ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫ ސިޓީ އަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް، އިދިކޮޅު ޕީޕީއެމް އިން މުޒާހަރާ ކުރާތީ އެކަން ހުއްޓުވުމަށް ފުލުހުން ނުކުމެ، އާންމުން ގަޔަށް ޕެޕާ ސްޕްރޭ ޖަހައިފިއެވެ.

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން ޖަލުން މިނިވަން ކުރުމަށް ގޮވާލައި އައްޑޫ ސިޓީ، ފޭދޫގައި ކުރިއަށްދާ މުޒާހަރާ ހުއްޓުވަން ކުރާ މަސައްކަތުގެ ތެރެއިން އަންހެނުންގެ ގައިގައި ފިރިހެން ފުލުހުން ބައްދާލައިގެން ކޮއްޕާތަން އާންމުވެފައިވާ ވީޑިއޯތަކުން ފެނެއެވެ.

ފުލުހުން އަމަލު ކުރަމުން އަންނަ އާންމު އުސޫލުން ނަމަ، އަންހެނުން ހައްޔަރު ކުރަން، އަންހެން ފުލުހުން ހަރަކާތްތެރިވިޔަސް، އައްޑޫ އިން އެއްވެސް ވަރަކަށް އަންހެން ފުލުހުން ނުފެނެއެވެ. އޭގެ ބަދަލުގައި މުޒާހަރާ ހުއްޓުވުމުގައި މުޅިން ވެސް ހަރަކާތްތެރި ވަނީ ފިރިހެން ފުލުހުންނެވެ.

އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އަންހެނެއްގެ ބުރުގާ ނަގާ މަންޒަރު ވީޑިއޯ އިން ފެނެއެވެ. ބުރުގާ ބާލައި އޭނާގެ އައުރަ ފެންނަ ގޮތް ހަދާ މަންޒަރު ވެސް ވީޑިއޯ އިން ފެނެއެވެ.

ފަހަކަށް އައިސް މާލޭގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ފުލުހުން އަމަލު ކުރާ ގޮތުން ގިނަ ބައެއްގެ ފާޑު ކިއުން ފުލުހުންނަށް ދަނީ އަމާޒުވަމުންނެވެ. ދާދި ފަހުން މާލޭގައި ކުރި މުޒާހަރާއެއްގައި އުމުރުން ދުވަސްވީ އަންހެނަކު "އުފުރާލަން" ފުލުހުން އަމަލުކުރި ގޮތަށް ފާޑުކިޔުން އަމާޒުވިއެވެ.

އެ ފަހަރު ވެސް އާންމުވި ވީޑިއޯ އަކުން ފެނުނީ ފުލުހުން މުޒާހަރާގެ ބައިވެރިން "ފަހައިގަތުމުން" މުޒާހަރާގެ ބައިވެރިން ހިމަ ގޯޅިއެއްގެ ތެރެއަށް ދުވެފައި ވަތް ތަނެވެ. ނަމަވެސް އެހެން މީހުންނާ އެއްވަރަށް ދުވެފައި ނުދެވުނު އުމުރުން ދުވަސްވީ އަންހެނަކު ފުލުހުންގެ "އަތްދަށުވީ"އެވެ.

ފުލުހުން އުމުރުން ދުވަސްވީ އަންހެން މީހާ ހައްޔަރު ކުރީ އޭނާގެ އަތް ކުޑަހުޅާއި ހަމައިން ލަންބާލައިގެންނެވެ. އަތް ކުޑަހުޅާއި ހަމައިން ލަންބާލުމަކީ ފުލުހުންނާއި ދެކޮޅަށް ބާރުގެ ބޭނުންކުރާ މީހުން ހައްޔަރު ކުރާއިރު ފުލުހުން ބޭނުންކުރާ އުކުޅެކެވެ.

ފާޑުކިޔުންތައް އަމާޒުވުމުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވެސް ވަނީ އުމުރުން ދުވަސްވީ އަންހެނަކު ހުއްޓުވުމުގައި ފުލުހުން އަމަލުކުރި ގޮތުން ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އެމައްސަލަ ބަލާނެ ކަމުގެ ޔަގީންކަން ވެސް ދެއްވިއެވެ.

އެކަމަކު، ކޮންމެ ކަމެއް ހިނގުމުން ވެސް މައްސަލަ ބަލަނީ އޭ ބުނި ނަމަވެސް އޭގެ ފަހުން އެއްވެސް ފިޔަވަޅެއް އަޅާ ތަނެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ބާމިޔަ

    ނަޝީދުގެ ސަޕޯޓަރުން އެއީ. މަދެއްނޫނޭ ނަޝީދުގެ ސަޕޯޓަރުންނެއްވެސް.

