ފުލުހެއްގެ ކުރިމަތިފަރާތުގައި ފައިން ޖެހި މީހަކު 3000 ރ. އިން ޖޫރިމާނާ ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައި ވާގޮތުން ޏ. ފުވަންމުލަކަށް ނިސްބަތްވާ އެމީހާ ފުލުހުއްގެ ކުރިމަތިފަރާތުގައި އޭނާގެ ކަނާތުފައިން ޖެހީ، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމުުގެ ގޮތުން 11 ޖުލައި 2015 ވަނަ ދުވަހުގެ 14:45 ހާއިރު ފުވަންމުލަކު ޕޮލިސް ސްޓޭޝަނުގައި އޭނާ ހައްޔަރުކޮށްފައި ހުއްޓައި ކަމަށެވެ.

އެކަމާ ގުޅިގެން އޭނާގެ މައްޗަށް ފުލުހުންގެ ދައުރު އަދާކުރަން ހުރި މީހަކަށް ހަމަލާ ދިނުމުގެ ކުށުގެ ދައުވާއެވެ. އެމީހާ ވަނީ ކުށަށް އިންކާރު ކޮށްފައެވެ.

26 ފެބްރުއަރީ 2018 ގައި ކްރިމިިނަލް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަ ވަނީ އޭނާއާއި ދެކޮޅަށް ދައުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން ކުށް ސާބިތުވެ އޭނާގެ މައްޗަށް 3000 ރުފިޔާ އިންޖޫރިމާނާ ކުރަން ހުކުމް ކުރާ ކަމަށެވެ.

އަދި 26 ފެބްރުއަރީ އިން ފެށިގެން އެއް މަސް ދުވަސް ތެރޭގައި އެފައިސާ މީރާއަށް ދެއްކުމަށް ހުކުމުގައި ވަނީ އަންގާފައެވެ.

 

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

 1. މޮހޮނު

  ކުރިމަތި ފަރާތަށް އެއްމެ ތިންހާސް ؟؟؟؟ ކޮންކަހަލަ ޤާނޫނެއް ކިތައް ދަރިން ގެއްލިގެން ގޮސްދާނެ ބާ؟ މުޅި ދިރި އުޅުން އެއްމެ 3000 ރުފިޔާ.......

 2. އަހަނދޭ

  ކިހިނެއްތަ ހެޔޮވާނީ އެކަހަލަ ކަންތައް ކުރަން ޤާއިމު ވަތުކިބައިގެ ވެސް ޙައްޤެއް ވާނެވިއްޔާ

 3. ިަިޒާލިމު

  އަގުބޮޑު ކުރިމަތި ފަރާތެއްތާތީ......

 4. ޙަޮރަ

  މިހާރު 3000ރ އައްތަ ހާދަ އަގުހެޔޮކޮއް
  ޢާންމުކޮއް 10000ރ އައް ތިވަރުކަމެއް ކުޜަނީ

 5. ތިމަންނަ

  ހުރިހާ ވޭނަކާ ތަދެއް ފުލުސް މީހާއަށް ، ލާރިކޮޅު މީރާއަށް !

 6. ހުން

  ހާދަ އަގުދަށް އެއްޗަކު ތި ޖެހީ

 7. ނާގިން

  ތިވެސް ހުކުމެއްތަ ތިވާނީވެސް މާރާމާރީ އަކަށް މާރާ މާރީގެ ކުޑަ އަދަބަކީ 6672 އިން ޖޫރިމަނާ ކުރުން ... ދެން..

 8. އަން

  އަނިޔާ ލިބުނީ ފުލުހައް. ފައިދާވީ މީރާއަށް. އިންސާފަކީ ކޮބާ

 9. Anonymous

  ފުލުސް މީހާވެސް އެސޮރުގެ ކުރިމަތީފަރާތް ހަލުވާލި.ނަމަ ރަގަޅުވީސް އޭރުން އެސޮރު އަރާމު ވެގެން ދެމިދާނެ މަގުމައްޗައް