ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދެމުން އަންނަ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑު ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެނީ މަހަކު 2،000ރ.ގެ އެލަވަންސެކެވެ. އެ އެލަވަންސް ކުޑަ ކަމަށް ބުނެ، ގިނަ ބަޔަކު ޝަކުވާ ކުރަމުން އަންނަތާ އެތައް ދުވަހެއްވެއްޖެއެވެ.
މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހަށް އިއްވަވަމުން ރައީސް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ރަޖިސްޓްރީ އަޅުގަނޑުމެން އެކުލަވާލާ ނިންމާލާފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ދެން އޮތީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އެލަވަންސް ބޮޑު ކުރުމުގެ މަސައްކަތެވެ.
"އިރާދަކުރެއްވިއްޔާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުންދޭ އެލަވަންސް އަންނަ ޖޫން މަހުން ފެށިގެން ބޮޑު ކުރާނަން" ރައީސް ވިދާޅުވިއެވެ.
ހަމަ އެއާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އުމުރުން 18 އަހަރު ފުރުމުން ބޭނުންވާ ހިދުމަތްތަކަށް ވަކި ސެންޓަރެއް މި ހަފްތާގެ ތެރޭގައި ހުޅުމާލޭގައި ހުޅުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކަކީ މަސްލަހަތަށް އޮތް އެންމެ ބޮޑު ގޮންޖެހުން"
ރައީސް ވިދާޅުވި ގޮތުގައި މަސްތުވާތަކެއްޗާ ގޭންގް ކުށްތަކަކަކީ ރާއްޖޭގެ އިޖުތިމާއީ މަސްލަހަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމެވެ. ޒުވާނުން ބާކީވެ މަގުމަތިވެދާނެ ފުރުސަތު ނައްތާލުމަށް ސަރުކާރުން އިސްކަން ދޭ ކަމުގައި ރައީސް ވިދާޅުވިއެވެ.
ޒުވާނުންނަށް ދެވޭ ތަމްރީން ޕްރޮގްރާމްތައް ގިނަކޮށް، ހިލޭ ޑިގްރީ ތައާރަފް ކުރުމުން ފެންނަ ހެޔޮ ނަތީޖާ ފާހަގަ ކުރެއްވޭ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވި ގޮތުގައި ހުޅުމާލޭ ހާފްވޭ ހައުސްގައި އަންހެނުންނަށް ހާއްސަ ރިހެބިލިޓޭޝަން ތައާރަފް ކުރެވުނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ.
ހަމައެގޮތަށް ހުކުމް ތަންފީޒު ކުރަމުންދާ އެފަދަ ފަރާތްތަކަށް ހާއްސަ ރިހެބިލިޓޭޝަން ޕްރޮގްރާމް މިދިޔަ މާޗް މަހު މާފުށީ ޖަލުގައި ފަށައިގެން ކުރިއަށްދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއީ ޑިޓޮކްސް ކުރެވި ރިހެބިލިޓޭޝަން ފުރިހަމަކޮށް، މަސައްކަތްތެރިކަން ދަސްކޮށްދެވި، އަނބުރާ މުޖުތަމަ އަށް އައުމަށް ތައްޔާރު ކުރެވޭ ވަށާ ޖެހޭ ޕްރޮގްރާމެއް. މިޕްރޮގްރާމްގެ ފުރަތަމަ ބެޗްގެ 32 ބައިވެރިން ކާމިޔާބު ކަމާއެކު މަރުޙަލާތަށް ނިންމައިފި." ރައީސް ވިދާޅުވިއެވެ.
