ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ކަން ހިނގާފާނެ ގޮތުގެ ސިނާރިއޯތަކެއް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ތައްޔާރު ކޮށްފައިވާއިރު، އެ ޕާޓީ ދެވަނަ ބުރަށް ދަތުރު ކޮށްފިނަމަ، ކަންތައް ވާނެ ގޮތް ހިމަނައިފިއެވެ.

އެމްއާރްއެމް އިން ތައްޔާރުކުރި ރިޕޯޓެއްގައި ރިޔާސީ އިންތިހާބުގައި ވާދަކޮށް އެޕާޓީ ދެވަނަ ބުރަށް ދާނެ ކަމަށް ލަފާކޮށްފައި ވެއެވެ. ދެވަނަ ބުރުގައި ކަންތައް ވެދާނެ ގޮތުގެ ސިނާރިއޯ އެކެއް ގައި އެމްއާރުއެމްއިން ބުނެފައިވަނީ ހަމައެކަނި އެމްޑީޕީއާއި އެމްއާރުއެމް އިންތިހާބުގެ ދެވަނަ ބުރަށް ދަތުރު ކޮށްފިނަމަ އެހެން ހުރިހާ ޕާޓީ އަކުން އެމްއާރްއެމް އާއި ކޯލިޝަން ހެދުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އަދި އިންތިހާބުގެ ދެވަނަ ބުރަށް ޕީޕީއެމް އާއި އެކު އެމްއާރުއެމް ދަތުރު ކޮށްފިނަމަ ވެސް އެހެން ހުރިހާ ޕާޓީއަކުން އެމްއާރްއެމް އާއިއެކު ކޯލިޝަން ހެދުމުގެ ފުރުސަތު ބޮޑު ކަމަށް ވަނީ ބުނެފައެވެ.

އެމްއާރުއެމްއިން ބުނީ އެ ޕާޓީއާއި އެކު ޖުމްހޫރީ ޕާޓީ ދެވަނަ ބުރަށް ދަތުރު ކޮށްފިނަމަ، އެމްއާރުއެމް އާއި އެހެން ޕާޓީތަކުން ކޯލިޝަން ހެދުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

ދެވަނަ ބުރުގައި ކަންތައް ވެދާނެ ގޮތުގެ ސިނާރިއޯ ދޭއްގައި އެމްއާރުއެމުން ބުނެފައިވަނީ ޕާޓީގެ އުސޫލުތަކާއި އަސާސްތައް ގަބޫލު ކުރާ ޕާޓީއަކަކާއެކު ކުރިއަށް ދެވޭނެ ކަމަށާއި އިންތިހާބުން ބަލިވިއަސް، ވަރުގަދަ އިދިކޮޅު ޕާޓީއެއް އުފެދޭނެ ކަމަށެވެ. އަދި އިންތިހާބު ކާމިޔާބު ވެއްޖެނަމަ، ސިޔާސީ މަގާމުތަކާއި ސަރުކާރުގައި ތިބެގެން ލިބޭ އެހެން ފައިދާތައް ލިބޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެސިނާރިއޯގައި ގެއްލުމެއްގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ ކޯލިޝަން ހަދާއިރު، އެޕާޓީއަށް ފައިދާވާ ގޮތަށް ނެގޯޝިއޭޓް ކުރަން ދަތިވުމެވެ.

ސިނާރިއޯ ތިނެއްގައި ލިބޭނެ ފައިދާގެ ގޮތުގައި ފާހަގަ ކޮށްފައިވަނީ 2028 ވަނަ އަހަރަށް އެޕާޓީއަށް ފައިދާ ކޮށްފާނެ ކަމަށެވެ. އެގޮތުން އެއްވެސް ބައެއްގެ ނުފޫޒެއް ނެތި ޕާޓީ ކުރިއަރުވަން މަސައްކަތް ކުރެވޭނެ ކަމަށާއި ޕާޓީގެ އުސޫލުތައް ހިފަހައްޓައިގެން މަސައްކަތް ކޮށްފިނަމަ، ޕާޓިއާއި ދެކޭގޮތް ބަދަލުވެ، މެމްބަރުން ގިނަވެ، ސިޔާސީ ގޮތުން ވެސް އިތުރު ފުރުސަތުތައް ލިބުން އެކަށީގެންވާ ކަމަށް ވަނީ ބުނެފައެވެ.

