ސ. ފޭދޫން، ފާތުމަތު ސައުޝަން އަލީ

އައްޑޫގެ ރައްޔިތުން ބޭނުން ނަމަ، ޝަންގްރިއްލާ ރިސޯޓުގައި އޮތް ދިވެހި ސަރުކާރުގެ ހިއްސާ ދޫކޮށްލަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

މި މަހުގެ 28 ގައި ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިނަށް އައްޑު އަށް ވަޑައިގެން ސ. ފޭދޫގައި ތިބި އެމްޑީޕީގެ ސަޕޯޓަރުންނާ ބައްދަލު ކުރައްވައި ރައީސް ވިދާޅުވީ އައްޑޫގެ ތަރައްގީއާ އެންމެ ބޮޑަށް ގުޅިފައި އޮތް އެއް ކަމަކީ ޝަންގްރިއްލާގެ މަސައްކަތް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ކުރިން ސަރުކާރާއެކު ޖޮއިންޓް ވެންޗާއެއް ހަދައިގެން ޝަންގްރިއްލާ ހިންގަމުން އައި ނަމަވެސް އެ ތަނަށް ވާނުވާ އެއްވެސް ސަރުކާރަކުން ނުބަލާ ކަމަށެވެ.

ރިސޯޓުގެ އޮޕަރޭޝަންތައް ހުއްޓި، އެތަނަށް ކޮންމެ އަހަރަކު އެތައް މިލިއަން ރުފިޔާގެ ގެއްލުން ވަމުން އައި ކަމަށާއި އެފަދަ ޖޮއިންޓް ވެންޗާއެއްގައި ސަރުކާރުގެ ހިއްސާއެއް އޮވެގެން ވިޔަފާރިއެއް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ސަރުކާރުގެ ހިއްސާ ދޫކޮށްލެވޭނީ ކިހިނެއްތޯ ބަލައި ހޯދައި، ގާނޫނަށް ގެންނަން ޖެހޭ ބަދަލު މިހާރު ގެނެސްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ހިއްސާ ދޫކޮށްލަން ބެލިއިރު، ސަރުކާރުގެ ހިއްސާ އޮތީ "ނެގަޓިވް"ކޮށް ކަމަށް ރައީސް ވިދާޅުވިއެވެ.

"ހިއްސާ ދޫކޮށްލަން ބެލިއިރުގައި މިވޭތުވެދިޔަ ތަނުގައި ކުންފުނި ހިންގާފައި އޮތީ ގެއްލުމުގައި. އެހެން ގޮސް ސަރުކާރުގެ ހިއްސާއަކީ ކިހާވަރެއްތޯ ބެލިއިރުގައި އެ އޮތީ ނެގެޓިވްކޮށް. އަޅުގަނޑުމެން ހިއްސާ ދޫކޮށްލާ ކަމަށް ވަންޏާ 70 މިލިއަން ޑޮލަރު އެބަ ދައްކަންޖެހޭ." ރައީސް ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ކަމުގައިވާ ނަމަ، ސަރުކާރުން އޮތީ ހިއްސާ ދޫކުރަން ތައްޔާރަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އަދި އެކަން އެގޮތަށް ނުކުރި ބަޔަކު ހޯދުމަކީ މުހިންމު ކަމެއް ކަމަށާއި އިހުމާލުވި މީހުންނާ މެދުގައި ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

އައްޑޫގައި ފުރަތަމަ ހުޅުވި ޝަންގްރިއްލާ ރިސޯޓް ހުއްޓާލީ ކޮވިޑް-19 އާ ގުޅިގެން ގެއްލުމުގައި ހިންގަން ފެށުމުންނެވެ. މިއީ ދިވެހި ސަރުކާރާއި ހޮންކޮންގްގެ ޝަންގްރިއްލާ ކުންފުނި ގުޅިގެން އުފެއްދި ޖޮއިންޓް ވެންޗާއެއް ކަމުގައިވާ އައްޑޫ އިންވެސްޓްމަންޓްސް އިން ހިންގި ރިސޯޓެކެވެ. ޝަންގްރިއްލާ ރިސޯޓުގައި ދިވެހި ސަރުކާރުގެ 30 އިންސައްތަ ހިއްސާ އޮވެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ގެއްލުންވާތީ ބޮލުން ކަޓްވާލަނީ ދޯ އަސްލު…

