ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ހުކުމް ކުރުމާއެކު، އިދިކޮޅު ފަރާތްތަކުން އަންނަނީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލައި، ކޮންމެ ދުވަހަކު ހެން މުޒާހަރާ ކުރަމުންނެވެ. މާލޭގައި ކޮންމެ ރެއަކު މުޒާހަރާތައް ބާއްވާ އިރު، ރަށްރަށުގައި ވެސް ދޭތެރެ ދޭތެރެއިން މުޒާހަރާތައް ބާއްވައެވެ.

ހާއްސަކޮށް، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރަށް ރަށަށް ވަޑައިގަންނަވާ އިރު، އިދިކޮޅު ސަޕޯޓަރުން ގެންދަނީ ޔާމީންގެ ދިފާއުގައި މުޒާހަރާ ކުރަމުންނެވެ.

އެގޮތުން، ރައީސް ސޯލިހް މިއަދު އައްޑޫ ސިޓީ ފޭދޫ އަށް ވަޑައިގެންނެވުމުން އިދިކޮޅު ސަޕޯޓަރުން އެއްވެ ޔާމީން ދޫކޮށްލުމަށް ގޮވާލައި މުޒާހަރާ ފެށުމާއެކު، ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފައެވެ.

މުޒާހަރާގެ ބައިވެރިއަކު މިއަދު ފުލުހުން ދުރަށް ޖައްސަނީ.

ފޭދޫ ބަނދަރު ސަރަހައްދަށް ޖަމާވި ސަޕޯޓަރުން ހުއްޓުވަން ގިނަ އަދަދެއްގެ ފުލުހުން ނުކުތެވެ. ރައީސް ފޭދޫ އަށް ވަޑައިގަންނަވާތީ އާއި މުޒާހަރާ ކުރާތީ އެ ސަރަހައްދުގެ ސަލާމަތީ ކަންކަން އޮތީ ވަރުގަދަކޮށްފައެވެ.

މި މުޒާހަރާގެ ވަކި ހިސާބަކުން ފުލުހުން ވަނީ އިދިކޮޅު އެއްވުމަށް ދިޔަ މީހުންގެ ލޮލަށް ޕެޕާ ސްޕްރޭ ޖަހައިފައެވެ. އާންމުވެފައި ވީޑިއޯއަށް ކޮމެންޓް ކުރި ބައެއް މީހުން ވެސް ބުނެފައި ވަނީ ފުލުހުންގެ ފަރާތުން ފެނުނީ ވަރަށް ހަޑި މަންޒަރެއް ކަމަށެވެ.

އެ ވީޑިއޯ އިން ފެނުނު ގޮތުގައި ފުލުހުން ޕެޕާ ސްޕްރޭ ޖެހީ "މަދިރި މަރަން ޝެލްޓެކްސް" ޖަހާ ގޮތަށެވެ. އެއް ފުލުހަކު ވަނީ އެއްކޮޅުން އަނެއްކޮޅަށް ޕެޕާ ސްޕްރޭ ޖަހަމުން ހިނގައިފައެވެ.

އަދި އުމުރުން ދުވަސްވީ މީހެއްގެ މޫނާ ދިމާލަށް ޕެޕާ ސްޕްރޭ ޖަހާފައި އޮތް ތަން ވެސް ފެނެއެވެ. ބައެއް މީހުން ބުނި ގޮތުގައި މީހުން މަދު އިރު، ފުލުހުން ބޭނުންކޮށްފައި ވަނީ ހާލަތާ ނުބައްދަލު ބާރެވެ.

އަދި އެ މީހުންނާ މެދުގައި ފިޔަވަޅު އަޅަން ޖެހޭ ކަމަށް ވެސް ބައެއް މީހުން ބުނެފައިވެއެވެ.

ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އާއި، ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ސާބިތުވެ، އެމަނިކުފާނު 11 އަހަރަށް ޖަލަށްލީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން އެމަނިކުފާނު ޖަލު ހުކުމް ތަންފީޒު ކުރައްވަނީ ކ. މާފުށީ ޖަލުގައެވެ.

މި ދައުވާތައް ސާބިތުވުމުން، ޔާމީން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ޝަރުތު ވަނީ އުނިވެފައެވެ.

ފަހަކަށް އައިސް މާލޭގައި ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ފުލުހުން އަމަލު ކުރާ ގޮތުން ގިނަ ބައެއްގެ ފާޑު ކިއުން ފުލުހުންނަށް ދަނީ އަމާޒުވަމުންނެވެ. ދާދި ފަހުން މާލޭގައި ކުރި މުޒާހަރާއެއްގައި އުމުރުން ދުވަސްވީ އަންހެނަކު "އުފުރާލަން" ފުލުހުން އަމަލުކުރި ގޮތަށް ފާޑުކިޔުން އަމާޒުވިއެވެ.

