ސަރުކާރުގެ ކުންފުންޏެއް ނުވަތަ ސަރުކާރުގެ އޮފީހެއްގައި ހުންނަ ބޭފުޅެއްގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލުގެ ސަބަބުން ސަރުކާރުގެ ސިޔާސަތު ތަންފީޒު ކުރަން ފަސް ޖެހޭ ނަމަ ގެންނަން ޖެހޭ ބަދަލު ގެންނާނެ ކަމަށް ވިދާޅުވެ، އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން އަމުރު އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ނުސީދާ އިންޒާރެއް ދެއްވައިފިއެވެ.

ވަކިކުންފުންޏެއް، އަދި ވަކި ބޭފުޅެއްގެ ނަން ރައީސްގެ ވާހަކަފުޅުގައި ވިދާޅުނުވި ނަމަވެސް ކުންފުންޏެއްގެ ވެރިޔަކަށް ރައީސް ސޯލިހް ފަޅި ދޫކޮށް ރައީސް މުހައްމަދު ނަޝީދު ފަޅިއަށް އެރީ ހަމައެކަނި އަމުރު ކަމަށްވާތީ ރައީސް ސޯލިހްގެ އިންޒާރު އަމާޒުކުރީ އަމުރުއަށް ކަން ސާފުވެއެވެ.

މިއަދު ގދ.ތިނަދުއަށް ވަޑައިގެން އެރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ތިމާގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ސަރުކާރުގެ މިފަދަ މަޝްރޫއުތައް ހުއްޓުމަކަށް ނުގެނެވޭނެ ކަމަށެވެ. "ތިމާގެ ސިޔާސީ ވިސްނުމަށް އަންނަ ބަދަލެއްގެ ސަބަބުން ސަރުކާރުގެ މިފަދަ މަޝްރޫއުތައް ހުއްޓުމަކަށް ނުގެނެވޭނެ. ޔަގީންކޮށް އަރުވާ ތިޔަބޭފުޅުން. މިއިން އެއްވެސް ކަމެއް ހުއްޓުނަ ނުދިނުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތައް ބަރާބަރަށް އެ ކުންފުނިތަކުގައި ކުރަމުން ގެންދާނަން." ރައީސް ވިދާޅުވިއެވެ.

ކަންކަން ކުރެވޭ ގޮތައް ބަދަލުތައް ގެންނާނެ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ. "ދަންނަވަންތޯ، ސަރުކާރުގެ ސިޔާސަތެއް ތަންފީޒު ކުރުމުގައި ސަރުކާރުގެ އެއްވެސް އޮފީހަކުން އެއްވެސް ކުންފުންޏަކުން ފަހެއް ނުޖެހޭނެ. އެ ކަންތައްތައް އަޅުގަނޑުމެން ކުރާނަން. އަދި ކުރެވޭ ގޮތަށް އެ ކަންތައްތައް ބަދަލު ކުރަމުން ގެންދާނަން،" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ސަރުކާރު ދޫކޮށް އެއްވެސް މުވައްޒަފަކު ސިޔާސީ ވިސްނުން ބަދަލުކުރާކަށް ނުޖެހެއެވެ.

"ސަރުކާރުގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ފަހަތަށް ޖެހިވަޑައިގަންނަވާކަށް ނުޖެހޭނެ. އަޅުގަނޑުމެން މި ތިބީ ތިޔަބޭފުޅުންގެ ހިމާޔަތުގައި. އެ މުވައްޒަފުންގެ ހިމާޔަތުގައި. އެއްވެސް ބޭފުޅަކު، އެ ބޭފުޅެއްގެ ސިޔާސީ ވިސްނުން، ސަރުކާރާ އެކުގައި ހުރި ބޭފުޅަކު އެހެން ގޮތަކަށް ބަދަލު ކުރައްވާނެ ކަމެއް ނެތް،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެ މަނިކުފާނާ އެކު އުޅެ ބޮޑުވި މީހުންނާ ހިޔާލު ތަފާތުވުމުން ވެސް ނިކުމެ ހުންނެވީ އެމްޑީޕީގެ ވެރިކަން ދެމެހެއްޓުމަށް ކަމަށެވެ. އަންނަ ހޮނިހިރު ދުވަހު ޕްރައިމަރީގެ ވޯޓްލާއިރު އެކަމަށް ވިސްނުމަށް ރައީސް އެދިވަޑައިގެންނެވި އެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އހ

    އިބޫ އަކީ އަސްލު ހަޖަމުނުވާ މީހެއް ތީގެން އިނގެނީ ބަލާ މަހުލޫފު ސަނާކިޔަންޔާ އޯކޭ

    55
    2
  2. ކިސް

    ވަރައްރަގަޅު ވާހަކަ އެއް އަމުރު އައްކޯޗެއް މަދުވެގެން ބާ ނަސީދު ފަހަތުން ދުވަނީ..މީގެން އެގެނީ އެސް ޓީ އޯ ތެރޭގައި ކަރެޕުސަން އޮތްވަރު..

