އެމަނިކުފާނާ ގާތް ބޭފުޅުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާ ދިމަލާށް އެއްޗެހި ވިދާޅުވާން ފުރުސަތު ނުދެއްވާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިހާބަށް އެމްޑީޕީން ނެރޭނެ ކެންޑިޑޭޓެއް ހޮވުމަށް ބާއްވާ ޕްރައިމަރީގައި ނަޝީދާއި ރައީސް ސޯލިހު ވާދަކުރައްވާ އިރު ދެ ބޭފުޅުންގެ ދެމުގައި ހިޔާލު ތަފާތުވުން ވަނީ ވަރަށް ބޮޑުވެފައެވެ.

ހާއްސަކޮށް ޕްރައިމަރީއާ ދިމާކޮށް އެމްޑީޕީގެ ދަފުތަރުން 39،000 މެމްބަރުން ވަކިކޮށްފައިވާ އިރު އެއީ ރައީސް ނަޝީދުއަށް ތާއިދުކުރައްވާ މެމްބަރުން ކަމަށް އެމަނިކުފާނު ގެންދަވަނީ ވިދާޅުވަމުންނެވެ. އަދި ނަޝީދަށް ތާއިދު ކުރާ ބޭފުޅުން ވެސް ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުންނެވެ.

ޕްރައިމަރީގެ ކެމްޕޭންއަށް ރައީސް ނަޝީދު ހަތަރު އަތޮޅަކަށް ކުރެއްވި ދަތުރުފުޅަށް ފަހު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ނަޝީދު ވިދާޅުވީ އެމަނިކުފާނާ ގާތްކޮށް އުޅޭ އެއްވެސް ބޭފުޅަކަށް ރައީސް ސޯލިހަ ދިމާއަށް އެއްޗެއް ވިދާޅުވާން ފުރުސަތެއް ނާރުއްވާނެ ކަމަށެވެ.

އަދި ރައީސް ސޯލިހުއަށް ފާޑު ކިއުއްވާނީ ސީދާ އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.

"ހަސަން ލަތީފަކަށް ވެސް ޕޯޑިއަމްއަކަށް ނޭރުއްވޭނެ. އާޒިމަކަށް ވެސް، އިލްޔާސް ލަބީބަކަށް ވެސް އީވާއަކަށް ވެސް އެއްވެސް ބޭފުޅަކަށް ނޭރޭނެ. އަޅުގަނޑު ދައްކާނީ" ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެކި ބޭބޭފުޅުން ލައްވައި އެއްޗެހި ގޮވި ނަމަވެސް މައްސަލައެއް ނެތް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އެކަމުވެސް އަޅުގަނޑު ފުރުސަތެއް ނުދޭނަން [އެހެން ބޭފުޅަކު ކިޔާކަށް]. އަޅުގަނޑު ކިޔާނީ. ސްލޯއޭ ކިޔާނީ ވެސް އަޅުގަނޑު. ރިއެކްޓް ނުކުރެއާ ވެސް ކިޔާނީ އަޅުގަނޑު" ނަޝީދު ވިދާޅުވިއެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބަލަ

    ތިޔައީ ކުޅޭ ޑްރާމާއެއްކަން ނޭގޭ މީހަކު ނެތް.

    32
    1
  2. މިހެންތޯ

    މާނައަކީ އެކަންކުރައްވަމުން އެ ގެންދަވަނީ އާއިލީ ބޭފުޅުންނަށް ވިޔަސް "ގާތްބޭފުޅުން"ނެއް ނޫނޭތޯ؟

    11
  3. ނޫނޭނޫނޭނޫނޭ

    އައްޑޫ މީހަކު ރަނިންގް މޭޓަކަށް ވުން އެއީ މާމޮޅު ކަމެއް ނޫނޭ މާލޭގައި އުޅޭ އައްޑޫ ވިޔަފާރިވެރިންގެ ފަރާތުން އައްޑޫ އަށް ކުރަނީ ކޮން ފައިދާ އެއްތޭ އެއްވެސް ފައިދާ އެއް ނެތޭ ކުޑަ މިނުން މިސްކިތެއް ވެސް އަޅާދީފައި ނެތޭ އަދި އާންމު ކޮށް އެހީދޭ ނިކަމެތިން ވެސް ތިބެނީ އެއް ނޫނޭ މާލޭ ވަރުގަދަ މީހަކު ރަނިންގް މޭޓަކަށް ނެގުން އެއީ އޭގަައި ވަކި ފަރާތަކަށް ނުޖެހި ސަރުކާރު ހިންގަން ލިބޭނެ ފުރުސަތަކީ ރާއްޖެތެރޭ މީހަކު ރަނިންގް މޭޓަކަށް ނަގައިފިނަމަ އެމެން ރަށަށް ކަންކޮށްދޭން ހަދާނީ އައްޑޫ އަކީ އެއީ އެއްވެސް މުސްތަގްބަލެއް އޮތް ތަނެއް ނޫނޭ ނޫނޭ ނޫނޭ ނޫނޭ...

    18
    6
  4. ޒާ

    ޑިމޮކްރަސީ ޕާޓީތެރޭއޮތްވަރު ދައްކަން ޑްރާމާކުޅުނަސް ތީ އެކައްޗެއް. މަރަކާޖައިގެންކާ ދޭތި.

    18
    1
  5. އަޙުމަދު

    ކުރީގައި ހެލްތު މިނިސްޓަރު ކަން ކުރެއްވި ރިސޯޓް އޯނަރެއްގެ އަނބިކަނބަލުން އެހެންނޫންތޯ؟

    11
  6. އިބްރާހިމް

    އިންޑިއާ އެމްބަސީން ރާވައިގެން ކުޅޭ ޑްރާމާއެއް. ބޭނުމަކީ އިންޑިއާ މިލިޓަރީއާއި ދެކޮޅަށް ރައްޔިތުން ކުރާ ކެމްޕޭން ހުއްޓުވާލުން. މި ދެމީހުން ކޯޅޭކަމަށް ހަދައިގެން ރައްޔިތުންގެ ފޯކަސް އަނބުރާލުން. ރ ޔާމީނަށް ނުޙައްޤުން އަދަބުދީ ރައްޔިތުން ބިކަކުރުން.

    18
    1
  7. އަހުމަދު

    މި ޕާޓީތަކާއި ގުއި ޑިމޮކްރަސީއިން ބަރީއަތް ވެތިބުމެއްނޫންތޯ އެންމެ އަމާންކަންބޮޑީ؟ މި ކަމާ އެއްބަސް ވަނީ ކޮން ބަޔެއްތޯ؟

  8. ލައިލާ

    މާދަމާ އިރުނާރަނިސް ތިކަމެއްވާނެ މީނަ ނުކުރާނަމޭ ބުނެފިއްޔާ އެކަމެއްކުރާނެ މުޖައްރިބު ކަމެއްއެއީ މީނާ ކައިރީ އުޅޭމީހުން މިހާރު ކިޔަނީ ޒައީމް ހަމަހިމި އަންނަނީ

  9. މަ

    އެހެންމީހަކު ލައްވައެއް ނުކިޔުއްވާނަން. މަ އެކަނި ކިޔާނީ.