އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިން ނިންމެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޑޫ ސިޓީ އަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

"ވަގުތަށް" އެނގިފައިވާ ގޮތުގައި ރައީސްގެ ކެމްޕެއިން ފަހު ޖަލްސާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހު އައްޑޫގައެވެ. މިއީ ރައީސް ސޯލިހް، މި މަހުގެ ތެރޭގައި އައްޑު އަށް ވަޑައިގަންނަވާ ދެވަނަ ފަހަރެވެ.

މި މަހުގެ 13 ވަނަ ދުވަހު ވެސް ރައީސް ވަނީ އައްޑޫ ސިޓީ އަށް ވަޑައިގެންފައެވެ. އެމަނިކުފާނު އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ތިބި އެމްޑީޕީގެ މެމްބަރުންނާ ބައްދަލު ކުރެއްވުމަށް ފަހު، އެނބުރި މާލެ އަށް ވަޑައިގެންނެވީ ޖެހިގެން އައި އާދިއްތަ ދުވަހުއެވެ. އެމަނިކުފާނުގެ އެ ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ސ. ފޭދޫއަށެވެ. އެ ކެމްޕެއިން ދަތުރުފުޅު ނިންމަވާލެއްވީ ސ. މީދޫންނެވެ.

އައްޑޫ އަށް ރައީސް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ގިނަ ބަޔަކު ނުކުތެވެ.

އަންނަ ބުރާސްފަތި ދުވަހު ރައީސް ސޯލިހް ކެމްޕެއިން ދަތުރުފުޅެއްގައި އައްޑު އަށް ވަޑައިގަންނަވާ އިރު، ޕްރައިމަރީގައި އެމަނިކުފާނާ ވާދަކުރައްވާ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މާދަމާ އައްޑޫ އަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅު ފައްޓަވާނެއެވެ. އެމަނިކުފާނު ދެ ދުވަހު އައްޑޫގައި މަޑު ކުރައްވާނެއެވެ.

އަންނަ ހޮނިހިރު ދުވަހު އޮންނަ އެމްޑީޕީގެ ޕްރައިމަރީގައި 57،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓުލެވެއެވެ. މިއީ އެ ޕާޓީގެ ތާރީހުގައި ވެސް ބާއްވާނެ އެންމެ ވާދަވެރި އިންތިހާބެވެ. އިންތިހާބު ކާމިޔާބު ކުރައްވާނެ ކަމަށް ދެ ބޭފުޅުން ވެސް ގެންދަވަނީ ވިދާޅުވަމުންނެވެ.

މި ކެމްޕެއިންގައި ދެ ބޭފުޅުން ވެސް ވަނީ ވަރަށް ގިނަ ރަށްރަށަށް ވަޑައިގެންފައެވެ. އެގޮތުން، ރައީސް ސޯލިހް މިވަގުތު ކެމްޕެއިން ކުރައްވަމުން ގެންދަވަނީ ގއ. އަތޮޅުގައެވެ. ނަޝީދު މިވަގުތު ހުންނެވީ މާލޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކާފަގޯތިމަރިޔަނބު

    ކިނބުލާ މިތާން އޭނެ ކަމައްނެއް. މިތާކުން ތައް އެއްކެމި ވޯޓަކަސް ނިލިބޭހެއް. ސިފެއިންގެ ފައުޖަކާއި އެކީ މިތާން އޭށީ. މީ ދެން ކޮންފަދަ ބޮޑޮ ބަލާވެރިކަމަށް. ނިކިޔަވާ އިބިރިހިމާ. ޑިޓޮގްޒިޓިފިކޭޓިއޮން

    9
    3
  2. ކިނބޫ

    އައްޑޫގަ ހުރި ވަރެއް ދައްކަން ވާނެ. ދެން އިބޫ އައްޑުއަށް އަރަން ނުކެރޭވަރު ކޮއްލާންވާނެ

