ފުލުހުން ރައްޔިތުންނަށް ޖަވާބުދާރީވާ މިންވަރު ބޮޑު ތަނުން ދަނީ ރަނގަޅުވަމުން ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕޮލިސް ރިސާޗް އެންޑް އިނޮވޭޝަން ކޮންފަރެންސްގެ މައުލޫމާތު ދިނުމަށް އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ފުލުހުންގެ މަސައްކަތްތަކަށް ބަދަލު ގެނެވެނީ ދިރާސާކޮށްގެން ކަމަށެވެ. ފުލުހުންގެ މަސައްކަތް ހަރުދަނާވެ ކުރިއަރާނީ ކޮންފަރެންސްތާއި ވޯކްޝޮޕްތައް ބޭއްވި ޓްރެއިނިންތައް ހަރުދަނާކުރެވިގެން އެކަމަށް ކުރެވޭ މަސައްކަތްތައް އިތުރުކުރެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"މި ފަހަރުގެ ފުލުހުންގެ އާ ގާނޫނާ ހަމައަށް މި އާދެވުނީ އެތައް އަހަރުއްސުރެ ކުރަމުން އަދި މަސައްކަތްތަކުގެ ނަތީޖާ އެއް ގޮތުން. ގާނޫނުގެ ތެރޭގައި ގެނެވުނު ވަރަށް މުހިންމު އެއް ފަލްސަފާއެއް ފުލުހުންގެ ހިދުމަތް ލާމަރުކަޒީ ކުރުމަށްޓަކައި ހަދަން ޖެހޭ ކަންކަންތައް އެހީ ދިރާސާ ތަކުގެ މައްޗަައް ކުރެވިފައި ހުރި ކަންކަން. މިހާރު ފުލުހުންގެ ހިދުމަތް މާރުކަޒު ކުރުމަށްޓަކައި މުޅި ރާއްޖެ ފަސް ރީޖަންއަށް ބަހާލައިގެން އެ ރީޖަންތަކުގެ ކޮމާންޑާސްތަކީ ޗީފް ސްޕްރެންޑެންޓް އޮފް ޕޮލިސްގެ ރޭންކުގެ ބޭފުޅަމަށް ވެގެން އެ ބޭފުޅުން އެތަންތަނަށް ކަނޑައެޅިގެން އެ ބޭފުޅުން ވަޑައިގެން މައްސަލަތައް ކައިރިން ބައްލަވައިގެން ވަގުތުން ވަގުތަށް ޑިސިޝަންސް ނަންގަވައިގެން ކުރިއަށް ގެންދަވާ." މިނިސްޓަރު އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އާ ގާނޫނާއިއެކު ފުލުހުން މައްސަލަތަކަށް އެޑެންޓް ކުރެވޭ މިންވަރު އަވަސް ވުމާއި ނަތީޖާ ނެރޭ މިންވަރު އަވަސްވެފައިވާ ކަމަށެވެ. ހާއްސަކޮށް ރައްޔިތުންނާއި ގާތުން ޖަވާބުދާރީވާ މިންވަރު ބޮޑުތަނުން ރަނގަޅުވާތަން ފެންނަ ކަމަށް ވިދަޅުވިއެވެ.

އެކަންކަމަށް އިތުރު ބަދަލު އަންނާނީ އިތުރަށް ދިރާސާކޮށް އިތުރު ހޯދުންތައް ގެނެވުނީމައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޕޮލިސް ރިސަޗް އެންޑް އިނޮވޭޝަން ކޮންފަރެންސް އަކީ ކްރައިމް ޕްރިވެންޝަނަށް ކުރިއަށް އަޅަން ޖެހޭ ފިޔަވަޅުތަކަށް މަގުފަހިކޮށްދޭނެ މުހިންމު ކޮންފަރެންސްއަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެ ކޮންޕަރެންސްގައި ހުށަހެޅޭ ކަރުދާސްތަކަކީ އެކަމަށް މަގުފަހިކޮށްދޭ ކަރުދާސްތަކަކަށް ވާނެ ކަމަށާއި އެކަމުގެ މައްޗައް ކަނޑައަޅަން ޖެހޭ ސިޔާސަތުތައް ކަނޑައެޅުމުން ތަންފީޒު ކުރަން ޖެހޭ ފަރާތްތަކުން އެ ސިޔާސަތުތައް ތަންފީޒުކުރަމުންދާ ފެށުމުން ހެޔޮ ނަތީޖާ ފެންނާނެ ކަމަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. އިސްޢާފް ސަލީމް

    ކަލޭ ފޯރަމެއްގައި ހުރެ އެންމެންގެ ކުރިމަތީ ލައިވްޓީވީގައި ޔާމީންގެ ބޮލުގައި އަފްރާޝީމުގެ މަރުގެޒިންމާ އަޅުވައި މިހުރީ ޑޮކިޔުމަންޓްތައް މިހުރީ ޑޮކިޔުމަންޓްތައް ގޮވި މައްސަލާގެ ހިލަމެއް ނުވުމާ ، އަފްރާޝީމު މަރުގެ ޒިންމާ ޙުސައިންވަޙީދާއި އަދީބުގެ ބޮލުގައި އަޅުވާ ދެއްކި ވާހަކަތަކާ އޭގެކުރިން އަފްރާޝީމުގެ މަރުގެ ޒިންމާއިން އެމްޑީޕީއަށް ނުރެކެވޭނޭކަމަށް ދެއްކި ވާހަކަތަކާ މައްސަލާގައި މަރަން ޙުކުމްއިއްވާފަހުރި ޙުސައިން ޙުމާމާއި އެމްޑީޕާއި ގުޅުން ބޭއްވިކަމަށް ބުނި ވާހަކަތައް ތިކަމުގެ ހެއްކަކަށް ފުދޭ! މަޤާމެއް ތިއޮތީ ލިބިފަ ކަލެޔަށް

  2. އަހުމަދު

    ތެދެއް. ފުލުހުން ރައްޔިތުންނަށް މުގުރުން ނާއި ކަރުނަ ގޭހުން ޖަވާބުދާރީ ވާވަރު ދުވަހެއް ދުވަހަކަށް ވަނީ އިތުރު. ސަތިޔާނާޝް !!!

  3. އަލީ

    ހިނިއައްނަނީ ވޯޓާކާރިވާވަރަކައް ކޮސްގޮވާނެ

  4. ހަމީދު 1

    މޮޔަނުގޮވާ މަޑުން ހުރެބަލަ

  5. ޖޯން ސްނޯ

    ވަޒީފާ ގަނޑު ގެއްލި އަނެއްކާ ކުޑަ ގޮޅިއަށް ކަލޭމެން އެންމެން ވަންނަ ދުވަސް ޖެހެނީ...އަންނަނީ އަންނަނީ...ޖެހެނީ ޖެހެނީ