އައްޑޫ ސިޓީ ހިތަދޫން 500 ގޯއްޗަށް މިރޭ ދަންވަރު އިއުލާނު ކުރާނެ ކަން އައްޑޫސިޓީގެ މޭޔަރު އަހްމަދު ނިޒާރް ވިދާޅުވެއްޖެއެވެ.

މީގެ އެއް ދުވަސް ކުރިންވެސް އައްޑޫސިޓީގެ ތިން އަވަށަކުން 500 ގޯތި ދޫކުރާނެކަން އައްޑޫސިޓީ ކައުންސިލުން ރަސްމީކޮށް އިއުލާނު ކޮށްފައި ވެއެވެ.

ދަންވަރު ގޯއްޗަށް އިއުލާނު ކުރުމުން ގިނަ ބައެއްގެ ފާޑުކިޔުންތައްވެސް އަމާޒުވިއެވެ.

މިރޭ ނިޒާރް ކުރި ޓްވީޓެއްގައި ވިދާޅުވީ، އައްޑޫ ސިޓީ ހިތަދޫން 500 ގޯތި އިއުލާނު ކުުރުމަށް އިދާރީ މަސައްކަތްތައް ކައުންސިލް އިން ކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަތް ކުރުމަށް ކައުންސިލްގެ އެސްޖީ، އިދާރީ މުވައްޒަފުން އަދި ކައުންސިލަރުން ދެއްވާ އެއްބާރުލުމަށް ޝުކުރުވެރިވާ ކަމަށް ވިދާޅުވިއެވެ.

"ދަން ގަޑިއެއްގައި ނަމަވެސް މިރޭ އިއުލާނު ކުރެވޭނެ، މިއީ އައްޑޫގެ ތާރީހުގައި އެއްފަހަރާ އެންމެ ގިނަ ގޯތި ދިނުމަށް ހުޅުވާ ލެވޭ ފަހަރު."،

އޭނާ ވަނީ މި ބުރުގައި 1000 ގޯތި އައްޑޫއިން ދޫކުރެވޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

އައްޑޫ ސިޓީ ކައުންސިލް އިން މިފަަދަ އިއުލާނެއް ކޮށްފައި ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަ ކުރާނެ ކެނޑިޑޭޓަކު ހޮވުމަށް ބާއްވާ ޕްރައިމަރީގެ ކެމްޕޭނު ފޯރިގަދަވެފައި ވަނިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އަހުމަދު މުހައްމަދު އަލި

    ކީކޭ ބުނާނީ . މަވެސް ލަދުގަނޭ މަށާ އެކު ވަޒީފާގަ އުޅުނު ބަޔަކު މިކަހަލަ ބޯ ނުބައި ކަންކަން ވޯޓު ހޯދުމަށް ކުރާތީ. މަ ހިތައް އަރަނީ ރައްޔިތުންނަކީ ހަމަ އެހާ ބޯ ނުބައި ބައެއް ކަމަށް ބަޔަކު ހީ ކުރަނީ ތޯ ؟ ފްލެޓަކަށް ، ގޯއްޗަކަށް ، ކޯކް ފުޅިއަކަށް ގަނެލެވޭނެ ކަމަށް ހީ ކުރަނީތޯ ؟ އަހަރެމެންގެ ބިން އަހަރެމެންގެ ފައިސާ އަހަރެމެންނަށް ރިޝްވަތުގެ ގޮތުގަ. ކޮބާތޯ އިންތިހާބަށް ތްވީޓް ކުރައްވާ ޝޭހް ގެ ބަސްކޮޅެއް ( އޔޒ ، ޒއދ )