ތ. ބުރުނީގައި ރުކަކުން ޖެހި މީހަކު ނިޔާވެ، އިތުރު ބަޔަކަށް ބޮޑެތި އަނިޔާތަކެއް ވެއްޖެއެވެ.

ބުރުނިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ، އެހާދިސާ ހިނގާފައިވަނީ މިއަދު ހަވީރު 16:30 އެހާކަންހާއިރު ކަމަށެވެ. ހާދިސާގައި އަނިޔާވެފައިވަނީ ހުސް ބިދޭސީންނަށް ކަމަށާއި ނިޔާވީ ވެސް ބިދޭސީއެއް ކަމަށް އޭނާ ބުންޏެވެ.

އެމީހުންނަކީ އެމްޓީސީސީ މަސައްކަތު ރަށަށް ގޮސް އުޅުނު ބައެއް ކަމަށް ވެސް އޭނާ ބުންޏެވެ.

އެމީހާ ބުނީ، ހާދިސާ ހިނގާފައިވަނީ ބިންމަތީގައި އޮތް ރުއް ބުޑެއް ހައިމާކަރަށް ނަގައިގެން އެނބުރު ގަޑީ އެރުއް ވިއްސައިގެން ގޮސް އެމީހުންގެ ގައިގައި ޖެހިގެން ކަމަށެވެ.

އޭނާ އިތުރަށް ބުނީ، ހާދިސާ ހިނގުމާއި އެކީ އެމީހުންނަށް ފަރުވާ ދިނުމަށް ރަށު ސިއްހީ މަރުކަޒަށް ގެންދެވުނު ކަމަށާއި ނަމަވެސް އިތުރު ފަރުވާ ބޭނުންވާތީ ދ. ކުޑަހުވަދޫ ހޮސްޕިޓަލަށް ފޮނުވާލާފައިވާ ކަމަށެވެ. އަދި އެތަނުން އެކަކު ނިޔާވީ ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ކަމަށް ވެސް މައުލޫމާތު ލިބޭ ކަމަށް އެމީހާ ވަނީ ބުނެފައެވެ.

މިހާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، ބުރުނީގައި ރުކެއް ފުރޮޅަން އުޅުމުގެ ތެރޭގައި ހަތަރު މީހަކަށް އަނިޔާވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 16:44 ގައި ކަމަށާއި ހާދިސާގައި އަނިޔާވި މީހުންނަށް ރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް ކުޑަހުވަދޫ ހޮސްޕިޓަލަށް ފޮނުވުނު ކަމަށެވެ.

ކުޑަހުވަދޫ ހޮސްޕިޓަލަށް ފޮނުވުނު ނަމަވެސް އެތަނުން އެކަކު ނިޔާވެފައިވާ ކަމަށާއި ތިން މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ، ފަރުވާ ދެމުން އަންނަ ތިން މީހުންގެ ތެރެއިން ދެ މީހެއްގެ ހާލު ސީރިއަސް ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ.

މިހާދިސާއާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ބޮޑު ދުފާ

    ރާގޮނޑި އައިލެންޑް

    15
    1
  2. Anonymous

    މަރުގެ ދިޔަ ދޭންޖެހޭނެ ނުވަތަ މަރަށް މަރު ހިފަންޖެހޭނެ.

    16
    1
    • އަހުމަދު

      ޑިމޮކްރަސީއަށް ގޮވަމުން އަދި އެއަށްޓަކާ ވޯޓުލަމުން ކޮއްކޯ މަރަށް މަރު ހިފާވާހަކަ ނުދައްކާ.... ތެލާ ފެނާއި އެކުވޭތަ؟

    • މައުސޫމް

      އިސްލާމީ ޝަރީޢަތުގަ އޮންނަ ގޮތް ތީ. ރާއްޖޭގަ ނޯވޭ އިސްލާމީ ޝަރީޢަތެއް. އޮންނަނީ ހުޅނގުގެ މަސްހުނި ވަޞޫޢީ ޤާނޫނެއް.

  3. އަލިމުތް

    ކޮބައިތަ ތިތާނގެ އަނގަ ފުޅާ ސީއީއޯ؟ ހާދަހާވާ ސޭފްޓީއެއް އަޅައިގެންނޭ ދޯ މަސައްކަތް މި ކުރުވަނީ؟