ސިނާރިއޯ 3 ގައި ލިބޭނެ ގެއްލުންތަކުގެ ތެރޭގައި ޕާޓީ ހިންގަން ރިޔާސީ އިންތިހާބަށް ފަހު ފުރަތަމަ 2 އަހަރު އުނދަގޫވުމާއި ފަންޑް ރައިޒް ކުރަން އުނދަގޫވުމުގެ އިތުރުން މެމްބަރުން އިތުރު ކުރަން އުނދަގޫވާނެ ކަން ވަނީ ފާހަގަ ކޮށްފައެވެ.

ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް އެމްއާރްއެމް އިން ލަފާކުރި ނަމަވެސް އެޕާޓީ މިހާރު ވެސް އޮތީ 3000 މެންބަރުން ހަމަނުކުރެވިގެން އުވާލުމުގެ ބިރާއި ކުރިމަތިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޤައްސާން

    ތިޕާޓީ 3000 ވޯޓުން 2 ވަނަ ބުރަށް ދެވެންޔާވެސް ލައްވައެއްނުލާނެ..

    50
    1
  2. ޣެގެގެގެގެ

    ސަޕްރައިޒް ވެދާނެ ހުވަފެނުގަ

    14
  3. ޟީ

    1% ލިބުނަސް ރަގަޅު...

    14
  4. ނަމަ

    ފުރަތަމަ ބުރުން ހޮވުނީމަ ކަންކުރާނެ ގޮތުގެ ވެދާނެ ގޮތުގެ ސިނާރިއޯ އެއް ނުހެދީ ކިހިނެއް ވެގެންބާ

    14
  5. ކޮބަޑި

    ތިޔަސިނާރިއޯ މިހާރުމިފަޅާއަރުވާލަނީ އެއީ ކުޑަ ކާފު ކުޑަކާފު ނުޖަހަންޏާ ބޮޑުކާފު ހެހެހެ.

    16
  6. ހަސަން

    ކަލޯ ބައު މުނާ މޮޔަގޮވަނީ ތަ ކަލޭ!

    15
  7. ނަމަސްތޭ

    ކުޑަކާފާ ބޮޑުކާފުގެ ޒަމާން ނިމުނު ވާހަކަ ހަނދުމަ ކޮށްލަދެން . . ހިޔާލީ ފޮލާ ކައްކަނީތޯ . . މިހާރު ދޯ އެމްޑީޕީ ކަމުނުދަނީ

    23
  8. ތެލުލިމަސް

    5 އަހަރު ވަންދެން ނިދަން ތިބެފަ އިންތިހާބަށް ހޭލާ މީހުން ބަލައެއް ނުގަންނަން

    29
    1
  9. އއ

    އަޅުގަނޑަށް ފެންނަނީ ރާއްޖެ އަނދަވަޅަށް ވައްޓާލަން އެޅިވަލުގައި 5 އަހަރު ހިތްވަރާއިއެކު ދެމި ޕާޓީއެއްކަން ތިޔައީވެސް. ރައްޔިތުން ތިބީތިޔަ ރިހަގަނޑުދެކެ ފޫހިވެފައި.

    28
  10. ސަން

    ޑޫޑް. ޖަސްޓް ރިޓަޔަރ.

    16
  11. ލުޓޭރުންގެ ސަރުކާރު

    މަނެތިން އެއްޗެބުނާކަށް..މަގޭ ސިނާރިއޯގަ މަގޭ ދަރިންގެ ދަރިއެއް މިގައުމުގެ ވެރިކަމަށް އައުން ހިމެނޭ ކޮއްމެވެ ސްދުވަހަކުން. މިހުވަފެނުގަ ރޭގަވެ ސް މަނިދީވެ ސް ހޭލީވެ ސް...

    24
  12. ހަސްންމަލާބޭ

    މިފަހަރު ތިޕާޓީން ފާރިސް ނެރޭ. އެއްބުރުން ކީއްކުރަން ވޯޓް ނުލާވެސް ހޮވޭނެ. ކޮން ސިނާރިއޯއެއް އަމާސިނާރިއޯހަދާބަލަ.

    25
  13. ހަންނާނުބޭ

    ޢިލްމީ ނަޒަރަކުން ދިރާސާތައް ހެދުމަކީ އޮންނަ ކަމެއް. މިރާއްޖޭގައި މީ އާކަމަކަށްވެދާނެ.

