ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކޮށްފިކަން މިހާތަނަށް ލިބިފައި ހުރި ނަތީޖާތަކުން ކަށަވަރު ކުރެވިއްޖެއެވެ.

މިހާތަނަކަށް ކަށަވަރު ކުރެވުނު ނަތީޖާތަކަށް ބަލާއިރު ރައީސް މުހައްމަދު ނަޝީދަށް އިންތިހާބު ކާމިޔާބު ވުމުގެ ފުރުސަތެއް ނެތެވެ.

ނަތީޖާތަކަށް ބަލާއިރު ރައީސް ސޯލިހް އުޅުއްވަނީ %11 ތަފާތަކުން ނަޝީދަށް ވުރެ ކުރީގައެވެ. މިހާރު ނަތީޖާ ސާފު ނުވަނީ 85 ފޮށީގައެވެ.

ސެޕްޓެމްބަރ މަހު އޮންނަ ރިޔާސީ އިންތިހާބުގައި ވެރިކަން ކުރާ އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބޭއްވި އިންތިހާބަކީ މިހާތަނަށް އެމްޑީޕީން ބޭއްވި އެންމެ ވާދަވެރި އިންތިހާބެވެ. މިއަދު ހެނދުނު ވޯޓް ލާން ފެށުމާއިއެކު ބައެއް ވޯޓް ފޮށިތައް ކައިރީގައި އައީ ހަމަނުޖެހުންތައް ހިނގަމުންނެވެ. ހަމަނުޖެހުންތަކާއި ގުޅިގެން މިހާތަނަށް ވަނީ ތިން މީހަކު ހައްޔަރު ވެސް ކޮށްފައެވެ.

މިއަދުގެ އިންތިހާބު ރައީސް ސޯލިހް ކާމިޔާބު ކުރުމާއިއެކު ދެން ނަޝީދަށް ސިޔާސީ ދާއިރާގައި ލީޑަރެއްގެ ދައުރު އަދާކުރުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ. ނަޝީދު ވެސް އިސްވެ ހުންނަވައިގެން އުފެއްދެވި އެމްޑީޕީގެ ހުރިހާ ކޮންޓްރޯލެއް 17 އަހަރު ވަންދެން ނަޝީދުގެ އަތްޕުޅުގައި އޮތްނަމަވެސް އެންމެފަހުން އެމަނިކުފާނުގެ ބެސްޑްފްރެންޑާއި ވާދަކޮށް، ޕާޓީ މެންބަރުންގެ ވެސް ތާއީދު ނެތްކަން ހާމަވެ އެމްޑީޕީން ނަޝީދު "ބޭރުވުމުގެ ވަގުތު" މިހާރު މިވަނީ ޖެހިފައި ކަމަށް ސިޔާސީ ދާއިރާ ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ.

މީގެ ކުރިން އެމްޑީޕީގެ އިންތިހާބުތައް ވެސް އޮޅުވާލައި، ނަތީޖާތަކަށް އަސަރު ކުރުވާފަދަ ނިންމުންތައް ނިންމި ކަމުގެ ތުހުމަތުތައް ކުރެވިފައި ވެއެވެ. އެންމެ ފުރަތަމަ އެފަދަ ތުހުމަތެއް ކުރެވުނީ 2005 ވަނަ އަހަރު ނަޝީދު ޗެއާޕާސަން ކަމަށް އިންތިހާބު ކުރި ފަހަރު އެވެ. އޭގެ ފަހުން 2008 ވަނަ އަހަރުގެ ރިޔާސީ ޕްރައިމަރީ ވެސް އޮޅުވާލި ކަމަށް ތުހުމަތުތައް ކުރެވުނެއެވެ. އެއިން ކޮންމެ ފަހަރަކު ވެސް ތުހުމަތުތައް ކޮށްފައި ވަނީ ނަޝީދުގެ ވާދަވެރިންނެވެ. ނަމަވެސް މިފަހަރު ތުހުމަތުތައް ކުރަމުން ގެންދަނީ ނަޝީދާ އެމަނިކުފާނުގެ ސަޕޯޓަރުންނެވެ.

ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރުމަށް ކުރި ކެމްޕޭންގައި ރައީސް ސޯލިހްގެ މައިގަނޑު ވައުދަކަށްވީ އެމަނިކުފާނު ދެން ވެސް އެކުލަވާލާނީ ކޯލިޝަން ސަރުކާރެއް ކަމުގެ ވައުދެވެ. އެއާއި ހިލާފަށް ރައީސް ނަޝީދުގެ ވައުދަކަށްވީ އެމަނިކުފާނު ކޯލިޝަން ހަދާނީ މަޖުބޫރުވެ އެހެން އެއްވެސް ގޮތެއް ނެތިއްޖެ ހާލަތެއްގައި، ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޕާޓީތަކަށް ލިބުނު ވޯޓުގެ ނިސްބަތައް ބަލައިގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

  1. މޮޔަސޮރު

    ނަސީދު އެއީ މިޤައުމު ހަލާކުކުރި މީހާ، މީހުންގެ ލަދިހަޔާތް ކަނޑުވާލި މީހާ، ވިސްނާ

    84
    19
    • އައްލާބެއްޔާ

      މުޅިޕާޓީ ފަނިކޮށްފަ މުޅިގައުމު އިޖުތިމާއީ ފޭރާން ވީދާލާފަ ނަޝީދު މިބޭފުޅާ ގެ ސިޔާސީ ހަޔާތް ނިއްމާލައިފި. ޝުކުރިއްޔާ ނަޝީދު.

      48
      8
      • ފޭރާން

        އެމްޑިޕި ފަނި ކުރީ ޑީއަރުޕިން އައި ބައިގަނޑު

        8
        4
    • ވާންޗޮ..

      ދައުލަތުގެ ފައިސާއާ ބާރު ބޭނުން ކޮއްގެން އިންތިހާބުތަކަށް ވޯަޓު ގަތުން ކަހަލަ ކަންކަމުން ލަދު ހަޔާތައް ވަނީ ކިހިނެްއްބާ؟.

  2. ހޯރަފުށީ މީހާ

    މަކަރު ހަދާން އިބޫ މޮޅުވީ.

    57
    28
  3. Anonymous

    ހަގީގަތަކީ ވޯޓު ލާން ދިޔަ ރ.ނަޝީދުގެ ވަރަށްގިނަ ސަޕޯޓަރުންނަށް ވޯޓު ނުލެވުނުކަން، އެމީހުންގެ ނަން ލިސްޓުގައި ހިމަނާފައި ނެތުމުން މިއިންތިޚާބު ސައްހަ އިންތިޚާބަކަށްނުވުން، މިކަމުން އިނގެނީ ވަރަށްބޮޑަށް މަކަރުހަދާ ޖަރީމާ ހިންގާފައިވާކަން، މިއީ ރ އިބޫ ފެކްޝަނުން ކޮށްފައިވާ އެތައްހާސް ރައްޔިތުންގެ ހައްގުު ގެއްލުވާފައިވާ ވަރަށް އައްދާރު އަމަލެއް😁

    63
    33
    • ލޮލް

      ދެން މިހާރު މާލަސްވެއްޖެ. ވަގުތުއޮވެމެ އިންތިހާބު ނުހުއްޓުވީ ކީއްވެ؟ ނުހުއްޓުވޭނެތާ އިންސާފުވެެރިކޮށް ދިޔަކަމެއް. ޢެއީ ހަގީގަތަކީ.

      16
      20
    • އިނގުނީ

      ސަޕޯރޓުކުރިޔަސް ވޯޓުލެވޭނީ ޕާޓީގެ މެންބަރުންނަށޭ ކަނޑުކޮހާ.

