ބ. ތުޅާދޫގައި އެއާޕޯޓެއް އެޅުމަށް ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ބަޔަކާ ހަވާލު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ބ. އޭދަފުށީގައި ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހް، އެ ޕާޓީގެ މެމްބަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ވިދާޅުވީ އަހަރު ނިމެންވާއިރަށް ތުޅާދޫ އެއާޕޯޓު ބޭނުންކުރެވޭ ވަރު ކުރުމަކީ މި ސަރުކާރުގެ އަމާޒެއް ކަމަށެވެ.

އަދި ތުޅާދޫގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކައި ނިންމައި އިމާރާތްތައް އިމާރާތް ކުރުމުގެ މަސައްކަތް ފެއްޓެވުމަކީ ވެސް އަމާޒެއް ކަމަށް ރައީސް ވިދާޅުވިއެވެ.

"އިރާދަކުރެއްވިއްޔާ ކުރިއަށް މިއޮތް ދެތިން ހަފްތާ ތެރޭ އަޅުގަނޑުމެން އެކަން ކުރުމަށްޓަކާ ބަޔަކާ ހަވާލުކުރެވޭނެ ކަމުގެ ޔަގީންކަން މިއަދު އަރުވަން." ރައީސް ވިދާޅުވިއެވެ.

ތުޅާދޫގައި އެއާޕޯޓެއް އެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވައުދެކެވެ. ބ. އަތޮޅުގައި އޮންނަނީ އެންމެ އެއާޕޯޓެކެވެ. އެއީ ބ. ދަރަވަންދޫގައި އަޅާފައިވާ އެއާޕޯޓެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ކަމަނަ

    ވެރިކަމަކީ ﷲދެއްވާ އިމްތިހާނެއް އަމާނާތެއް ޚިޔާނާތްތެރިވުމުން ފާފަ ލިބޭނެ ނިކަމެތިންގެ އަޑުނާހާ ވެރިކަން ކުރުމަކީ ލައުނަތް ލިބިގެންވާކަމެއް

    35
  2. ގޯބިލި ފަޒުނާ

    ނަމަނަމަ ބަންދު ދުވަސްތައް ނުގުނާތި 30 ނުވަތަ 45 ދުވަސް ވާނެ ދެހަފުތާއަށް

    18
  3. ރައްގުޑާ

    ޔާމީނު ވެރިކަމުގާ ބޮޑު ތަކުރުފާނު މަގު ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ގޮސް ދަރުމަވަންތަ ހޮސްޕިޓަލާ ހަމަޔަށް ތާރު އަޅާފަ އެމަގުގެ ބާކީ ސޯލިހުއަށް ނިއްމާނުލެވުނު އަދި ނުވީތާކަށް އަމީނީމަގުގާ ތާރުގަޑު ނޭޅެބަޔަކަށް ކޮން އެއާޕޯޓެއް އެޅެނީ ތުޅާދޫ ރައްޔިތުން މި ކިބޫ ދައްކާވާހަކަ ގަބޫލު ނުކުރާތި އަދި ތުޅާދޫ ރައްޔިތުން ހޭވެރިވޭ !!!!!!

    31
  4. Anonymous

    ތިކަންވެ ނިމިއްޖެ ، މިއަދު މެންދުރު ފުރަތަމަ ފުލައިޓް ޖައްސައިފި.

    24
  5. ނުވާނެއޭ

    އަމާޒަކީ މި އަހަރު ނިމުމުގެ ކުރިން ތުޅާދޫ އެއާޕޯޓު ނިންމާލުން ކަމަށް ރައީސް އިބޫ ބުނި ނަމަވެސް އެކަން އެގޮތަށް ނުވާނެއޭ ސަބަބަކީ ފުރަތަމަ ކަމަކީ ބިން ހިއްކަން ޖެހޭނީ ބިން ހިއްކާ ނިންމަން މިސަރުކާރުން ނަމަ ނަގާނެ އަހަރު ދުވަސް ދެން އެއާރޕޯރޓް އަޅަން ނަގާނެ 4 އަހަރު ދުވަސް މީ މަޝްހޫރު ސްލޯ ސަރުކާރު ބަލަގަ ފަރެސް މާތޮޑާ އެއާރޕޯރޓްގެ ރަންވޭ އަޅާ ނިންމާފައި މިވެރިކަމާއި ހަވާލު ކުރުމުން 5 އަހަރު ވާއިރު އަދި ވެސް ނުނިމެއޭ އެތަން ނުވާނެތިކަމެއް ނުވާނެ ރައީސް އިބޫ އަކަށް ނުވާނެ ނުވާނެ ނުވާނެ ނުވާނެ..

