އިންޑިއާ އިން ރާއްޖެ އަށް ފޮނުވާފައިވާ ހެލިކޮޕްޓަރުތަކާއި ރާއްޖޭގައި ހަރަކާތްތެރިވަމުންދާ އިންޑިއާ ސިފައިން ރާއްޖެ އިން ފުރަން ދިވެހި ސަރުކާރުން އަންގާފައިވާ އެންގުން އަނެއްކާވެސް ތަކުރާރުކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

ރާއްޖޭގައި އޮތް އިންޑިއާގެ 2 ހެލިކޮޕްޓަރާއިއެކު އިންޑިއާ އަސްކަރިއްޔާގެ 50 އަކަށް ސިފައިން ވެސް ދަނީ ހަރަކާތްތެރިވަމުންނެވެ.

ރާއްޖެއިން އިންޑިއާއަށް ކަޑައަޅުވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު "ރޮއިޓާސް" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރާއްޖެއަށް އިންޑިއާއިން ހަދިޔާކުރި ދެ ހެލިކޮޕުޓަރު އާންމުކޮށް ބޭނުން ކުރަނީ ބަލި މީހުން އުފުލުމުގައި ކަމަށާއި ނަމަވެސް ރާއްޖޭގައި މިހާރު ސިއްހީ ކަންކަމަށް ވަސީލަތްތަށް ތަނަވަސް ވަމުން ދާތީ އެ ދެ ހެލިކޮޕްޓަރު އިތުރަށް ބޭނުން ނުވާ ކަމަށެވެ.

މައުލޫމާތު ލިބޭ ގޮތުގައި، ރާއްޖޭގައި ތިބި ސިފައިންގެ ވީސާގެ މުއްދަތުވެސް ވަނީ ހަމަވެފައެވެ. އިންޑިއާގެ ކަނޑުގެ އަސްކަރިއްޔާގެ ތަރުޖަމާނަކު ވިދާޅުވީ، ހާރިޖީ ވުޒާރާއިން މިކަން ބަލަމުން އަންނަ ކަމަށެވެ.

އިންޑިއާއިން ރާއްޖެއަށް ދީފައިވާ ދެ ހެލިކޮޕްޓާރުގެ ތެރެއިން އެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ އައްޑޫގައެވެ. ދެވަނަ ހެލިކޮޕްޓަރު އޮންނަނީ ލ އަތޮޅުގައެވެ.

އިންޑިއާއާއި ރާއްޖޭގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވާ އިރު ރާއްޖެއިން ބުނެފައިވަނީ ދެ ހެލިކަޕްޓަރު ގެންދަން އަންގާފައިވަނީ ރާއްޖެއިން ޑޯނިއާ ފްލައިޓެއް ބޭނުންވާތީއެވެ. އިންޑިއާއިން ވަނީ ޑޯނިއާ ފްލައިޓެއް ދޭނެ ކަމަށް ކުރިން ބުނެފައެވެ.

މީގެ ކުރިން ވަނީ އިންޑިއާއިން ރާއްޖެއަށް ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު ގެންދަން އެންގި މައްސަލާގައި އިންޑިއާއިން އަމަލު ކުރާނެ ގޮތަކާ މެދު މަޝްވަރާކޮށްފައެވެ.

މި މަޝްވަރާތައް ބާއްވާފައިވަނީ އިންޑިއާގެ ހާރިޖީ ވަޒީރު ޝުޝްމާ ސުވަރާޖެވެ. ދަ ހިންދޫއިން ބުނެފައިވާ ގޮތުގައި މަޝްވަރާކޮށްފައި ވަނީ އިންޑިއާއިން ދެން އަމަލު ކުރާނެ ގޮތްތަކަކާ މެދުއެވެ.

