ހޯމް މިނިސްޓަރ ޝެއިޙް އިމްރާން އަބްދުﷲ ޖަމިއްޔަތު ސަލަފްއާ ގުޅޭގޮތުން ޓްވީޓެއް ކުރައްވައިފިއެވެ.

އިމްރާން ރޭ ކުރެއްވި ޓްވީޓެއްގައި ވަނީ ސަލަފް ޖަމިއްޔާ އާއި އަދާލަތު ޕާޓީއާ ދެމެދުގައި ހުރި ތަފާތަކީ ދީނީ ކަމެއް ތޯ ސުވާލު ކުރައްވާފައެވެ. ނޫނީ އެއީ ސިޔާސީ މައްސަލަތަކެއްތޯ ވެސް ސުވާލު ކުރެއްވިއެވެ.

އިމްރާން ވިދާޅުވީ، އެއީ ދީނީ މައްސަލައެއް ނަމަ އެކަން ހައްލު ކުރަން އޭނާ ބޭނުންވާ ކަމަށެވެ.

"ސިޔާސީ ކަމެއް ނަމަ އެކަން އަންޑަސްޓޭންޑް ވެއެވެ. ހަމަަ ވަރަށް ނެޗުރަލް ކަމެއްތާއެވެ". ޓްވީޓް ނިންމަވާލައްވަމުން އިމްރާން ވިދާޅުވިއެވެ.

އިމްރާންގެ އެ ޓްވީޓާއި ގުޅިގެން ބައެއް ދީނީ ފަރާތްތަކުން ހިޔާލު ފާޅު ކުރައްވާފައި ވެއެވެ.

އަރަބިއްޔާ ސުކޫލުގެ ހަދީސް ޓީޗަރު އައްޝައިހް ޒަމްޒަމް ފާރިޝް ކުރި ޓްވީޓެއްގައި ވިދާޅުވީ، ސަލަފް އާއި އަދާލަތު އުފެދިގެން މިހާ ދުވަސްވީރު އެ ތަފާތަކީ ދީނީ ކަމެއްތޯ ނުވަތަ ސިޔާސީ ކަމެއްތޯ އޮޅުން ނުފިލާ ވުމަކީ ވަރަށް ހައިރާންވާ ކަމެއް ކަމަށެވެ.

"ޕްލަސް މި ޓްވީޓް އިން ފެންނަނީ ދީނާއި ސިޔާސަތު އިމްރާން ވަކި ކުރައްވާފައިވާތަން، އެއީ ސާފުކޮށް ސެކިއުލަރިޒަމް". އޭނާގެ ޓްވީޓްގައި ވެއެވެ.

އަދާލަތު ޕާޓީގެ ރައީސް، ޝެއިޚް އިމްރާން މިގޮތަށް ރޭ ޓްވީޓެއް ކުރައްވާފައި ވަނީ ކޮން ކަމަކާއި ގުޅިގެން ކަމެއް ސާފެއް ނުވެއެވެ. ފާހަަކޮށްލަން ޖެހޭ ކަމަކީ ދީނީ އެކި ކަންކަމުގައި ސަލަފް ޖަމިއްޔާއިން ބަޔާންތައް ނެރެ ހަދައެވެ.

އެގޮތުން މި ދޭތެރެއިން އެންމެ ބޮޑަށް ފާހަގަކޮށްލެވެނީ ޔޯގާ މައްސަލައެވެ.

އަދި ދީނީ ކަންކަމަށް ހޭލުންތެރި ކުރުވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އެ ޖަމިއްޔާއިން މަސައްކަތް ކުރަމުން ދެއެވެ.

ކިޔުންތެރިންގެ ހިޔާލު

31 ކޮމެންޓް

  1. ކޮމާކޯޅި

    ދިމާވެފައިވަނީ ދީނީ އަދި ސިޔާސީ މައްސަލައެއް. ސަލަފް އޮތީ ދީނާއި ސިޔާސަތު ރަނގަޅުކުރުމުގެ އުންމީދުގަ. އަދާލަތު އޮތީ އެއާ ދިމާ އިދިކޮޅައް.