"އެ ބެޗް މިހާރު ވަނީ މުޖުތަމައާ އަލުން ގުޅިފަ.އޭގެ ނަތީޖާ މިހާތަނަށް ފެންނަނީ ކާމިޔާބު ކޮށް. ފަރުވާ ދިނުމާ މުޖުތަމައަށް އަނބުރާ އައުމުގެ އިތުރު ޕްރޮގްރާމެއް މާލެ ފިޔަވައި ހަތަރު ސަރަހައްދެއްގައި ދަނީ ހިނގަމުން،"
އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ދަށުން ގާތުން ބަލާ އެހީތެރިކަން ފޯރުކޮށްދެވޭ މަދަދުވެރިން ރާއްޖޭގައި ހަރަކާތްތެރިވެވޭނެ އިންތިޒާމަށް އަމަލީ ސިފަ އަންނަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ އަހަރު ރާއްޖޭގެ ހަތް އަތޮޅެއްގެ 62 ރަށަކާ ދެ ސިޓީއެއްގައި މިފަދަ 430 ފަރާތަކަށް ބޭނުންވާ އަސާސީ ތަމްރީން ދީފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. މި ޕްރޮގްރާމް މި އަހަރު ކުރިއަށް ގެންދެވޭނެ ކަމަށް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް އާއިލާ ވެއްޓެއް ހޯދައި ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިފަދަ އަމާން ވެށީގެ ހަތް މަރުކަޒު ގާއިމުކޮށް އެ ތަންތަނަށް ކުދިން ބަދަލު ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"ލާމަރުކަޒީ އިންތިޒާމެއްގެ ދަށުން ރާއްޖެ އަށް ބޭނުންވާ އިޖުތިމާއީ ހަރަކާތްތެރިންގެ ވޯކްފޯސްގެ މުހިންމު ކަން ބޮޑު. 19 އަތޮޅުގައިވާ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރުތަކަކީ މިކަމަށް ހާއްސަ މަރުކަޒުތައް. ފުރިހަމަ ހިދުމަތެއް ދިނުމަށްޓަކައި އިތުރަށް ބޭނުންވި 156 މުވައްޒަފުން ފާއިތުވި 4 އަހަރުގެ ތެރޭގައި ވަނީ ހިދުމަތަށް ނެރެފައި،" ރައީސް ވިދާޅުވިއެވެ.
ސްލޯލިހް މީނާއަށް ކިޔާ ސަބަބު ވަރަށް ރީތިކޮށް ހާމަ ވެގެންދާ މިސާލެއް. އިބޫ ކުރިން ދެއްކީ ނުކުޅެދޭ މީހުންގެ ލިސްޓެއް ނަގާ ވާހަކަ. އެއީ މިދިޔަ އަހަރު ފަށައިގެން ތަނާ. މިހާރު މިއީ އެހެން އަހަރެއް. މިއަދާއި ހަމައަށް ވެސް ނުކުޅެދޭ މީހުންގެ އެލަވަންސް ބޮޑު ކުރުމުގެ ޢަމަލީ ސިފައެއް ފެނިފަކާއި ނެތް. ސްލޯލިހު ގެ ހުރިހާ ކަމެއްވެސް މިހިރީ އަންނަނީ އަންނަނީ އަންނަނީ ގައި. ކުޑަމިނުން ބޮޑުކުރަނީ ކިހާ ވަރެއް ކަމެއް ވެސް އިބޫ އަކަށް ނުބުނެވުނު. މިފަދަ ރައީސް އަކަށް ވޯޓް އެއް ނުލާނަން!
ޑރ އަކަށް ވުމަކީ އަދި މީހާ ރޯފިލުމެއް ނޫން. މުސްލިމަކަށްވެ ހުރެ އޭނާގެ އަހާ އަށް ހިތް ނޭދޭ ނަމަކުން މުހާތަބު ކުރާނީ ތިމާގެ އެއްވެސް ކަހަލަ އުރަތްޕެއް ނެތީމަ. ޔާމީނު ކަހަލަ ވަގަކު ފަހަތުން ޑރ އުޅޭ ސަބަބު މިކަމުން ހާމަވަނީ
ދައްކަވާ ވާހަކަ ދެކޮޅު ޖެހެން ވާނެ. ޔާމީން އަކީ ތިޔަ ބޭފުޅާ ގެ މުސްލިމް އަޙަކަށް ނުވަނީ ތޯ؟ ޔާމީން އަކީ ތިޔަ ވިދާޅުވި ފަދަ ބޭފުޅަކަށް ވާނީ ރަނގަޅު ހެއްކަށް ބިނާ ކޮށްފައި. ޔާމީން މަރާލަން އުޅުނު ދެ މީހުންގެ ހެކި ނެގިޔަކަސް އަދި ކުށްވެރިޔަކަށް އަދި ތިޔަ ވިދާޅުވި ފަދަ ބޭފުޅަކަށް ނުވާނެ.