މިފަހަކަށް އައިސް އިންޑިއާއިން ވަނީ ދިވެހިރާއްޖޭގެ ދާހިލީ މަސްރަހުގައި ހިނގަމުންދާ ކަންކަމަށް ވަރަށް ބޮޑަށް ފާޑުކިއާފައެވެ. އެގޮތުން ސެޕްޓެމްބަރ މަހު ރާއްޖޭގައި ރިޔާސީ އިންތިހާބެއް ބޭއްވުމުގެ ކުރިން، ގާނޫނީ ބާރު ދެމެހެއްޓުމަށް މަސައްކަތް ކުރުމަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަށް އިންޑިއާއިން ވަނީ ގޮވާލާފައެވެ. އަދި ރައީސް ޔާމީނާއި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވާ ބޭފުޅުން މިނިވަން ކުރެއްވުމަށްވެސް އިންޑިއާއިން ވަނީ ރައީސަށް ދަންނަވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

35 ކޮމެންޓް

  1. ވގ

    އެކޮން ވަސީލަތެއްތޯ މިހާރުވިސް މިފެންނަނީ ރައްފުށުމީހަކު ހާލް ދެރަވެއްޖެއްޔާ ވަރަ އުނދަގޫ ހާލްގައުޅޭތަން އެދޭތި އޮތިއްޔާ ވ ފަސޭހަ ގިނަފަހަރު

    • ކަނބުރު

      އެހެންވެގެން މީހަކު ހާލުދެރަވެލާއިރަ އިންޑިއާ ހެލިކޮޕްޓަރުގަ އިންޑިއާއަށް ދޯ ތި ގެންދަނީ އެ އޮވެގެން.

  2. އަންނަނީ ހިނި

    ރަނގަޅު އެމީހުން ރާއްޖޭގައި ތިބެނީ ޖާސޫސް ކުރަން ކަމަށް ބެލެވޭ....

  3. އުފާވެރި

    އަލްހަމުދުﷲ. ތިގެންދާ ދުވަހަކީ އަހަރެމެން ޝުކުރުގެ ސަޖިދަ ކުރަންޖެހޭނެދުވަހެއް... މާލަސްވެއްޖެ މިހާރުވެސް ފޮނުވާލަ.. އެހެންވީމައޭ ރޔާމީނަކީ ގަޓުހުރި ގަޓުރައީސޭކިޔަނީ.. ސާބަހޭ ރޔާމީން.. ޒިންދާބާދު.. އިންޝާﷲ އެއްލަކިން ރޔާމީން ހެވޭނީ އަންނަދައުރަށްވެސް... އިންޝާﷲ.. އާމީން..

    • ގައުމު

      އެއްޗެއް ބުނާ އިރު ވިސްނާލުން ބިއްދިވެރި. އޭގެއިން އުފުލި ބަލިމީހުން ޝުކުރުގެ ސަޖިދައެއް ނުކުރާނެދޯ ގެންދިޔާމަ އެއް. ކިތައް ބަލިމީހުން އުފުލިބާ ތީގެއިން. ގައިމު އެމީހުން ދެރަވާނެ ދޯ.

  4. ގުއްބޫސް

    ފޮނުވާލަންވީ ހަމަ މިހާރުންމިހާރަށް! ޗައިނާއިން ރާއްޖެއަށް 4 ޑޯނިއާފްލައިޓް ދޭނެ!

  5. ޢިލްމީ

    ވަރަށްރަގަޅު ތީ ހަމަ ސްޕައިކުރާ އުޅަދުތަށް...

  6. އުސްމާނު

    އެންމެ ދެހެލިކެޕްޓަރު ދުއްވަން 50 އިންޑިއާ ސިފައިން؟؟ މީ ކޮންފަދަ އަޖައިބެއް.

    • ތަރާތިރި

      ޢަސްލުގަވެސްް އެމީހުންގެ ހަރަދު އިގުނަސް ބަޔަކު ކޮސްވާނެ...އެމީ ހުން އުޅެނީ ރާއްޖެ ކުޑަކަކޫ ޖައްސަން...މީ ގަންޖާބޯ ގެ ކަންތަށް....

    • ސުސްމާ ސޫވަރާޖް

      ދޮންކަލޯ، ހެލިކޮޕްޓަރުތައް އެމީހުން ބޯމައްޗަށް ލައިގެންނެ ދުއްވަނީ، ވަރަށް ބަރުވާނެ އެހެންވެ 50 މީހުން ބޭނުންވަނީ

