މާލޭގައި ހިންގި މާރާމާރީގައި ބޭބެގެ ގަޔަށް ވަޅި ޖެހީ 25 އަހަރުގެ އަންހެން ކޮއްކޮގެ ބަންދުގެ މުއްދަތު އިތުރުނުކޮށް އޭނާ ދޫކޮށްލައިފިއެވެ.

ހެންވޭރު ގެއެެއްގެ ތެރޭގައި ދެ މީހެއްގެ މެދުގައި ހިނގި ހަމަނުޖެހުމެއްގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައި ވަނީ 37 އަހަރުގެ މީހެކެވެ. އޭނާއަށް ސެނެހިޔާ ހޮސްޕިޓަލްގައި ފަރުވާވެސް ދީފައި ވެއެވެ.

މި މައްސަލައިގެ ތުހުމަތު ކުރެވޭ އަންހެން މީހާގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ފުރަތަމަ ދިނީ ޑިސެމްބަރ 22 ވަނަ ދުވަހު އެވެ.

ނަމަވެސް މިއަދު ފުލުހުން ވިދާޅުވީ އޭނާ އިތުރަށް ބަންދުގައި ބަހައްޓަން ނުފެންނާތީ އިއްޔެ އޭނާ ބަންދުން ދޫކޮށްލާފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކޮށް މަސްތުވާތަކެއްޗަށް ޓެސްޓް ކުރިއިރު މަސްތުވާތަކެއްޗަށް ވަނީ ފައްސިވެފައެވެ.

މި މައްސަލަ އާއި ގުޅިގެން އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. އަހުމަދު

    މި ރާއްޖޭގަ ފުލުހުންނާއި ކުއްވެރިން ކުޅޭ ކުޅިގަނޑަކީ ތުނބުޅި ބޭލުން ކަހަލަ ކަމެއް. ފެޅީ ބޭލީ ، ބޭލީ ފެޅީ. ނޯ ޑިފީޓް ނޯ ވިން.

    22
    • ޡޒ

      އެ ނޫނަސް ފުލުހުން ކީއްކުރާނީ…ފިރިމީހާ ގަޔަށް ވަޅި ޖެހި މަހުޖަނުގެ ދަރި ގެ މައްސަލަ ވެސް ވީގޮތެއް ނޭނގުނީމަ…

      21
      1
      • Anonymous

        ބުރުމާގެ ދަރިއެއް ދޯ

  2. ދެބޯގެރި

    ކަނބަލެއްވީމާ ވަޅިޖެހިޔަސް ބޮއި އަމުލުވެފަ ހުއްޓަސް ބަންދުގަ ނުބެހެއްޓޭނެ ކަނބަލުންނަކީ ހާދަ މަތީ ބައެކޭ ޤާނޫނު އަސާސީއަށްވުރެވެސް މަތީގަ ތިބޭ ބައެއް

    23
  3. ޖާބެ

    ވިމެންްސް ރައިޓް ޖެންޑަރ ރައިޓްސް ހުރިހާ ރައިޓެއް އުޅޭނެ ކަލްޓް ސޯސަލްމީޑިޔާގަ ފިރިހެނަކު ނުކުރާކަމެއް ޖެހިޔަސް އެމީހެއްގެ އަބުރުއެކީ ކަތިލާނެ މިމުޖްތަމައު ހަލާކުވެއްޖެ

    15
    1
  4. ޢ

    ޔޯގާހުއްޓުވަން ނުކުތްމީހުން މުޖުތަމައައް ހުރިނުރައްކަލަކައްވެ ބަންދުގަ އަމަލުވެގެން މީހުންގަޔައްވަޅުޖެހީމަ މިވަނީ ނަފްސާނީ މީހަކައް

    14