      11
      4
  4. ބުއްރާސް

    އަބޫ ޖަހުލު ގެޔަށް ވަންނަ ގޮތަށް ރަޖާ އަޅާނެކަމަށް ބުނެފަ އޮތޯ

    37
    11
  5. ޢަވަ

    ޢަވަހަށް ކޯޓަށް ވައްދާ! ޢަސްލު އެމް.ޑީ.ޕީ އަކީ އައްޑޫ ހިތަދޫ. ދެންތިބޭ މަގުމަތީގަ.

    35
    6
  6. Anonymous

    ދެން އެހެން ޕާޓީއެއް ހަދާ. ސިޔާސީ ކުރިމަގު އަދި މަރެއް ނުވޭ.

    48
    5
    • އަސްލު ތާއީދު ދައްކާލާ

      ނަޝީދު ޓީމުން ފުރަތަމަ ބިސްމިﷲ އަށްވެސް އެއްކަލަ 39000 ގެ ފޯމު ފުރާލާ އިލެކްޝަންސްއަށް ވަގުތުން ހުށަހަޅާ އާޕާޓީއެއް ރަޖިސްޓްރީ ކޮށްލާ އަސްލު ތާއީދު ދައްކާލަންފެނޭ. "ފިކުރުގެ ދިރުން" ކޮޅަށްޖަހާލަންވީ ވެސް ވަގުތު މިއީ!

      45
      8
    • ގުއިޑިމޮކްރަސީ

      ފޮށިފަޅާ ޕާޓީ........

      12
      2
  7. ޖސުސޖސޖސޖ

    ބެސްޑްފްރެންޑާއި ވާދަކޮށް (ޔައުނީ ބާރާއި ނުފޫޒާއި މަކަރާއި ހީލަތުން) ރައީސްކަމުގަ ހުންނަ މީހެއް ފަހަތަށް އަރާނެ ގިނަ ބަޔަކު އެއީ އޭނާ އަތުން ފައިދާ ނެގޭނެތީވެ، މިހާރުވެސް ފެނޭނު، ރީީކޯމެން،39000 މެންބަރުން ކަނޑާލުން…ވަޒީފާބިރު…

    48
    6
    • ލުޓޭރުންގެ ސަރުކާރު

      ރއިބޫ ވެ ރިކަމުން ދު ރުކޮށް ވަގުތީ ވެ ރިކަމެއް ގެނައީމަ ރނަޝީދަށް 3މަސްދުވަސް ލިބޭނެ އާ ވެ ރިކަމެއް އެކުލަވާލުމާމެދު މިދުވަސްތަކުގަ ރނަޝީދަށް ތާއިދު އިތު ރުކޮއްލެވޭނެ މިމުއްދަތުގަ.. ރނަޝީދުގެ ހިއްވަ ރެހު ރިއްޔާ... ރއިބު ރާހިމުވަނީ ގާނޫނާ ޙިލާފު ކިތައްމެ ކަމެކޮއްފަ މިކަންތައްތަ ނުބަލާ މިތިބެނީ އިބޫގެ ނުފޫޒު ކޯޓުތަކާ މުއައްސަސާތަކުގަ އޮތީމަ އެހެންނޫންނަމަ މިކަންނިންމާފަ އޮންނާނީ ރނަޝީދު ނުކުމެ ހިއްވަ ރެލާ ގައުމު އިސްލާހުކު ރަން ނުކުންނަންވީ..

      13
      2
    • ތިހެންވީރު.....

      2018 ގައި ރ. ޔާމީން ކެޓީ ކީއްވެބާ؟ އޭރު ރ. ޔާމީން ވެސް ހުންނެވީ ނުފޫޒާއި، އާރާއި، ބާރާއި، ބްރިޖާއި، ސަލްމާން މިސްކިތާއި، ދަރުމަންވަ ހޮސްޕިޓަލާއި ދެންވެސް އޮތިއްޔާ އޮތްތަނެއް ދައްކަވައިގެންނެވެ. އެކަމަކުވެސް ކެޓީ ނޫންހެއްޔެވެ! އަސްލު ޙަޤީޤަތަކީ ނަޞްރު ލިބޭނީ ޙައްޤަށް ކަމެވެ. ރިވެތި އަޚްލާޤަށް ކަމެވެ. ރައީސް ޞާލިޙަށް ކާމިޔާބު ލިބިވަޑައިގަންނަވަނީ އެމަނިކުފާނު ރިވެތި އަޚްލާޤެއްގެ މަތީ ހުންނަވާތީއެވެ.