    14
    9
  3. ޭެއއ

    މިހާރު އެގިއްޖެ ސާލިހުއަކީ ރައީސްލް ޖުމްހޫރިއްޔާކަން !މޑޕ މެމްބަރެއް ނޫންކަން.

    17
    5
  4. ޕ÷ ފީ އެމް

    އެންޑީޕީ ކުދިން ވަރަށް ވިސްނާފަ ވޯޓް ދެއްޗޭ! ތި މަލެއް ބިނދެވޭކަށެއް ނެތް! ތި މަލެއް އެއްލާލެވެން ނެތް ކަހަލަ ދޯ!

    16
    1
  5. ދިވެހި ރައްޔިތުން

    ރަނގަޅު ނިންމުމެއް ތިބަދަލުތައް ގެނެސް މަސްވެރިން އަތުން ގަންނަ މަސްކިލޯ އެއްގެ އަގު މަތިކޮށް ދެއްވާ

    12
    2
  6. އައްޔަ

    އަމްރު \ކަލޭ ހެޔޮނުވާނެ ސޯލިބެއަށް ވައްކަންކުރެވޭގޮތް ހަދާދީ. ވައްކަންކުރުން ހުއްޓުވާނަމަ މިފަހަރު ފޮޅާލާނެ.

    21
    1
  7. ނަން

    އެތެރޭގައި ނެތް އެއްޗެއް ބޭރެއްނުވާނެ، ހުރިއެއްޗެއް ބޭރުވާނީ، ޅަފަތުގައި ރަނގަޅަށް އުގެންނެން ޖެހެނީ އެހެންވެ، މިހާރު މިޖެހެނީ ނެތްފެންވަރު ދައްކަން، ޕޯޑިއަމަކަށް އެރިޔަސް ކޮސްވާހަކަ ދެއްކެނީ

    21
  8. ޢަލީ

    ވަކިކުރާމަ ނިމުނީތޯ. ހިންގިހާޖަރީމާތަކޯ..؟

    14
  9. ނަމަ

    ސިޔާސަތު ތަންފީޒު ނުވާނަމަ އިންޒާރު ނުދީ މަގާމުން ވަކިކުރަންވީނު

    18
  10. ކަޅު ހުއްތު

    އޯގާތެރިޔާ، އެކަމު ހަޖަމެއްނުވެ. އެކަމު "އަނިޔާވެރި"ނަންވަނީ އެހެންމީހަކު

    26
  11. ކާފަގެ ކުޑަރަތްފޮތުން

    އިންސާނާ އެންމެ އުފާވަނީ އޭނާއަށް ސަނާ ކިޔުމުން. އިންސާނާ އެންމެ ރުޅި އަންނަނީ އޭނާއާ ދެކޮޅަށް އަޑުއުފުލުމުން

    22
  12. މަބޭ

    ވަކިބޭފުޅަކައް ތާއީދުނުކުރާންމަ ރައްޔިތުކަން އަތުލާހިސާބައް މިގައުމުގެ ކަންކަން ދާތަން އަދިފެންނާނެ

    20
  13. މަގުލަސް

    ނުވިސްނާ މީހަކު އަތަށް ނަށީދު މުގޫ ދިނީމަ ވަގޮތް އެބަފެނޭ

    17
  14. ޕޮގުބާ

    ބިރު ދައްކަދައްކާހުރޭ މިމަހުގެ 28 ވަނަ ދުވަހާ ހަމަޔަށް އޭގެފަހުން ސައިޒު ވާނެ

    19
    1
  15. އަހްމަދު

    އަހަރުމެންނައްއެނގޭ އޭރުވެސް ރޮޒޭނާ އެދޭގޮތައްތިޔަކަންވާނެކަން އެކަމަކު ސޯލިހްވެސް ވިސްނަންޖެހޭ އަންނިއަކީ އެމްޑީޕީކަން އެމްޑީޕީއަކީ އަންނިކަން އެމްޑީޕީގެ އަސްލުސަޕޯޓަރަކު އަމިއްލަ އެދުމެއްނެތި އަންނި ދޫކޮށްލާފަ ސޯލިހްފަޅީގަނުހުންނާނެ އެއީހަގީގަތަކީ އެކަންސޯލިހްއަށް ނުވުސްނެނީބާ

