އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި ހިންގާ ކަންކަން ހުތުރު ކަމަށާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ޕީޕީއެމުން އެކަން ދޫކޮށްލަން ޖެހޭ ކަމަށް ކުރިއަށް އޮތް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބޭތީ އެކަމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ވަނީ "އިންޑިއާ އައުޓް" ނުވަތަ "އިންޑިއާ މިލިޓަރީ އައުޓް" ނަމުގައި ކެމްޕެއިނެއް ފަށައިފައެވެ. މި ކެމްޕެއިންގައި އެންމެ އިސްކޮށް އުޅުއްވީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޔާމީނެވެ. އެކަމަކު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރަކާ ގުޅިގެން އެ ކެމްޕެއިން ހަރަކާތްތައް އޮތީ އެއްކޮށްހެން ހުއްޓިފައެވެ.

އެކަމަކު، މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީން މިނިވަން ކުރަން ގޮވާލައި އިދިކޮޅު ފަރާތްތަކުން ބާއްވަމުން އަންނަ މުޒާހަރާތަކުގައި "އިންޑިއާ އައުޓް" ޝިއާރު ބޭނުން ކުރެއެވެ.

ބޮޑުފެންވަޅުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދު ވިދާޅުވީ ސަރުކާރުގެ ހާރިޖީ ސިޔާސަތުތަކުގެ ތެރެއިން އިންޑިއާއާ ދެމެދު އޮތް ސިޔާސަތަކީ ވަރަށް ރަނގަޅު، ހަރުދަނާ ސިޔާސަތެއް ކަމަށެވެ. އަދި އެ ސިޔާސަތާ އެކުގައި އެމަނިކުފާނު ވެސް ކުރިއަށް ވަޑައިގަންނަވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --- ވަގުތު އިމޭޖަސް: އަހުމަދު އަލީ

ނަޝީދު ވިދާޅުވި ގޮތުގައި އިންޑިއާ ކަނޑުގެ ސުލްހަ އާއި މަސްލަސްކަމާއި ހަމަޖެހުމަށް ރާއްޖެ ވަރަށް ބޮޑަށް ވިސްނަން ޖެހެއެވެ. އިންޑިއާއަކީ ރާއްޖެއާ ޖެހިގެން އޮންނަ އަވަށްޓެރި ގައުމަކަށްވާ އިރު، ޒަމާނުއްސުރެ ކަންކަން ކުރަމުން އަންނަނީ އިންޑިއާއާ ގުޅިގެން ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ތަރައްގީ އަށް އިންޑިއާ ވެދެވޭ އެހީތެރިކަން އެހާމެ ބޮޑު. މި ރާއްޖެ މިނިވަން ގައުމެއްގެ ގޮތުގައި އޮތީ ވަރަށް ބޮޑަށް ނެހްރޫގެ ބައިވެރިވުން އޮވެގެން." ނަޝީދު ވިދާޅުވިއެވެ.

އިންޑިއާ، ސްރީލަންކާ، ބަންގްލަދޭޝް އާއި ނޭޕާލް ފަދަ ގައުމުތަކަކީ ޒަމާނުއްސުރެ ރާއްޖެއާ ވަރަށް ގާތް ގުޅުމެއް ބާއްވާ ގައުމުތަކެއް ކަމަށާއި އެ ގުޅުންތައް ދޫކޮށްލައިގެން ނުވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"ކިހިނެއްތޯ ގައުމެއް އައުޓޭ ކިއާފައި އެކަހަލަ ޒެލޮފޯބިކް ކަންކަން ކުރަމުން ގެންދިއުމަކީ އެއްގޮތަކަށް ވެސް ތަރައްގީވަމުން އަންނަ ގައުމެއްގެ ވިސްނުމަކަށް ވެގެން ނުވާނެ." ނަޝީދު ވިދާޅުވިއެވެ.

ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނާ ޕީޕީއެމްއާ ދެމެދު ހިޔާލު ތަފާތުވާ ހަމައެކަނި ކަމަކީ އިދިކޮޅު ފަރާތްތަކުން "އިންޑިއާ އައުޓް" ކަމަށް ބުނެ ހަރަކާތްތަކާއި ކެމްޕެއިންތައް ހިންގާތީއެވެ. އެހެންވެ، އެގޮތަށް ގޮވުން ދޫކޮށްލަން ޖެހޭ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އަޅުގަނޑު ރައީސް ޔާމީން އަރިހުގައި ވެސް ތަކުރާރުކޮށް އެބަ ދަންނަވަން އެ ވިސްނުން ދޫކޮށްލައްވާށޭ." ރާއްޖޭގެ ރައީސްކަން ތިން އަހަރެއްހާ ދުވަސް ވަންދެން ކުރެއްވެވި ނަޝީދު ވިދާޅުވިއެވެ.

