ސައުދީ ސަރުކާރުގެ އެހީގައި ގާާއިމްކޮށްފައިވާ ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ ޖެހުމުން ދަނީ އެ މިސްކިތް ހުންނަ ސަރަހައްދަކީ މޫދާ ކައިރި ސަރަހައްދަކަށް ވެފައި އެ ހިސާބުން ލޮނުގެ އަސަަރު ކުރާތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާާޅުވެއްޖެ އެވެ.

ޑރ. ޒާހިރު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެންވޭރު އުތުރު ދާާއިރާގެ މެމްބަރު މުހައްމަދު މުއިއްޒު ކުރެއްވި ސުވާލަކަސް ޖަވާބު ދެއްވަމުން ނެވެ.

އެގޮތުން ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ ޖެހިފައިވާތާ އެތައް ދުވަހެއް ވެފައިވާ އިރު އެކަމަށް ހައްލެއް ހަގީގީ ހައްލެއް ލިބިގެން ދާނީ ކޮން އިރަކުންތޯ މުއިއްޒު ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ ފުރަތަމަ ފާހަގަވީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައި ކަމަށެވެ.

އެހެންވެ އެކަމަށް ހައްލެއް ހޯދުމަށްޓަކައި ކޮންޓްރެކްޓާއާ ވާހަކަ ދެއްކި ކަމަށާއި އެއާއެކު އޮގަސްޓު މަހުގެ 25 ދުވަހު ކޮންޓްރެކްޓަރުގެ ފަރާތުން މާލެ އައިސް އޭސީ ރަނގަޅު ކުރި ކަމަށެވެ.

އޭގެ ފަހުން އަނެއްކާވެސް އޮކްޓޫބަރު މަހު އޭސީގެ މައްސަލަ ދިމާވި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމާ ގުޅިގެން ނޮވެމްބަރު މަހު ކޮންޓްރެކްޓަރަާ އެކު އެއްބަސްވުމެއް ހެދި ކަމަށާއި މިދިޔަ މަހުގެ 23 ވަނަ ދުވަހު މަސައްކަތް ފަށައި މި ،މަހުގެ ކުރީކޮޅު އޭސީގެ މައްސަލަ ހައްލުކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

"ދެން އެނގިވަޑައިގަންނަވާނެ ސަލްމާން މިސްކިތުގެ އޭސީގެ މައްސަލަ އެންމެ ބޮޑަށް ދިމާވާ އެއް ސަބަބަކީ ލޮނުގެ އަސަރު ވަަރަށް ބޮޑަށް ކުރޭ. އެއްޗެހިތައް ދަބަރަށް ވެގެން ހަލާކުވަނީ. އެެހެންވެގެން ދިމާވާ މައްސަލަތަކެއް މި މައްސަލަތަކަކީ" މިނިސްޓަރު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ގޯޔާ

    ސަލްމާން މިސްކިތުގެ އޭސީތަކުގެ މައްސަލަ ޖެހެނީ މިސަރުކާރުން މެއިންޓަނަންސް މަސައްކަތް ނުކުރާތީވެ. ރ.ޔާމީން ހަދައިދިން ހުރިހާ ތަނެއްވެސް ހަލާކު ކުރެވޭތޯ ބަލަމުން ދަނީ. ހިޔާ ފްލެޓްތައް ތަޅާލަން ބޭނުންވާ ވާހަކަވެސް އަސްލަމް ބުނި

    46
    1
  2. ސަލްމާ

    ރީތި ގޮތަކަށް ތި ބުނީ އެތަނުން މިސްކިތް ނަގާށޭ ދޯ!!

    41
  3. ޚާލި

    އެހެންވީމަ ރިސޯޓް ތަކުގެ މޫދުގަ ހުންނަ ހުރިހާ ރޫމުތަކުގެ އޭސީތައް ހުންނާނީ ހަލާކުވެފަތާ

    52
  4. ޑަ ލާސްޓް

    ކަލޯ ކަނޑު ބޯޓުފަހަރުގަ ހުންނަ އޭސީ މައްސަލަ ނުޖެހެނީ ފެނުގެ އަސަރު ކުރާތީތޯ.

    42
  5. ކޮރަލް

    މިސްކިތް ތަކުގަ ކެމެރާ ހަރު ކޮށްފަ ހުރެ އެވެ. ދެން މިސްކިތް ތަކުގަ ހިލޭ ގުރުއާން ކްލާސް ހިންގަން އެދުނީމަވެސް ހުއްދަ އެއް ނުދެ އެވެ. އޭގެ ސަބަބު ބުނެ ބަލާށެވެ.

