" އަންނަނީ އަންނަނީ" ގެ ނަމުގައި މި ސަރުކާރުގެ މަޝްރޫތައް ބެލޭނެ ވެބްސައިޓެއް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ފެކްޝަނުން ތައާރަފްކޮށްފިއެވެ.

އެ ވެބްސައިޓުން މުޅި ރާއްޖޭގައި މި ސަރުކާރުގެ މަޝްރޫއުތަކުގެ " ބޮޑު" މަންޒަރު ވަނީ ދައްކާލައިފައެވެ. އަދި ކޮންމެ އަތޮޅެއްގައި މި ސަރުކާރުން ކޮށްފައިވާ އަދި ކުރަމުންދާ މަޝްރޫތައް ވެސް ވަކި އެ ވެބްސައިޓުން ބެލެއެވެ.

ވެބްސައިޓްގައި އާންމުކޮށްފައިވާ މައުލޫމާތަކީ އައިލްސް ވެންސައިޓުގައި ޝާއިއު ކޮށްފައިވާ މައުލޫމާތު ކަމަށް ވެސް އެ ވެބްސައިޓްގައި ބުނެފައި ވެއެވެ.

އެ މައުލޫމާތަށް ބަލާއި އައިލްސްއަށް ހަވާލާދީ ވެބްސައިޓްގައި ބުނެފައި ވަނީ ލިސްޓްކޮށްފައިވާ، ޔާމީންގެ ވެރިކަމުގައި ފެށި، ރާވާފައިވާ، ނުވަތަ ނިމިފައިވާ މަޝްރޫއުތައް އުޅެނީ އަށް އިންސައްތައިގ އެވެ. އެއީ 148 ޕްރޮޖެކްޓެވެ. މިއީ ޔާމީން ވެރިކަމުގެ ދުވަސްވަރު ހިންގި ހުރިހާ މަޝްރޫއުތަކެއް ފުރިހަމައަށް ތަމްސީލް ކުރުމެއް ނޫން ކަމަށް ވެބްސައިޓުގައި ބުނެފައި ވެއެވެ.

ރައީސް ޔާމީންގެ ސަރުކާރުގައި ހިންގާފައިވާ ޕްރޮޖެކްޓްތައް ހިމެނޭހެން މި ސަރުކާރުން 23 އިންސައްތަ މަޝްރޫއު ނިންމާފައިވާ ކަމަށް ވެސް އެ ވެބްސައިޓުގައި ވެއެވެ. އެއީ 450 ޕްރޮޖެކްޓެވެ.

އަދި މި ސަރުކާރުން "އަންނަނީ" ގައި 77 އިންސައްތަ މަޝްރޫއު ހިމެނޭ ކަމަށް ވެސް އެ ވެބްސައިޓުގައި ވެއެވެ. އެއީ 1512 ޕްރޮޖެކްޓެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މި މަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވެއެވެ. މި ޕްރައިމަރީގެ ކެމްޕެއިންގައި އެއް ބޭފުޅަކު، އަނެއް ބޭފުޅަކަށް ގެންދަވަނީ ބަހުގެ ވަރުގަދަ ހަމަލާތަކެއް ވެސް ބަދަލު ކުރައްވަމުންނެވެ.

އެ ދެ ބޭފުޅުން މިހާރު ގެންދަވަނީ ކެމްޕޭނަށް އެކި ރަށަރަށަށް ޒިޔާރަތްކުރައްވަމުންނެވެ.

ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ނުކުންނަ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގައި 57،000 އަށް ވުރެ ގިނަ އެމްޑީޕީގެ މެމްބަރުންނަށް ވޯޓުލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ސޯލިހާ

    އަންނަނީ އިތިހާބު އަންނަނީ 4އަހަރު ވެއްޖެ 5ވަނަ އަހަރު އަނަނަނީ ތިލަފަތުގެ އެއްތަށި އިންޑިއާއަށް އަނެތް ތަށި ރިސޯޓް އޯނަރުން މަސްރޫ އަންނަނީ އަންނަނީ ޑެކްސް ނުދައްކާ ވަގުން އަންނަނީ

    15
  2. ލަވް

    ގިނައީ ޕްލޭން ކޮށްފަ ހުރި ކަންތައް

    12
  3. ޖޯކޭ

    އެހެންވިމާ މިއިން އެނގިގެން މިދިޔައީ ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންނަށް ހޯއްދަވައިދެއްވި ފޮނި މީރުކަން. އެމްޑީޕީގެ ސަރުކާރުން ރައްޔިތުން ގުއި ރޯނުގައި ޖައްސާކަން.

  4. އައިމަން

    މިހެން މިވަނީ ކަންކަންނުވާތީ ކުރީމާ ވާނެކަން ދެއްކުމަށްކަމަށް މިބަލަނީ، ކުރާނަމަ ކޮށްފަ ދައްކާ ވެބްސައީޓުގަ ޢަދަދު ޖެހީމަ ކަމަކުނުދާނެ...

  5. Anonymous

    ބަލަ ކޮންމެ ސަރުކާރެއް އޮތަސް ރައްޔިތުންނަށް ހިދުމަތް ކޮށްދޭނެ ނުންތޯ ސަރުކާރެއް އަންނަނީވެސް ހިދުމަތް ފޯރުކޮށްދޭން ވައުދު ވެގެން !

  6. އަބްދޫ

    2008 ނޮވެމްބަރު 11 އިން 2012 ފެބްރުއަރީ 7 އަށް ނަސީދު ވެރިކަން ކުރި 3 އަހަރަކީ ރާއްޖެއަށް އެންމެ ބޮޑުގެއްލުން ލިބުނު ދުވަސްތައް .ދުނިޔެއަށް ބަލިމަޑުކަމެއް ނައިސް ރާއްޖޭގެ އާމްދަނީ އަށް މަޑުޖެހުމެއް ނައިސް ހަލުވިކަމާއެކު ދުނިޔޭގެ އިގްތިސާދު ކުރިޔށް ދިޔައިރު ދިވެހިގައުމު ދިޔައީ ބަގުރޫޓް ވުމާއިދިމާލަށް.ރާއްޖޭގެ ބާޒާރުން ޑޮލަރު ގަންނަން ނުލިބޭ .ޑޮލަރުކޮޅެއް ހޯދާނަމަ ލިބޭނީ އޭރު ފިނޭންސް މިނިސްޓަރަށް ހުންނެވި ބޭފުޅާގެ އަމިއްލަ ކުންފުނީގެ އޮފިހުން. ޑޮލަރެއް 18 ރުފިޔައަށް އަރައިފި ދަވްލަތުގެ ރިޒާވް ހުސްވެއްޖެ. ދަވްލަތުން ޓީ ބިލް ވިއްކައިގެން ދަރަނި 26 ބިލިއަނަށް އަރައިފި .ފިނޭންސަށް 2.5 ބިލިއަންރުފިޔާގެ ބިލް ޖަމާކޮށްފި. ސިވިލް ސާވިސަސްގެ މުވައްޒަފުންނަށް 800 މިލިއަން ރުފިޔާއަށް ދަރައިފި. ރާއްޖޭގަ ދިރިއުޅޭ ބަންގޅީންނަށް 1.2 ބިލިއަން ރުފިޔއަށް ދަރައިފި. އެންމެ ފަހުންގޮތް ހުސްވެ ހަރުމުދާ ވިއްކާފަ އަތޮޅާއި ރަށްރަށުގަ ރިޒާވް ގާހުރި 20 ބިލިއަން ރުފިޔާވެސް ކައްވާލި . މިވަރުގެ ބަޔަކު ސާލިހް ކިޔާފަ ވާހަކަ ދައްކަން ލަދުގަންނަން ވާނެ.

    4
    1