    88
    5
  2. ސަލަފް އާއި އަދާލަތުގެ ކޯޅުން އޮންނަތާ އެތައް އަހަރެއް ވެއްޖެ…5 އަހަރެއް ނޫން އިނގޭތޯ…އެއަށްވުރެ މާ ގިނަ އަހަރުތައް ވެއްޖެ…އެހެންވީމަ އިމްރާން ބުނަން ތިއުޅޭ އެތި ދިމާކުރެވޭނެ އެއްވެސް ގޮތެއް ހާލަތެއް މިތާ އޮތްކަމަކަށް ނުފެނޭ…އިމްރާންނަށް ބުނެލަން އޮތީ ހިތް ތޮޅޭ އިރު މައިތިރި ކުރަށްވާށޭ…ތިދަނީ ބޭޒާރާ ގާތަށޭ..

    58
    1
  3. މުހައްމަދު

    ދުނިޔެއަށް ވިކިފަތިބޭ ސޭކުންނަކަށް ނޭނގޭނެ އަލިފާނެއް ފެނެއް ވަކި ކުރާކަށް.. ލާރި ލާރި ލާރި.. އަންނަނީ.. އަންނަނީ.. އަންނަނީ..

    64
    3
  4. އަލީ

    ތިޔައީ ސޭހެއްނޫން ތިޔައީ ސޭކެއް

    52
    1
    • އައްޔަ

      އަސްލު އެއީ މުނާފިޤެއް. ތާކު ހުރި ބޮޑު ކައްޒާބެއް.

      11
      1
  5. ސަމީޖް

    އަދާލަތު ޕާޓީއިސްލާހުކޮށް އެޕާޓީގެ އަސްލު މަގުސަދަށް އިސްކަންދޭނެއިޚުލާސްތެރި ބަޔަކު ޕާޓީގެ ހިނގާ ކޮމިޓީއަށް އައްޔަންކޮށް މިހާރު މި ތިބި މީހުންގެ ދަންތުރައިން އެޕާޓީ މިނިވަންުކުރުމަށް ޕާޓީގެ އެންމެހާ މެމްބަރުންނަށާއި ރައްޔިތުންނަށް ގޮވާލަން. އަދާލަތު ޕާޓީއަކީ ވަރަށް މާތް މަގްސަދެއް ހާސިލް ކުރުމަށް ބުރަމަސައްކަތުން އިޚްލާސްތެރި މަދު ބަޔަކު ގެނައި ޕާޓީއެއް. މިއަދު އެޕާޓީ ވަނީ ޚަރާބުވެފަ. އަދި އެޕާޓީވަނީ ދުނިޔަށްހެއްލިފަތިބި ބަޔެއްގެ ދަންތުރާގައި ފިތިފައި. ހުރިހާ މުސްލިމު ރައްޔިތުންވެސް އެޕާޓީ މި ދަންތުރްއިން ސަލާމަތްކޮއްދެއްވުން އެދިއިޚްލާސްތެރި ދުއާ މާތް ﷲއަށް ދަންނަވާ. އިމްރާނުމެން ޕާޓީއިން ބޭރުކުރޭ.

    10
    2
  6. ޢަލީ

    23 ޑިސެމްބަރު.. 23 ޑިސެމްބަރު.. 23 ޑިސެމްބަރު..23 ޑިސެމްބަރު.. 23 ޑިސެމްބަރު.. .. ހަނދާން އާކުރޭ. އަދާލަތު ވަނީ ޚަރާބުވެފަ.

    45
  7. އާދަނު

    މިމީހާ އިރާދަކުރެއްވިއްޔާ ދިގު މުއްދަތަކަށް ޖަލަށް ވަންނާނެ!

