މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ފަތުރުވެރިން ނިވާކަމެއް ނެތި ރަށު ތެރޭގައި އުޅުން އާންމު ކަމަކަށްވެފައިވާ ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.އަލީ ޒާހިރު ބިން ސައީދު ގާސިމް ވިދާޅުވެއްޖެއެވެ.

ޑރ. ޒާހިރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އިޝްތިހާރުކޮށްގެން މަސާޖް ޕާލާތަކުގެ ނަމުގައި ވިޔާ ނުދާ އަމަލުތައް ހިންގުން ވެސް އާންމުވެފައިވާ ކަމަށެވެ. އަދި މީހުން ދިރިއުޅޭ ރަށްރަށުގައި ފަތުރުވެރިން ނިވާކަމެއް ނެތި އުޅުން ވެސް އާންމުވެފައިވާ އިރު، ފިޔަވަޅު އަޅާނެ މުއައްސަސާއެއް ނެތް ކަމަށް ވިދާޅުވިއެވެ.

"ޒިންމާވާނެ ފަރާތެއް މިއަދު ފެންނާކަށް ނެތް. ވަރަށް ދެރަ،" ޑރ. ޒާހިރު ވިދާޅުވިއެވެ.

މަސާޖް ޕާލާތަކުގައި ތިބޭ ބިދޭސީ އަންހެނުން އެންމެ ބޮޑަށް ޕްރޮމޯޓް ކުރާ އެއް ވަސީލަތަކީ މިހާރު ޓިކްޓޮކެވެ. ޓިކްޓޮކްގައި އާންމު ކުރާ ވީޑިއޯތަކުގައި އެ ތަންތަނުގެ ފޯނު ނަންބަރު ޖަހާފައި ހުރެއެވެ.

މާލޭގެ ރަސްފަންނާއި ހުޅުމާލެ ބީޗުގައި ނިވާކަން ކުޑަ ހެދުން ލައިގެން ފަތުރުވެރިން އުޅޭ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް ވެސް ދާދި ފަހުން މީސް މީޑިއާގައި އާންމުވެފައިވެއެވެ. އެމީހުން އެގޮތަށް ކަންތައް ނުކުރުމަށް ފުލުހުން ނަސޭހަތްތެރިވާ މަންޒަރު ވެސް އެ ވީޑިއޯތަކުން ފެނެއެވެ.

މީގެކުރިން، ފަތުރުވެރިއަކު ކ. މާފުށީގައި ނިވާކަން ކުޑަ ހެދުމެއްގައި އުޅުމުން އޭނާ ނިވާ ކުރި މައްސަލައެއް ފެންމަތިވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. މާމީ

    ރާއްޖޭގަ އިސްލާމް ދީން ގަބޫލުނުކުރާ މީހުން ވަރައް ގިނަ ކަން ތިއިގަކީއްވެ ތޯ ފާހަނގަ ނުކުރެއްވީ؟؟؟؟

    7
    1
  2. ކިބޫ

    ތިވާހަކަ ދައްކަން ކަލޭމެން ރީއްޗެއްނޫން. ތިބުނާ ދީނީ ބައިގަޑުގެ ބޮޑުމީހާ ސަރުކާރުގެ މަތީމަޤާމުގައި ހުރެފަ އެއްޗެކޭ ނުބުނޭ

    10
  3. އަހުމަދު ފަޔާޞް 1030

    މިގައުމުގަ ނިވާކަމެއްނެތް އިރު ކިހިނެތް އެހެން ގައުމެއްގެ ނިވާކަން ކުޑަކޮއްދޭށް މަސައްކަތް ކުރެވޭނީ. މިގައުމުގަ ނިވާކަމަކީ ހަމައެކަނި ބޮލުގަ ބާއްވާލާ ބުރުގާ އެކަނި.

    13
  4. ހަލިންބެ

    ޓިކްޓޮކާ އިންސްޓާގުރާމުގަ ދިވެހިން އޮރިޔާން ދެއްކުންވެސް މިހާރު އިންތިހާ.

    16
  5. ޖަނާޒާ

    ބައެއްމީހުން ރިސްވަތު ނެގުންވެސް ވަނީ އާންމު ވެފައި

    12
  6. އެކުވެރި

    ދިވެހިން ވެސްމަގުތަކުގަ އުޅެނީ އެހެން

    13
  7. ލޮނު

    މިދިޔަ ހުކުރު ދުަވަހު އާޓިފިޝަލް ބީޗަށް ވެސް ގެސްޓުން ގޮސް ރޯއޮރިޔާމާ ބަރަހަނާ ވަމުން ނުވަމުން ނުވާކަމަށް ހެދި ބަރަހަނާ ވަމުން އަހަރެމެން މުސްލިމުން ވީމާ ދައްކަން ކަނޑައެޅިގެން މަނާކަމެއްކަން އެނގި ތިބެ ބަރަހަނާވެ އުޅެމުން ދިޔަ! މީ ލާދީނީ ޖަހާލަތުގެ ސަރުކާރެއ! ﷲ އިރާދަކުރެއްވިއްޔާ ނިމުން އަންނާނީ ވަރަށް ހިތިކޮށް!މުސްލިމުންނަށް ލޯބި ނުކުރާ ޔަހޫދީ ސަރުކާރެއްގެ މީ! އިރާދަކުރެއްވިއްޔާ ނިމިދާނެ! ވަރަށް އަވަހަށް! ﷲ މިނުބައި މީހުންގެ ނޫބައި ހީލަތާއި މަކަރުން މި ފަސްގަނޑު ސަލާމަތްކުރައްވާށި! އާމީން

