ސ. ފޭދޫން، ފާތުމަތު ސައުޝަން އަލީ

އައްޑޫ ސިޓީ ތަރައްގީނުވެ ރާއްޖެއަށް ތަރައްގީއެއް ނާންނާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް އެމްޑީޕީގެ ކެމްޕެއިނަށް އައްޑޫ ސިޓީ ފޭދޫ އަށް ވަޑައިގެން އެ ޕާޓީގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އައްޑޫ ސިޓީގެ ރައްޔިތުންނަކީ އަބަދުވެސް އިސްލާހަށް މަސައްކަތް ކުރާ ބައެއް ކަމަށާއި ގައުމުގެ ތަރައްގީއަށް އަބަދުވެސް އިސް ސަފުގައި ތިބި ބައެއް ކަމަށެވެ.

ރައީސް އަދި އެމްޑީޕީގެ ސަޕޯޓަރުން މިއަދު އައްޑޫގައި.

އެމްޑީޕީ ވުޖޫދުވެގެން އައި އިރު އައްޑޫ ސިޓީ ރައްޔިތުން ވަނީ ބޮޑު ގުރުބާނީއެއް ވެފައި ކަމަށާއި މިއަދުވެސް އައްޑޫ މެބްބަރުން ތިބީ ޕާޓީއާއިއެކުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އައްޑޫ ރައްޔިތުން ނެތި އެމްޑީޕީ ދެމިނޯންނާނެ ކަމަށް ވިދާޅުވިއެވެ.

"ރާއްޖެ އަށް ކޮންމެ ބަދަލެއްގެ ހެޔޮ ފާހަގަ ޖެހެން ޖެހޭ ތަނަކީ އައްޑޫ. އައްޑޫ ތަރައްގީނުވެ ރާއްޖެއެއް ތަރައްގީއެއް ނުވާނެ. އައްޑޫއަކީ ތަރައްގީގެ ވިސްނުމުގެ މައި ހަބެއް. މީގެ ކުރީގެ ސަރުކާރުތަކެއް އައްޑޫގެ ތަރައްގީއެއް މަސައްކަތްތަކެއް ކުރުމަށް އެބަހުރި މަސައްކަތް ކޮށްފައި. މިސާލަކަށް ސާކް ސަމެޓަށް ބައެއް މަސައްކަތްތައް. ނަމަވެސް އެއީ ދެމެހެޓެނެވި ގޮތެއްގައި ކޮށްފައިވާ ކަމެއްނޫން." ރައީސް ވިދާޅުވިއެވެ.

އައްޑޫ ސިޓީގައި މިއަދު ބޭއްވި ޖަލްސާ.

ރައީސް ވިދާޅުވި ގޮތުގައޮ އެމަނިކުފާނު ހުންނެވީ އައްޑޫ ތަރައްގީކުރެއްވުމަށެވެ. އެ ސިޓީ ތަރައްގީ ކުރައްވާނީ ރައްޔިތުން އެކުލަވާލާފައިވާ ޕްލޭނާ އެއްގޮތަށް އެއްވެސް ބަދަލެއް ނުގެނެސް ކަމަށް ވިދާޅުވިއެވެ.

އައްޑޫގެ އެންމެ ބޮޑު ތަރައްގީއެއް ގުޅިފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ އެ މަސައްކަތް ކުރުމަށް ލަސްތަކެއްނުވެ ކުންފުންޏަކާ ހަވާލުކުރެވިގެންދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރަށް ކޮވިޑްގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ހުރަސްތަކެއް ކުރިމަތިވި. އަވަހަށް އިގްތިސޯދު ވުދޫޖުވީ ގައުމަކަށް ރާއްޖެވެގެން ދިޔައީ މި ސަރުކާރުން ކުރި މަސައްކަތުން. އެ މަސައްކަތް އެހެން ނުކުރިނަމަ ރާއްޖެ އޮންނާނީ ބަނޑަށް ޖެހިފައި، ބަނގުރޫޓްވެފައި." ރައީސް ސޯލިހް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 2008 ވަނަ އަހަރުގައި ވެސް އިގްތިސޯދީ ލޮޅުމަލާއި ކުރިމަތިވި ކަމަށެވެ. އޭރުގެ ސަރުކާރުން ސިވިލްސާވެންޓްގެ މުސާރަ ކުޑަ ކުރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި ސަރުކާރުން އެފަދަ ކަމެއް ކޮށްފައިނުވާނެ ކަމަށެވެ. މި ސަރުކާރުން އިގްތިސޯދު އިޔާދަކުރުމަށް ކުރި މަސައްކަތް ތަފާތުވާނޭ ކަމަށް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރެއްގެ ޒިންމާއަކީ އެކަހަލަ ދަޅިވަޅެއްގައި ރައްޔިތުންނަށް ވީވަރަކުން މަސައްކަތް ކޮށްދިނުން ކަމަށެވެ.