    33
    2
    • ހުސޭނުބޭ

      އުނހު! މިހާރު އޮންނާނެ މީނަގެ ގާތް މީހަކަށް އެ ހިއްސާ ދޭން ނިންމާފައި. އެ ހިއްސާ އެެހން މީހަކަށް ދޭއިރަށް އެތަން ތަރައްޤީކޮށް ހެސްކިޔާފައި ލާރިލިބޭނެ

      25
      1
    • ބާގިރު

      މިއަށްވުރެ ގމރ ވެރިޔަކު މިަގުމުގެ ތާރީހުގަވެސް ވެރިކަންކޮށްފައެއް ނުވޭ ތަންދޮރުނުދަންނަ މީހުން ކަންކަމށް އިސްކުރަިމަ ވާނެ 6އެތި މިފެންނަނި

      19
      1
  2. އަހްމަދު

    މިރިސޯޓާބެހޭ މާބޮޑުއެއްޗެއް ރައީސައްއެގިލައްވާކަމަކަށްނުވި ދެންކިހިނެއްހަދާނީ އަނެއްކާވެސް އައްޑޫމީހުންގެބޮލައްޗިޕެއް ބާރައްއަތްޖަހާފަ ވޯޓުދޭންތައްޔާރުވޭ

    39
    1
  3. ކިނބޫ

    ކުރުކޮށް ބުނަންޏާ، ދައުލަތުގެ ދަރަނި ސީދާ އައްޑޫ ރައްޔިތުންގެ ބޮލަށް ޖަހަން ތައްޔާރު. ނޫނޭ ވާ ރައީސެއް މިހިރީ. އެކަމަކުވެސް އަތުން ހަންދާވަރަށް ތިވާހަކަޔަށް ބަޔަކު ތިބޭނެ ހީހީފަ އަތްޖަހަން. ދެން އަތްޖަހަ އެންމެން އަތްޖަހާ. ކޮސްބެ.

    7
    1
  4. އައިމަން

    އައްޑޫ ސިޓީގެ ރައްޔިތުން ބޭނުންވާ ކަމުގައި ވަންޏާ އަޅުގަނޑުމެން މި ތިބީ ސަރުކާރުގެ ހިއްސާ ދޫކޮށްލާފައި އެ ކަން ކުރެވޭނެ ގޮތެއް ހޯދަން،" ރައީސް ވިދާޅުވި އެވެ. މާނަަައަކީ އަވަށްޓެރި ޤައުމެއްގެ ކުންފުންޏަކަށް ދޭނީއޭ. އައްޑޫ މީހުން ހޭލާ ތިބޭތި... ނަމަނަމަ އެކަމަށް އެއްބަސްނުވާތި...

    7
    1
  5. ދފ

    ވެރިކަމަކީ ކޮންމެ މީހަކަށް ކުރެވޭނެ ކަމެއް ނޫންކަން ޕޯޑިއަމްތަކަށް އަރާ ކޮންމެ ފަހަރަކު ކަލޭގެ އަމިއްލައަށް ތިޔަދަނީ ފަޟީހަތްވަމުންނެވެ. އެހެން ކަމުން އައްޑޫ ރައްޔިތުން އެދެނީ ކަލޭ މިހާރުން މިހާރަށް އިސްތިއުފާ ދިނުމަށެވެ.

    7
    1
  6. ނަޑޭ

    ގެއްލުންވީ ޔާމީނާ ހެދި ކަމަށް ހަދާފަ އެވެސް އޭނަ ބޮލަށް kandaala އެމްޕީއާރުސީ ޚިޔާނާތުގެ ލިސްޓުގައި 280 މީހުން ތިބި އިރު އެކަމުގައި ވެސް ޖަލުގައި އެއޮތީ ޔާމީނު އެކަނި . މީ ރަސޫލާ ވަޢުދު ކުރެއްވި ފަދަ ވެރިއެކޯ ޝޭޚް އިލްޔާސް ބުނީ ކިހާ ސޯލިހު ސޮހަލެއް މީ

  7. މަބޭ

    ޖީއެމްއާރައް ނުއަގުގަ އެއާޕޯޓްދީ ހުރިހާފައިދާއެއް އެމީހުނައްވާގޮތައް އެގްރިމަންޓް ހެދިބަޔަކުބެސް އެކަމުގެޒިންމާ ނަގަންޖެހޭނެނޫންތޯ

    20
  8. އަބްދޫ

    އައްޑޫއަށް ޓޫރިސްޓުން އައުމަށް ބޭނުންނުވަނީ ކީއްވެ؟ ވިސްނަންވެއްޖެ. ރީތި ގޮނޑުދޮށެއް ރީތި މޫދެއްނެތް ބާ؟