ށ. ފޯކައިދޫގައި މަސްވެރިކަމަށް ނުކުމެ އުޅުނު ދިވެއްސަކަށް މިޔަރެއް ހަމަލާދީފިއެވެ.

"ވަގުތު" އަށް މައުލޫމާތު ދެއްވަމުން ފޯކައިދޫ ސިއްހީ މަރުކަޒުގެ ޑިއުޓީ އިންޗާޖް، އާމިނަތު ސަލީމާ ވިދާޅުވީ، މަސްބާނަން އުޅެނިކޮށް މިޔަރެއް ހަމަލާދީގެން ޒަހަމްތަކަކާއި އެކީ މިރޭގެ ވަގުތެއްގައި އުމުރުން 53 އަހަރުގެ ދިވެއްސަކު ސިއްހީ މަރުކަޒަށް ގެނެސްފައިވާ ކަމަށެވެ.

އެ ހާދިސާ ހިނގާފައިވަނީ މިރޭ 19:15 އެހާކަންހާއިރު ކަމަށް މައުލޫމާތު ލިބޭ ކަމަށާއި ހާދިސާއާއި ގުޅިގެން އެމީހާގެ ފައިގެ ކުޑަކަޅުވާ މަސްގަނޑަށް ޒަހަމްތަކެއް ލިބިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކަޓްތަކެއް ހުރި ފައިގަ. ބައެއް ތަންތަން ފުންކޮށް، ބައެއް ތަންތަން އެހާ ފުންކޮށެއް ނޫން ހުރީ" އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ހާދިސާ ހިނގާފައިވާ ކަމަށް މައުލޫމާތު ލިބެނީ ކަނޑިންމަ މަތިން މޫދަށް އެރި މަސް ބާނަން އުޅެނިކޮށް ކަމަށެވެ.

މިދުވަސްކޮޅަކީ މޫސުން ގޯސް ދުވަސް ވަރެއް ކަމުން، ބައެއް ފަރާތްތަކުން އެގޮތަށް މަސްބާނަން ގޮސް އުޅޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިހާދިސާއާއި ގުޅިގެން އަނިޔާ ލިބުނު މީހާއަށް ފަރުވާ ދިނުމަށްފަހު، މިވަގުތު ދޫކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ދޮންއަމާ

    މިޔަރު ހިމާޔަތް ކުރޭ މީހުނަށް ކޮންމެގެތެއް ވިޔަސް

    18
    2
  2. ދެބޯގެރި

    އިސްނާނުންނަށް ހިމާޔަތެއް ރައްކާތެރިކަމެއްނެތަސް ކިތަންމެ ބޮޑެތިގެއްލުންތަކެއްވިޔަސް އިންސާނުންނަށް ނުރައްކާތެރި އިންސާނުންނާ ޖަނަވާރުންނާ މަސްމަހާމެހި ހިމާޔަތްކުރަންޖެހޭނެ

    14
    3
  3. އަލީ

    މި ރާއްޖޭގަ މިޔަރުގެ ކަންތައްތައް ދިރާސާ ކުރާ މީހުނައް މިޔަރު ގިނަވާ ކަމަކައް ނުފެނޭ! އެކަމަކު މިތާ ކަނޑުގެ އެތެރެ ވަރިއެއް ބޭރުވަރިއެއް ގޮނޑުދޮށެއް ކިޔާނެ ކަމެއް ނެއް މިޔަރު މިއޮތީ ސާގު ފަނިގަނޑެއްހެން އޮލަވެފަ. މިތާ މިއުޅޭ ބައެއް މީހުން އިންޑިޔާގަ ގެރިޔައް މީހުން ދޭ ދަރަޖަ މިޔަރައް ނުދީފިއްޔާ ކިތައްމެހާވެސް ރަނގަޅު!!!

    20
    2
  4. ކަނޑު ހުޅުވާލާ

    މިގައުމުގެ މަސްވެރިން ނުކުޅެދޭ މީހުންނަށް ވާއިރު މި ގައުމުގެ ރިސޯޓު ހަދައިގެން ތިބި މަހުޖަނުން ރުއްސަން މިޔަރު ބޭނުން މަނާކޮށްގެން މި ތިބެނީ 400 މީޓަރު އަޑީގަ އުޅޭ މިޔަރު ރިސީޓު ފަޅު ކައިރިން މާސްކުއަޅައިގެން ބަލާނެ ގޮތެއް ނުވިސްނުނު މިޔަރު ގިނަވެ ކަނޑުއޮޅިތަކުން މަހެއްބޭނޭވަރުނުވެ މިޔަރު ހަމަ ފުން ހިސާބުތަުން ބާނަންވީ މިޔަރު އުރަހަޔަކީ އަގުބޮޑުކޮށް ވިއްކާލެވޭ އެތްޗެއް މިގައުމުގަ ކަނޑުގެ މަންފާއިން ރައީތުން ވަނީ މަހުރޫމުކޮށްފަ ކަނޑު ހުޅުވާލާ

  5. އިއްބެ

    ފުށޮޅުފަރާތުން ، ކަނޑުއޮޅިތަކުން މަހެއް ބޭނޭވަރެއްނޫން އެ އާލާތްގަނޑާހެދި@

  6. ހުސޭނުބޭ

    އެއްވެސް ބޭފުޅަކު މިޔަރާ ނުބެހެއްޗޭ! މިޔަރުގެ ހައްޤުތައް ވަނީ ހިމާޔަތްކުރެވިފައި. ތިއީ އަނިޔާ ލިބުނު މީހާގެ ކުށެއް! އެ މީހަކު އަވަހަށް 10000 ރުފިޔާއިން ކޫރިމަނާކުރޭ. ލޮލް

  7. ގެނބުރު

    ބާނާފަ ބިސްމި ކިޔާފަ ކެއިމަ ރަނގަޅުވާނެ.

  8. މިއަރު ލޯބި

    މިޔަރަށް ގޮތެއް ނަހަދާތި، ހެއޮނުވާނެ. ގެސްޓުންނެއް ނާންނާނެ ރާއްޖެއަކަށް. ކާންދީފަ ބޮޑެތި ކުރޭ، ގެރިމަހާ، ކުކުޅު މަހާޔޯ އެންމެ މީރީ ފަހުގެ ދިރާސާ ކުރާމީހުން އަންގަނީ. ވ. ސ