ހައްޖު ކޯޕަރޭޝަނުން 2019 ވަނަ އަހަރު މީހުން ހައްޖަށް ގެންދިއުމަށް ދައުލަތުން އެއްވެސް ހަރަދެއްކޮށްފައި ނުވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ލިއުމުން ހުށަހެޅުއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

ބޮންޑެ ވަނީ 2019 ވަނަ އަހަރު ހައްޖު ކޯޕަރޭޝަނުން މީހުން ހައްޖަށް ގެންގޮސް ހޮޓާތަކަށް ދެއްކި ފައިސާ އާއި އާންމުން ދެއްކި ފައިސާގެ އިތުރުން ދައުލަތުގެ ބަޖެޓުން ހަރަދެއް ކުރި ނަމަ އޭގެ ތަފްސީލު ދިނުމަށް އެދިވަޑައިގެންފައެވެ.

އެ ސުވާލަށް މިނިސްޓަރު އިމްރާން ދެއްވި ޖަވާބު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަމީން އާންމު ވަނީ އިއްވަވައިފައެވެ.

އެ ސުވާލަށް ޖަވާބު ދެއްވައި މިނިސްޓަރު ވިދާޅުވީ ހައްޖު ކޯޕަރޭޝަނުން މައްކާގެ ހޮޓާތަކަށް 2019 ވަނަ އަހަރު 34.6 މިލިއަން އަދި މަދީނާގެ ހޮޓާތަަކށް 3.6 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށެވެ.

ހަމަ އެހެންމެ މުތައްވިފަށް 16.2 މިލިއަން ރުފިޔާ ހަރަދު ކުރި ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

ނަމަވެސް ހައްޖު ކޯޕަރޭޝަނުން ކުރި ހައްޖު ދަތުރަށް ދައުލަތުގެ ބަޖެޓުން އެއްވެސް ހަަރަދެއް ނުކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.