އޭގެ އިތުރުން ރައީސް ވިދާޅުވީ މި ސަރުކާރު އޮތީ އައްޑޫ ތަރައްގީ ކުރުމަށް ކަމަށެވެ. އަދި އެ މަސައްކަތުގައި ދެވަނަ ދައުރެއް ބޭނުންވާ ކަން ވެސް ފާހަގަކުރެއްވެވިއެވެ.

 

 

 

 

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ބޯކާލި

    އާދައިގެ މަތިން ޗިޕްޖަހައިފި.

    59
    1
  2. އަލިމުތް

    ކަލޭމެން އައްޑޫ މީހުން ބޯކާލެވޭނީ. އެއީ ނަމުން ވަރަށް އިނގޭ އެކަމަކު ގަމާރުން އެންމެގިނަ ތަން. އިނގޭނު... މިހާތަނަށް އެއްވެސް ވެރިކަމެއްގަ ކަމެއް ކޮށް ނުދިނަސް ވޯޓުދޭނެ. ސަޅިބައިސާ ކަނޑާ ދިނީމަ ވީ

    73
    • ޙައްގުބަސް

      މިމީހުން ކޮންމެ އިންތިޚާބަކާ ދިމާކޮށް އައްޑުއަތޮޅަށް އަރާ އައްޑޫ ރައްޔިތުންނަށް ދޮގު ހަދަމުންދޭ!! މިފަހަރުވެސް ހަމަ މިކިޔަނީ މީގެ ހަތަރު އަހަރުކުރުން ކީ އެއްޗެހި!! އައްޑޫ ތަރައްގީނުވެ ގައުމު ތަރައްގީ ނުވާނެޔޭ!! މީނަގެ ޓޫރިޒަމް މިނިސްޓަ މައުސޫމްވެސް އައްޑޫއަށްގޮސް ރައްޔިތުން ކުރިމަތީގަ ބުނި އައްޑުއަށް ވައްދާނީ ހުސް ޕައުންޑޭ!! ކޮބާ ޕައުންޑު؟ ކޮބާ އޭނަ؟ އައްޑޫ މީހުން ހަމަ ގުންބޯ ހައްދަނީއޭ!! އެމްޑީޕީއަށް އެއްގޮތަކަށްވެސް ވޯޓް އައްޑޫ މީހުން ދީގެންނުވާނެ!!

      43
      1
      • އަހްމަދު

        ތިޔަމައުސޫމު ދެން އައްޑުއަކަށް ނާރާނެ. މިދަތުރުގައި ބައިވެރިވާން ސޯލިހު އެދުނު.. އެކަމަކު ބައްޔޭ ކިޔާފާ ނުދިޔައީ.

  3. ޗާބޫކުން

    ކާކަށްތަ އިނގޭނީ ކުރަން ހިތުލަފާ ކެނެރީގެ ނަޝީދު ވެރިކަމަށް އަންނަން ވި ވައުދު ކަމަށްވާ ޑޮލަރުގެ އަގުބޮޑު ނުކޮށް އޭނާ ވެރިކަން ރައްޔިތުންނަށް ކޮށްދޭނޭ ކަމަށް ކަންވާހިނގީ އެއާއި ދިމާ އިދިކޮޅަށޭ ވެރިކަމަށް އައިސް ތަޚްތުގައި ފޫކޮޅު ޖެހުމާއި އެކު ޑޮލަރުގެ އަގު ބޮޑުކޮށް ރައްޔިތުން ފެލަން ވެގެން ރައްޔިތުން އަތުން ޓެކްސް ނަގައިގެން ކުރީ ފިލްލް ކުޅުމާއި ރާއްޖޭން ބޭރަށް ދަތުރުކޮށް ހައެއް ހަތަރަށް ބޮޑު ބަޖެޓް ތަޅާ ބުރުއްސުމޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ އޯއް އޯއް އޯއް އޯއް...