"ހާރިޖީ ސިޔާސަތުގައި ދެބައި މީހުން އެކައްޗެއް ކިޔަން އަޅުގަނޑު ތަކުރާރުކޮށް އެދެން."

 

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    "އިންޑިއާ އައުޓް" ގޮވުން ވަގުތުން ހުއްޓާލެވޭނެ ގޮތެއް އެބަ އޮތެވެ. އިންޑިއާ މިލިޓަރީ ތިބުމަށް ރާއްޖެއިން ދައްކާ ފައިސާގެ ޢަދަދު ހާމަ ކުރާށެވެ. އެއީ ވަރަށް ގިނަ (ރައްޔިތު މީހާގެ ޓެކްސް) ފައިސާ ގެ ޢަދަދެކެވެ. އެ ޢަދަދު ނުބުނެ، އިންޑިއާ ސިފައިން ތިބި ޢަދަދު ނުބުނެ، އިންޑިއާ އާއި އެއްކޮށް ކޮށްފައިވާ އެގްރީމެންޓްތައް ފޮރުވައިގެން އުޅުންޏާ "އިންޑިއާ އައުޓް" ގޮވާނެއެވެ.

    39
  2. އާދަނާ

    މިކަލޭގެއަށް ވެރިކަންނަގާދޭނެ ރޭޕިސްޓް އިންޑިޔާއިން މިފަހަރު! ހަނދާންކުރާތި މިފަހަރު ވޯޓާ ކުޅެން އެއްވެސްބަޔަކުނަހަދާތި، ރައްޔުތިން ނިކުމެ ތިޔައިންޑިޔާއަކާއި އެމީހުންނަށް ވަފާތެރި ގައުމަށް ގައްދާރުވާ ހުރިހާމީހުން މަގުމައްޗައްނެރެ ރަޖަމްކުރާނެ! ރައްޔިތުންލާވޯޓާ ކުޅެން މިފަހަރުނޫޅޭތި އެއްވެސްބަޔަކު!!!

    27
  3. އަލީ

    ދެކިލޯ ވިލާތުބައްޓޭ ނުކިޔާ މިގައުމުގެކަންތަކައް އައްބާނަން އެއްވެސްބަޔަކައް ފުރުސަތެއްނުދެވޭނޭ ކަލޭގެ ބަސްމަގުތިގޮތައް ހުއްނަނަމަ ވޯޓްކެންސަލްވީ ތަރައްގީއަކީ އަޅުވެތިވުމެއްނޫން ރާއްޖެ ޓުވަރިސްޓުންގެ ނަމުގަ މިހާރުތިބީ އިންޑިއާމީހުން މާލެތެރޭ އެނބުރެނީ އޮޕަންކޮއް އެކިމަސަތް ކައްކުރަން ކަލޭމެންސިޔާސީބޭނުންތަކައް މީހުންއޮޅުވާލަނީ ރަށްރަށުގަތިބި އިންޑިއާ ކުންފުނިތަކައް ދީފަހުރި ޕޮރޮޖެކްޓްތައް ބަލާލިއަސްއެގޭނެ ދިވެހިކުންފުނިތައްދަނީ ފުނޑެމުން ގޭގޭތަކުގެ ދިއްލާ ބޮކިބަދަލްކުރަންވެސް އައްނަނީ އިންޑިއާކުންފުނިތަކުން ފޮނުވާމީހުން މިކަން އެއްމެރަނގަޅައް އެގޭނީ ރިޒޯޓްތަކުގަ ފަޒީފާއަދާކުރާމީހުނައް

    18
  4. ާސަބުމެރިން

    އިންޑިއާއައުޓު ކިޔާގެންކަލޭމެންނަށް ގެއްލުންވާކަން އެބައެނގޭ އެހެންވިއްޔާ އިންޑިއާ ސިފައިން މިގައުމުން ބޭރުކުރޭ ކަލޭމެންވިސްނުލާކުރާ ކޮންމެކަމަކުން ގައުމަށް އިންތިހާއަށް ގެއްލުންވޭ ކަޝްމީރު މިސާލަކަށް ތިޔަބޭފުޅާ ނަގާބަލަ.

