މި ސަރުކާރުގެ ކަމަކީ ހެސްކިޔާފައި މަޝްރޫއުތައް ފެށުން ކަމަށާއި ނަމަވެސް އެ މަޝްރޫއުތައް ނިންމުމެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ލ. ހިތަދޫގައި ބޭއްވި އެމްޑީޕީގެ ކެމްޕެއިން ޖަލްސާގައި ނަޝީދު ވިދާޅުވީ ދައްކާން ޖެހޭނީ ވާންއޮތް މިންވަރަކަށް ކުރެވެން ހުރި ކަންކަން ކަމަށެވެ، އަދި އެމްޑީޕީގެ މެނިފެސްޓޯގައި އޮންނާނީ ވާންހުރި ކަންކަން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް އޭގެ އިތުރު ކަންކަން ކުރަން ފަށައިފި ނަމަ، މެނިފެސްޓޯގައި ލިޔެފައި ހުރި ކަންކަން ކުރަން ދަތިވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ކުޑަ ރަށެއް ބޮޑު ރަށެއް ފަޅު ރަށެއް ބަލާނުލާ ބަނދަރު ހަދަމުން އަނެއްކަމެއް ކުރަމުން ދިޔައިމަ ދެން އަތުގައި ހުންނަ ފައިސާކޮޅު މަދުވީމާ ހާއެްސަކޮށް ކުރާން ހުރި މުހިންމު ކަންކަން ކުރުމަށް ދަތިވެގެންދޭ. މުޅި ރާއްޖޭގެ ތަރައްގީ ގެނެވެން އޮތީ ވަކި ހާއްސަ ތަންތަނަކަށް ބަލައިގެން އެ ތަންތަނާ ދޭތެރޭގައި އެހެން ނަޒަރަކުން ވިސްނައިގެން. އެއް ހަމަ ކުރުމަކީ ހުރިހާ ގަހެއް އެއް ހަމައަށް ބުރިކޮށްލުމެއް ނޫން." އެމްޑީޕީގެ ރައީސް ކަން ވެސް ކުރައްވާ ނަޝީދު ވިދާޅުވިއެވެ.

"އެއް ހަމަ ކުރުމަކީ ބޮޑެތި ގަސްގަސް ބަހައްޓާފައި އެ ގަސްގަހުގެ ހިޔަލުގައި އޭގެ އެހެން ގަސްގަސް ހެއްދުން. ބޮޑެތި އާބާދީ ތަކާ އެހެން އާބާދީތަކާ ގުޅުވައިގެން ވިޔަފާރީގެ ފުރުސަތު ބޮޑުކޮށް ރަނގަޅު އިގްތިސާދެއް ބިނާކޮށް ރަނގަޅު ތަނަވަސްކަމެއް އަޅުގަނޑުމެން ހޯދުން"

ނަޝީދު ވިދާޅުވީ ހިތަދޫގައި ވެސް ފެނާއި ނަރުދަމާގެ މަސައްކަތް ކުރާތާ ހަތަރު އަހަރު ވެފައިވާ ކަމަށެވެ. ނަމަވެސް ރިސޯޓެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ދެ މަސް ދުވަސް ތެރޭ ނިންމާ ކަމަށް ވިދާޅުވިއެވެ. އަދި އެ މަސައްކަތް ކުރަނީ ވެސް ރާއްޖޭގެ ރައްޔިތުން ކަމަށާއި އެކަން ކޮށްފައި ހުންނަނީ ވެސް ވަރަށް ފުރިހަމައަށް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް މީހުން އުޅޭ ރަށްރަށުގައި އެކަން ކުރަމުންދަނީ ރަނގަޅަށް ރަހަކޮށް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އަދި ކަމެއް ކުރަން ފަށާއިރު އެ ކަމަކަށް ބޭނުންވަނީ ކޮން އެއްޗެއްތޯ، ކިހާ ސާމާނެއްތޯ ކިހާ ރުފިޔާއެއްތޯ ކިހާ މީހުންނެއްތޯ ކިހާ ދުވަހެއްތޯ މީގެ އެއް ކަމެއް ބަލާލުމެއް ނެތި ހަމަ އަންނަ ގޮތަށް އައިސް މާދަމާ މަސައްކަތް ފަށަނީ. ހީވާ ކަހަލަ ވީހާވެސް ގިނަ ކަމެއް ފެށުމޭ މީގަ އޮތް ކަމަކީ ކަމެއް ނިންމުމެއް ނެތް" ރައީސް ނަޝީދު ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ޗާބޫކުން

