ސ. ފޭދޫން، ފާތުމަތު ސައުޝަން އަލީ

އައްޑޫ ރައްޔިތުން އެދުނު ހުރިހާ ކަމެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކޮށްދެއްވާފައިވާ ކަމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

ފޭދޫގައި ބޭއްވި ރައީސް ސޯލިހްގެ ކެމްޕެއިން ޖަލްސާގައި މޭޔަރު ވިދާޅުވީ ފޭދޫއިން ރައީސް އަށް މަރުހަބާ ދަންނަވަނީ އުފަލާއި އެކުގައި ކަމަށެވެ. އެއީ 2018 ގައި އައްޑޫ ރައްޔިތުންނަށް ވީ ވައުދުތައް ފުރިހަމަ ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމަށް ފަހު ރައީސް ދެވަނަ ދައުރަކަށް ކުރިމަތި ލައްވާތީ ކަމަށް މޭޔަރު ވިދާޅުވިއެވެ.

އައްޑޫގެ ތަރައްގީގެ މެނިފެސްޓޯ ނެރުނީ އެ ސިޓީގެ ރައްޔިތުންކަން ފާހަގަކުރައްވަމުން މެޔަރު ވިދާޅުވީ އެ މެނިފެސްޓޯގައި ހިމަނާފައިވާ އެންމެ ކަމެއް ވެސް ރައީސް ވައްޓަވާ ނުލައްވާ ކަމަށެވެ.

ރައީސް އައްޑޫގެ ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާކަން ފާހަގަކުރައްވަމުން މޭޔަރު ވިދާޅުވީ މި ސަރުކާރުން ވަނީ އައްޑޫގެ ބިން ހިއްކައި މަގު ހެދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

"އައްޑޫ ސިޓީ ރައްޔިތުން ރައީސް ސޯލިހަށް ދެވަނަ ދައުރުގައި ވޯޓުލާން ޖެހޭ. އެއީ ރައްޔިތުން އެދުނު ހުރިހާ ކަމެއް ކޮށްދެއްވީމަ." މޭޔަރު ވިދާޅުވިއެވެ.

އެމްޑީޕީގައި އައްޑޫ ރައްޔިތުން ތިބެނީ އެ ޕާޓީގެ ސިޔާސަތު ކަމުދާތީ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެ ސިޔާސަތުތައް ތަންފީޒު ކުރެވެނީ ޕާޓީ ވެރިކަމަށް އައުމުން ކަމަށެވެ.

މޭޔަރު ވިދާޅުވީ އައްޑޫ ސިޓީ ތަރައްގީވާނީ އެމްޑީޕީ ސަރުކާރެއް ވެރިކަމުގައި އޮތުމުން ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ހޮވަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޝ

    މޭޔަރު ބުނިހުރިހާ ކަމެއް ރައީސް ކޮށްދެއްވީ...ރައްޔަތުން ބުނި ހުރިހާ ކަމެއް ނުކޮއްދެވުނު.. އައްޑޫ ޝިޓީ ސ.ފޭދޫގަ ކުޑަކުދިންނަޓަކާ ޕާކެއްވެސް އަޅާ ނުދެވުނު...ހުރިހާ މަގުގަ ތާރު އަޅަނވެސް ބުނި..އެކަމަކު އަމާބުނީތީ ފަރަތްދާ އުސޫލުން ތާރުވެސް އެޅީ..
    ޗާންދަނީމަގުގަވެސް ވަކިހިސާބަކައް ތާރު އެޅީ...😡

    23
  2. ކޮހާ

    ކަލޭދެއްކި ވާހަކަ ކޮންތާކު ފެންނަނީ …

    20
  3. ރަން ރީނދޫ

    ކަލޭ ހެދި އައްޑޫ ކޯޕަރޭޓިވް ފާމް ނުދައްކާތި ރައީސަށް. އޭނާ ހޭނެތިގެން ވެއްޓިދާނެ.

    27
  4. އައްލާގެ އަފީފް

    އައްޑޫ މީހުންގެ މެނިފެސްޓޯއަކީ އާމްދަނީ ނުލިބި ބަނޑަށްޖެހި ވައްކަން ކުރުމާއި ފޭރުންތޯ؟ ހާދަ ވަރުގަދަ ބައެކޭ އައްޑޫގައި މިތިބީ ގަސްތުގައި ހާލުގައި ޖެހެން ރުހި ގަބޫލުވެގެން ތިބެނީ ވަރަށް މަދުވާނެ ތިކަހަލަ ބައެއް!