    31
    3
  4. އަހުމަދު

    އަހަރަކު ދެފަހަރު ތިހެން ކިޔަކިޔާ ހުއްޓާ ދައުރު ނިމެނީ. ކޮބާ އައްޑޫއަށް ވައުދުވި 8000 އެނދު؟
    އައްޑޫގަ އަޅާ ބުރިޖުގެ ފެންވަރެއް ނެތޭ މިހާރުވެސް އައްޑޫ މޭޔަރު އެއޮއް ގޮވަނީ

    48
    1
    • ޒާރ

      އައްޑޫގަ 80،000 ގެ އާއި 400 ރިސޯޓާއި 1000 ގޭދޮށު މަސް ފެކްޓުރީއާއި 20 ފުލައިން ސުކޫލާއި 10000 ސެކަންޑަރީ ސުކޫލާއި 1200 ހޮސްޕިޓަލާއި 350 ބަނދަރާއި އަދި 45 ބައިނަލް އަގުވާމީ އެޔާޕޯޓު، އާދެ މިތަންތަން ދެން އަޅަންވީ އިނގޭތޯ. މިކަންކަންކުރަން އެމްޑީޕީއަށް އިތުރުދައުރު ހަމަ ބޭނުންވާނެނޫންތޯ.

      21
      1
  5. ސޯލޭ

    އައްޑޫ މީހުންނަކީ ގުނބޯ ގެއްދިވަރަކައް ހެދިފަ ތިބޭބައެއް ލޮލް

    56
    1
  6. ޗާބޫކުން

    އަސްތާ ބުނަންތާ މަގޭ ކޮއިފުޅާ އައްޑޫ އަކީ ތަރައްގީގެ މައި ހަބެއް ކަމަށް ރައީސް އިބޫ ވިދާޅުވާއިރު ދައުރުގެ މެދު ތެރޭން އައްޑޫ މީހުންނަށް ދެން މުސާރަ ދޭނީ ޕައުންޑުން ކަމަށް ޕައުންޑޭ ބުނި ދުވަހުން ފެށިގެން ދެއަހަރު ވެއްޖެއޭ އައްޑޫ ކުއްޖާ މެން ބަނޑަށް ޖެހި ވަގުން ގިނަވެ ޕާރޓޭން ގިނަވެ އެމެންނަށް އައްޑޫ ވަނީ ފަނާކުރަނިވި ތަނަކަށް ހަދާފައޭ މީ އައްޑޫ ކުއްޖާ މެން ގެ ތަރައްގީ ހަބް ގައި ޗާބޫކުން ތެޅުން ނޫންތޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ އައްޑޫ ކުއްޖާ މެން ރޯނާވެ ހަފުސް ވެއްޖެއޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް އަވަހަށް އެޗާބޫކުނޭ ގެންދަވާ ގަދަ އަށް ތަޅާލީމާ ރޯނާވެ ހަފުސް ވެއްޖެއޭ އޯއް އޯއް އޯއް އޯއް...

    37
    3
  7. ޗާބޫކުން

    ތަރައްގީގެ ހަބަކަށް އައްޑޫ އަދި ރާއްޖޭގެ އެއްވެސް ތަނެއް ވާތަން ރައީސް އިބޫގެ ވެރިކަމުން ފެނިގެން ނުދެއޭ ޖަވާހިރު ނަގާ ވަޅެއްގޮތަށް ރައްޔިތުން ނަށް ލިބިފައި އޮތް ޖަވާހިރު ނަގާ ވަޅު ކަމުގައިވާ ވެލާނާ އެއާރޕޯރޓްގެ މެހްމާނުން ތިބޭ ގިމަތައިގެ އޮނިގަނޑު ނިންމާ މިސަރުކާރާއި ހަވާލު ކުރުން އެތަން ދަބަރަށްވެ ފީވާން ދޫކޮށްލުން މީ އިގްތިސާދުގައި ސަރުކާރުން ޗާބޫކުން ތެޅީއޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޓެކްސް ބޮޑުވެ ރައްޔިތުން ރޯނާ ވެއްޖެއޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ އަވަހަށް އެޗާބޫކުނޭ ގެންދަވާ ގަދަ އަށް ތަޅާލީމާ ރައްޔިތުން ބަނގުރޫޓް ވެއްޖެއޭ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ އޯއް އޯއް އޯއް އޯއް ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ޗާބޫކުން ތެޅީމާ ހޯއް ހޯއް ހޯއް ހޯއް...