    ކާކަށްތަ އިނގޭނީ ކުރަން ހިތުލަފާ ކެނެރީގެ ނަޝީދު ވެރިކަމަށް އަންނަން ވި ވައުދު ކަމަށްވާ ޑޮލަރުގެ އަގުބޮޑު ނުކޮށް އޭނާ ވެރިކަން ރައްޔިތުންނަށް ކޮށްދޭނޭ ކަމަށް ކަންވާހިނގީ އެއާއި ދިމާ އިދިކޮޅަށޭ ވެރިކަމަށް އައިސް ތަޚްތުގައި ފޫކޮޅު ޖެހުމާއި އެކު ޑޮލަރުގެ އަގު ބޮޑުކޮށް ރައްޔިތުން ފެލަން ވެގެން ރައްޔިތުން އަތުން ޓެކްސް ނަގައިގެން ކުރީ ފިލްލް ކުޅުމާއި ރާއްޖޭން ބޭރަށް ދަތުރުކޮށް ހައެއް ހަތަރަށް ބޮޑު ބަޖެޓް ތަޅާ ބުރުއްސުމޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ އޯއް އޯއް އޯއް އޯއް...

  2. ޗާބޫކުން

    އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ އައްޑޫ އަދި މާލޭ ވިއަސް ތަރައްގީވާނީ ކިހިނެއްތޭ ސަރުކާރުގެ މައި ކުންފުނި ކަމަށްވާ އެސްޓީއޯ އެމްޑީ އަމްރު އެކުންފުނީގެ ސަޕްލަޔަރުން އަތުން ހަނޑޫ ހަކުރު ފުށް ގަންނަ ފައިސާ އިން ކަޓް ޖައްސައިގެން އެކަޓް ފައިސާ އިން އެމެރިކާގެ ޖުވާ ކުޅޭ ކިއްލާ ކަމަށްވާ ލަސްވެގާސް އަށް ގޮސް އެސްޓީއޯގެ ފައިސާ ހައެއް ހަތަރަކަށް ތަޅާ ބުރުއްސަނީއޭ މީ އަންނި ވެރިކަމުގައި ކުރި ކަމެއް ނޫނޭ މީ ޗާބޫކުން ތަަޅަނީއޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ މުޅި ރާއްޖޭގެ ރައްޔިތުންނަށް ވިއްކާ ތެލުގެ އަގު ތިން ގުނަ ބޮޑުކޮށް ރައްޔިތުން ހަނާކޮށް ރޯނާ ގަންނުވާލައިފިއޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ އަވަހަށް އެޗާބޫކުނޭ ގެންދަވާ ގަދައަށް ތަޅާލީމާ ރައްޔިތުންގެ ގުދާރުން ހަންގޮސްފިއޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ އޯއް އޯއް އޯއް އޯއް...

  3. ޗާބޫކުން

    އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ ރާއްޖެތެރޭގެ ކޮންމެ ރަށެއްގައި ވެސް އެރަށަކަށް ގުދުރަތީ ގޮތުން ލިބިފައިވާ ނިއުމަތް ތަކެއްވެއޭ އެނިއުމަތް ތައް އެ ރަށެއްގައި އުޅޭ ރައްޔިތުންނަށް ހޯދާ ދިނުމަކީ ސަރުކާރުގެ ޒިންމާ އެކޭ އެގޮތުން ބަލާއިރު އައްޑޫ އަކީ އިންޑަސްޓްރިއަލް ޓައުން އަކަށް ބަދަލު ކުރަން ބޭނުންވާ ހުރިހާ ޝަރުތެއް ފުރިހަމަވެއޭ އެކަން ނުކޮށް އަައްޑޫ އާއި ނުގުޅޭ ޓޫރިޒަމް ކުރިއަރުވަން މަރުފަލި ޖެހުން އެއީ ތަރައްގީ ގައި ޗާބޫކުން ތެޅުމޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ އޯއް އޯއް އޯއް އޯއް...

