ށ. ފޯކައިދޫން މަސްތުވާތަކެއްޗާއެކު ހައްޔަރު ކުރި ޓީޗަރު ސިހުރު ހަދާ ކަމަށް އެ ރަށު މީހުން ތުހުމަތުކޮށްފިއެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން ފޯކައިދޫގައި ހިންގި އޮޕަރޭޝަނެއްގައި އެ ރަށު ސްކޫލްގެ ޕްރައިމަރީ ޓީޗަރު ހައްޔަރު ކުރީ ހުކުރު ދުވަހުއެވެ. އުމުރުން 47 އަހަރުގެ އެ ޓީޗަރާއެކުގައި 20 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރު ކުރިއެވެ.

އެނގިފައިވާ ގޮތުގައި ޓީޗަރު ހައްޔަރު ކުރީ މަސްތުވާތަކެތި ބޭނުން ކުރަން އިންދައެވެ.

އެ ރަށުން ވާހަކަ ދެއްކި މީހަކު "ވަގުތަށް" މިއަދު ބުނީ އެ ޓީޗަރަކީ ސިހުރާއި ފަންޑިތަ ވަރަށް ގިނަ އިން ހަދާ މީހެއް ކަމަށެވެ. އަދި ސިހުރާއި ފަންޑިތަ ހެދުމަށް އޭނާ ރަށް ރަށަށް ވެސް ދަތުރު ކުރާ ކަމަށް ބުނެފައިވެއެވެ.

"ސިހުރު ހަދާ، ފަންޑިތަ ހަދާ، މަސްތުވާތަކެތި ބޭނުން ކުރޭ. އެކަމަކު ހެއްކެއް ނެތޭ ކިއާފައި ފިޔަވަޅެއް ނާޅާ. ހައްޔަރެއް ވެސް ނުކުރޭ،" ފޯކައިދޫ މީހަކު ބުންޏެވެ.

އެމީހުން ބުނާ ގޮތުގައި ރަށްރަށަށް ސިހުރު ހަދަން އެމީހާ ދަނީ މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައިގެންނެވެ. ބައެއް މީހުން އަތުން 5،000ރ. ނޫނީ 10،000ރ. ވެސް ނަގާ ކަމަށް އޭނާ ބުންޏެވެ.

"ވަރަށް އެކަމުގައި ކުރީގައި އުޅޭ މީހެއް އެއީ. އޭނާގެ ޝަކުވާތަކެއް އައިސްފައި ވަނީ މީގެކުރިން،" ދިހަ ވަރަކަށް އަހަރު ޓީޗަރަކަށް އުޅުނު ދިވެހި މީހާއާ ބެހޭ ގޮތުން އެ ރަށު މީހަކު ކިޔައި ދިނެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ބަންދަށް ދެ ހަފްތާގެ މުއްދަތެއް އިއްޔެ ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. އާންދު

    އެހެނިހެން ރަށްރަށުން ޓީޗަރުން ފަންޑިތަ އަދި ކިޔެވެލި ކިޔަވާ ފެންއަޅަހަދާ

    5
    2
  2. Anonymous

    ކޮންނަމެއް ކިޔާ ޓީޗަރެކޯ

    9
    1
  3. ހުސޭނުބޭ

    ތިސޮރު ފޮނުވާ ހެރީ ޕޮޓާ ސްކޫލަށް ތި ކިޔަވާދޭން. ފޯކާދޫގައި ނުބަހައްޓާތި

    12
  4. Anonymous

    ފަންޑިތަ ހެދުމަކީ ހުރިހާ އިންގްލިޝް ޓީޗަރުން މިހާރު ކުރާ ކަމެއް.

    • Anonymous

      އެ ކީއްވެ އިންގްލިޝް ޓީޗަރުން

      3
      1
  5. ޙެސް

    ގުރުއާން ޓީޗަރަކަށް ނުވާތީދޯ ވަނަވަރު ހަމަ ނުކުރީ.

  6. އިބްރާހީމް

    އެ ޓީޗަރު އެއް ޖިންސުން ގުޅުން ހިންގާ ވާހަކަ ރަށު ތެރެއަކު ނުދައްކާ ބާ؟ އެ ރަށު މީހަކު ކައިރީގައި އަހާލަބަލަ

  7. ހައްވާ

    އެހެނިހެން ރަށްރަށުން ޕްރިންސިޕަލުންވެސް ފަންޑިތަ އަދި ކިޔެވެލި ކިޔަވާ ފެންއަޅަހަދާ

  8. މަރީ

    އަޅޭ މިރަށު މީހުން އަދިވެސް މިރަށުގެ ނަންބަދަލު ކުރާކައްނުވޭތޯ؟