ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރާއްޖެއަށް ގެނެސްދެއްވި ތަރައްގީއަށް ކުރީގެ ވެރިކަންތައް އެއްކުރިއަސް ފައިހަމަ ނުކުރެވޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިދިޔަ އަހަރުތަކުގައި، ދިމާވި އިގްތިސާދީ ދަތިތަކާއެކު، ރާއްޖެ ސަލާމަތުގެ އައްސޭރިއަކަށް ގެންގޮސް، ރާއްޖޭގެ އުތުރުން ދެކުނަށް އުމްރާނީ ތަރައްގީގެ ޕްރޮޖެކްޓްސް ކުރިޔަށް ގެންގޮސް، ރައްޔިތުންނަށް މަންފާކުރަނިވި އެތައް ސިޔާސަތުތަކެއް ރައީސް ސޯލިހް ގެނެސްދެއްވި ކަމަށެވެ.

"ރާއްޖެއަށް ދިމާވި ދަތިތަކާއެކު، ރައީސް ސޯލިހު ގެނެސްދެއްވި އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީ ކުރީގެ ހުރިހާ ވެރިކަންތައް އެއްކުރިޔަސް ފައިހަމަނުކުރެވޭނެ." އަމީރު ވިދާޅުވިއެވެ.

އިގްތިސާދީ ދަތި ދަނޑިވަޅުން އަރައިގަތުމަށް ކޮންމެހެން ނިންމަން ޖެހޭ ނިންމުންތައް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނިންމަވަނީ ސިޔާސީ މަންފާއެއް ހޯއްދަވަން ނޫން މިނިސްޓަރު އަމީރު މީގެކުރިން ވިދާޅުވިއެވެ.

މި އަހަރު ދެކުނު އޭޝިއާ އިން އިގްތިސޯދު އެންމެ ބާރަށް ކުރި އަރާނީ ރާއްޖޭގެ ކަމަށް ވޯލްޑް ބޭންކުން ވަނީ ބުނެފައެވެ.

ރާއްޖޭގެ އިގްތިސޯދާ ބަލާއިރު ބޭންކުން ބުނީ މި އަހަރު ރާއްޖޭގެ އިގްތިސޯދުގެ ދުވެލި 8.2 އަށް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. އަދި މި އަހަރު މި ސަރަހައްދުން އިގްތިސޯދު އެންމެ ކުރިއަރައިގެން ދާނީ ރާއްޖޭގައި ކަމަށް ވެސް ރިޕޯޓްގައި ބުނެފައި ވެއެވެ.

އޭގެ ސަބަބަކަށް ރިޕޯޓްގައި ބުނެފައި ވަނީ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކުރާ މިންވަރު އިތުރުވުމާއި އިމާރަތް ކުރުން ރާއްޖޭގައި އިތުރުވެފައިވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ދަރަނި ދަންތުރަ

    އިބޫ އާ އަމީރު މި ގައުމު ދަރަނިވެރިކުރި ވަރަށް ، ކުރީގެ ހުރިހާ ރައީސުން މިގައުމު ދަރަނިވެރި ނުކުރޭ ، ތިޔައީ މިގައުމު ދަވާލި ދެ ހާއިނުން ގާނޫނު އަރާ ހަމަކުރާނެ

    46
  2. ކިނބޫ

    ތީގެން އެނގެނީ އެވެސް ތަނެއްދޮރެއް ނުބަލާ ބުނެލި ބަހެއްކަން ނޫނީ ތަންދޮރު ނޭގޭކަމެވެ.

    39
  3. ޒަކަރިއްޔާ

    ނުކުރެވޭނެ ނުކުރެވޭނެ ކިހިނެކުންތޯ ކުރެވޭނީ އެހެން އެއްވެސް ސަރުކާރަކުން ޕްލޭން ކޮށްގެން މިހާ ވަޅެއް ނުކޮނޭ ވިއްޔަ!

    28
  4. ދަވާލާ

    ރަތްލާޖެހި ދެ ވަގުން ހިފާ ހައްޔަރުކުރޭ

    35
  5. އަލީ

    ބަޔަކު މޮޔަވަނީ މިއޮއް. ހެހެހެ. މިމީހުން ހީކުރަނީ ހުރިހާ އެއްމެން ތިބެނީ ލޮލައް ކަށިވެލި އެޅިފަ ކަމައްތަ؟

    36
  6. އަލީ

    ތިއުޅެނީ މަގެއް މަރާމާތު ނުކުރެވިގެން ކޮންކަމެއް ކުރެވޭނީ

    33
  7. އާދަނާ

    ކަލޭހުރީ ލޯއަނދިރިވެ މަންމަނުވެފަބާ؟؟؟ކަލޭމެން ތިކިޔާ އެއްޗެކާ ރައްޔިތުން އެއްބަހެއްނުވޭ، ދެންތިހެންކިޔައިގެން ކޮންވޯޓެއްލިބޭނީ، ކަމޭމެން ހަދާދޮގު ރައްޔިތުން ކުރިމަތީބަލާބަލަ، އަމިއްލަޔަށް ކަމެއްނުކުރެވޭތާ ފަލީހަތްތިވާނީ ކެމްޕެއިނާދިމާކޮށް، ކަލޭނެންގެ ގަމާރުކަންތިއެގެނީ ރައްޔިތުން ލޯކުރިމަތީގަ ހުރިކަންކަން އޮޅުވާލަންއުޅުމުން!!