    21
  8. ޖޭމް

    އައްޑޫ އަކީ ތަރައްގީގެ މައި ހަބަކަށް ހަދަން މިސަރުކާރުން ބުނީ އައްޑޫ ކުއްޖާ މެންނަށް ޕަައުންޑޭ 2022 ވަނަ އަަހަރު ފެށޭއިރު ދޭނީ ޕައުންޑޭ މިނިސްޓަރެއް ވެސް އެބަހުއްޓޭ ރައީސް އިބޫގެ ވެރިކަމުގައި އައްޑޫ ކުއްޖާ މެންނޭ ޔޫ ވޮނާ ގެޓް ޕައުންްޑް ޕައުންޑޭ އިޒް ދެއަރ ޔޫ ވޮނާ ގެޓް ޕައުންޑް ޕައުންޑޭ އިޒް ދެއަރ ދާންވީއޭ ޕައުންޑޭ ގާތަށް ޕައުންޑް ހޯދަން ގޯ ޓު ހިމް ގޯ ގޯ ގޯ ގޯ ޕައުންޑޭ ޕައުންޑޭ ޕައުންޑޭ ޕައުންޑް ކޮބާތޭ ޕައުންޑޭ ޕަައުންޑް ކޮބާތޭ އައި ޖަސްޓް ވޯންޓް ޕައުންޑޭ ޕައުންޑޭ ޕައުންޑޭ ހިއަރ ކަމްސް ދަ ޕައުންޑޭ ޕައުންޑޭ ޕައުންޑޭ ޕައުންޑޭ ޖިންގޯ ޖިންގޯ ބިންގޯ ޕައުންޑް ކޮބާތޭ ޕައުންޑޭ ޕައުންޑް ކޮބާތޭ ޖޭމް ޖޭމް ޖޭމް ޖޭމް...

    20
  9. ާދަލޭކް

    އެއްކަލަ މީހާ އެދިޠައީ އަށްޑުއަށް ކަލެއް އަށްޑުއަށް ކޮށް ދެވުނު އެއްކަން ކިޔާބަލަ ކުރީފަހަރު ބުނީ ދައުލަތުގެ ބައިލޯލާރިއެއްގަ ވެސް އަށްނުލާނަމޭ. މިފަހަރު މޮޔަހައްދާފަ އޭ ބަހައްޓާނީ. ނަޝީދަށް ލަޑުދިން މީހާ..

    22
  10. އއއ

    އެވެރިން ގަމާރަވޭހެ.!!!! އެވެރިންނައް މޑޕ ދޫނިވޭހެ.!!!

    26
  11. ރަން ރީނދޫ

    އެއްވެސް އޮއްޓަރެއް ހުރި ވާހަކައެއް ނުދައްކާ. ރިސޯޓް ތައް ހުރީ ބަންދު ވެފައި. އިގްތިސާދު އޮތީ ވަޅުޖެހިފައި. ވަގުންނާ ހެދި ލޮލުފިޔަވެސް ނުޖެހޭ. ރެއެއް ދުވާލެއް ނެތި ހަކުރު ބުއިމާއި ވިއްކުން މެކުހަށް ޖަހައިފި. ވިޔަފާރިތައް ބަނގުރޫޓްވެއްޖެ. ކޮޗިން ފެރީ މާލޭގެ ވިޔަފާރި ވެރިންގެ އަތްދަށުވެ ފެތިއްޖެ. މަގުހަދަން އާއި ކުންފުނިން ،ޕާޓޭންނާއި ގުޅި ވައްކަން ކުރުވައިގެން،އެތަކެތި ނުއަގުގައި ގަނެގެން ،ރަށަށް ފޮނުވަނީ. ރައީސް މީހާ އައްޑޫ މީހުން ގުނބޯ ހެއްދުމުގައި.