    15
  16. ޑރ ސާޖީ

    އަދި ކިރިޔާދޯ ސިޔާސަތު ތަންފީޒު ނުވާކަން އިގުނީ.2023 އަށް ސަލާން

    16
  17. ފާތިމާ

    އިބޫ ވެސް ރަނގަޅެއް ނޫން ތި ވެރިކަން ހޯދަދިނީ ނަޝީދު. ނަޝީދުގެ ކަރައް ފައިން އެރީ ވެރިކަމުގެ ދަހިވެތި ކަމުގަ. ނަޝީދު އަކީވެސް ރަނގަޅު މީހެކޭ ނޫން މިބުނަނީކީ. އެކަމަކު ކާންދޭ މީހާ ވަކިނުވާ މީހުންނަށް ކިޔާނަމެއް އޯވޭ އެނަން ހައްގުވާނެ އިބޫައަށް. ތި އެންމެންވެސް އުޅެނީ ވެރިކަމާ ހެދި. އަމިއްލަ ފައިދާ އަށް.

    19
    1
  18. އެމްޑީޕީ ތިނަދޫ ގޮފި

    އަމްރު މިހާރުން މިހާރަށް ވަކިކުރަން ގޮވާލަން. އޭނާއަކީ ފައްކާ މުޖުރިމެއް. ގައްދާރެއް.

    8
    7
  19. Anonymous

    އަމުރު އަކީ ވަރަށް ފީކަޅާ މޮޔައެއް. ކިޔެވީ ވެސް ހަރާން ފައިސާއިން. އުޅެނީ ވެސް ހަރާން ފައިސާއިން. ހަރާން ގޮތުގައި އުޅޭ މީހުން ސަރުކާރުން ވަކިކުރަންޖެހޭނެ.

    9
    6
  20. އއ

    ސިޔާސަތު ތަންފީދު ކުރުމައްވުރެ މުހިއްމު ވާނީ އިންސާފު.!!! ފަސޭހަ އޮމާންކޮއް ދިރިއުޅެވޭނީ އެތަނެއްގަ އިންސާފު އޮވެގެން!!! ކިތައްމެ އުސް އިމާރާތް ތަކަކާ ތާރު އެޅު މަގުތައް ގިނަވިޔަސް އިންސާފުވެރި ރީތި އުސޫލްތައް ގާއިމްވެފަ ނެތިއްޔާ ދިރިއުޅުން ވާނީ މުސީބާތަކައް.

    13
  21. ޗަކޮއި

    އަމްރޫ.. އިބޫ ބުނީ ނުބުނެޔޯ ކަލޭދިޔައީ. އަދި ބުނީ މިފަހަރު ކުޅި ދައްކާލާނަމޯ.. މިހާރު ތިޔަހުރީ ވ ކަޑަވެފަދޯ އަންނިޔާއެކު ދެވި ފޮޓޯއަށްއަރާ ސޯޓުބޭލުނީމަ؟ މިފަހަރު ބަދަލުކުރާނެ ކޮންމެވެސް ދަތި ދޭތެރެއަކަށް. ހުންނާނީ ދެން ރަހަލާފަ. ތިޔަހުންނަނީ ވަގުތުތީ މަގާމޭ. އަމިއްލަ ހަރުމުދަލެއްނޫނޭ ބަގުޑިބައްދައިގެން މަގާމުގައި ހުންނަން… މިރޭނަމަވެސް ވާނެ އިބޫ އަށްގުޅައިގެން އާދޭސްކުރަން އެހެން ތަނަކަށް ބަދަލުނުކުރަން.. އަދި މާދަން ވާނެ ކޮޅުބަދަލު ކޮށްލަން. ވ ވެދުން.

    8
    2
  22. Anonymous

    ހެހެހް ވަޒީފާގެ ބިރެއްނެތޯ.. މިކަހަލަ އިންޒާރުތަކަށް ކިޔާނެ ނަމެއް ރަދީފުގަވެސް ނެތްކަހަލަ. ކެކެކް