      21
      47
      • ޗޯރު އައުޓް

        އަދި މަޑުކޮއްލާ އަސްލު އިންތިހާބައް. ނުފޫޒާ ބާރާ މުޅި ސަރުކާރު ކިއްޕައްޗައް ހަހާގެން އުޅުނީ ޗޯރު އިބޫ

  8. ހުސޭނުބޭ

    އިބުރާހީމާ ކަލޭ ގަދަ އިނގޭ. ވޯޓުން ވައްކަންކުރަން ނަޝީދަށްވުރެ ހަމަ މާ މޮޅީ. ވަރަށް ބޮޑަށް މަރުޙަބާ.

    24
    8
  9. އައްޔަ

    ގައިމު މިއަދުގެ ޕްރައިމަރީން ނަޝީދު ބަލިކުރީ ބޮލުގައި ބަޑިޖައްސައިގެނޭ ކިޔާ އަޑު އެބަ އިވޭ. ދެން ހުޅުޖަހަނީ ކޮން އިރަކުންތަ؟

    20
    3
  10. ހަސަނު

    އައްޑޫ މީހުން ދެން ތިބޭ ގޯތި ފިނީމަ ގެ 15 ބުރިޔަށް ނަގާގެން ސަނާ ކިޔަން. މި ނޫނިއްޔާ ނެތް ރާއްޖެއިން މޮޔަ ހައްދަން ފަސޭހަ ބައެއް /

    31
    1
  11. ރަބަތު

    ކާމިޔާބީގައި ހިތްތިރިކޮށް ނާކާމިޔާބީގައި ހިތްވަރުކުރަން ބުނާ މީހާއަށް ނަތީޖާ ހަޖަމް ކޮށްލެވޭނެބާ؟

    23
    2
  12. ވިސްނާލުމަށް އެދެމޭ

    ފައިސާއާ ވަޒީފާ މަގާމުގެ ދަހިވެތިކަމުގަ ވޯޓު ވިއްކިމީހުންގެ ނުބައިކަން...ކު ރިޔަށް މިއޮތް 5އަހަ ރުވެސް މިއަދި ރިކަމަށް އާބަސްބުނީ...ގައުމު އަޅުވެތިކު ރުމަށް އާބަސްބުނީ..މިއީ ހަމައެކަނި މޑޕ މީހުންނާ ގުޅުންހު ރި އިންތިޙާބެނޫން..މޑޕ ގެ މިނިންމުމަކީ 2023ގަ ދިވެހި ރާއްޖޭގެ ވެ ރިކަމަށް މޑޕ ގެންނަން ބޭނުންވާ މީހަކީ ދިވެހި ދައުލަތާ ސިޔާދަތީބާ ރާ ދައުލަތުގެ އިގްތިސާދާ އިޖުތިމާއީ ދީނީ އަދުލުއިންސާފު ކޮއްމެގޮތަކަށް އޮތަސް އޯކޭބުނާމީހިން...މިއީ ކަންބޮޑުވާންޖެހޭ ކަމެއް..

    15
    2
  13. ރެފްރީ

    ރެފްރީ އަހަރެމެންމިއަދު ވޯޓުމިދިނީ ބަރުލަމާނީއާދެކޮޅަށް.. ވީމާ މީގެފަހުން ބަރުލަމާނީނިޒާމުގެންނަން މަސައްކަތްކުރުމަކީ ބަލާގަނެވޭނެކަމެއްނޫން!! ވަރަށް ސަލާމް

    13
    4
  14. ޒަރީނާ

    އަޅުގަނޑު ދެންދާނީ މަހަށް

    14
    4
  15. 💯

    ދައްކަވަން ހުރިތަނެއް ދައްކަވާފަ ގެެންދަވާނީ!!