    25
  12. Anonymous

    ހިންނަވަރި އިބިރިހިމާ ތަރައްގީޔައު ތޯނިކޭފެލަ! ތަކީތަރައްގީގެ އަލިފަސް ތޯނިދެނި. ތަށް އެގޭހެއިކަމަކީ ހޭރޭއް. ދެން އަޗާތަޅާށާއި ލޯނުނަގާއް.

    20
  13. Anonymous

    އައްޑޫކޮއްޔާމެންނޭ ހިންނަވަރި އިބިރިހިމާ ދައްކާ އެއްވެއްސް ވާހަކާއް ނިއަހާހެއްތިޔަ ވޯޓުހޯދާއްވެގެން ވަގޮފެރެއިތާ ހަދާދޮގޮތޭ!!

    22
    1
  14. ޢަލީ

    އައްޑޫ ބޮނޑި ފެކްޓުރީވެސް ހަދަންވާނެ މިފަހަރު. އަދި އައްޑޫ އަލަޑަބިޔާ ފެކްޓުރީއާއި އައްޑޫ ގޮދަން ފެކްޓުރީވެސް އަޅަންވާނެ އިބޫ ސޯލިހުގެ ދެންއޮތް ދައުރުގައި. ހުރިހާ އައްޑޫގެ ރައްޔިތުން އެއްބުރުން ސޯލިހު ހޮވަންވާނެ. އަދި އައްޑޫ ކޮޗިން ފެރީވެސް ސީދާ ގަމުގެ ރަންވޭމައްޗަށް ޖައްްސާގޮތަށް އޮންނަންވާނީ. އޭރުން ކަނޑު މަގުން އައިސް ޖައްސާގޮތަށް އައްޑޫ އެޔާލައިންސަށް ޕަސެންޖަރުން އަރައިގެން ސީދާ އިނގިރޭސިވިލާތުގެ ބަކިންގުހަމް ގަނޑުވަރުގެ އިމާޖެންސީ ހޮސްޕިޓަލަށް އައްޑޫރައްޔިތުންގެ ބޭސްފަރުވާއަށް ދެވޭގޮތަށް އިންތިޒާމް އެމްޑީޕީ ސަރުކާރާއި ރައީސް ނަޝީދުގެ ޝަހުސިއްޔަތުގެ ބާރުގައި ހަަމަޖައްސަންވާނެ.

  15. މެޖޯރިޓީ

    އެހެންވީމަ ތަރައްޤީ ފަށާނެ މުއްދަތެއް ނެތް ވޯޓު ދިނީމަ ތިވާހަކަ އެނިމުނީ

  16. މޮހޮރު

    ރާއްޖޭގަ އޮންނަނީ އެންމެ ރަށެއް އެއީ މާލެ،،،، އެހެނިހެން ރަށްތަކުގަ އުޅޭމީހުން ނަކީ ވޯޓުލާން ތިބޭބައެއް،،،،ގައުމު ތަރަށްގީ ކުރަނީ 1ކަނުން، ދެންހުރި ހިސާބުގަ ހުރީ ފަނިއަޅާފަ ....

  17. ޕޮގުބާ

    ނުވާނެ މިވެރިކަމެއް ދިވެހި ރަށްޔިތުން ބޭނުމެއް ތިދަށްކާ ވާހަކަތަކަށް އަތްޖަހަނީ ލާރިދިނީމަ

  18. ޒާހިދު

    އެކަން އެނގުނީ؛ 5 އަހަރުގެ ދައުރެއް ނިމުމުން. 486 އެއް ބޭނުމެއްނޫން ޠާމީން ކަހަލަ މެކްބުކްޕްރޯއެއް ބޭނުންވަނީ

  19. ތަމެންދޯ

    ކޮވިޑާއި އެކު ރާއްޖޭގެ ތަރައްގީ އަށް ހުރަސް އެޅެން ފެށީ އެއީ ސަރުކާރުގެ ދެއުއިޅި އެއް ނުވާ ކަމުންނޭ ރާއްޖެ ނުޖެހޭނެއޭ ބޯރޑަރ ބަންދު ކުރަން ވެސް ރައީސް އިބޫ އެކަން ކުރީ ރައީސް އިބޫ އަށް ވާނުވާ ނޭގޭތީއޭ ކޮވިޑް ގައި މެޑިކަލް ޑޮކޭ މެން ކުރީ ބޮޑެތި ވައްކަން ތަކޭ ރާއްޖޭގެ ވިޔަފާރި ވެރިންނޭ ކޮވިޑުން ރާއްޖެ ސަލާމަތް ކޮށްދިނީ ސަރުކާރުން ކުރި އެއް ކަމެއް ވެސް ނޯންނާނެއޭ ކުރީ މުޅިން ވައްކަމޭ ކޮވިޑް ވެންޓިލޭޓަރާއި ހަކުރު ކިލޯއިން ވެސް

