މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދިޔަ އިތުރު ހައްޖުވެރިއަކު ނިޔާވެއްޖެއެވެ.

ދިވެހި ހައްޖު މިޝަނުން މިއަދު ބުނި ގޮތުގައި ނިޔާވެފައި ވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ހަވާލުގައި ހައްޖަށް ދިޔަ ހއ. ކެލާ، ސީސާންގެ، އަލީ ގާސިމް 81، އެވެ.

އޭނާ ނިޔާވެފައި ވަނީ މަދީނާ ހޮޓަލްގައި ހުއްޓާ ހެނދުނުގެ ވަގުތެއްގައި ކަމަށް ހައްޖު މިޝަނުން ބުންޏެވެ.

"މަރުހޫމަށް ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކުރެއްވައި އާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުއާ ދަންނަވަމެވެ." ހައްޖު މިޝަނުން ފޮނުވި މެސެޖްގައި ބުނެފައިވެއެވެ.

މިއީ މި އަހަރުގެ ހައްޖުގެ އަޅުކަމަށް ގޮސް އުޅެނިކޮށް ނިޔާވި ހަތަރު ވަނަ ހައްޖާޖީއެވެ.

ހައްޖުގެ އަޅުކަން އަދާކުރަން ރާއްޖެ އިން މިއަހަރު ސައުދީ އަރަބިއްޔާއަށް ދިޔަ ހައްޖުވެރިން އެނބުރި ރާއްޖެ އަންނަން ފަށާނީ މާދަމާ އިން ފެށިގެންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލީ

    إِنَّا ِلِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ

    41
  2. ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ ޕީ.ޕީ.އެމް 9305205 (ވައިބަރ)

    އަމީރުލް ޙައްޖު ގެ ގޮތުގައި ކެބިނެޓް މިނިސްޓަރުން-ނާއި ނާއިބު ރައީސުން ފޮނުވައިގެން ވަނީ ކޮން ފައިދާ އެއް ހެއްޔެވެ؟ އަމީރުލް ޙައްޖަކީ ޙައްޖުވެރިން އާއިއެކު ފުރާ މީހަކަށް ވާން ޖެހެއެވެ. އަދި އެނބުރި އައްނަ އިރުވެސް، ޙައްޖު ވެރިންނާއި އެކު އަމީރުލް ޙައްޖު، ރާއްޖެ އައުން މުޙިއްމެވެ. ވެރިއަކު ހުރުމުގެ ބޭނުމަކީ މިއީ އެވެ. ކަންކަން ވާނުވާ ބެލެހެއްޓުމެވެ. ޑިރެކްޓަރު އަދި ސްޓޭޓް މިނިސްޓަރ ފެންވަރު ގެ ބޭފުޅުންނަށް ނޫނީ މިފަދަ ހުސް ވަޤުތެއް ނުލިބޭނެއެވެ!

  3. سبحان الله

    މަދީނާގައި، ކީރިތި ރަސޫލާ صلى الله عليه وسلم، ފަސްދާނު ލެވިފައިވާ މާތް ބިމުގައި، ޙައްޖުގެ އަޅުކަމަށްފަހު ވަޅުލެވުމަކީ ކޮންމެކޮންމެ މީހަކަށް ލިބޭނެ ނިޢުމަތެއް ނޫނެވެ.

    11
    1