  4. ހުސޭނުބޭ

    ތިހެން ކިޔާފައި ބުނެބަލަ އެއީ މަވެސް ހެދި ގޮތޭ. މަވެސް ކޮންމެ ރަށެއްގައިވެސް ދަތްގަނޑު ޖައްސާލާފައި ލާރިކޮޅު ކާލާފައި ބޭއްވީއޭ

    14
    2
  5. ދާންދޫ

    ގދ.ހަވަރު ތިނަދޫގަ އަޅަން ވައުދުވި ޓާޝަރީ ހޮސްޕިޓަލުނާޅާ 800 މީހުން ހަމަނުވާ ވަގު ހިފާ އޮޑިޓަރުގެ ރަށަށް ވައުދުވެސް ނުވާ ބޮޑެތި ތާކުންތާކު ނުޖެހޭ ޕްރޮޖެކްޓްތަށް (725 މިލިޔަންގެ) ކުރިއަށް އެގެންދަނީ ލައްކަ ވޯޓު ލިބޭނެކަމަށް ހެއްޔެވެ 725 މިލިޔަނަށް ތިނަދޫގައު ނޫނީ ހުވަދު އަތޮޅު އެހެން ރަށެއްގައިވިޔަސް ޓާޝަރީ ހޮސްޕިޓަލެއް އެޅިނަމަ މުޅި ހުވަދު އަތޮޅަށް ފައިދާވީސްއެ

  6. ދޮހިކަރު

    ކަލޭހެން ކަންކަން ފަށާފައި ވެެެރިކަމަކުން ނުއެއްފައިބާ ސޯލިހުއެއް

    6
    5
  7. އަލިބެ

    އަސްލުވެސް ވަރަށް ބޮޑު ތެދެއް މިފަހަރު ތި ބުނީ

    9
    2
  8. Mahujanu

    ފަށައިގެންދޯ ނިންމޭނީ، އެވަރު ނޭނގޭމީހަކު މިތެޅެނީ.

    6
    3
  9. ޙާދީ

    ކެރަފާ ޖަހުލާ ކަލޭ ތީ ރާއްޖެއަށް ޖެހިފަ ހުރި ބަލާއެއްް.....ކަލޭ މި ދީބުން ފެއްސިގެން ދޭ...

    10
    3
  10. Anonymous

    ކަލޭކުރިކަންތަށް ވަރަށްރަގަޅުދޯ؟؟އެއަރޕޯޓްވިއްކާލާފަ ލާރިކޮޅުޖީބަށް. ދިރާގު ވިއްކާލާފަ ލާރިކޮޅުޖީބަށް. ފެންކުންފުނި ވިއްލާލާފަ ލާރިކޮޅުޖީބަށް.

    20
    1
  11. ދަރަނި ދަންތުރަ

    އެމްޑީޕީގެ އަކީ ހަމައެކަނި ދުލުން ކަންކުރާ ބައެއް ، އެމްޑީޕީގެ އަސްލަކީވެސް ދޮގުހެދުމާއި މަކަރާއި ޙީލަތުން ގައުމު ނޮޅާ ކެއުން ، ތިއީ ހަމަ އެއްގަލަކުން ފެހިކާ ދެ ރޮނޑު

  12. ނުޖެހޭނެއޭ

    އެމްޑީޕީ އަކީ އެއީ ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ ކެނެރީގެ ނަޝީދަކީ ވެސް ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ ރައީސް އިބޫ އަކީ ވެސް ރައްޔިތުންނަށް ހުރި ޗޮއިސް އެއް ނޫނޭ އާރުޓީއެލް ފެރީ ތައް ނުދުވާނެއޭ ސަބަބަކީ ހިންގުމުގެ ޚަރަދު ބޮޑު ވުމުގެ ސަބަބުން އެކަން ދެކޮޅު ނުޖެހިގެން ހުއްޓާލަން ޖެހުމޭ ރާއްޖެތެރޭގައި 200 ރަށުގައި މީހުން ދިރިއުޅެގެން ނުވާނެއޭ 15 ހާހުން ދަށް އާބާދީ މާލެ ސަރަހައްދަށް ބަދަލު ކުރަންވީއޭ އެނޫން ގޮތަށް ދެކޮޅު ނުޖެހޭނެއޭ