    23
  8. ކުޑަމުހައްމަދު

    ރައްތުމީހާތަން ފީޭފައިސާއިން ކައްވާބައި މިވެިކާމާ އަޅާކިޔޭނެބަޔަކު ނެތް

    12
  9. ހުސެން

    ޕޭމަންޓް ނުލިބޭ ކަޑައެއް ނުން ފޮނި ކެނޑިޔަސް ތީ ދެން ބޮޑުވަރު

    19
  10. މަރިޔަމް

    އަދިމިއުޅެނީ 5އަހަރުނުގެން މިހާރު ސަޅިބައިސާކަޑަނީ ކަމެއްނުވާތީ ތިހާއަގަދިޔާ ވެގެން ތިއުޅެނީ

    22
  11. ޝައިޚް

    ލައްބަ! ދަރަނި ނެގުމާ ، މޮގޭޖްކުރުމާ ، ޓީބިލްވިއްކުމާ ، ހަރުމުދާ ވިއްކުމާ ، ވައްކަމާ ، މަސްތުގެ ބާވަތްތައް ކުރިއަރައިފި! އެހެންކަމެއް ނެތް އިގޭތޯ؟ މަޤާމު ދަމަހައްޓަން ތިގޮތަށް ބުނުން އަމީރުމެންނަށް މަޖުބޫރުވާނެ!

    23
  12. މުންޑޭ

    މިރާއްޖެ އިންޑިއާއަށް ދަރަނިވެރިވެ އޮރިޔާންވި ވެރިކަމެއް ދުވަހަކުވެސް އަހަރުމެން ނުދެކެން ގައުމަށް ކަމެއްކޮށް ނުދެވުނު ސަުލޯ ވެރިކަމެއް ދުވަހަކުވެސް ނުދެގެން ވެރިކަމާހެދި ހުންގަދަވެގެން ކޮސްގޮވާވެރިއެއް މިނޫނީ ދުވަހަކުވެސް ނުދެކެން ގައުމު ލޫޓުވާލާ ކަނޑުފަޅާއި ބިން އިންޑިއާއަށް ވިއްކާލި ވެރިކަމެއް މިއަދު ނޫނީ ނުދެކެން ދަރީންނޭވެ ހެޔޮބަސްބުނަން ނޭނގި ދޮގުހަދާވެރިއެއް މިނޫނީ ދުވަހަކުވެސް ނުދެކެން މުސްކުޅިވި ދުވަހު ވެރިކަމާހެދި ހޭބަލިވާ ވެރިއެއް މިނޫނީ ދުވަހަކުވެސް ނުދެކެން ބޮޑުތަނުން އިންތިހާބުން ބަލިވެ އުމުރަށް ޖަލަށް ވަންނާނެ ވެރިއެއް މިނޫނީ މިގައުމު ދުވަހަކުވެސް ނުދެކޭނެ .

    11
  13. އިބޫ

    އަމީރުގެ އެކައުންޓަށް ކިތައްމެހާވެސް ތަރައްޤީ ވެއްޖެކަން ގައިމު. އާ އެހެން ސަރުކާރު އެއްގައި ނުވާ ވަރަށް އަމީރުގެ މިލްކިއުޔާތު މަތިވެއްޖެ.

    14
  14. ައަންހެންމަންޖެ

    އަމީރު އެއްޗެއް ބައްލަވަން ވީނު ސިކުނޑި ހަމަކޮއްލަން

    16
  15. ނަމަ

    އަމީރު ރައީސް ރާއްޖެއަށް ގެނެސްދިން ތަރައްގީ ފައި ދަށުން ކަހާވަރުން ކުރިއައް ނުދެވިގެން މިއުލެނީ

    15
  16. ޑައެލޯގް

    އިބޫނެގިލޯނު ކުރީގެ ވެރިކަންތައް އެއްކުރިއަސް ފައިހަމަނުކުރެވޭނެއެވެ. ކުރީހުރިހައި ސަރުކާރުތަކުންނެގީ 47 ބިލިއަންރުފިޔާގެ ލޯނެވެ. އިބޫއެކަނި 63 ބިލިއަންގެ ލޯނުމިހާރު ނަގައިފިއެވެ.

    10
  17. މަހާ

    ބުރާންތި އަރާފަހުރި އެއްޗެއްތަ މީ