    10
    3
  3. ހިނގާދަމާ

    ހިނގާ ދަމާ ހުޅުމާލޭން ގޯތި ހޯދަން ކަޑަ ހިފައިގެން ދާން ހިނގާ ދަމާ ގޯތި ހަވާލުވާން ހިނގާ މަމެންނާއި އެކު ދާން ނުވާނަމޭ ވަރުބަލި ހިނގާ ނަގާ ބުންވަރު ހިފާ މަމެން އަތުގައި މިރޯކުރީ ދަންމަރު ހިނގާ ރުވަން ފެންދީ ޔާންޓެ އަންނި ގުޅުން ހިނގާ ދަމާ ބިނާ ކުރަން ގައުމާއި ވަތަން ވަތަން އެދޭ ގޮތަށް އެންމެ ކަތުންނަށް ހުޅުމާލޭ ހުޅަނގުން އޮތް ފަޅު ހިއްކާ ގޯތި ލިބޭނީ އަންނި ހޮވުމުންނޭ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިތާ ހިތުން ގުޅިގެން އެކީގަ އަންނި ހޮވަމާ އަންނި އެއީ އެއްވަނައޭ ހިނގާ ދެމާ ވޯޓެއް އަންނި އެއީ އެއްވަނައޭ ހިނގާ ހޮވަން އެންމެން އަންނި އެއީ އެއްވަނައޭ ހިނގާ ދަމާ ބާރަށް ހިނގާ ދަމާ ކުރިއަށް ހިނގާ ދެމާ ވޯޓެއް ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ދެމާ ހިނގާ ހިނގާ ހިނގާ ހިނގާ ނަށާލާ ނަށާލާ ނަށާލާ ނަށާލާ....

    4
    2
  4. އައިމަން

    ރައީސް ވަޑައިގަންނަވަނީ ރޯނުދަމާ ބިންވަކިކޮށް ގޯތީގެ ފަތް ދިނުމަށްކަމަށް ބެލެވެނީ...
    ނަޝީދު ވަޑައިގަންނަވަނީ ގޯތީގައި ޢިމާރާތް ކުރުމަށް ހިލޭ ލޯނު ހަމަޖެއްސެވުމަށް ކަމަށް މިބަލަނީ...
    وآلله اعلم

  5. މުޙައްމަދު

    ކެމްފައިން ނިމޭނީ އައްޑޫއިން. ވޯޓް ފެށޭނީ އައްޑޫއިން. އާޚިރުގަ ކަމެއް ނުވާނީ އައްޑޫއަށް

  6. މަރިޔަނބުގޯތިކާފަ

    ކާފަގޯތިމަރިޔަނބާ މި ތަފިރިންގެ އެކަނި ރަށަށް ނުން ވާ ތޯ އަނގަމަޑަޖަހަގެން ތެބެހިށި، މީ އަފިރިންގެއަސް ރަށޮ އަފިރިން މިތިބީ އިބޫ ސޯލިހުއަށް އަޑޫން ބޮޑޮތަފާތެން މި އިންޚާބާ ނަގާދޭއް ތަފިރިއާ ހަޖަމްކެޅަ ވާ...

    1
    6
  7. ވަހުތާން

    އިބޫސޯލިހުގެ ކެމްޕޭނަށް އެހީއާ މަދަދު ހޯދާދޭން
    ކިނބޫ ތައްވެސް ވިލާތުން ރާއްޖެއަށް އެބައަންނަމުން އާދޭ

  8. އިސްޢާފް ސަލީމް

    ހޭ ސަލާމަތުންހުރި ބުއްދި އިސްކުޅަ މީހަކު ތިބާޔަށް ވޯޓެއް ނުލާނެއެވެ. ވަޒީފާގެ ބިރަށްޓަކައި ފަހަތުން އަތްޖަހަމުން ހިނގާފާނެއެވެ. އެއްވެސް އުރަތްޕެއް ، ޢިލްމެއް ޙިލްމެއް ނެތް އަދި އަމުދުން ހިންގުމުގެ ވައްޓަފާޅިއާ ބީރައްޓެހި މީހަކަށް ތިފަދަ މަސްއޫލިއްޔަތެއް ހަވާލުކުރީމާ ޙާލަތު އިތުރަށް ގޯސްވުން ނޫންކަމެއް ނުވާނެކަން މި ރާއްޖެއިން މިދަނީ ފެންނަމުންނެވެ.

    3
    1
  9. ޙަންދަނީ

    ޙަހަހަހަހަހަ
    ޢައްޑޫމީހުން ގާތަށް ފަހު ވަގުތު.
    ޢައްޑޫމީހުންނަށް މިޥަރުންވެސް ވިސްނެންވެއްޖެއެއެްނު.
    މީ މުނާފިގު ބައެއްކަން. އެމްޑީޕީ އައީ ތިލަފަތް ހިފާގެން އައިސް ގައުމަށް ރައްޔިތުންނަށް ގައްދާރުވަނީ . ޥެރިކަން ބޭނުން ކުފޫ ހަމަ ނުވިޔަސް. .ލާދީނީ ބައިގަނޑު މަގުމަތީ ހާދަ އޮރިޔާމާ މީހުން އާއްމުވެއްޖެޔޭ. ޥޯޓު އޮޅާލަ