    26
  16. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

    39،000 މެންބަރުން ކަނޑާލި. އަލުން މެމްބަރުން ނަށް ވީމާވެސް ލިސްޓަކަށް ނަމެއް ނާރާ. "ވަގަކަށް ހާސް ދުވަސް، ވެރިޔަކަށް އެއް ދުވަސް". މި ދެންނެވި "އެއް ދުވަސް" އިބޫ އަށް އައުމަށް މެދުވެރި ކުރެއްވުމަކީ ވެސް ހަމަ އެފަރާތުގެ ކަމެއް. އިބޫ ވަނީ އެމް.އެމް.ޕީ.އާރް.ސީ ގެ ލިސްޓްގައި ތިބި މީހުންނާއި ގުޅި އެ މީހުންގެ މައްސަލަ ނުބަލާ ގޮތަށް ހަމަޖައްސާފައި. އިބޫ ގެ މިކަންކަމަކީ އެ ފަރާތުން ދެކެދެނެވޮޑިގެން ވާނޭ ކަންކަން!

    17
    5
    • ސުރައްޔާ/ތޮއްޑޫ

      ތިޔަ ވިދާޅުވީ އިބޫ ވޯޓްގައި ވެސް ކުރީ ވައްކަމޭ. ހިންގީ ޖަރީމާ އޭ. ހުރިހާ ކަމެއްގައި ވެސް އިބޫ ކުރަނީ ވައްކަމޭ. މޮޅު ވާހަކަ ކޮޅެއް.

      15
      1
    • ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205

      ކުރިޔަށް އޮތީ ރަމަލޯން މަސް. އަހަރުމެން ގެ ޖީބުން އިބޫ ފައިސާ ނަގައިގެން ކުރި ޙަރަދު ގެ ސަބަބުން އަހަރުމެން މިޖެހެނީ ޙާލުގައި އުޅެން. ހަމަ އެކަނި އިބޫ ގެ ކެމްޕެއިން ފްލައިޓް ޓިކެޓަށް ވެސް މިލިއަނުން މިލިއަނުން އަރާނެ. މިއީ އިބޫ އަހަރުމެންގެ ޖީބުން ކުރި ވައްކަމެއް. ވޯޓު ހޯދަން އަހަރުމެންގެ ޖީބުން ޙަރަދު ކުރީމާ އެވީ ކާމިޔާބެއް ނޫން.

      10
      4
  17. ބަބޫ

    އެއްމެ އުފާވަނީ ނަޝީދުގެ ސިޔާސީ ހަޔާތް ނިމުނީމަ. އޭނާއަކީ ބޭރުގެ މީޑިއާތަކަށް ރާއްޖެ ބޮއިކޮޓްކުރަން ގޮވާލި ގައްދާރެއް. އަހަރެމެންގެ ދުއާ އިޖާބަ ކުރައްވައިފި. ނަޝީދޫ މަހައްދޭ.

    19
    7
  18. ސލ

    ނަސީދު ވެރިކަމަށް އަންނަން އުޅުން ގޯހެވެ ފޭލްވެ ރައްޔުތުންގެ އިތުބާރު ގެއްލިފައިވާ ބޭފުޅަކަށް ވާތީއެވެ އަދި ވެރިކަމުގެ ހަމަތަކާއި މިންތައް ނުވެސްދަންނަ އަދި ތެދުވެރި
    ކަމާއި އަމާނާތްތެރިކަންވެސް ނެތަތީއެވެ.

    13
    1
  19. އަދުހަމް

    الله اكبر

    11
    3
  20. ނަސީދު

    މިވަންނަނީ ގެޔަށް. ދެން ނުނިކުންނާނަން

    12
    2
  21. ޙާކޮ

    ޚާއިނުން ޚާއިނުންގެ މައްޗައް ވެރިކުރައްވާ ފަރާތަކީﷲ. އެކަލާންގެއީ އެބައި މީހުން އެބައި މީހުންގެ މައްޗައްވެރިކުރައްވާ ޚުދްއެބައިމީހުން އަތްތަކުން ގެނައިހާކަމެއް ހަލާކުކުރެއްވުމައް ކުޅަދުން ވަންތަ ރަސްކަލާންގެ. ޥަﷲޢަޢްލަމް.