    33
    2
    • ޢަލިބެއްޔާ

      ﷲ ނަހީކުރެއްވި ކަމެއް ކޮށް އަދަބު ލިބެންޖެހޭ މީހަކު މިނިވަން ކުރުމަށް ގޮވާލާ މުޒާހަރާ ކުރުމަކީ ﷲ އާ ދެކޮޅަށް މުޒާހަރާ ކުރުން ފަދަ ކަމެއް.އިސްލާމީ ގައުމެއްގަ މިގޮތަށް ﷲ ދެކޮޅަށް މުޒާހަރާ ކުރާމީހުން ނަށް މަރުހެ އަދަބު ދޭނެ.

      6
      28
      • މޮޔަ

        ދީން އެއްވެސް ވަރަކަށް އެނގޭތޯ... މޮޅު ކޮމެންޓު ކުރާ އިރު... އެނގޭތަ ފާސިގުންގެ ހެކިބަސް ނުނެގޭ ކަން ބޭފުޅާ

        27
        2
      • ޙަަަހަ

        ﷲ ގެ ހުކުމްފުޅާއި އެއްގޮތަށްތޯ ހުކުމްކުރީ ، ހެކިވެރިންތިބީ ކޮންހާލަތަކުތޯ ، ވަކިބަޔަކަށް ފެންނަގޮތް އެއީ ރަނގަޅުގޮތްވީމަ ކަމަކުނުދޭ ، މިޤައުމުގައި މަތީމަޤާމުގައި ތިބޭމީހުން ﷲ ގަންދީ ހުވާކުރާއިރު މީހެއްގެ ބޮލުގައި ޒިނޭގެ ތުހުމަތު އަޅުވާފަ ސާބިތުކޮށް ނުދެވުނީމަ ދެން އެމީހެއްގެ ހުވާ ޞައްހަވާނެގޮތެއް ބުނެބަލަ ، މީ ޖާހިލިއްޔަ ޒަމާނެއްނޫން ، އަބޫޖަހުލު ފަހަތުގައި އުޅޭބައިގަނޑެއްހެން ތަންދޮރު ނޭނގި ފުރައްސާރަކުރަމުން ދުވާކަށް

        21
        1
      • ޢަޒްރާ

        އަހަރެމެންގެ ނަބިއްޔާ ސޢ ވ އަށްފުރައްސާރަ ކުރުމަކީ ﷲ އަށް އީމާންވެ އެކަލާނގެ އެންގެވި ގޮތަށް އުޅުންތޯ؟ ބުރާންތި ވިޔަސް ތީ ބޮޑުވަރު

      • މާނުބެ

        ކަލޭ ދީން އެގޭ މީހާއަށް ޔަގީންތޯ ޔާމީނު ރިސްބަތު ނުހިފާކަން
        ބަލަ އެބޭފުޅާ އަމިއްލަ އަށޭ ބުނީ ދޫވެއްސަށް ވަން ލާރި ހަލާލެއް ނޫނޭ
        ވައްކަން ކުރަމުން ދުވިއިރު ޚާލިދު ބުނި ވަލީދު ޔާމީނާ ދެކޮޅަށް ހެކިބަސް ދިނީމަ ފާސިގެއް. ކުރިން ފައިސާ ޖަމާކުރި އިރު ބުނެފަ އޮތީ ކެމްޕޭނަށް ދިން ލާރި އެކޭ
        ޕޮލިހުން ތަހުގީގަށް އެމަނިކުފާނު ހަނުހުރެފަ ކޯޓުގަ ދޮގުހެކި ދީގެން ސަލާމަތް ނުވެވުނީމަތޯ ހަރާމް ހުކުމަކަށް ވަނީ
        ކަލޭމެން ޔާމީނަށް ތައުބާވުމުގެ ފުރުސަތުވެސް ނުދޭތި
        3 މިލިޔަން ޑޮލަރަށް ވިއްކާ ތަނެއް 1 މިލިޔަނަށް ވިއްކާފަ ތިމާގެ އެކައުންޓަށް 1 މިލިޔަން ލާފަ މިބުނަނީ މީ ޑޮލަރު މުއާމަލާތެކޭ
        ބަލަ އެޑޮލަރު މުއާމަލާވެސް އެބަވޭ ރިސްވަތަށް
        17 އަށް ޑޮލަރު ގަންނަން ލިބޭ އިރު ޔާމިނުއަށް 15.42 ޑޮލަރު ވިއްކާފަ މި އޮތީ
        ރައީސުލް ޖުމުހޫރިއްޔާ ނުޖެހޭ ޑޮލަ ވިއްކަން ހުއްދަ ދީފަ ހުރި ބަޔަކު ތިއްބާ ޑޮލަރު ވިއްކުމުގެ ހުއްދަ ނެތް މީހެއްގެ އަތުން ޑޮލަރު ގަންނާކަށް
        މި ޑޮލަރު ގަނެގެން ވެސް މިކުރީ މިޑޮލަރުން ވެސް ވިޔަފާރި
        ޥިޔަފާރި ކުރުމަވީ ރައީސުލް ޖުމުހޫރިއް ޔާއަށް ކުރެވޭނެ ކަމެއް ނޫން

