ތ. ބުރުނީގައި ރުކަކުން ޖެހި އަނިޔާވި ތިން މީހުންނަށް އިތުރު ފަރުވާ ދިނުމަށް މާލެ ގެނެސްފިއެވެ.

ބުރުނީގައި ރުކަކުން ޖެހި އަނިޔާވީ ހަތަރު ބިދޭސީއަކަށެވެ. އޭގެތެރެއިން އެއް ބިދޭސީއަކު ވަނީ މަރުވެފައެވެ. ދެން ތިން މީހުންނަށް ފަރުވާދެމުން ދިޔައީ ދ. ކުޑަހުވަދޫ ހޮސްޕިޓަލްގައެވެ.

ކުޑަހުވަދޫ ހޮސްޕިޓަލުން ބުނީ ރުކަކުން ޖެހި އަނިޔާވެގެން ފަރުވާ ހޯދަމުންދިޔަ މީހުން އިއްޔެގެ ވަގުތެއްގައި އައިޖީއެމްއެޗަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ މީހުން އިތުރު ފަރުވާއަށް މާލެ ފޮނުވިއިރުގައި ހާލު ރަނގަޅު ކަމަށް ވެސް އެ ހޮސްޕިޓަލުން ބުންޏެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު ބުރުނީގައި މި ހާދިސާ ހިނގާފައިވަނީ ބިންމަތީގައި އޮތް ރުއް ބުޑެއް ހައިމާކަރަށް ނަގައިގެން އެނބުރުނު ގަޑީ އެ ރުއް ވިއްސައިގެން ގޮސް އެމީހުންގެ ގައިގައި ޖެހިގެންނެވެ. މި ހާދިސާގައި އަނިޔާވި ބިދޭސީނަކީ އެމްޓީސީސީގެ ވަޒީފާ އަދާކުރާ ބައެކެވެ.

މި ހާދިސާ ހިނގުމާއެކު އެ މީހުންނަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ ބުރުނީ ސިއްހީ މަރުކަޒުގަ އެވެ. އެއަށްފަހު ކުޑަ ހުވަދޫއަށް ފަރުވާއަށް ފޮނުވީއެވެ.

މިހާދިސާއާ ގުޅޭ ތަހުގީގު ފުލުހުން ދަނީ ކުރަމުންނެވެ.

 

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހައިމާކަރު

    ދުއްވަން އިނީ ލައިސެންސް އޮތް މީހެއްކަމަކަށް ނުވާނެ. އެހެންވެއްޖިއްޔާ ޒިންމާވާންޖެހޭނީ ކާކުބާ؟

    ލަފާކުރެވެނީ އެއްވެސް މީހަކު ޒިންމާވާކަށް ނުޖެހޭނެކަމަށް. ޢަނިޔާލިބުނު މީހުންނަށް ކުންފުނީގެ ފައިސާއިން ހޭދަކޮށް ތިކަން އޮއްބާލާނީ. ް