އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ކޮންމެ ރަށަކަށް ދިއުމުން ވެސް އެ ރަށުގެ ރައްޔިތުން ބުނަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ވޯޓު ދޭން ނުބުނުމަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ސެޕްޓެމްބަރު މަހު އޮންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ރައީސް ސޯލިހާއި ނަޝީދު ވާދަކުރައްވާ އިރު، ދެ ބޭފުޅުން ވެސް ގެންދަވަނީ ވަރަށް ފޯރީގައި ކެމްޕެއިން ކުރައްވަމުންނެވެ. މިހާތަނަށް އައިއިރު ދެ ބޭފުޅުން ވަނީ ގިނަ ރަށްތަކަކަށް ވަޑައިގެންފައެވެ.

އެ ދެ ބޭފުޅުންގެ އަމާޒަކީ މި މަހުގެ 28 ގައި އޮންނަ އެމްޑީޕީގެ ޕްރައިމަރީގެ ކުރިން ވީހާވެސް ގިނަ ރަށްރަށަށް ވަޑައިގެން އެމްޑީޕީގެ އާންމު މެމްބަރުންނާ ބައްދަލު ކުރެއްވުމެވެ.

ހަތަރު އަތޮޅަކަށް ނަޝީދު ކުރެއްވި ދަތުރުފުޅަށް ފަހު، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޓިކެޓު އެމަނިކުފާނަށް ލިބިވަޑައިނުގަންނަވާނެ އެއްވެސް ގޮތެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.

ނަޝީދު ކެމްޕެއިންގައި.

އެމަނިކުފާނު ވިދާޅުވީ ޕްރައިމަރީއާ ދިމާކޮށް އެމްޑީޕީގެ ދަފުތަރުން 39،000 މެމްބަރުން ވަކި ކުރި ނަމަވެސް ރައީސް ސޯލިހުގެ ފަހަތަށް އެމްޑީޕީގެ މެމްބަރުން ނާރާނެ ކަމަށެވެ. އަދި ދަފްތަރުން މެމްބަރުން ވަކި ކުރުމުގެ އުކުޅަކީ ކޮންމެވެސް މާހިރަކު ދީގެން އުޅޭ ލަފައެއް ކަމަށް ގަބޫލުކުރައްވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީގެ ޕްރައިމަރީން ބަލިވެ ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރަން ޖެހޭ ހިސާބަށް ނުދާނެ ކަމަށެވެ.

"އަޅުގަނޑު ރަށްރަށަށް ދިޔައީމަ، ކުޑަހުވަދޫއަށް ދިޔައީމަ ކޮންމެ ރަށަކަށް ދިޔައީމަވެސް އެބަ ބުނޭ ނުބުނައްޗޭ ދެން އިބޫއަށް ވޯޓު ދޭން." ނަޝީދު ވިދާޅުވިއެވެ.

"އިސްތިއުފާ ނުދެއްވި ނަމަ އެމްޑީޕީއަށް ލިބޭނެ ވޯޓެއް ނޯންނާނެ"

ނަޝީދު ވިދާޅުވީ އެމަނިކުފާނުގެ އަބަދުވެސް އަމާޒަކީ އެމްޑީޕީއަކީ ރާއްޖޭގައި އޮތް އެންމެ ބޮޑު ޕާޓީއަށް ހެދުން ކަމަށެވެ. އެމަނިކުފާނުގެ ވެރިކަން ފެބްރުއަރީ 7، 2012 ގައި ބަދަލުވީ ދުވަހު، އިސްތިއުފާ ނުދެއްވި ނަމަ އެމްޑީޕީއަށް އިންތިހާބުތަކުގައި ވޯޓެއް ނުލިބުނީސް ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް އެކަން ކުރުމަށް އޮތް އެންމެ ރަނގަޅު ގޮތަކީ ރައްޔިތުންގެ ގަޔަށް ބަޑި ޖަހައި ވެރިކަން ދިފާއު ކުރުން ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު ފ. ބިލެތްދޫގައި.

"އަޅުގަނޑު ދެކޭ ގޮތުގައި އެގޮތަށް އެ ދުވަހު އަމަލު ނުކުރި ނަމަ 2013 ގައި އަޅުގަނޑުމެންނަށް ލިބުނު ވޯޓު ނުލިބުނީސް. އަދި 2018 ގައި އަޅުގަނޑުމެން ވެރިކަަމަށް އަންނަން ހިތަށް ވެސް އަރުވާ ނުލެވުނީސް. ރާއްޖޭގެ ސިޔާސީ ހަގީގަތަށް ބައްލަވާލެއްވީމަ މިކަން ސާފުވާނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު އެފަދައިން ވިދާޅުވި އިރު ކުރިން އެމަނިކުފާނާ އެންމެ ގާތްކޮށް އުޅުއްވި ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސެއިން ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާގައި ރޭ ވިދާޅުވީ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ މާ އަވަހަށް ރިއެކްޓްކުރެއްވުމުން ކަމަށެވެ.