އަސްލުވެސް ވަގަކަށް ނުވާނެ.
ބަލަ ސަރުއީ ކޯޓަކުން ހުކުމް ކުރީމަ ޖެހޭނީ ގަބޫލު ކުރަން. މިރާއްޖޭގަ އުޅެންޏާ ޖެހޭނީ މިރާއްޖޭގަ ކޯޓުތަކަށް ތަބާވާން، ގައިރު ގާނޫނީ ހުކުމަކަސް. ކޯޓަކުން ހުކުމް ކޮށްފަ އޮތީ ވައްކަން ސާބިތު ވާ ކަމަށް. ކީބޯޑު އަތުގަ އޮތަސް ވިސްނައިފަ ބަސް ބުނަންވާނީ
އެކަމަކުވެސް ނެތޭ ވޯޓުދެވޭކަން...ދިވެހި ގަ އުމުގެ ހަ އްގުގަ ނެތޭދޭނެ ވޯޓެ....ގަ އުމުގެ އަގު މާބޮޑު ތީ ވަގުތީ ފަ އިސާކޮޅެ...ފަސްގަޑާ ދީނުގެ ހަ އްގުގަ ނޯވޯޓް އިބޫ ކޯލިޝަނަށް...
އިންތިޚާބު ކައިރިވީމަ ދޯ އެގުނީ 2000 ރ މާ މަދުކަން
ވަގުތީ މަންފާއަށް ވޯޓު ނުދީ ދާއިމީ އިސްލާހީ ބަދަލަކަށް ވޯޓު ދެމާ!
ބަލަ ތިޔަ ބުނާ ޔާމީނު 5 އަހަރު ވެރިކަން ކޮށް އިތުރަށް ވަހީދު ވެރިކަމުގަވެސް ބާރުގަ ހުރީ. އޭރު ބޮޑު ކުރަން ހިތަށްވެސް ނާރައި. އޭނަޔަށް އެނގުނީ ވޯޓުގެ ކުރީ ދުވަހު އެންމެނަށް ވުޖޫދުގަ ނެތް ފުލެޓުތަކަކާއި ބިންތަކެއް ދޭން. އެއީ ދާއިމީ މަންފާއަށް ކުރާ ކަންތައް.
ދާއިމީ އިސްލާހީ ބަދަލަކަށް ޔާމީނަށް ވޯޓުދޭށޭ ބުނީ ކާކު؟ އަދި ނޭނގެއެއްނު ޔާމީނު ވޯޓުލާންޖެހޭނީ ޖަލުގައި ބަހައްޓާ ފޮށްޓަށް ނޫންކަމެއްވެސް. ކެކެކެ.
އޭނަ އުޅުނީ ކަލޭމެން ކިބައިން ސަލާމަތް ނުވެގެން. މި ބުނީ ތިޔަ ކަހަލަ މީހުން ގެ ކިބައި ސަލާމަތް ނުވެވިގެން. އެވަރުން ވެސް ކޮށްލާފަ ހުރި ކަންތައްތައް ބަލާލަ ބަލަ މުޅި ޤައުމުގައި.
ވައްކަން މެކުހަށް ލަޑާލާފައި މުޅި ގައުމުގައި އިމާރާތްތަކެއްް އަޅާފައި ފައިބައިގެން ދިޔައީ. އަނެއްހެން ގޯހެއްނޫން. އިޚުލާސްތެރިކަމާއި އަމާނާތްތެރިކަން ނެތީމަ އަރިސް ވަޒީރުން ވައްކަންކުރާކަން ރައީސަށްވެސް ނޭނގިދާނެ. އެކަމަކު ހަމަ ގައުމީ ބޮޑެތި މައްސަލަތައް ހުރިގޮތަށް ބަހައްޓާފައި ގައުމު ކޮންކުރީޓު ޖަންގައްޔަކަށް ހެދޭތޯ އުޅުނީ.