  7. މިލްޓަރީ ކޮޕް

    ތިކަން ކުރުން ލަސްވެއްޖެ. ދެ ރެސްކިއު ހެލްކޮޕްޓަރ އޮޕަރޭޓް ކުރަން އިންޑިޔާގެ 50 ސިސިފައިންބައިތިއްބަންޖޭ ސަބަބެއް ސަބަބެއް ދިވެހިންނަށް އެގެން ޖެހޭ. މި ދައްކަނީ ހަނގުރާމައިގެ ހާލަތަކުން ބަޔަކު ރެސްކިއު ކުރާ ހެލްކޮޕްޓަރެއްގެ ވާހަކައެއް ނޫން. ތި ދޭއްޗެއް ގެނައިތަން ކިތައް އަހރުވީ؟ ރާއްޖޭގެ ދެކޮޅުގައި ތި ދޭތި ބާއްވައިގެން ކޮޅަކަށް 25 އިންޑިޔާސިފައިންލައިގެން ކީއްބާ މި ކުރަނީ، ދިވެހިން ވިސްނަބަލަ. ހެލްކޮޕްޓަރ ޕައިލޮޓިން ތަމްރީނު ދިނުމަށްފަހު ދިވެހި ސިފއިންނާ ހަވާލުކޮށް އިންޑިޔާ ސިފައިން ދާނަމޭ ބުނިތާ ކޮން ދުވަހެއް. ސިފައިންނަށް ނޭނގި އެންގުމަކައި ނުލާ މިހާރުވެސް އެމީހުން ބެނުންތާކަށް ދާކަމަށް މިވަނީ. ކޮބާ ބޭނުމަކީ. ސުވާލަކީ މި މީހުން ދެން މިތަނުން ދާނެބާއޭ. 03 ނޮވެމްބަރ ގަ ރާއްޖެއަށް އައި މީހުންވެސް ދިޔައީ ނުދާން އެތަށް ހާސަރުތަކެއް ދައްކާފަ. ހިތާމަ ހުރި

  8. ކާފަފ

    ބާއި ސީޔޫ.

  9. ސާލިމް

    އިންޑިއާގެ ހެލިކޮޕްޓަރަކަށް އެރުމަށްވުރެ ރަގަޅު ވާނެ ފެތިފަ އޮތް ރިޔާ ނެގި ދޯންޏެއްގެ ރިޔަލު މަތީ ދަތުރުކުރިއްޔާ. މިހާރުވެސް އެ އުޅެނީ އެ 50 އަސްކަރީން މިތާ ގަވާއިދާ ހިލާފަށް ބައިތިއްބައިގެން. ވިސާ ނެތި އެއްވެސް ގައުމެއްގެ މީހަކު އަނެއްގައުމެއްގައި އަދި އަމްދުން ނުރުހުމުގައި ނުތިބެވޭނެ. ދިވެހިސަރުކާރުން ފައިބާން އެންގީމަވެސް އެތިބީ އަޅާނުލާ. މީ އިންޑީއާގެ ނުރައްކާ މިގައުމަށް އޮތް މިންވަރު.

  10. އިއްބެ

    އިންޑިއާގެ އަސްކަރިއްޔާގެ 50 ސިފައިން ކީއްކުރަން ތީގެން އެކަކުވެސް މިތާ ހުރެގެން ނުވާނެ. ސަބަބު ވަރަށް ސާފު. އަދަކީ އިދިކޮޅު ބާޣީންތައް އަބަދުވެސް ރާއްޖޭއަށް އެރުމަށް އިންޑިޔާ އަސްކަރިއްޔާ އަށް ގޮވަމުންދާތީ! ތިފިޔަވަޅު ސަރުކާރުން ކޮންމެހެންވެސް އެބަ އަޅަން ޖެހޭ. މިހާރު މާލަސްވެސް ވެއްޖެ. ޙަޤީޤަތް ނޭންގޭ ތިޔަފަދަ ބަޔަކު މިތަނުގައި ތިބުމަކީ ޤައިމީ ސަލާމަތަށް ހުރި ނުރައްކަލެއް. އަވަހަށް ފޮނުވާލާ! އަހަރެމެންގެ ގަޓު ރައީސް އަށް ހަމަ ސާބަސް!

  11. މުހައްމަދު

    އަސްލުހަގީގަތުގަ އެމީހުން މިގައުމުގަ ސްޕައި ކުރީ. މިހެންވާން ޖެހުނީ ސިފައިންގެ އިހުމާލުން. ސްޓެޓެޖިކް ޕްލޭނެއް، ވިސްނުމެއް ސިފައިންގެ ވެރިންގެ ކިބައިގަ ނެތީމަ. މީ ހަގީގަތަކީ. ސިފައިންގެ ކޮލެޓީ މިއިންމިއެގެނީ. ގައުމުގަ އެހެން ބަޔަކު އުޅޭނެ ގޮތަކަށް އުޅެފަ އެދަނީ. ކޮބާ ގައުމު ދިފާއު ކުރުމަކީ؟ ކައިގެން ތިއްބަކަސް ނުވާނެ.

