
  6. އަބުދުﷲ

    ރިޔާސީ އިންތިޙާބު؟؟؟؟ ކުންފުނިތަކައް ވައްކަންކުރެވޭނެ ސިސްޓަމާއެކުގަ މިގައުމައް ބޭނުމެއްނުވޭ !!! ވައްކަންކުރެވޭނެ ގޮތައް މިއޮތް ސިސްޓަމް އުވާނުލާނެކަން ޔަގީން. އެއްބަޔަކު އަނެއްބަޔަކައްވުރެ ގިނައިން ވައްކަންކުރުން ސިޔާސީ މީހުންގެ ބޭނުމަކީ.

    8
    1
  7. އަބުދުﷲ

    ދިވެހިރާއްޖޭގެ އިގުތިސާދު ހިންގާ ބޮޑު މެސިނަކީ ހައެއްކަ ކުންފުނި .... މިތަންތަން ގާނޫނީ އިމުންބޭރުން ކޮރެޕްޓުކޮއް ހިންގުމުގެ ފުރުސަތު ހައްދެއްނެތި ބާއްވާ ވެރިންނަކީ އެއްމެ ކޮރަޕްޓު ވެރިން . މި ސަބަބާހުރެ 2008 ގައޮތް 9 ބިލިއަންދަރަނި 100 ބިލިއަނަށް 14 އަހަރުތެރޭގަ އަރައިގެން މިއުޅެނީ . މިތަންތަނަކީ ކޮރެޕްޓުމީހުން ވިހާ އުފައްދާ ފާމްތަކެއް. މިކަންތަކާ ކުޑަނަމެސް ބަހެއް ބުނި މީހަކީ ނަސީދު. ޝުކުރިއްޔާ ރ ނަޝީދު.

    2
    2
  8. ދިސްވޭ

    ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް މާލެ ސަރަހައްދުން ގޯތި އެއިން ކޮންމެ މީހަކަށް ނުވަތަ ކުއްޖަކަށްދީބަލަ އެގޮތުން އަހަރަކު 4 ހާސް އަކަފޫޓްގެ 5 ހާސް ގޯތި މާލެ ސަރަހައްދުން މިކަމަށް ކަނޑައަޅާ އެކުދިންނަށް އެގޯތި ދިނުމުން ދެން އެކުދިންނަށް ދައުލަތުން ގެރެންޓީދީގެން އެބިމުގައި 15 ބުރި އަށް އިމާރާތް ކުރަން ލޯންދީ އެތަނުން 10 ބުރި ސަރުކާރުން ނަގާ ކުއްޔަށްދިނުމުން ލޯން ވެސް ދެއްކޭނެ އެކުދިން ނަށްވެސް އާމްދަނީ ލިބިގެންދާނެ ދެން ހުރި ފްލޯރ ތަކުން

  9. ނެތޭނެތޭ

    ޢަންނަ ސެޕްޓެމްބަރު މަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައްޔިތުންނަށް ހުރި ޗޮއިސް އަކީ ރައްޔިތުން ފެލައިގެން ރައްޔިތުން އަތުން ޓެކްސް ނުނަގާނެ ކެންޑިޑޭޓެކޭ ޓެކްސް އެއްކޮށް އުވާލާ މާލެ ސަރަހައްދުގައި ހުރި ފަޅު ތައް ހިއްކާ އެ ހިއްކާ ފަޅު ތަކުން ކޮންމެ މަހަކު މަދުވެގެން 1 ހެކްޓަރުގެ 30 ހާސް ބިން ބިމެއް 1 މިލިއަން ޑޮލަރަށް ވިއްކާލާ ޑޮލަރުގެ އަގު 10 ރުފިޔާ އަށް ދަށްކުރެވޭނީ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ރައީސް ޔާމީނަށޭ ގަޓް ރައީސަށް މިކަންވާނީ ރައްޔިތުންނަަށް ހުރި ޗޮއިސް އަކީ ރައީސް ޔާމީނޭ އެނޫން ޗޮއިސް އެއް ނެތޭ ނެތޭ ނެތޭ ނެތޭ