  13. ނީވެއޭ

    ރައީސް ކޮވިޑް ހަނދާން ކޮށްދެއްވި ނަމަވެސް މަމެން ހަނދާން ނުނެތެއޭ ރައީސް އިބޫ މެން ރާއްޖޭގެ ބޯރޑަރު ބަންދުކޮށްގެން ވާނުވާ ގައި ތިއްބާ ކެނެރީގެ ނަޝީދޭ އިސްނަގައިގެން އޭނާއޭ ފުރަތަމަ ރައްޔިތުންގެ މަޖްލީސް ހުޅުވީ ދެން އޭގެ ފަހުން ސަރުކާރުން ލަދުންނޭ ސަރުކާރު ހުޚުވީ ކެނެރީގެ ނަޝީދު މަޖްލީހުގެ ރައީސް ކަމުގައި ނެތް ނަމަ ރާއްޖެ ލަންކާ އަށް ވުރެން ނުބައި ދަރަޖައަށް ދާނެ ކަން އެއީ ޔަގީން ކަމެކޭ ރައީސް އިބޫ އަށް ރައްޔިތުން ކިޔާ އެއްޗެއް އަޑުނީވެއޭ ނީވެއޭ...

    2
    3
  14. އިނގުރައިދޫ ކަނބުރު މަތީނު

    ކެނެރީގެ ނަޝީދަށް ދެން މިގައުމުން ޖާގައެއް ނެތް.ވެރިކަން ލިބުނީމާ ކުރަން ނޭނގޭ މީހަކަށް އަނެއްކާ ކިހިނެއް ވެރިކަން ހަވާލުކުރާނީ. މީނާ ގެ ބޭނުމަކީ ގައުމު ނަޞޯރާ ދީނަށް އަނބުރާލުން. މިހާރު މިގައުމުގާ ވެރިއަކަށް އެހުންނެވީ ރަނެއް މަލެއްފަދަ ޖަވާހިރެއް. އިންޝާ ﷲ ދެންވެސް އިބޫ ޞާލިޙު.

  15. އަބްދޫ

    މިސަރުކާރުން މަސްރޫއު ފަށަކަމަށް އެއްބަސް ވަމު . އެކަމަކު ނަސީދުގެ 3 އަހަރުގެ ވެރިކަމުގަ ފެށި ކޮންމަސްރުއެއް ނިންމީ ކޮންމަސްރުއެއް ބުނެދީބަލަ . ޓީބިލް ވިއަކައިގެން ދަރަނި 26 ބިލިއަން ރުފިޔާއަށް އެރުވި ތަރައްގީއަށް ފެށީކޮންމަސްރުއެއް. އިސްތިއުފާދިނީ ފިނޭންސް އަށް 2.5 ބިލިއަންރުފިޔާގެ ފައިސާ ދައްކަންޖެހޭ ބިލް ޖަމާކޮށްފަ . ކުރީ ކޮންކަމެއް. ބިދޭސިންގެ ޑިޕޮޒިޓް ގޮތުގަ ގުރި އެޖެންސީތަކުގެ ފައިސާ 1.2 ބިލިއަން ރުފިޔާ ބޭނުންކޮށްލި ކުރީކޮންކަމެއް. ސިވެލް ސާވިސްގެ މުސާރަޔަށް 800 މިލިއަން ރުފިޔާ ނުދީ ހިފަހައްޓާފަ ހުރި އަތޮލާއި ރަށްރަށުގެ ކައުންސިލްތަކުގެ ބެލުމުގެދަށުގަ ހުރި ރައްޔިތުންގެ ފައިސާ 20 ބިލިއަނ ރުފިޔާ ރައްޔިތުންނަށް ސިއްރުން ކަހާލި ފައިސާއިން ހުރީ ކޮންކަމެއް އަތޮޅުތަކަށް ދިނީ ކޮނ1ްހިދުމަތެއް ހިންގީ ކޮންމަސްރުއެއް ބުނެދީބަލަ ފައިސާ ކޮބާ .ހަގީގަތަށް ބަލާއިރު ތިޔަ ނަސީދު ވަނީ 50.5 ބިލިއަން ރުފިޔާއަށް ގައުމު ދަރުވާފަ. މިހާރު ވެރިކަމަށް އަންނަން ތިޔައުޅެނީ ކޮންދަ ގެއްލުމެއް ގައުމަށް ދިނުމަށް ރާވައިގެންބާ؟