  12. ވިސްނާ

    ދެހެލިކޮޕްޓަރާއެކު އަސްކަރިއްޔާގެފަންސާސްސިފައިން ހަރަކާތްތެރިވުމުގެބޭނުމެއްނުވިސްނޭ
    ތީގައި އެހެންބޭނުމެއްވާހެން ހާދަހީވެޢޭ ހެލިކޮޕުޓަރުތަކާއެކު ސިފައިންފުރަންއެންގެވީތީ
    އުފާކުރަން ވިސްނެނި ޔާމީންވެރިކަމުގައިހުންނަވަނިކޮށްރާއްޖެއަށް ނުރައްކާވެދާނެދޮރުތައް
    ބަންދުކުރައްވާނެކަމަށް

  13. ޢަންނި

    ހެލިކޮޕްޓަރު ނެތީމަ އިގޭނީ ވާއުނދަގޫ

    • މަހަސީރު

      ގައުމު އަޅުވެތިވީމާ އެނގޭނީ ވާ އުނދަގޫ.

  14. ޣާދިރު

    މިއަދު އައްނި އެހުރީ ކުޅިބަލަން..މިހުރިހާ ކަމެއް ކުރި މީހަކީ އައްނި..އިންޑިޔާގެ މިލިޓަރީ ގޮޑުގަ އޮތް ތިޔަދެ ހެލިކޮޕްޓަރަކީ ހަމަ ހަގީގަތުގަވެސް އަބަދު މަރާމާތުކުރަންޖެހޭ އެއްޗެއް..

  15. sandhuvaa

    އެމީހުން އެތިބީ ވަކި ހިއްޕާފަ. އެމީހުންގެ މަޅީގައި ޖެހުނުކަން ހިތާމަޔަކީ. ދެން އެމީހުން ބާލަން ހަނގުރާމައެއްނުކޮށް ވާނެބާވައޭ ހިތަށްއަރާ ދެރަވޭ.
    1988ގައިވެސް އިންޑިއާއިން އުޅުނު ތަތްކޮށްލަން. ރައީސް މައުމޫންގެ ދުރުވިސްނުންފުޅުން އެފަހަރު ކާމިޔާބުނުވީ.
    ބަންގާޅުމީހުންނާ އިންޑިއާމީހުން އަރުވާކަށްނުވާނެ. އެއީ ނުރައްކައުތެރި ދެބައިމީހުން.

  16. 50

    ބަލަ 50 މީހުންގެ ޚަރަދު 500 މީހުން ނާ ނުބައްދަލު .މުޅި ތަނުގަ އެމީހުންގެ ބާރު. ޢަސްލު ހަގީ ގަތުގަ އެމީހުން ބޭނުން ވަނީ އަތްގަދަ ކުރަން.

  17. ޜަނި

    ރަންގަޅު. ފޮނުވާ ލާ.

  18. މުހައްމަދު

    މިރާއްޖޭގައި އިންޑިއާ 100 ވަރަކައް ޖާސޫސް ކުރާ މީހުން އުޅޭ.އެމްބަސީގެ އެކި އެކި މަގާމު ތަކުގަޔާ ހެލިކޮޕްޓަރ ގަ.އަދި މި ނޫންވެސް ތަންތާގަ.

  19. މަ މިއު މަ

    ބަލާބަލަ ތަޅާ ދުންބުރުވާ ލާރި. ހެލިކަޕްޓަރެއް ރާއްޖެ އަށް ގަނެވިދާނެ، އެކަމަކު ތިދޭތި މިތާ ބާއްވާނެ ކަމެއް ނެތް

  20. ޖޮއްބެ

    ތިޔަ ދެ ހެލިކޮޕްޓަރުގެ ބަދަލުގައި ދެ ގެރި ދޭށޭ މޯދީ ކައިރީ ބުނެގަ.