    23
  5. Anonymous

    ޢެމްޑީޕީ ގުންޑާއިން ކަލޭމެން ކިތައްމެ ވަރަކަށް އިންޑިއާއައުޓު ކެމްޕެއިން ހުއްޓާލާށެ ރ.ޔާމީނު ފައިބުޑަށްވެއްޓި އާދޭސްކުރިޔަސް އެކެމްޕެއިން ހުއްޓާކަށް މިގައުމުގެ ގިނަ ރައްޔިތުން ބޭނުމެއްނުވޭ، އެމްޑީޕީގެ ތިޔަ ލުއްޗާއިން ކޮންމެފަހަރަކު ރިޔާސީ އިންތިޚާބު ކާމިޔާބުކުރަން އިންޑިއާ ގެރިމޯދީ ސަރުކާރުން ރިޝްވަތުބަހަން ފައިސާފުންޏެއް ހޯދަނީ، އެދަރަނި އަދާކުރަން ގައުމުގެ އެއާޕޯޓާއި ކަނޑާއި އެއްގަމު ސަރަހައްދުތައްދީ އެމީހުންގެ ސިފައިން އައިސް މިގައުމުގައި ދިރިއުޅުވައި އިންޑިއާގެ ދަށުގައި މިގައުމު އަޅުވެތިކުރަމުންދަނީ އިންޑިއާއާއިއެކު ރައްޔިތުންނަށް ސިއްރުކޮށް އެގްރިމެޓްހަދައިގެން، ކިތައްމެ ސިއްރުކުރިޔަސް އެގްރިމެންޓްގައިވާ ކަންތައް ނެއެގޭ ރައްޔިތެއް ނެތެވެ. މިކޮރަޕްޓް ޖަރީމާ ހުއްޓުވަން ރ.ޔާމީނު މަސައްކަތްކުރަނީ އެމަނިކުފާނު މިގައުމާއި ރައްޔިތުންނަށް ހެޔޮއެދޭ ބޮޑުކަމުންނެވެ. އިންޑިއާ އައުޓް😆

    23
  6. އަޙުމަދު

    ރާއްޖޭގެ މިނިވަންކަމަށް ކުރި މަސައްކަތް ތަކުގައި އިންޑިޔާގެ އެއްވެސް އެހީތެރިކަމެއް ނުދޭ ކަނޑައެޅިގެން ތިހެދީ ވަރަށް ބޮޑު ދޮގެއް. ތާރީޚް އޮޅުވާނުލައްވާ.

    21
  7. އަލީ

    އިންޑިއާ އައުޓުގޮވުން ހުއްޓާނީ މިގައުމުގަތިބި އިންޑިއާ ސިފައިން މިގައުމުން ބޭރުކުރިދުވަހަކުން.

    24
  8. ބަރުދަމާނިޒާމު

    އެއްބުރުން ވެރިކަން ހޯދާން ދެރައީސުން ގެންގުޅޭ ފޯމިއުލާއަކީ އިންޑިއާ އިންޑިއާގެ އެމްބަސީން ބުނާގޮތް ހެދީމަ އެއްބުރުން ވެރިކަން ހޯދާ ފޯމިއުލާ ކާމިޔާބުވާނެ.\

    15
    1
  9. ރާއްޖެތެރެ

    ނުހުއްޓާނަމޭ އިންޑިޔާ ބޭރު ކުރަން އުޅޭބަޔަކައް ސަޕޯޓް އޮތީ

    13
  10. ޝޮކްތެރަޕީ

    އިންޑިޔާގެ ވިސްނުން ވަރައް ނުރައްކާ.

    13
  11. ޝޮކްތެރަޕީ

    ޗައިނާގެ އަގުވައްޓާލަން އުޅުނު މީހަކު އިންޑިޔާ ދިފާއުކޮއްފަ ވާހަކަ ދެއްކުމަކީ ވަރައް ހުތުރު ކަމެއް

    13
  12. ނަނަނަ

    އިންޑިއާ އައުޓް..

    13
  13. އައުޓް

    އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް އިންޑިއާ އައުޓް މޮދީ އައުޓް ރައީސް އިބޫ އައުޓް

    12
  14. މަޑުކޮށްލާށޭ

    ބޮޑެތި މައްސަލަތަކުގައި ހިމެނޭ ގަވާއިދާއި ޚިލާފަށް އުޅޭ ބަންގާޅީން މިސަރުކާރަށް 4 އަހަރުވެގެން ދިޔައިރު އެކަކު ވެސް ބޭރުނުކުރެވުނޭ ބީރުބޮލު ބޮޑުވަޒީރު ބުނަނީ ބަންގާޅުންގެ އަސްލެއް ނަސްލެއް ނޭގެއޭ އެކަމަކުވާ އެމެން އަތާއި ފަޔާއި އެކު ސްކޭން ކޮށްފައި އެބަހުއްޓޭ އިމިގްރޭޝަންގެ ސާރވާރގައި މީ ކައްޕަޅި ސަރުކާރޭ ރަންކޮޅާ މިކަން ވާނީ އަންނިއަށޭ ހިނގާ ހިނގާ ހިނގާ ގުޅެން އަންނިއާއި ދޮންކަނބުލޯ މަޑުކޮށްލާ ތަމެން މޮޓޮރާ ފަހަތަށް މަމެން ލައިގެން މަމެން ވެސް ގޮވައިގެން ދާން މަޑުކޮށްލާ މަބުނީ މަޑުކޮށްލާ މަބުނީ މަޑުކޮށްލާ މަބުނީ މަޑުކޮށްލާ މަބުނީ މަޑުކޮށްލާށޭ ރަންކޮޅާ މަޑުކޮށްލާ މަބުނީ މަޑުކޮށްލާށޭ މަބުނީ މަޑުކޮށްލާށޭ މަބުނީ މަޑުކޮށްލާށޭ ޔޭއް ޔޭއް ޔޭއް ޔޭއް ޔޭއް ޑާންސް ޑާންސް ޑާންސް ޑާންސް...