އަދި އިދިކޮޅު މުޒާހަރާތަކަށް ދާ މީހުން ގިނަ ދުވަސްތަކެއް ވަންދެން ގޭގައި ބަންދު ކުރުން ފަދަ ކަންކަން އަންނަނީ ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

23 ކޮމެންޓް

  1. ހ

    އަންހެންމީހާ ގައިގަ އެގޮތްށް އަތްލުން މިއީ މައްސސަލައަކަށް ނުވޭތޯ؟ އަދި ފިރިހެން ސިފައިން އަހެން މީހާ ގައިގަ އެގޮތަށް އަތްލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.

    99
    5
    • Anonymous

      ޖިންސީ ކުށުގެ ޤާނޫނުން ބުނަނީ ކިޔެކޭ ބާ. މީހަކަށް ޖިސްމާނީ ގެއްލުމެއްވާގޮތަށް ތިބިނަމަ ބާރުގެ ބޭނުންކުރެވިދާނެ އަނގައިން ކިޔާ އެއްޗެއްހުއްޓުވުމަށް ހުއްޓުވުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެންނެ ނުވެ އަސާސީ ޙައްޤުތައް ގެނެސްދެން ބު ިn

    • ލާމު

      ސަފައިންނެއް ނޫން އެއީ. ފުލުހުން.

  2. ހޮއްކޮ

    ތީ ކީއްކުރަން ދާތަނެއް އޭނާ ސަލާމަތް ކުރަން ތެޅުނީ ޖަމީލު ޖަމީލުވެސް ބުނީ އެއީ ބަގު ބުޅަލެކޯ

    9
    72
  3. އަލީ

    ތީ މިހާރު ފުލުހުންގެ ތަރުބިއްޔަތު ހުންނަ ގޮތް

    73
    3
  4. ދަރަނި ދަންތުރަ

    ދެން އަނިޔާވެރި ވެވެނީ ކިހާވަރެއްވީމަތޯ ، ކޮބައިތޯ ރާޢްޖޭގެ އެޗު އާރު ސީ އެމް ، ޓުރާންސް ޕޭރަންސީ މޯލްޑިވުސް ހުރިހާ ތަނެއް ވާގިނެތިފައިތޯ

    85
    4
  5. ޢިޔާބު

    ތިތާގަ ތިބި ފުލުހުންނަކީ މި ސަރުކާރުން އިޢުލާނުކޮށްގެން ނަގާފަ ތިބި ޒަމާންވީ ޕާޓޭތަކެއް.

    51
    3
  6. މުހަދާ

    ގޮތެއްފޮތެއް ނެތް ރައީސެއް މިހާރު މިހިރީ . އޭނަގެ އަމުރަށް އޭނާގެ ޅިޔަނު މިހުރިހާ ހަޑިއެއް މިހަދަނީ އިންޑިޔާމީހުން ބުނާގޮތަށް. މިވެރިކަމުގަ ތިބޭ މީހުނަށްހީވަނީ އިންޑިޔާ ރުހޭހަގޮތަކަށްހެދީމަ ދުނިޔޭގެ އެހެން ގައުމުތަކުން މިކަމަ އަޅައެއްނުލަނެޔޭ.

    48
    2
  7. ޖުނއަިދު

    ތި ފުލުހުންނަކީ ލަނދެއްހަޔާތެއްހުރި ބަޔެއްނުން.ގެރި ބަކަރިވެސް އެގޮތަކަށް އިންސާނުންނާމެދު އަމަލެއްނުކުރާނެ.

    52
    1
    • ރައްޔިތުމީހާ

      އެއީ ކިނބޫ ފޯސް ކިނބުލަކީވެސް އިންސާނުންނަށް ބިރުވެރި ގެންލުންދޭ އިންސާނުންގެ މަސްކާ ޖަނަވާރެއް ހަމައެހެންމެ މިހާރު މިޤައުމުގަ ވެރިކަމާއި ޙަވާލުހުރީވެސް އެއްވެސް އިންސާނިއްޔަތުކަމެއްހުރި މީހެއްނޫން އެއީހަމަ ކިނބުލެއް

      7
      1
  8. ބަބޫ

    ފުލުހުން ބާރުގެ ބޭނުން ކުރާއިރު ކުރާނީ ބުރަކަށީގަ ފިރުމާފައެއްނޫން. އެއިރެއްގައި ބޭނުނުންކުރަން ޖެހުނު ބާރެއް ބޭނުންކުރާނެ. އެއީ ކިތައްމެ ވަރަކަށް ޕެޕާ ޖެހިޔަސް. ދަނޑިން ތެޅިޔަސް. އެއީ އެމީހުނަށް ރައްޔިތުން ދިން ބާރެއް. މިއަދު އެބާރުގެ ބޭނުންކުރީމަ ރޯނެކަމެއް ނެތް. ހަޖަމް.

    2
    5
  9. ޖާބިރު

    ފުރަތަމަ ފޮޓޯގައި ހުރި ޓްރެފިކް ޕޮލިސް މީހާ، އެހަރެ ޖިންސީ ގޯނާކުރަނީ އަންހެނަށް..