  21. ޙިޔް

    3 ނޮވެމްބަރ 1988 ގައި މި ބިމުގައި ފައިހަރުކޮށްލަން ލިބުނު ފުރުސަތުގެ ބޭނުން ނުހިފުންމުން ދެންވެސް ބޭނުންވީ ކޮންމެވެސް ގޮތަކަށް މިތަނުގައި ބަޔަކު ބައިތިއްބަން ކަމަށް ގަބޫލް ކުރެވެނީ އެގޮތުން ދެން މި ބޭނުން ކުރީ ޓްރޯޖަން ހޯސް ތިއަރީ ކޮންމެ ހެލިކޮޕްޓަރަކާ އެކު 25 މީހުން.

  22. ހާލިގޭ

    ހާލިގޭ ހެޔޮދުއާސަލާން ބޭބޭ ކަލޭ ހަމަމިހާރު ދާންވީ ތި ސްޕައިކުރާ ހެލިކޮޕުޓަރު ތަކާއެކީ. ގެޓްއިޓް؟ ގުޑްގުޑް! އައްޗާހޭ.

  23. ބޯސަން

    ގެންދަން ލަސްވެއްޖެއް...ރޭޕް އިންޑިޔާ އިން މިތަނުގަ ތިބެގެން ޖަސޫސް ކުރުން ނޫން ކަމެއް ނުކުރޭ..ވަރަށް ފަހުރު ވެލާފަ ބުނާނެ ރާއްޖެއަކީ އަހަރަމެންގެ އަވަށެކޭ..އެމީހން ދެކޭ ހުވަފެނެއްއެއީ ވަކަރަށް ކުރިން ސުރެއް...ރޭޕް އިންޑިޔާ

  24. ސްުވާސްތި

    ހެޔޮދުއާ ސަލާމާއެކީ ފުރަންވީ. ފަސިންޖަރުގެ ގޮތުގައި ހާލިގޭ

  25. ވިނިވިޑިވިސި

    އިންނާނެ އަހަރެންވެސް ރައްޓިއްސަކު އިންޑިޔާއަށް ކުރި ދަތުރަކު ދަރިން ކުޅެން ހެލިކޮޕްޓަރެއް އިންޑިޔާ އިން ގެނެސްފަ. ދަރިއަށް އެ ދުއްވަން ދަސްކޮށްދޭން އިންޑިޔާގެ 10 ސިފައިން ފޮނުވާލަދީބަލަ ޔުނިފޯމް ފޮއްޓަކަށް ލާފަ. ނަމަނަމަ ޔުނިފޯމް އަޅާގެން ނާންނަން ބުނާތި. ދަރިފުޅު ވަރަށް ރޯނެ

  26. 50 ސިފައިން؟

    މިހާރު ތިޔަ 50 ސިފައިންގެ ޢަދަދު 2000 ށް އަރާފައިވާނެ ކަމަށް ބެލެވޭ

  27. ޙަސަންސީ

    ތިއީ ވަރަށް ނުރައްކާތެރި ބައެއް ރައްޔިތުން ނިކުމެ ތިމީހުން ޤައުމުން ބާލަންވީ. އިންޑިއާ މީހުންނާ އެއްކޮޅަށް މިއަދު ވާހަކަ ތިދައްކާ މީހުން މާދަމާ ރޯނެ.

  28. ވަސީލު

    2 ދުވަސްކުރިން ވެސް އުޅެންޖެހުނީ ކުއްލި ހާލަތުގަ އައްޑޫއިން މާބަނޑު އަންހެނަކު މާލެ ނުގެނެވިގެން. ކަލޭމެން ތިކިޔާ އެއްޗެއް ދިމާވާގޮތެއް ނުވިސްނޭ. އަނެއްކާ ތި ދައްކަނީ ކަލޭމެންގެ ޖީބު ބޮޑުވާ ވާހަކަތަ؟

  29. އޮގަރު

    މިދުވަސްކޮޅު އަނެއްކާވެސް މޯދީ އަނގަ ހުޅުވައިގެން އެއުޅެނީ އިންތިޚާބަށް ނުފޯޒްފޯރުވޭނެކަމަށްހިތާ! ދިވެހިންގެ ތެރޭ ދެތިން ގުންޑައިންފިޔަވާ އިންޑިޔާއަށް ތާއީދުކުރާ ބަޔަކު ނުތިބޭނެ!

  30. ޢަހުމަދު

    ޕައިލެޓް ގޮތުގައި އަދި އިންޖިނިއަރުންގެ ގިތުގައި ތިބީ މުޅިން އިންޑިއާ ސިފައިންގެ ޚާއްސަ ޖާސޫސް ކުރާމޫހުން!