    15
  14. ލަވް

    ހަހަހަ! ހިޔާލީ ފޮލާ

    21
  15. ޖުލައި

    ސިނާރިއޯ 100
    ދުނިޔޭގަ ދިރިއޮތީ ހަމައކަނި އެމްއެމްއާރު ކިޔާ ޕާޓީނަމަ ވާދަ ކުރާނެ އިތުރު ބަޔަކު ނެތި އިންތިޚާބަކާ ނުލާ ވެރިކަން ލިބޭނެ. ދެން އޮތް ފައިދާއަކީ އަބަދު ވެރިކަމުގަ ތިބުން. ގެއްލުމަކީ ރައީސް ގެ ގޮނޑިން ފައިބަން ނޭގުން.

    28
  16. Anonymous

    ސިނާރީއޯ އަކުން މިމީހުންނަށް ވެރިކަން ލިބިދާނެ. އެނުން ގޮތަކަށް ވެރިކަން ލިބޭނެ އެއްވެސް ފޯރމިއުލާއެއްނެތް. ތީ ބާވެ ފޫވެއްޓިފައިވާ އޮޑިގަޑެއް.

    26
  17. ހެ

    އަހަރެން ހަމަ ހައިރާންވެއްޖެ ތިންހާސް ވޯޓު ނުލިބޭބަޔަކު ވެރިކަމަށް އާދެވޭ ސިނާރިއޯއެއް ކީއްކުރަންބާ ގާސިމްް ބޮޑުހަރަދު ކުރުމަށް ރެޑީމިވަނީ މިސިނާރިއޯ ގަންނަވީނޫން ނޫނީ ފާރިޝް ކައިރީގައި ބުނެބަލަ ރަނގަޅު ސިނާރިއޯއެއް ހަދާދީބަލާށޭ

    24
    1
  18. ކިއެކޭ ދެން ބުނާނީ

    ސިނާރިއޯ 5
    އެމްޑީޕީ، ޕީޕީއެމް، ޖޭޕީ މި ނޫނަސް ވެރިކަމަށް ފައިނަގާ މީހަކުވެސް ދެވަނަ ބުރަށް ނުގޮސް މައުމޫނު އެކަނި ފުރަތަމަ ބުރަށް ދާނީ. މިހެންވުމުން މައުމޫނުއާއި އެކު ކޯލިޝަން ހަދަން މައުމޫނު ހަދައިގެން ދެވަނަ ބުރަށްވެސް މައުމޫނު އެކަނި. ޢެހެން ޕާޓީތައް އެއީ ހައްޕުނޑު އެއްނު. 2023 އެއް ކިޔާނެ ކަމެއްނެތް. އަނެއް 30 އަހަރު މައުމޫނަށް.
    އެކަމަކު ވޯޓުލަން މައުމޫނު އެކަނި. ބޮޑުވަރުދެން. ބޮއި ހަލާކު

    21
  19. މަހާ

    އެއްވެސް ބަޔަކާ ކޯލިޝަން ހަދާކަށް އެމް އާރ އެމް އަކަށް ނުޖެހޭނެ، މިފަހަރު އެއްބުރުން އެމް އާރު އެމް ވެރިކަމަށް އަންނާނެ، އެއީ ސިނާރިއޯ 500 ،
    ލިބޭ ފައިދާ ތަކުގެތެރޭގައި، ޖައްވަށް ހަވާޔަށް ފަޒާއަށް ބަޑިޖަހަން ލިބޭނެ، 5 އަހަރުތެރޭގަ ހިފަންހުރި ހުރިހާ ހަނދުކޭތައެއް އެއްކޮށްލާ ބޮޑު އެއް ހަނދުކޭތައަކަށް ހެދުމަސް ފަލަކީ ޢިލްމުގެ ތެރެއިން މަސައްކަތް ކުރެވޭނެ، ހުރިހާ ރައްޔިތުންނަށް ބޮޑު ކާފު ކުޑަކާފު ދަސްކޮށްދޭ ކްލާސްތަކެއް ހިންގޭނެ،

    އަދިވެސް ވެރިކަން ލިބޭނެކަމުގެ ހުވަފެންތައް ދެކިދެކި ސިކުނޑި ގޮވާފަ ހުރި މީހެއް!

    16
  20. Ahmed

    ތިސިނާރިއޯގައި 3000 މިންބަރުން ހަމަކުރާނެ ގޮތެއްވެސް ހިމެނާލިނަމަދޯ

    15
  21. ރެފްރީ

    ދެންކޮބާ ސިނާރިއޯ 4 އަދި 5 ؟

    15
  22. ކަތް

    އަވާމެންދުރު