ވިލިމާލޭގައި ދުއްވުމަށް ހަމަޖެއްސި އިލެކްޓްރޮނިކް ބަސްތައް ގެނެސްފިއެވެ.

އެމްޓީސީސީން ބުނީ ވިލިމާލޭގައި އެމްޓީސީސީން ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ބަހުގެ ޚިދުމަތުގައި ބޭނުންކުރާނީ ތިމާވަށްޓާއި ރައްޓެހި ހަ އިލެކްޓްރޮނިކް ވެހިކަލް (އީވީ) ބަސް ކަމަށެވެ. މި ބަސްތަކުގައި 11 މީހުންނަށް އިށީނދެ ތިބެވޭނެހެން ސީޓު ހަރުކުރެވިފައި ހުންނާނެއެވެ. އަދި، މީގެ އިތުރުން ހަތަރު މީހުންނަށް ކޮޅަށްތިބެވޭނެ ޖާގަވެސް ހުންނާނެއެވެ. މިއާއެކު، ޖުމްލަ 15 މީހުންނަށް އެއްފަހަރާ ދަތުރުކުރެވޭނެ ޖާގަ މި އީވީ ބަސްތަކުގައި ހުންނާނެއެވެ.

އެމްޓީސީސީން ބުނީ ބަހުގެ ޚިދުމަތް ވިލިމާލެއަށް ފުޅާކުރުމަށް ވާންޖެހޭ އެންމެހާ ތައްޔާރިތައް އެ ކުންފުނިން އަންނަނީ ކުރަމުން ކަމަށެވެ. އެކުންފުނިން ބުނީ އުންމީދަކީ މި ހިނގާ ޖަނަވަރީ މަސް ނިމުމުގެ ކުރިން ވިލިމާލޭގައި ބަހުގެ ޚިދުމަތް ފެށުމެވެ. އަދި އާރްޓީއެލް ވިލިމާލެ ބަހުގެ ޚިދުމަތާއި ގުޅޭ ރޫޓް މެޕާއި ޝެޑިއުލްގެ މަޢުލޫމާތު ކުރިއަށް އޮތް ދުވަސްތަކުގައި ހާމަކުރާނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެމްޓީސީސީގެ މަގްސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިތިބުން ކަމަށް އެކުންފުނިން ބުނެއެވެ.

އެމްޓީސީސީން ވިލިމާލޭގައި ބަހުގެ ހިދުމަތް ފަށާއިރު، މާލެ ސިޓީ ކައުންސިލުން ވަނީ އެ އަވަށުގައި ބަގީގެ ހިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ނުނން

    އަންނަނީ އަންނަނީ އޮތީ އައިސްފަ ދެންތިބޭ.....

    5
    4
  2. ހުސޭނުބޭ

    ތީތި ކަޑަ. ވިލިމާލެ ފަދަ ކުޑަ ތަންކޮޅަކަށް އެންމެ ރަގަޅުވާނީ ރޭލެއް. ޖަޔަޝަންކަރު ކައިރީގައި ބުނެގެން ވިލިމާލޭގައި ދަގަނޑު އަޅާ ރޭލު ދުއްވިއްޔާ އެންމެ އަވަހަށް ތަރައްޤީވާނީ

    10
    2