    11
  22. ކަނބިލި ކުޑައާދަނު

    ނަށީދުގެ ސަޕޯޓަރުން ދެން އިތުރު ޕާޓީއެއް ހަދައިގެން ރިޔާސީ ކެމްޕޭނު ފަށަންވީ. ވަގުތު ބޭކާރު ނުކޮށް. ނޫނީ އަމިއްލަގޮތުން ވިޔަސް ނަށީދުގެ ކެމްޕޭނު އަވަހަށް ފެށުން ބުއްދިވެރި.

    10
    1
  23. މުފައްކިރު.

    ޙަގީގަތަކީ އެމްޑީޕީގެ މެމްބަރުންގެ ތާއީދު އޮތީ ނަޝީދާއެކު . ޕްރައިމަރީގެ ކުރިން ލިސްޓުން އުނިކުރި ގިނަ މީހުންނަކީ ނަޝީދުގެ ވަފާތެރިން. މުޅި ލިސްޓުން އެހެންޕާޓީތަކުގައި ތިބި މީހުން އުނިކޮށް އެމްޑީޕީ މީހުންނަށް ވޯޓް ލުމުގެ ފުރުސަތު ލިބުނު ނަމަ ކުރީގައި އޮންނާނީ ރައީސް ނަޝީދު. ނަޝީދުގެ ސިޔާސީ ޙަޔާތް ނިމުނީއެކޭ ނުބުނެވޭނެ. ޙަގީގަތަކީ އަމިއްލަ ގިޔާދަތުގައި މަސައްކަތް ކުރުމުގެ މަގު ފަހިވީ. ކޮންމެ ގޮތެއްވިޔަސް ކާލާ މަންނައަކީ ނަޝީދު. އިންތިޚާބު ކާމިޔާބު ވުމުގެ ފުރުސަތު އޮތީ ނަޝީދު ތާއީދުކުރާ ޕާޓީއަކަށް. ޖުމްލަކޮށް ބުނާނަމަ މިއިންތިޚާބަކީ 2018 ރިޔާސީ އިންތިޚާބުގެ ކޮޕީ އެއް.

    9
    3
  24. ނޫސްކިޔާމީހާ

    ހުންނާނީ ބިޑުވަޒީރުކަން ކުރެވިފަ.

    10
    3
  25. ނުކިޔަވާ

    ދެން ނުކިޔަވާ އިބުރާހީމު މާ އުފަލުން އުޅޭނެ ކަމެއްނެތް، ލިޔެފަ ދޭ އެއްޗެއް ބަލައިގެންވެސް ކިޔަން އެގެނީކީނޫން، އެކަމު މީނަ މިއީ މަކަރު ހެދުމުން އެއްވަނަ، ރައީސް ނަޝީދައް ވެސް ދޯކާދިނީ، ދިވެހި ރަތްޔިތުން ބޭނުނެއްނޫން ތިކަހަލަ ނުކިޔަވާ މީހަކު ވެރިޔަކައް

    14
    2
  26. ދެން ކައި

    ނަޝީދޫ ކަލޭ ތި ބޯއެއްޗެއް ބޮއެގެން ދެން ގޭގައޮވޭ!!! ކޮއްކޯފުޅުވެސް އުޅުއްވާނެ ގޭގަ

    11
    4
  27. Anonymous

    الحمد لله
    ލާދީނީމީހާ ބަލިކުރެއްވުމަށްއެދި އަޅަމެން ކުރި ދުޢާތައް އިޖާބަކުރެއްވި މަތިވެރި ﷲ ގެ ޙަޟުރަތަށް ޙަމްދުހުއްޓެވެ. އެކަލާނގެއީ ހުރިހައި ކަމަކަށް ކުޅަދުންވަންތަ އެއްކައުވަންތަ ﷲ އެވެ.