    32
  6. ހުސޭނުބޭ

    މިނިސްޓަރު އަދިވެސް މިއުޅެނީ ނެޕީޖަހައިގެން. ދެން މާލޭގައި އެ ހުރި ގޭގޭގައި ލޮމުގެ އަސަރު ނުކުރަނީތަ؟

    36
  7. ދޮގު

    މިނިސްޓަރުގާތު އަހާލަބަލަ، ކަނޑުގަ ދުއްވާ އުޅަނދުފަހަރުގަ އޭސީ މައްސަލަ ނުޖެހެނީ ކިހިނެއް ވެގެންތޯ؟ ތިޔަ މިސްކިތް ހެދިބަޔަކަށް ތިޔަކަން ނޭނގި އޮތީތޯ؟ މޫދާ ކައިރީގަ ހުރި މިސްކިތެއްކަން. ހާދަހާ ތަނެއްދޮރެއް ނޭގޭ ބަޔެކޭތަ މިނިސްޓަރު އެ ބުނަނީ

    28
  8. އިއްބެ

    ތާހިރެއްނު ވާހަކަ. ދެއިރު ދެ ގޮތަށް ވާހަކަ ދައްކާމީހުންނަކީ ހާއިނުން

    34
  9. މަހާ

    ވިސްނާ ނުލާ ތަންތަން ހަދަންޏާ ވާނެ ތިހެން ވެސް

    1
    45
  10. މެޔޮނައިސް

    ޢެހެން ވީމާދޯ އެހިސާބު ކެފޭ ރެސްޓޯރެންޓް ތަކުގެ ބުއިންތަކާ ކާނާ ތަކުގެ ރަހަ ތަކުގަ ލޮނު ރަހަ ދެނީ..ހެ..ހެ..ހޭ....ހަހާތް...2023 # ރައީސް ޔާމީން...އިންޝާﷲ..އާމިން

    37
  11. އާދަނު

    ވެރިކަމުގައި ރެދުލަނީ އެންމެ އުހުންފެށިގެން ނާޤާބިލް މީހުން ތިބީމާ!

    29
  12. ޑައެލޯގް

    އިސްލާމިކް މިނިސްޓަރުވެސް ހަމައިގަނެތެވެ. ސަފާރީތަކުގަޔާއި ހުޅުމާލެ ފެރީ ވިލިގިލިފެރީ އެހިސާބުގެ ކެފޭތަކުގައި އޭސީހުރެއެވެ. އެކަމަކު އެހުރިހައި އެއްޗެއްގެއޭސީވެސް މަސައްކަތް ކުރެއެވެ. ނުސީދާކޮށް ކަލޭތިބުނީ ޔާމީނު އެތާގަ މިސްކިތްއެޅީ ގޯހުންނޭދޯއެވެ.

    24
  13. ލުޠުފީ

    ރޯނުއެދުރުން ތަންތަނުގެ ވެރިންނަށް ލީމައި ގޮވޭނީ ހުސް ކޮސް.

    17
  14. މަކުނު

    މިސްކިތް ނަގަން ވީއޭ ތަ ތިޔަބުނީ؟ ޔާމީނު ހަދާފަ ހުރި ތަނެއް ވީޔާ ވުޖޫދުންވެސް ނައްތާލެވޭ ތޯ ބަލާތި.

    13
  15. ޙަަަހަ

    ދެން އައިޖީއެމް އެޗް އާއި ދަރުމަވަންތަ އޭސީތައް ކީއްވެ މައްސަލަ ނުޖެހެނީ ، އެދިމާލުން ވިލިމާލެ އާއި މާލެ އާއި ދެމެދު އޮންނަނީ ފެން ކޯރެއްތޯ ! އަސްލު މިސްކިތް ފެނުނީމަ ވަ ފީލް ކިޔާދީބަލަ ޒާހިރު

    14
    1
    • ހިހި

      އަސްލު މިސްކިތް ކުރެހިފަރާތް އުޅެނީ ތިކަމާ، އެމީހުން ކުރެހި ކުރެހުން އެހެރީ އިންޓަނެޓުގައި ފެންނަން. ލަދެއްވެސް ނުގަނޭތަ އަސްލު މިސްކިތޭކިޔަން. މިހާރުވެސް ދައުވާކުރަން ބޭނުންވާ ވާހަކަ އެބަވޭ ބޭރު ނޫސްތަކުގައި. އެމީހުންގެ ކޮންސެޕްޓް ވަގަށް (އަނެއްކާވެސް ފާޑެއްގެ ވައްކަމެއް) ނެގެމުން.

      ތިކަމާހުރެ ކަންނޭނގެ ސައޫދީވެސް ނާންނަނީ ހުޅުވަންވެސް ލަދުން. ލޮލް

  16. ބޯހަލާކު

    އިމާރާތް އަޅާ އިރު އެހެންގައުމުތަށް ކޮޕީ ކުރުމުގެ ބަދަލު ގަ އެބަ އެއްގެ ތިމާވެއްޓާ ގުޅޭ ގޮތަށް އެޅީމާ ހަރަދު ކުޑަވެފަ ރަށްކާތެރިވާނެ،

    3
    3
  17. ގަނޑިޔަ

    ނާ ހަމަތެދެއް؟ އޭސީ ތަކަށް ވެސް އެނގެނީދޯ ހަރުކޮށްފަ ހުރީ ސަލމާނު މިސްކިތުގަ ކަން

  18. ސަމަދުބެ

    މީ ނަގޫ ފިތިފައި ހުންނަ މީހެއް. އިބްރާހީމްބެ މީނާލައްވާ އެގޮތަށް ބުނަން ބުނެގެން މީނާ އެބުނަނީ. ކޮންމެހެން ލޮނުވެގެން ފެންވެގެން ދިޔާވެގެންނެއް ނޫން.