އައްޑޫ ސިޓީ ރުއްޖެހެރެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކުރިޔަށް ގެންގޮސްފައިވާ މަސައްކަތްތަކާ ގުޅިގެން އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އައްޑޫ ސިޓީ ކައުންސިލް 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނާގޮތުން ގަވައިދާ ޚިލާފަށް އައްޑޫސިޓީ ހިތަދޫ ކުނިކޮށި ދެކުނުން އޮތް ރުއްޖެހެރެ ސަރަހައްދުގެ ހޭޅިފަށުން ގިނަ އަދަދެއްގެ ރުއްގަސް ކަނޑާ އެ ސަރަހައްދުގައި ފެންގަނޑެއް ކޮނުމާއި ގޮނޑުދޮށަށް ވެލި އަޅާފައިވެއެވެ. މިކަމުގެ ޝަކުވާ އެ އެޖެންސީއަށް ހުށަހެޅިފައިވާތީ އެމައްސަލަ ބަލަމުންދާ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

އެޖެންސީއިން ބުނާގޮތުން ގަވާއިދާ ހިލާފަށް އައްޑޫ ރުއްޖެހެރެ ސަރަހައްދުގެ 17،818 އަކަ މީޓަރުގެ ސަރަހައްދަކުން ބިން ސާފުކޮށްފައިވާ ކަމާއި އެ ސަރަހައްދުން 1،712 ކޮޑިމީޓަރު ވެލި ނަގައި ހިތުގެ ބައްޓަމަށް ފެންގަނޑެއް ކޮނެފައިވާކަން ފާހަގަ ކުރެވެއެވެ.

އެހެންކަމުން ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުން އައްޑޫސިޓީ ރުއްޖެހެރެ ސަރަހައްދުގައި ގަވާއިދާ ހިލާފަށް ކޮށްފައިވާ މަސައްކަތްތަކާއި ގުޅިގެން ޖުމްލަ 30,897,955 ރުފިޔާ އިން އައްޑޫސިޓީ ކައުންސިލް އިދާރާ ވަނީ ޖޫރިމަނާކޮށްފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 30 ދުވަހުގެ ތެރޭގައި މި ޖޫރިމަނާ ފައިސާ އީޕީއޭއަށް ދެއްކުމަށް ވެސް އެ އޭޖެންސީއިން ވަނީ އައްޑޫސިޓީ ކައުންސިލަށް އަންގައިފައެވެ.

ހިތަދޫ ކުނިކޮށި ދެކުނުން އޮތް ސަރަހައްދު ރުއްޖެހެރެ ޕިކްނިކް ޒޯނުގެ ގޮތުގައި ސިޓީ ކައުންސިލުން ދަނީ ތަރައްގީ ކުރަމުންނެވެ. މި މަސައްކަތް ކުރިޔަށް ގެންދަނީ އައްޑޫ ސިޓީ ކައުންސިލް އާއި އައްޑޫ ފްރެންޑްސް އަދި ބީޓެކް ގުޅިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އައްލާގެ އަފީފް

    އަދި ރުއްބަރި ނެގި މައްސަލަ ކޮބައިތަ ފޭދޫ ކައިރީގައި އޮތް ދިގިހެރައިގައި ހުރި ރުއްތައް އެއްތަނުން އަނެއް ތަނަށް ގެންގޮސް މަރާލި މައްސަލަ ކޮބައިތަ؟ ފޭދޫ ގައި ބަޔަކު އެރަށުގައި ހުރި ރުއްތައް ނެގީ އީޕީއޭގެ ހުއްދަ އޮވެގެންތޯ؟

    19
    2
  2. ަސދސ

    ކައުންސިލުން އަމިއްލަ އެސެސްމެންޓެއް ނަހަދައި ޖުރިމަނާ ދައްކައިފިނަމަ އެއީ އައްޑޫ ރައްޔިތުންގެ ފައިސާއަށް ވެވޭ ހިޔާނާތެއް.
    އަދި އެންވަރމެންޓް މިނިސްޓްރީއިން އެންގިޔަސް އެފކޮންސްއިންވެސް އަމިއްލަ އެސެސްމެންޓެއް ހަދައި ރިޕޯޓް ހުޝަހަޅަން ފުރުސަތު ލިބުނު.
    ވީމާ އައްޑޫ ސިޓީ ކައުނސިލަށްވެސް އެފުރުސަތު އޮންނަންވާނެ.

