ލޭގެ ޕްރެޝަރު ދަށްވެގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެޑްމިޓްކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އެމަނިކުފާނު އެޑްމިޓްކޮށްފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލުގައެވެ.

މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓެސްޓުތަކެއް ހަދަމުން އަންނަ ކަމަށާއި އެމަނިކުފާނުގެ ހާލުކޮޅު ރަނގަޅު ކަމަށެވެ.

"އަޅުގަނޑުގެ ހާލު ރަނގަޅު، އަލްހަމްދުﷲ" މައުމޫން ވިދާޅުވިއެވެ.

އުމުރުފުޅުން 85 އަހަރުވެފައިވާ މައުމޫން، މީގެކުރިން ކޮވިޑް-19 އަށް ފައްސިވެގެން ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާ ދީފައިވެއެވެ. އެކަމަކު، އެ ބަލިން ރަނގަޅުވެ، އެމަނިކުފާނު ހޮސްޕިޓަލުން ދޫކޮށްލިއެވެ.

މައުމޫން ދާދި ފަހުން ވަނީ ށ. މިލަންދޫ އަށް ވެސް ވަޑައިގެންފައެވެ. މިލަންދޫއަށް ވަޑައިގެންނެވީ އެ ރަށުގައި މީހުން ވަޒަންވެރިވި ދުވަސް ފާހަގަކުރަން ބާއްވި ހަފްލާގައި ބައިވެރިވަޑައިގަތުމަށެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޙަނދުކޭތަ

    ހާލު ރަނގަޅިއްޔާ ކީއްކުރަންތަ އެޑްމިޓް ކުރަނީ މީހުންގެ ސަމާލުކަން ހޯދަންތަ އެނދުމަތީ އޮވެވެސްތި ޓްޥިޓް ކުރަނީ އަނެއްކާ ދަރުމަވަންތަ ހޮސްޕިޓަލްނޫނިއްޔާ ހިތްޕުޅާވެސްނުވަނަި އޮންނަން ކާފަ ގަނޑައް ސަލާމް

    33
    68
    • ރަޗީދު

      ހަނދުކޭތަ ތިހިރީ ނުބައިކޮށް ހިފާފަ. މީހުންނާ ޒާތީވިޔަސް ތީ ބޮޑުވަރު. މާދަމާ ތިމާ އެފަދަ ނުވަތަ އެއަށް ވުރެ ދަށްޙާލަތަކަށް ގޮސްގެން އުޅެން ޖެހިދާނެކަމަށް ވިސްނަންބާ؟ ﷲ އަށް ބިރުވެތިވޭ މާދަމާގެ ތިމާގެ ޙަަލަތަކީ ކޮބާކަމެއް ނޭންގޭ.

      22
      4
    • ކަމަނަ

      މައުމޫނުގެ ހާލު އެނގެން ބޭނުންވާ މީހުންވެސް ތިބޭނެ
      އެމީހުނަށް އަންގާލަން ދިން މެސެޖެއް އެއީ. އެމީހަކު ހިތް ހަމަޖެހޭ ތަނަކަށްތާ އެމީހަކު ދާނީ.

      18
      3
    • Anonymous

      ސާބަހޭ ހަނދުކޭތަ.

      8
      2
  2. ޟޟމ

    ހަނދުކޭތަ އަށް ސާބަސްް.
    .. ރާއްޖޭގެ 30 އަހަރު ދުވަހު ވެރިކަން ކުރި ވެރިއަކަށް ތި އަށް ވުރެ ރަގަޅު އެއްޗެއް ބުނަން ނޭންގުނުތަ....؟

    މަނިކުފާނަށް އަވަސް ޝިފާ އަކަށް އެދެން!!!

    17
    4
  3. ބުރޯ

    މައުމޫންވެސް މިހާރު ސޯޝަލް މީޑިއާ ޒޯންބީއަކަށް ވީތަ؟

    11
    5
  4. ޙ

    ތިބޭފުޅާވެސް ދުނިޔޭގަ ހުރިއްޔާ މުސްކުޅިވާނެ. ކާފަގަނޑުކިޔާނެ ކަމެއްނެތް.

    20
    5
  5. ބީރުމީހާ

    އަސްތާ އެއްކަމަ ވަގު ކަލޭގެ ހެދިތަނުގައި ހިތައް އަސަރެއް ނުކުރޭބާ ތިޔަވަރުގެ ހިދުމަތް ލިބޭތަނެއް ހެދީމަތާ ޖަލުގެ ކުޑަގޮޅީގައި އެބޭންދީ ބަލަ މަނިކުފާނު އައިގީއެމް ހޮސްޕިތަލްގައި ނުއޮތީ ކީއްވެބާ

    14
    7
  6. ޝުހާދު

    ދިވެހިރާއްޖޭގަ ޙަނދުކޭތަ ކަހަލަ އަދަބު އަޙްލާޤު ނެތް ވާނުވާ ނޭގޭ މީހުން ބޭނުމެއް ނުވޭ. ތިބައިގަނޑަކީ ތަރައްޤީ އަށް ހުރި ބިރެއް . މައުމޫން އަށް އަވަސް ޝިފާއެއް މިންވަރު ކުރަށްވާށި. ޯ ި

    11
    4
  7. އަވަށުމީހުން

    ޢަވަސް ޝިފާއަކަށް އެދެން..

    10
    6
  8. ޖެރާޑް

    ގެޓް ވެލް ސޫން..

    6
    5
  9. މުހައްމަދު

    އަދިވެސް ރައީސް ކަމަށް ޝަރުތު ހަމަވާނަމަ އެތާ އޮވެގެން ވެސް ކުރިމަތިލީސް

    13
    5
  10. ާއިރުކޭތަ

    ހަނދުކޭތަ ކަލޭ ޖޭވީތަ

    7
    4
  11. ރަން ރީނދޫ

    ޕްރެޝަރު ދައްވަންޏާ ޔާމީނު މަތިން ހަނދާން ކޮއްބަލަ. އޭރަށް ގައިމު،ތިރިކުރަން ޖެހޭނީ ބައިކިލޯގެ ބޭސްގުޅައެއް ދީގެން.

    13
    6
  12. ބަރުގޮނު

    ހެޔޮ ޙާލުކޮޅުގައި ލައްވާށި. އާމީން.

    4
    6
  13. މުބީނު މާރނީ

    ތަރިތަކުގެ ޢިލްމް ދަންނަ މީހެއް. މީނާ މިހާރު އޮންނާނީ ދުވަހާއި ގަޑިއާއި ތާރީޙް ވެސް ބަލާފަ. (މިބުނީ ކޮން ގަޑިއެއްގެ ވާހަކަކަން އިނގިއްޖެ ދޯ؟) މަ.......ވާނެ.

    11
    1
  14. أحمد

    އިސްލާޙުވާން އެދޭނަމަ ފުރުސަތުނަގާނުލާ
    މިސްރާބު ރަނގަލު ސިދާ ކޮއްލަން އަވާސްވެލާ
    އެޅުމުގެ ކުރިންމެނޭވާ ހޮޅިއަށް އަވަސްވެލާ
    ޢިސްލާޙުވާން އެދޭނަމަ ފުރަސަތު ނަގާނުލާ

  15. އޙމދ

    މަށަށް ވަރިހަމަ!