    17
    1
  28. ާދަލޭކް

    ނަޝީދުގެ ސަަޕޯޓަރުން ރަޖިސްޓްރީ ވަކިކޮށް ވޯޓު ލީމަ މޮޅުވީތަ ތިމާއަތުގަ މިވަތު ދުނިޔަވީބާރު އޮތީމަ ބާރުގެ ބޭނުން ކުރީމަ އެވީ މޮޅުތަ؟

    6
    1
  29. ާާާޢަލީ

    ސިޔާސާ ޙަޔާތްނިމޭކަށް އަދިނުޖެހެދޯ؟؟ އަންނި ދޯ އސޯލިހަށް ސިޔާސި ކިޔަން ދަސްކޮށްދިނީ!!!
    ދޮގެއްހަމަކުރިޔަށް ތީއަދިބައްޔެއްނޫން..

    7
    1
  30. ފާޒް

    ނަޝީދު ދެންވީ ބަލި ގަބޫލުކޮއް ތަންމަތި ބަނދެގެން އެމްޑީޕީ ދޫކޮއްދާން.

    5
    4
  31. އާޒް

    ނަޝީދު މުޅިގައުމުގަ ރޯ ކުރިޔަސް ދެން މިއިންތިޚާބެއް ކާމިޔާބެއް ނުކުރެވޭނެ. އަދ މަޖިލީހުގެ ރައީސްކަމުންވެސް ޖެހޭނީ އިސްތިއުފާދޭން.

    7
    4
  32. އޮބްޒަވޭޝަން

    11% ގެ ތަފާތެއް ނޫން. %22 ގެ ތަފާތު.

    6
    2
  33. Anonymous

    ލާދީނީމީހާ އެހުރީ ދުއާކުރާކަށެއް ނޫން. ލާދީނީމީހާ އެހުރީ އިބިލީހަށް ގޮވަން.

    4
    4
  34. އިބިލީސް

    ކެނެރީގޭ މުޙައްމަދު ނަޝީދު އަމިއްލަ އަމިއްލަ ސަޕޯރޓް ދުއްވާލާ މީހުންގެ ހިއްތަކުގައި އަމިއްލަ މީހާއަށް ނަފްރަތު އުފެއްދީ. ތިމާމީ ހުރިހާ ކަމެއް އެންމެ މޮޅަށް އިނގޭ މީހާއަށް ވެގެން ހެއްދެވި ފަރާތަށް ހަޖޫ ޖަހާ ހެދީ. މިއަދު ތިހިރީ ރަގަޅު ފިލާވަޅެއް ލިބިފައި. ދެންވެސް މަޑު މަޑުން ގޭގައި މަޑުކޮއްލާ، ނޫނީ އިނގިރޭސިވިލާތުގައި މަޑުކޮއްލާ. ދިވެހިން ބޮޑު ތަނުން ނޫނެކޭ ބުނެފި ތިބައިގަނޑަށް. ދެން އޮތީ އިބްރާޙިމް މުޙައްމަދު ސޯލިހު ބަލިކޮއްލުން. އިންޝާﷲ ބޮޑުތަނުން ރައްޔިތުން އިންޑިއާ އައުޓްކަށް ދައްކާލާނަން

  35. ނަޖްވާ

    މި 2013 ވަނަ އަހަރާ ނަސީދުގެ ވެރިކަން ދިޔަނަމަ އޭނަ ނުހޮވޭނަކަން ހަމަ ޔަގީން ވާ ވަރަށް އޭނަގެ ތާއީދު އޮތީ ގެއްލިފަ! ކިތަންމެ ވަރަކަށް ކަނޑު އަޑީގަ ކެބިނެޓް މީޓިންގ ބާއްވާ ފިލްމު ކުޅުނު ކަމަށް ވިޔަސް! ހަމަ ދިޔައީހީ ޗޮކުން!