ނަޝީދު އަބަދުވެސް ތުހުމަތު ކުރައްވަމުން ގެންދަވާ ގޮތުގައި އެމަނިކުފާނުގެ ވެރިކަން ބަދަލުވީ ބަޣާވާތަކުންނެވެ. ނަމަވެސް އެމަނިކުފާނުގެ ވެރިކަން ބަދަލުކުރި ގޮތާ ގުޅޭ ގޮތުން ހިންގި ތަހުގީގުން އެނގުނު ގޮތުގައި ނަޝީދު އިސްތިއުފާ ދެއްވުމުގައި އެއްވެސް މަޖުބޫރު ކަމެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ކޮރެއާ

    ސޯލިހަކީ އެމްޑީޕީ ތެރޭގައިވެސް ތާއީދެއް އޮތް މީހެއްނޫން. މިކަން އެންމެ ބޮޑަށް އެނގޭނީ ޕާޓީގެ މަތީފަންތީގެ މީހުނަށް. އިބޫ ފެކްޝަން ދޫކޮށް ނަޝީދު ފެކްޝަނާއި މަޖިލިސް މެމްބަރުން ގުޅެމުން އެދަނީ ކަމެއް އެނގޭތީވެ

    15
    5
  2. އެއީ ތެދެއް

    ތިޔައިގެ ދެމީހުން އުޅޭ ފާޑުން މިތިބީ ހޮޑުލަވައިގެންފާ

    12
  3. ންޒީމް

    ސޯލިހުވެސް ބުނެފާނެ ތިމަންނަދާ ކޮންމެ ރަށަކުން ނަސީދު އަށް ވޯޓު ދޭން ނުބުނާށޭ ބުނެޔޭ. މިއަށް ކިޔަނީ 'ބުންޏޭ ބުންޏޭ'

  4. ޗާބޫކުން

    އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ރައީސް އިބޫގެ ފަހަތަށް ނާރާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓް ކެނެރީގެ ނަޝީދު ބުނުމުން އެގިގެންދަނީ ރައީސް އިބޫ އަކީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫން ކަމަށޭ ރިޔާސީ ވައުދުގެ ތެރޭގައި ހިމެނޭ އެންމެ ބަރުދަން ބޮޑު ވައުދު ކަމުގައިވާ މާލެ ސަރަހައްދުން ގޯތި ދިނުމާއި އަދި ގޯތި ވިއްކުމުގެ ކަންކަން ކުރަން ފުރަތަމަ ދުވަހުން ފެށިގެން ވެސް މަސައްކަތެއް ނުކުރިއޭ މާތޮޑާ އަސްލަމް މެން ނަަކީ ފިރިހެންވަންތަ ކަންކަން ކުރެވޭނެ މީހުންނޫނޭ އެމެން ބެލީ މިނިސްޓަރު ކަމުގައި ތިބެގެން ހިޔާ ފްލެޓްސް ލިބުނު ނިކަމެތިން ގައިގައި ޗާބޫކުން ތެޅޭތޯއޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ އޯއް އޯއް އޯއް އޯއް...

  5. ޑޭންޖުރެސް

    ރައީސް އިބޫގެ ފަހަތަށް ޕްރަަައިމަރީން ފެއިލްވާނެ ކެނެރީގެ ނަޝީދު ނާރާނެ ކަމަށް ބުނުން މަމެންނަށް ގަބޫލުކުރަން ވަރަށް ދަތިކަމެކޭ އޭގައި ބޭނުންވަނީ ރައީސް އިބޫ އަށް ތާއީދު ކުރާ އެމްޑީޕީ މެމްބަރުންނަށް ޗޮއިސް ހުސް ކޮށްލައިގެން ކަހާލާ ވޯޓް ތަކެއް ހޯދުމޭ އެމްޑީޕީގެ ވެރިކަމުގައި ކެނެރީގެ ނަޝީދުގެ ވެސް އެއްބާރުލުމާއި އެކުއޭ ޓެކްސް ބޮޑުކޮށްގެން ރައްޔިތުން ހަނާއަރުވަމުން މިސަރުކާރުން ދަނީ އޯއް އޯއް އޯއް ދިސް ސަރުކާރު އިޒް ނޯ ޑޭމް ގުޑް ފޯރ ދިސް ކަންޓްރީ ދޭއާރ ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް ހޭއް ހޭއް ހޭއް ހޭއް ހޯއް ހޯއް ހޯއް ހޯއް ޑޭންޖުރެސް ޑޭންޖުރެސް ޑޭންޖުރެސް...

  6. ބަލާތި

    ރައީސް އިބޫގެ ފަހަތަށް ކެނެރީގެ ނަޝީދު ނޭރުން އެއިން އެގިގެންދާ އެއްޗަކީ މިހާރުން ފެށިގެން ރައީސް އިބޫ ރާއްޖޭގެ ސިޔާސީ މައިދާނުގައި އުޅެން ބޭނުން ނަމަ ރައީސް އިބޫގެ ރިޔާސަތުގެ ދަށުން ވަކިން ސިޔާސީ ޕާރޓީ އެއް އުފެއްދުން އެއީ ވަރަށް މުހިއްމު ކަމެކޭ އެނޫން ނަމަ ރައީސް އިބޫ އަތުން މަރިޔަނބު ގެއްލި ކަތިވަޅި ވެސް ގެއްލޭނެއޭ ސަރުކާރުގެ ކްރެޑިޓް ރޭޓިން ދަށަށޭ އިޓްސް ގޮއިންގް ޑައުން ޑައުން ޑައުން އިޓްސް ޓްރޫ ޖަސްޓް ތިންކް އޮން ދިސް...

    3
    1
  7. ގަލަން ތުނޑުފފ

    ހުސްރޭވުން މަޅިގައި ޖެހޭނީ ދިވެހިން ހަޅެއްލަވާނެ ފަހުން ކުރިން ވިސްނާ ޔާމީން ހޮވާ