    5
    2
  15. މަޑުކޮށްލާށޭ

    ރަންރީނދޫ ކަނބުލޯ މެންނޭ ލޯބިކަނބުލޯ މެންނޭ އަންނި ފެންވަރުގެ ސީދާސާދާ ހާކިމާ އަކު ނުލިބޭނެއޭ ތަމެން ނުވަގަޑި ސައިހަދާ އިރު ތަމެންނާއި އެކު ހުންނާނެއޭ އަންނި ތަމެން ކުކުޅަށް ކާންދީ ހަދާ ތެލިދޮވެ ނިންމާއިރު ތަމެންނާއި އެކު ހުންނާނެއޭ އަންނި ކިހިނެއް ހަދަނީ ހޫއް އޫއް ހިނގާދާން ދެން އަންނި ޓީމާއި ގުޅެން ހިނގާ ދާން މަޑުކޮށްލާ މަމެން ޕިންކީ ސައިކް ފަހަތަށް ލައިގެން ދާން މަޑުކޮށްލާ މަޑުކޮށްލާ މަޑުކޮށްލާ މަބުނީ މަޑުކޮށްލާށޭ މަބުނީ މަޑުކޮށްލާށޭ މަބުނީ މަޑުކޮށްލާށޭ މަބުނީ މަޑުކޮށްލާށޭ މަޑުކޮށްލާށޭ މަޑުކޮށްލާށޭ މަޑުކޮށްލާށޭ ޔޭއް ޔޭއް ޔޭއް ޔޭއް ޑާންސް ޑާންސް ޑާންސް....

    1
    1
  16. ދޫކޮށްނުލާ

    ކޮންމެ ދަރިއެއްގެ މީ މުސްތަގްބަލޭ އެއްލާނުލާ މަމެންގެ ގައުމު ދޫކޮށް ތިންއަތޮޅާއި އެއްވަރު ކަތުން ވަނީ ރާއްޖޭންބޭރު ގައުމު ތަކުގައި ބަނޑަހަގެ ޖަހާ ދިރިއުޅެން ފަށާފައޭ ގައުމުގެ އަހުލުން އުޅެން ބޭނުންވާ ބިމުން މިލިމީޓަރެއް ވެސް އެމެންނަށް ލިބޭނެ އުއްމީދެއް ނެތި ފަނޑުވުމުން މާޔޫސްވެ ގައުމުދޫކޮށް ދަނީއޭ ގެއްލުނު އުއްމީދު އާލާކޮށް ހެޔޮވެރިކަން ކަތުންނަށް ކޮށްދޭން އަންނިއޭ އުއްމީދަކީ ކެތް މަދުވެފައި މިތިބީ ހެޔޮވިސްނުން އިސްކުރަމާ މީހައްގެކޭ ދޫކޮށްނުލާ ކެތް މަދުވެފައި މިތިބީ ހެޔޮވިސްނުން އިސްކުރަމާ މީހައްގެކޭ ދޫކޮށްނުލާ ކެތް މަދުވެފައި މިތިބީ ހެޔޮވިސްނުން އިސްކުރަމާ މީހައްގެކޭ ދޫކޮށްނުލާ ކެތް މަދުވެފައި މިތިބީ ހެޔޮވިސްނުން އިސްކުރަމާ މީހައްގެކޭ ދޫކޮށްނުލާ

  17. ޙަަަހަ

    ތިޔަ މީހާ ވެރިކަން ގެއްލުނީމަ މިޤައުމު އަޅުވެތިކުރަން ކުލީސިފައިންނަށް ދައުވަތުދީ ، މުޅި ޓޫރިޒަމް ބޮއިކޮޓްކުރަން އިނގިރޭސިވަލާތުގައި ކެމްޕެއިން ކުރެއްވީ މާރީތިތޯ ، މިޤައުމަށް ލިބުނު ގެއްލުން އަދިވެސް ފޫނުބެދޭ ، މުޅި ޓްއަރިޒަމް ފުޑާލި ،

  18. ދޮންސޮރު

    ކަލޯ ތިޔާއުޅޭގޮތް މާހުތުރު ވެރިކަމާހެދި ތިތެޅިބާލަނީ، މަމީ ވެރިކަން ބޭނުން މީހެއްނޫނޭ ބުނިހަނދާން ވޭތަ..؟