  20. ވަރައް ވާހަކަ

    ސަބަބުވެރި އިންސާނާއައް ތިޔަވާހަކަަ މަނިކުފާނުގެދުލުން ވަރައްގިނަފަހަރު އަޑުއިވިއްޖެ ނަމަވެސް އަމަލީ ގޮތުން އެއްވެސް ކަމެއް ވާތަމެއް ނުފެނޭ

    11
    1
  21. ާދަލޭކް

    ހިޔަޅު ދައްކަވާ ކަހަލަ ވާހަަކަފުޅެއް ތިޔަ ވިދާޅުވަނީ

  22. ޢަބްދުއްލަޠީފު

    މައިކާލޯއައު މިޔަމިކޭނީ.

  23. ޙދހސ

    ޢެހެންމަ އައްޑޫ މީހުންގެ އެކަނިން ވާނީ މިކަލޭގެ އަށް ވޯޓު ވެސްދޭން
    ޢެހެން ރަށެއްގެ މީހެއްގެ ވޯަތެއް ކަލެޔަކަށް ހައްގެއް ވެސްނޫން

  24. އަދުހަމް

    އައްޑޫ ދާއިރާތަކުގެ މެންބަރުން ޒިންމާ ނަގަންޖެހޭ ތަރައްގީގެ މަސައްކަތް ފެއިލްވުން. މެންބަރުންނަކީ ކޮރަޕްޓް ބައެެއް. އެވެރިންގެ އަމިއްލަ މަސްލަހަތައް އެކަނި ވިސްނަނީ. ތިޔައިން ކޮންމެ މަޖްލިސް މެންބަރެއްގެ ދިރިއުޅުމާއި ވިޔަފާރިތަކަށް ބެލުމުން އެކަން އެނގޭ.

  25. ބޭރުފުށުން އިބޫ

    ކޮބާހޭ ހަވަރު ތިނަދޫގަ އަޅަން ބުނި ޓާޝަރީ ހޮސްޕިޓަލު. ކޮބާހޭ ހުވަދޫ އިންޓަނޭޝަނަލް އެއާޕޯޓު. ކޮބާހޭ ތިނަދޫގަ ބޮޑުކުރަން ބުނި އައިސް ސްޓޯރޭޖު. ލަދެއް ހަޔާތެއް ހުރިނަމަ މީނައަށް ނުކެރޭނެ ތިނަދުއަށް އަރަންވެސް

  26. މަޑަވެލީ ކަތީބު

    އަސްތާ އަސްތާ ކޮވިޑޭ ނުކިޔާ ރަންކޮޅާ ވަގު ހިފާ އޮޑިޓަރުގެ ރަށުގައި ވައުދުވެސް ވެފައި ނެތް ތާކުންތާކުނުޖެހޭ ބިޔަ ޕްރޮޖެކްޓްތަށް 725 މިލިޔަން ހަރަދުކޮއްގެން ތިހިންގަނީ ކޮވިޑާ ހެދި ގައުމު އިދަޖެހިފަ އޮއްވައޭ އެރަށަކީ ވޯޓުލެވޭ މީހުންގެ އަދަދު 500 ހަމަނުވާ ރަށެކޭ. ގައުމުގެ ވެރިއަކަށް ހުރި މީހަކު ބޮލުގައި ޓައްޕެއް އެޅިފަ ހުރީމާ އޭނައަށް ފެންނީ ހަމައެކަނި އޭނަގެ ފައިބުޑު އެކަންޏޭ

  27. ީސަޅިއޭތިގޮތް

    އައްޑޫ މީހުނަކީ އާދަޔާޚިލާފަށް ފޮނި ކަނޑާ ބައެއް

  28. ވަހުތާން

    އައްޑޫ ގުނބޯތައް މިހާރު އުފަލުން ނަށާނެ.