    11
    1
  8. އަލިބެ

    ކޮންމެ ބަޔަކުވެސް ދީނަށް ލޯބިކުރާ މީހުންގެ ތާޢީދު ހޯދަން ވެރިކަމަށް އަރަން އުޅޭއިރު މިފަދަ ނުބައި ޢަމަލުތައް ހުއްޓުވާނަމޭ ކިޔާފަ ވެރިކަން ހަމަ ލިބޭއިރަށް މިކަންކަމަށް އެކަށީގެންވާ ފިޔަވަޅު އަޅާތަނެއް ނުފެނޭ. ކިރިޔާވެސް މިކަން ހުއްޓުވާނެކަމަށް އުއްމީދު ކުރެވެނީ ރައީސް ޔާމީނަށް ނުވަތަ ޕީޕީ އަށް ވެރިކަން ލިބިއްޖެނަމަ. މިމަހު ކުރީކޮޅު ހުޅުމާލެ އަތުރުމަތީގަ އަނބިދަރިން ގިވައިގެން ތިއްބައި އެތަނެއް ދިޔަ ތިންހަތަރު ގެސްޓުން ތިބިގޮތުން ދެލޯ ހުޅުވަން ނުކުރެނު. އެތަނުން އަންހެނަކާ ފިރިހެނަކު މޫދައްއެރި ރާޅުފަށުގައި ބިކިނީގައި އޮޅުލަމުން ދިޔަގޮތުން މިރާއްޖޭގައި މިފަދަ ކަންކަން ޢާއްމުވެފަވާ މިންވަރު އެނގުނު. އެތަނަށް ޢާއްމުކޮށްގޮސްއުޅޭ މީހުންނަށް މާބޮޑުކަމަކަށް ނުވި. އަހަރެން ހުރީ އަންތަރީސްވެފަ. ފުލުހުންގެ ދެމީހަކު އައިސް ރނގަޅަށް ހެދުން އެޅުމަށް ބުނެފަ ދިޔައީމަވެސް މާބޮޑު ސަމާލުކަމެއް އެމީހުން ނުދިން.

  9. އއ

    އޮރިޔާން ނިވާ ނުވުން ފެންނައިރު ކޮބައިހޭ ތިމާމެންނައް މުސާރަދެނީ ކޮންގޮތަކުން ހޯދާ ފައިސާތޯ ބަލާލިންތޯ؟؟ މިކަމުގަ އޮންނަ ފަތުވާ އަކީ ތިމަންނައަށް މަސައްކަތެއްކޮއްފަ މުސާރަ އައްދޭ ފައިސާ އެހޯދިގޮތް ބަލަން ނުޖެހޭ ކަމުގަ. އެއީ ކިތައްމެ ފާސިގު ގޮތަކައް ހޯދާ ފައިސާކަން ތިމާއައް އެނގުނުކަމުގައި ވިޔަސް ހަލާލު ކަމުގަ. އެހެން ކަމުގަވާނަމަ އޮރިޔާން ނިވާކުރުމުގެވާހަކަ ހުއްޓާފަ މުސާރަ ބޮޑުކުރުމުގެ ވާހަކަ ދައްކަވާ.

  10. ވަށަފަރުމީހާ

    ވަށަފަރުގައިވެސް ޖެޓީމަތީގެއާއި އަތިރިމަތީ ބިކިނީގައި މުޅިފެމެލީ، ވ ދެރަ، ނެތޭ ބޯޑެއްވެސް މީމަނާކަމެއްކަން ބަޔާންކޮށްލަން

  11. ހުސައިން803

    އައިލެންޑް ގެސްޓްހައުސް އަދި ހޯމްސްޓޭ ގެސްޓްހައުސް ތާރަފްކުރުމަށް މުޅިންވެސް ވިސްނައި ދީފައިވަނީ އެކަމުން އަހަރެންމެންނަށް ލިބޭނެ ފައިދާގެ ވާހަކައާއި ޑޮލަރުލިބޭނެ ވާހަކަ، މިހެން ވާންޖެހުނީވެސް ރާއްޖޭގެ މަދުބައެއްގެ އަތުގައި ރިސޯޓްތައް އޮވެފައި މުއްސަދިންނާއި ފަރީރުންގެ މެދުގައި ބޮޑުތަފާތެއް އޮތުމެވެ. ކޮންމެ ކަމެއްވެސް މިހާރު އެއީ ކަމެއް ނޫނެވެ. ނިވާކަން ކުޑަކޮށް އުޅުނަސް ޑޮލަރުލިބެންޏާ މިހާރު ދިވެހިނަށް އޯވެފައި މިތިބެނީ..