  2. ހަސަން

    ބޮއެގެން އުލޭ އަސްލަމް އަންގައިގެން ޕެޕަރ ސްޕްރޭ ޖެހީ. ކަލޯ ހީނިކެރާހެތި ތިމާއް އަބަދަށް ތެބާރައި ހިށޭހެއްކަމަށް،

    54
    3
  3. އިބްރާހިމް

    މިފެންނަނީ އަނިވެރިކަން އަމާންކަމަކަށް ބަދަލުކުރަން ނިކުށް ގުރޫޕުގެ ވެރިކަމުގައި ރައްޔިތުންނާއި މެދު ކަންކުރާގޮތެވެ.އެމްޑީޕީއަށް ވޯޓް ދިނުމުގައި ރައްޔިތުން އިތުރަށް ވިސްނުން މުހިއްމު.ޤައުމު ފަނާވެދަނީ އެވެ.ރައްޔިތުން ޙާލުގައި ޖެހެނީއެވެ.

    56
    4
  4. Anonymous

    އަދި ތިއަށްވުރެ ބޮޑެތި އަނިޔާތައް ދީ ރޭޕްކުރާތަން ވެސް ފެންނާނެ.

    49
    3
  5. އަހުމަދު

    "ތަފާތު ހިޔާލުތަކާއެކު އުޅެން އިނގޭ"، "ހިއްތިރި" ރައީސްގެ ކުޑަ މިސާލެއް. ސެޕްޓެމްބަރު 2023 ގާތްވާވަރަކަށް މިކަންކަން ބޮޑުވާނެކަމަށް ބެލެވެނީ

    50
    4
  6. ސޫއޫދު

    މުގާބޭދިއައީ އައްޑޫގައުޅޭނީ އަދިވަކިގާނޫނެއް ގެންގުޅޭ ފުލުހުން ދެންމިއަށް ކޮމެންޓް ވެސްކުރާނެ އެމީހުން ގަވާއިދާހިލާފައް ބާރުގެ ބޭނުންކުރުމާހިފާމީހުންހައްޔަރުކޮއް ގޮޅިއައްލާ މީއީނޫސްތަކުންވެސްގެނެސް ދީފަހުރިހަބަރުތައް

    35
    3
  7. އއއ

    ގަދަޔައް މުޒާހަރާ ޖައްސާ ..!!!!!ތުންފިއްތައިގެން ހުރެ މިގައުމު ވިއްކާލާފަ މިލްކުވެރިކަން ރަސްމީކޮއް އިންްޑިޔާ އައް ބަލަލުކުރުމައް ދެވަނަ ދައުރެއް ބޭނުންވާ މީހެއްތީ.

    48
    1
  8. ގުންޑާ

    ރޔާމީންވެރިކަމުގައި ވެސް އަހަރެމެންގެ ފޮށާނަގާ ބޮލުގައި އަޅުވައިފައި ފުލުހުން ފޮނުވާލަނީ.. އަދުރޭ ބުނީ އެތަނަށް ދިޔާމައެއްނު ހޯ އެހެންވީ

    13
    28
  9. ދީދީ

    ކޮންމެ ރައީސަކު ވެސް ތިހެންބުނޭ، ވަޒީރުން ބުނަނި އައްޑޫމީހުން ޖީބަށް ވަންނާނީ ޕައުންޑް ކަމަށް

    13
  10. އަލިފުޅު

    މުގާބޭގެ ފުލުހުންނަށް ދޫނުކުރޭ. ރައްޔިތުން ޗިސްޗިސްކޮށްފައިވެސް ބޭނުމީ ވޯޓް. ވޯޓް ފޮށި ދޮށުގައި ޕެޕަރސްޕްރޭ ނުޖަހައިފިއްޔާ ރަނގަޅު

    14
    1
  11. އަފީ

    ކޮންވައްތަރު ޕޮލިސް މީހާ! އަބަދުބުނަނީ މައްސަލަ ބަލަނީ މައްސަލަ އަންނަނީ!

    14
    1
  12. ފޭދޫ އަންހެނެއް

    ހަޔާތްވެސް ކުޑަވީމަތާ ފޭދޫ މީހުންނަށް ގޯތި ނުދީ ފޭދޫއަށްއެރީ. ރީތި ގޮތަކަށް ބަލިވެގެން ދާނެ މީހެއްތި އިބޫއަކީ ސަބަބަކީ އޭނަޔަކީ އޭނަގެއަމިއްލަ ބުއްދިއެއް އެއްވެސްވަރަކަށް ހުރި މީހެއް ނުންވިއްޔާ

    13
    1
  13. ހަސަންދި

    އައްޑޫގައި އަންހެން ފުލުހުން ތިބޭނެ. އެކަމަކު އިއްޔެ ފެނިގެން ދިޔައީ ދިވެހި ފުލުހުންނެއްނޫން..!!

  14. ސަޓޯ

    ހަންމުށި އަޅައިގެން އިބުރާހިމް ސޯލިހު ވެރިކަން ކުރަން ނޫޅުއްވައްޗޭ އިނގޭތޯ!!!