    21
  6. ދަރަނި ދަންތުރަ

    މެކުނު ފުމުނަސް ގާހަކަ ޔަކަށް ނުފުމެވޭނެ ، ކަލޯ މެނޭ ، ދެކޮމަންޑޫ ވެސް ގުޅާލީ ކިހެނެއްބާ ..

    25
  7. އެހެންތޭ

    މި ސަރުކާރަކީ މަޝްހޫރު ސްލޯ ސަރުކާރު ހުރަވީ ބިލްޑިންގް ގައި ޕާރކް ކުރާނެ ތަނެއް ހަދަން 8 މަސް ދުވަސް އަދި ވެސް ނުނިމެއޭ ވާނުވާ ނޭގެއޭ އާންމުންނަށް އެތަނުގެ އެއްބައި ޕާރކްއަކަށް ހަދަން ޖެހެނީ އެއީ ކިއެއްވެތޭ ދެން އަނެއް ކޮޅުން މާލެ ސަރަހައްދުން ގޯތި ދޭން ބުނެ ވައުދުވެގެން އައި ސަރުކާރަށް 5 އަހަރު ފުރޭއިރު އަޅެ ދެވުނު އެންމެ ގޯއްޗެއް ވެސް ފްލެޓެއް ވެސް ނެތޭ ދެން ފަޅު ހިއްކައިގެން އެފަދަ ފަޅެއްގައި އެއާރޕޯރޓް މިސަރުކާރަށް ހެދުން ހުޅަނގުން އިރުއެރުމޭ

    16
  8. ޑރ ސާޖީ

    ބޯމަށްޗަށް ވައުދުވޭ ސުލޯބޭ.

    14
  9. ސަމޫދު

    ހިންނަވަރު ބެއްޔާ އެއަރޕޯޓު ރަށްތަކުގަ އަޅައިގެން ކުރާނީކީއް ބެއްޔާއަކަށް އަގެއްކުޑައެއްނުކުރެވޭ ރަށްޔަތުން މާލެދާންޖެހެނީ ސުޕީޑުލޯންޗުފަހަރުަގަ ކޮބާ އެއަރޕޯޓު އެޅުމުގެ ބޭނުމަކީ މަގޭ ރަށުގަ އެއަރޕޯޓެއް އޮންނާނެއޭ ބުނެ ފަހުރުވެރިވި ޒަމާން ރ ޔާމީނުގެ ޒަމާން ވަނީ ފޭރިގަނެފަ.

    15
  10. Anonymous

    ކަލޭއަޅަން ވަޢުދުވީ ތިލަމާލެ ބުރިޖް ކޮބާ؟؟؟ކަނޑު އަޑީގަތަ؟؟ ކަނޑުކޮސް އިބިރިހިމާ !!

    15
  11. ހުސޭނުބޭ

    ތުޅާދޫ މީހުން ބަނޑަށް ވައިއަރުވާފި

  12. ނަޒީ

    ދިވެހިންގެ ޠަބީޢަތަކީ ، ކަމެއް ކޮށްދިނުމާއެކު މާޟީ ހަނދާންނެތުން. އެކަމަކު މިފަހަރު ހީޔެއްނުވޭ ރައްޔިތުން ގުނބޯހެއްދޭނެހެނެއް! މަޖްލިސް ބައިއެލެކްޝަންގައި މަރޮށި ، ފޯކައިދޫ ، ކޮމަންޑޫ ހީވީ ދެންމެދެންމެ 6 ބުރިޔަށް ނަގާފަނެހެން. ދެކޮމަންޑޫ ގުޅާލުމަށްވެސް ވަގުތުން 240 މިލިޔަން ރުފިޔާ ހަމަޖެއްސިކަމަށްބުނުމާއެކު ކޮމަންޑޫ ރައްޔިތުން ހެއްލިއްޖެ! ބޮލަކަށް 3000 ދީގެން މިފަހަރުވެސް ވޯޓުގަންނާނޭވަހަކަ އެބުނަނީ " ތިމަންނަޔަށް އެގެޔޯ ރައްޔިތުންގެ ވޯޓު ހޯދާނޭގޮތް" ލަދުން ބޯ ހަލާކު

  13. އާދަނު

    ވޯޓަށް ޙަވާލުކުރާނެ! މަސައްކަތު މީހުން ގޮސް ހޭކެންވެސް ހޭކޭނެ! ހުވަފެން ދައްކާނެ! 4 އަހަރު ނިމުނުއިރު ވީކަމެއް ނެތް! ރައްޔިތުން ހޭލާ ތިބޭތި!

  14. Anonymous

    އެޅޭވަރުވާނީ....................

  15. ހަބަރުބޭ

    އަނެއްކާވެސް އިންޑިޔާއިން ބޮޑު ލޯނެއް ނަގާނޭގޮތެއް އެ ބަލަނީ! + ތުޅާދޫ ރައްޔިތުން ނުހެއްލޭނޭކލަމަށް މި ބަލަނީ