    3
    3
  10. ޙަލީންބެ

    ގޭގަ އޮތްނަމަ ޕެޕަރ ސުޕްރޭނުޖަހާނެ

    2
    4
  11. ސަބަބުވެރި

    ރައީސް ޔާމީންގެ މައްޗައް ސާބިތުވީއެއްނޫންކަން ސަބަބުވެރި މީހެއްގެ ސިކުނޑިން ވިސްނިޔަސް އެނގޭނެ ބާރުގެބޭނުން ނަހަމަގޮތުގަ ކޮއްގެން މިސަރުކާރުން ރައީސްޔާމީިންގެމައްޗައް ކުއްސާބިތުކުރުވީކަން

    4
    1
  12. އައްލާގެ އަފީފް

    ގޭގަައި ތިބިނަމަ ނުވަތަ ބަސްއަހައިގެން ތިބި ނަމަ ޕެޕާވެސް ނުޖަހާނެ އަނިޔާވެސް ނުވާނެ މަށަކީވެސް ތިޔަ މަންޒަރު ލޮލުން ފެނުނު މީހެއް ޕީޕީ އެމް މީހުން ކަންތައް ކުރިގޮތުން ބާރުގެ ބޭނުން ކުރީ އޯކޭ މިފަހަރު މަ ސަޕޯޓް ކުރާނީ ފުލުހުންނަށް

    3
    4
  13. މަހާރެހެންދި ފެނަޑޯލް ފާތުމަ އެޅި ވަގު މިސްކިތް ހުޅުމާލެ

    ޔާމީނު ވެރި ކަމުގައި ވެސް ޖަހާ އުސޫލުން ހަމަ އެ ސްޕްރޭ ޖަހަނީ....އޭރު މައްސަލަ އަކަށް ނުވީމާ ހަމަ އަޖައިބު ވޭ...

    5
    25
  14. Anonymous

    ތިޔަ ފުލުސް މިހާގެ ވަޒީފާ ތިޔަ ދިޔައީ ... އެމް.ސީ ހަމީދު އަކީ ވަރަށް ޕްރޮފެޝަނަލް ބޭފުޅެއް ، މޫނަށް ކަނދުރާއަކަށް ބެލުމެއް ނެތި ފުލުހުންނާއި ދޭތެރޭ ފިޔަވަޅު އަޅުއްވާ ބޭފުޅެއް..

    3
    6
  15. ށުވޭސް

    ދިވެހި ފުލުހުން ޕެޕާސްޕްރޭ ޖަހާގޮތް މިއަދުތަ ތިފެނުނީ އެމީހުން އެއަންނަނީ 2009 ން ފެށިގެން ޕެޕާސްޕްރެ ޖަހަމުން

    10
    5
  16. ދަރިޔާ

    އޭއި މޮޔަވެގެން ނޫޅޭ ސަޖިދައިގެ ތިއްބާއެއްނޫން ސްޕުރޭޖެހީ އެއްވާހިތްވަންޔާ ހައްޖަދާށޭބުނީ ޕީޕީއެމް މީފައްކާ މުނާފިގުންތަކެއް މިމީހުން ވެރިކަމުގަ އެމްޑީޕީން މުޒާހަރާ ކުރަންނިކުތްމީހުންނަށް ދިނީ ލާއިންސާނީއަނިޔާ

    7
    18
  17. ޙަނދުކޭތަ

    ސިފައިމްނާ ފުލުހުންނަކީ މީހުންގެ ގަޔައް އަރަމުންދުވާ ބައިގަނޑެއް ހަޔާތްކުޑް ބައެއް ލޮލް

    8
    1
  18. 2023ޔާން

    2023 ރައީސް ޔާމީން އިންޝާﷲ..އާމީން...ފައިސާ އަކަށް ނުވިކޭނަން

  19. ނަޖްމާ

    މިއީ ތޯ އެމްޑީޕީ އެބުނާ މިހާރު ކުރާ ހެޔޮވެރކަމުގެ ސިފައަކީ؟

  20. ނަރީ

    މިއީ އެމްޑީޕީ މީހުން ގެ މިރާއްޖޭގެ ރައްޔިތުންނަށް ދަސްކޮށްދިން ހަޑި ހުތުރު ޢަމަލެއް.އެހުރިހާ ހަޑއެއްހާވާލައިގެން ވެރިކަމަށް އައިސް އެހެން މީހުން މިކަންކުރުމުން. އެހެން މީހުން ގޯސްކުރަނީ ކީއްވެ. ތިމީހުން ނޫންތޯ ބުނީ މިއީ މުޒާހަރާ ޤާނޫނު އަސާސީއެކޭވެސް. ތިމީހުންގެ ޙައްޤުތައްނުލިބިގެން ތިމީހުން ދުވިގޮތަށް އެހެންމީހުންވެސް ޙައްޤު ހޯދަން ދުވާނެ ދޯ. މިހާރު ޙައްޤުލިބެން އޮތީ މިގޮތަށް ވިއްޔާ.ދެންގޭގައި މަޑުން ތިބީމަ ޙައްޤުލިބެންޏާ ތިމީހުންނަށްވެސް ލިބޭނެ. ޑިމޮކްރަސީ އަކީ ދޮގާއޮޅުވާލުމާ މަކާރާ މިހުރިހާއެއްޗެއް. އެމްޑީޕީއަށް ވެސް ކާމިޔާބުވީ އެގޮތަށް ކަންކުރުމުން.