ލޮލް ޖަހަޖަހާފަ މިހާރު އަހަރުމެނާ ބެހެނީ. ޑރ. ރާމީ ޙަސަން މަނިކު ކޯޓަށް ވަޑައިގެން އަބުރު ގެ ދަޢުވާ ކުރާނަމޭ ވިދާޅުވީމަ އެމަނިކުފާނާ ބެހޭކަށް ނުކެރޭ.
ބަލަ ވެރިކަން ހަވާލު ކުރަނީ ތަރައްގީ އާ ވައްކަމާ އެއްވަރަށް ކުރާކަށް ނޫނޭ. ބުރިޖު އެޅުމަކީ ވައްކަންތަކުން ސަލާމަތް ވާނެ ހުއްޖަތެއް ނުނޭ. މީނަ ހެދި ގޮތަކީ ޖަމީލު ބޭރު ކޮށް އަދީބު ގާތްކޮށްް ކަމާ ވެލައިގެން ވައްކަން ކުރަން ފެށީ
ލޮލް އަށާއި ޙަޤީގަތް އަށް. ޔާމީން ގެ ޒަމާނުގައި ރައްޔިތުންގެ ޖީބުގައި ލާރި ނެތް ތަ؟
ބަލަ ލާރި ހުރިއްޔާ ދެން ހުރި ހުރިހާ ކަމެއް ހުއްދަވީތަ؟ ކަލޭވެސް ތީ ހަރާމެއް ހަލާލެއް ނުބަލައި ޖީބު ބޮޑުވަނިކޮށް ކޮންމެ ކަމެއްވެސް ވަރި ހަމަ މީހެއ ދޯ
ލޮލް ތީ ބީތާވެފަ ހުރި މީހެއް. އެހެންވެގެން ލޮލް ބޮލް ކިޔާ ނަންނަމުގަ އުޅެނީ ދޭތެރެ ޖައްސާ ފާޑައް.
ލޮލް ބޮލް އެއީ ނަންނަންތަ. ބީތާއެއް ތީ.
ވޯޓް ލާ ދުވަހަށް މަޑުކޮށްލާ
2018 ގައި ޔާމީނު ފުލެޓަށާ ބިމަށް ހުޅުވައިލި ގޮތަށް ދޯ
ވެރިކަމަށް ބޫތުކައިފަ ނަންވާނީ މައުމޫނު //
ނުދޭނެން ވޯޓެއް، ޖޫން-ޖުލައި-އޮގަސްޓްގައި ރަން އިލޮށިން ކަދުރު ކާންދިނަސް ނުދޭނަން. މިދިޔައަހަރު ރިޔާސީ ބަޔާނުގައި ބުނި، ފަހު ކްއާޓަރގައި ބޮޑުކުރާނަމޭ . އެއް ކަމެއް ވެސްނުވޭ. ވަޒީފާގެ އަޅުންނަާއި އެމީހުން އާއިލާތައް އެކަނި ވޯޓް ދޭނީ މަނިކުފާންއަށް
(1) މުޅި ޤައުމުގައި އިބޫ އަށް ސްލޯލިޙް ކިޔާ ވާހަކަ އަޅުގަނޑު ލިޔެފައި އެއޮތީ. ރަނގަޅަށް ކޮމެންޓް ވިދާޅުވެފައި ކޮމެންޓް ކުރެއްވުން އެދެން. މި ޒަމާނަކީ ތިޔައީ ކާކުކަން ކޯޓު މެދުވެރިކޮށް ހޯދޭނެ ޒަމާން. ކޯޓެއް ގައި މައްސަލަ ޖައްސާ، ޢަބުރުގެ ޙުކުމަކުން ފައިސާ ދެއްވަން ތައްޔާރަށް ހުންނަވާތި(އެއްވެސް ޒާތީ ކަމަކާއި ބެހެންޏާ). (2) ޔާމީން އަށް ޙުކުމް ކުރީ ޔާމީން މަރަން އުޅުނު މީހާގެ ހެކި ނަގައިގެން. މިއީ އެއްވެސް ޤައުމެއްގައި ޙުކުމް ކުރާ ގޮތެއް ނޫން. ޔާމީން އަކީ ތިޔަ ވިދާޅުވިފަދަ ބޭފުޅެއް ކަމަށް ނުދެކޭ މީހުން ދިވެހި މުޖްތަމަޢު ގައި މިހާރު ގިނައީ. (3) ތިޔައީ އަޙެއް ނަމަ މަތީގައިވާ ނަންބަރަށް ގުޅާލައްވާފައި ކިޔާ ދެއްވާނީ. ހަޤީޤީ ނަން ނުޖަހާ ތިޔަ ރާގަށް ވާހަކަ ދައްކާނީ އަޙުންނެއް ނޫން. މުނާފިޤުން!