    25
    • އާދަނާ

      ވަރަށްބޮޑުތެދެއްތީ، އެފްކޮމްއިން އީޕީއޭގެގަނެފަވަނީ، އެހެންވީމަތާ ތިމާވެއްޓެއް އެންމެބޮޑަށް ގެއްލުންދެމުންދާ މީހުން ނުހުއްޓުވެނީ،

      18
  3. އާދަނާ

    އީޕީއޭގެ އުޅެނީ ލޯކަނުބައެއްތަ؟؟؟ހިތަދޫ ޕޮލިސްޓޭޝަނާއި ދިމާލުން ގޮޑުދޮށްކޮނެގެން ގެންގޮސް އިންޑިޔާމީހުން ފަރުމައްޗައް އަޅާ މުޅިފަރު ހަލާކު ކުރަމުންދާއިރު ކަލޭމެން އަޅާނުލާ ތިއުޅެނީ އިންޑިޔާ ކުންފުނިން ލާރިގަނޑު ބަނޑުއަޅައިގެންތޯ؟؟؟ ރައްޔިތުން މަގުމައްޗަށް ނިކުމެނަމަވެސް މިއާލާތުން މިތަނުން ބޭރުކުރަން އެބަޖެހޭ!!!!

    44
  4. ނަނަނަ

    އެހެންތަ؟ މޭޔަރު ޖީބުން ތި ޖޫރިމަނާ ދައްކާނީ..

    12
  5. އަފީ

    ކޮބާތޯ ވިލިމާލެގަހުރިގަސްތައް
    މިހާރުވެސްކަނޑާނަގަނީ ކޮބާތޯ
    ތިބުނާ އީޕީއޭ ހިމާޔަތް ކޮއްފަހުރި
    ކުރެދިގަސްތައްކަނޑާއަޅާއިރު ތިބުނާއީޕީއޭކޮބާތޯ

  6. ދަލޭކަ

    އެމްޑީޕީ ޕްރައިމަރީ ނިމެންދެން ޖޫރިމަނާ ނުކޮށް މަޑުކޮށްލީދޯ. ގަދަ

    11
  7. ޛިޖ

    ރައްޔިތުންގެ ހައްގުގައި ކުރިކަމެއް.
    30މ ދައްކަން ޖެހޭނީ ރައްޔިތުން އެދައްކަން އެއްބަސްވާނަމަ.
    ރައްޔިތުންގެ ހިޔާލު ނުހޯދައި ދަެްކައިގެން ރަނގަޅެއްނުވާނެ.

    8
    1
  8. ހައްދުންމަތި

    މީ ކޮސް ކަންތައް ކުރާ ބަޔެއް.. ދައުލަތުން ދައުލަތް ޖުރުމާނާ... ދެން ކޯޗަކަށް މިވަނީ؟

    12
  9. ޢަލީ

    މުއައްސަސާތައް ޖޫރިމަނާ ކުރަންޖެހޭ ޖެހުން ހުއްޓާލާނީ ކޮންއިރަކުބާ؟ މުވައްޒަފަކު ވަކިކުރިއަސް މުއައްސަސާ ކުށްވެރިވަނީ، އެހެންނުވާނެދޯ. ކޮންމެވެސްމީހަކު އެކަންކުރާނީ އެމީހަކު ޖޫރިމަނާ ކޮށްބަލަ، މިހެންހެދީމަ ދުވަހަކުވެސް މިކަމެއް ނުހުއްޓުވޭނެ. ނިޒާރާ އޭނާގެ ކެބިނެޓް ޖުރުމަނާކޮށް އެމީހުންގެ އަތުން އަތުލަބަލަ.

  10. ރަން ރީނދޫ

    ކޮބައިތަ ޖަމްޝީދާ ކައުންސިލް ކެމްޕެއިންއަށް ހެދި ކަނބިހާ ބީޗުން ކެނޑި ރުއްތަކާެއި ހަލާކު ކޮއްލި ހޭޅިފަށުގެ މައްސަލަ. ކޮބާތަ އެފްކޮން އިން އައްޑޫގަ ކުރަމުންދާ ތިމާވެށި ހަލާކު ކުރުމުގެ ވައްކަން..ކޮންމެވެސް ދުވަހަކުން މިކަން ކަން ކުރި ބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނެވޭ ނެތް. މިކަން ކަން ކުރަން ދޫކޮއްލާ. އެބަޔަކު ގެ ޒިންމާ އަދާނުކުރި މުއައްސަސާ ތަކުގަ ތިބި ބަޔަކު ވެސް މިއިންޒާރު ލިބިގަނޭ.

  11. ޒާ

    ކޮބާ ބުރިޖް އަޅާ އެފްކޮން ކުރިޖޫރިމަނާ 30 ދުވަސްތެރޭ ނެގީތޯ؟ ނުލިބުނުދޯ؟ މިހާރު އެކަމާ އަޅާނުލާތާ އެވާހަކަ ނުވެސް ދައްކާ. އީޕީއޭ ވަރަށް ފުފޭނެ ބައެއް ކަންކަމުގާ

  12. މަހުދީ

    އީޕީއޭ އުވާލާ. ތިތާތިބި މުވައްޒަފުން ރައީސް އޮފީހުގެ މަސައްކަތު މީހުންނަށް ނޫނީ ޖަގަހަތަކަށް ބަދަލުކުރޭ، ރައްޔަތުން ވަރަށް ނުހޮރުއްޕާން ކުރާ ބައެއް