އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އއ. ބޮޑުފުޅަދޫން ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދަށް އެއްވެސް ވޯޓެއް ލިބިވަޑައިނުގެންނެވިއެވެ.

ޕްރައިމަރީގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން ނަޝީދަށް އެއްވެސް ވޯޓެއް ލިބިވަޑައިނުގެންނެވި އިރު، އެމަނިކުފާނާ ވާދަކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ 27 ވޯޓު ހޯއްދަވައިފައެވެ.

ވޯޓުގެ ކުރިއަށް ދެ ކެންޑިޑޭޓުންވެސް ވަނީ އިންތިހާބު ކާމިޔާބު ވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ. އަދި ވޯޓުގެ ފަހުންވެސް ދެ ބޭފުޅުންގެވެސް ކެމްޕެއިން ޓީމުން ވަނީ އިންތިހާބު ކާމިޔާބު ކުރައްވާފައިވަކަން އިއުލާނު ކުރައްވާފައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން ފެށީ މިއަދު ހެނދުނު 9:00ގައެވެ. ބައެއް ތަންތަނުގައި ހަމަނުޖެހުން ހިނގާ ވޯޓުލުން ފަސް ވެސް ވިއެވެ. ހަވީރު 5:00 ޖެހުމާއި ހަމައަށް ވޯޓުލުން ކުރިއަށް ގެންގޮސްފައި ވެއެވެ.

މި އިންތިހާބުގައި އެމްޑީޕީގެ 57،255 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މުބީނު މާރނީ

    މިއީ ބޮޑެތި ފާލަމާ ބަނދަރު އިބޫ އެންމެ 27 ވޯޓް ހޯދަން އަޅާދިން ކުދިކުދި ރަށްރަށް.

    6
    3
    • ބޮޑުފޮޅުދޫ

      މިރަށުގައި ނާޅަދޭ ބަނދަރެއްވެސް ފާލަމެއްވެސް

  2. Anonymous

    ލާދީނީމީހާ ކޮބާތަ؟ ލާދީނީމީހާއޭ ކަލެއަށް ކަލޭގެ ފެންވަރު ފެނޭތަ؟ ނުފެނޭ ދޯ.

    2
    3
  3. ބޮޑުފޮޅުދޫ

    ބޮޑެތި ފާލަމާ ބަނދަރު މިރަށުގައި ނާޅަދޭ މުބީނު މާރނީ ކަލޭމެން ގެ ޖީބުތަ ފުރާދިނަސް ނިކަމެތި ރައިޔަތުން ކޮއްދޭ އެއް ކަމެވެސް ނޯނާނެ. ކަލޭމެން ތިޔައީ ދެ ރުފިޔާ ވެސް ވިކޭނެ މީހުން.