އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެރުވި ޓިކެޓަކީ "އެނދި ޓިކެޓެއް" ކަމަށް ރައްޔިތުންގެ މަޖިލިހުގެ މާފަންނު މެދު ދާއިރާޣެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެއެވެ.

ބޮންޑެ ރޭ ކުރެއްވި ޓުވީޓެއްގައި ވަނީ ރައީސަށް އެރުވި ރިޔާސީ ޓިކެޓުގެ ފޮޓޯއެއް ހިއްސާ ކުރައްވައިފައެވެ. އަދި އެ ޓުވީޓުގައި އޭނާ ވިދާޅުވެފައި ވަނީ އެއީ "އެނދި ޓިކެޓެއް" ކަމަށެވެ.

އެމްޑީޕީގެ ރިޔާސީ ޓިކެޓު ރައީސް ސޯލިހަށް އެރުވީ އެ ޕާޓީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލެވެ.

މިދިޔަ ޖެނުއަރީ މަހުގެ 28 ވީ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމަރީގައި ރައީސް ސޯލިހް، ވަނީ ނަޝީދުގެ މައްޗަށް ބޮޑު ތަފާތަކުން ކުރި ހޯއްދަވާފައެވެ. ރިޔާސީ ޕްރައިމަރީން ރައީސް ސޯލިހަށް %61 ލިބިވަޑައިގެންނެވި އިރު، ނަޝީދަށް ލިބިވަޑައިގަތީ %39 އެވެ.

ޕްރައިމަރީގައި ނުކުތް ނަތީޖާ، ނަޝީދު ގަބޫލު ކުރެއްވި ނަމަވެސް އެމަނިކުފާނު މިހާރު ނިންމަވާފައި ވަނީ އެމްޑީޕީގެ ތެރެއިން ސިޔާސީ ވަކި ހަރަކާތެއް ހިންގުމަށެވެ. ނަޝީދު ވިދާޅުވީ އިންތިހާބުގެ އޮޅުވާލުންތައް އެއްކިބާކޮށްފި ނަމަ ރައީސް ސޯލިހަށް ވަރަށް ގިނަ ވޯޓް އުނިވާނެ ކަމަށެވެ. އެކަމަކު ނަޝީދު ވިދާޅުވީ ވޯޓާސް ލިސްޓަށް ބަލާ ނަމަ ކުޑަ ފަރަގަކުން ރައީސް މޮޅުވެދާނެ ކަމަށެވެ.

ނަޝީދުގެ ފިކުރެއްގެ ދިރުމަށް މިހާރު ވަނީ ބައި ލައްކަ އަށް ވުރެ ގިނަ ސޮއި ހޯދާފައިވާ ކަމަށް އެ ހަރަކާތުގައި އިސްކޮށް އުޅުއްވާ، ބޮންޑެ ކުރިން ވަނީ ވިދާޅުވެފައެވެ.

ރައީސް ސޯލިހަށް ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާއިރު ރިޔާސީ ޓިކެޓް ހަވާލު ކުރުން ހުއްޓުވުމަށާއި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަލުން ބޭއްވުމުގެ އަމުރަކަށް އެދި ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅި ނަމަވެސް އެ މައްސަލަ މިހާރު ވަނީ ކޯޓުން ބޭރު ކޮށްލާފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޕިސްޕިސް

    ހަޖަމްބުރޯ . . އިޓް ލޫކްސް ސޯނައިސް . . .

    2
    6
  2. އަޙުމަދު

    އެމްޑީޕީ އަށް ރައީސް ކަމާއި ނައިބު ރައީސް ކަން ލިބޭނެ ފަހަރު މިއީ، އިބުރާހިމް ރައީސް އަދި ނައިބު ރައީސް އަބުޅޯ ޝާހިދު އެހެންކަމުން ފުރަތަމަ ބުރުގައި ކޯލިޝަން ނަހަދާ ނެ ކަމަށް ބުނަމުން ދަނީ ، އޭރުން ޤާސިމް ، ނާޒިމް ، ސިޔާމު، މެންނަށް ނައިބު ރައީސް ކަމަށް އޮތް ފުރުސަތު އެކީ ގެއްލޭނެ، އަދި ދެވަނަ ބުރަށް ދާންޖެހިއްޖެ ނަމަ މިހުރިހާ މީހުންނަށް އޮންނާނީ އެމްޑީޕީ އަށް ތާއީދުކުރުން. ނަޝީދަށް ތާއީދު ކުރާ ފަރާތްތަކުން ވެސް މިހާލަތުގައި ވޯޓު ދޭނީ އިބުރާހިމް އަށް.

    2
    7
  3. ޖަޖސޖސޖ

    ދެން އަސަރެއް ކުރާނީ

    1
    4
  4. މީހާ

    އަންނިގެ ގުރޫޕު މިފަހަރު ޖެހޭނީ ބަލަ ބަލަ ތިބެން. އިތުރު ފުރުސަތެއްނެތް. ދެންވެސް ގޮތް ދޫކޮށްފަ އިބުރާހިމްބެ ފަހަތަށް އާދޭ. ބޮޑާ ހޭއްކިޔަސް ވާނެފައިދާ އެއް ނެތް.

    2
    4
  5. ވިސްނާލުމަށް އެދެމޭ

    🤣🤣🤣🤣🤣🤣🤣🤣🤣🤣 ބޮންޑާ ވަރެނެތް ހަމަ....މިވަރުގެ ތެދެއް މީހަކު ނުބުނާނެ🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    3
    1
  6. ދފދފދފދފދޒ

    ކޫލަސްޓް ޓީކެޓް އެވާާ :))))))

    2
    2
  7. ދިވެހި މުސްކުޅިން

    ޓިކެޓް ވަރަށް ރަނގަޅު. އެމްޑީޕީގެ އިސްތުފާދިން ސަރުކާރުން ޕާޓީ އަންދާލާފަ އޮތްވާ ޕާޓީ ނަގާ ކޮޅަށް ޖެހީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް. އޭރުގެ ގައުމު ދިޔަ ހާލަތުން ތި ފިލާވަޅު ހޯދޭނެ. ސާބަސް ރައީސް އިބޫ.