ޑރ ހަމަޖެހިލާ. ވަރަށް ފާޑުފާޑުގެ ބަލި މީހުންނާ ދިމާވާނެ. ހިތްހަމަ ނުޖެހޭ ކަންކަންވެސް ވާނެ. އަނެއްކާވެސް ތިބުނީ ހަމަ އެއްކަލަ ކޯޓަށްދާ ވާހަކަ. މިތާ އޮތީ އެކަކު އަނެކަކަށް މާފު ކުރުން.
މަތިން ދެވަނަ އަށް އޮތް "ޢަލީ" އަށް ދެއްވި ޖަވާބެއް ފާޑު ޖަހަނީ.
ނިޔަތް ގޯސްމީހަކަށް ދޭނެވޯޓެއް ނޯންނާނެއެވެ. އެންމެފަހުވަގުތު އިބޫ ވޯޓުގެ ނިޔަތުގައި ތިޔަހުރިހައި ކަމެއް ތިކުރަނީ އިންޑިޔާއަށް އަޅުވެތިކަން ވިއްކާލާށެވެ. ނޯވޯޓް ގަމާރާ
ކޮންމެހެން އެއްޗެއް ދޭން ޖެހޭތަ، އަދި ދޭ އެތިކޮޅުވެސް ކުޑައޭ ކިޔާފަ އެ ގޮވަނީ
ލޮލް އަށާއި ޙަޤީގަތް އަށް. ޔާމީން ގެ ޒަމާނުގައި ރައްޔިތުންގެ ޖީބުގައި ލާރި ނެތް ތަ؟
ބޭކާރުކަމެއް.. އެލަވަންސް ބޮޑުކުރީމަ އޭގެ ބޭނުން ކުރަނީ ކުޅަދޭ މީހާ.. ނުކުޅަދޭ މީހާ ހަމަ އެނިކަމެތި ހާލުގަ..
ދެންވެއްޓިދާނެހެން ހީވީމާ ނުކުޅޭދޭމިނެން ފެނިއްޖެ
ކީއްވެ ސިވިލްސާވިސް ގަ މި ތިބަ ނިކަމެތިންނާ އަޅާލާނެ ވެރިއަކު ނައިސްގެން މި އުޅެނީ. އާދައިގެ މަސައްކަތު މީހަކު ގެއަށްގެންދަން ލިބޭ މުސާރަ 20 އަހަރު ސިވިލްސާވިސްގަ މަސައްކަތްކުރާ އޮފިސަރަށް ނުލިބޭ. ޢިތުރު ގަޑީގެ ފައިސާ ކަނޑާލައިފަ ހެސްކިޔާފަ މަސައްކަތް ކުރުވަނީ. ޥަޒީފާގެ ބިރަށް ބަހެއްބުނާނެ މުވައްޒަފަކު ނެތް.