    41
    1
  8. މޫސާފުޅުބެ

    ޝޭޚް ކީއެއްކަމަކު އެމީހަކު މަޤުފުރެދުމަށްއެދޭނަމަ، އެމަގު ﷲވަނީ ފަހިކޮށްދެއްވާފައި. އެކަން އެހެން ފަރާތަކަށް ބަދަލެއް ނުކުރެވޭނެ. ޝޭޚް ކިޔާފަ އިމްރާން ކިއުން ހުއްޓާލަންއެބަޖެހެއެވެ. ޝޭޚް އެއީ ނަމެއްނޫނެވެ. ދީނީ ޢިލްމުލިބި އޭގެ މަތީގައި ދެމިތިބި ޢިއްޒަތްތެރިންނަށް ކިޔޭ ލަފުޒެކެވެ. މިހާރު އެއީ އިމްރާނެވެ. ނޫނީ އިމްރާން ޢަބްދުﷲ އެވެ. ނޫނީ އަދާލަތު ޕާޓީ އިމްރާންނެވެ. ނޫނީ ފަހަރި އިމްރާނެވެ.

    25
    • ކުޑަމަނިކެ

      އެންމެ އެކަށީގެންވަނީ ފަހަރި އިމްރާން

  9. ޖުއްބާ

    އިމުރާނާއި ޝަލަފަކީވެސް ރާއްޖެއައް އެއްވެސް ވަރަކައް މުހިންމު ބަޔެއް ނޫން. ހައްތަހާވެސް ފިތުނަ ފަސާދައާއި ހަމަނުޖެހުމާ ގާފިލުކަން.

    13
    57
    • މުހައްމަދު

      ގާފިލުކަމުގެ ނިދިން ހޭލާ ހެޔޮމަގައް ރުޖޫއަވޭ.. އަމިއްލަ ނަފްސައްވެސް އަމިއްލަ މީހާމީ ހެޔޮލަފާ މީހެއްކަން ގަބޫލު ނުކުރެވޭއިރު މީސްމީހުންގެ ވާހަކަ ދެއްކުން ރަނގަލެއްނޫން.. ޤުރުޢާން ފޮތެއް އޮތަސް އޭގައިވާ ކަންކަން ނުބަލާހާ ހިނދަކު އޭގެ ހެޔޮކަމެއް ތަސައްރަފުނުކުރެވޭނެ.

      18
  10. ާަމަރީ

    ތީ ހަމަ އެއްވަރެއްގެ ދެބައިމީހުން.. ފައިސާއަށް ދުވާ ބައެއްތީ..

    9
    49
  11. ބޭރު

    ސަލަފަކީ މިރާއްޖޭގަ ތާލިބާން ފިކުރު ދަމަހައްޓަން އުޅޭބައެއް.

    8
    43
  12. ސަލާ

    23 ޑިސެމްބަރު.. 23 ޑިސެމްބަރު.. 23 ޑިސެމްބަރު..23 ޑިސެމްބަރު.. 23 ޑިސެމްބަރު.. .. ހަނދާން އާކުރޭ. އަދާލަތު ވަނީ ޚަރާބުވެފަ.23 ޑިސެމްބަރު.. 23 ޑިސެމްބަރު.. 23 ޑިސެމްބަރު..23 ޑިސެމްބަރު.. 23 ޑިސެމްބަރު.. .. ހަނދާން އާކުރޭ. އަދާލަތު ވަނީ ޚަރާބުވެފަ.23 ޑިސެމްބަރު.. 23 ޑިސެމްބަރު.. 23 ޑިސެމްބަރު..23 ޑިސެމްބަރު.. 23 ޑިސެމްބަރު.. .. ހަނދާން އާކުރޭ. އަދާލަތު ވަނީ ޚަރާބުވެފަ.

    13
  13. ސަނާ

    އަދާލަތު ބުނަނީ އެމްޑީޕީ އަކީ ރަނގަޅު ޕާޓީއޯ.. 23 ޑިސެމްބަރު.. 23 ޑިސެމްބަރު.. 23 ޑިސެމްބަރު..23 ޑިސެމްބަރު.. 23 ޑިސެމްބަރު.. .. ހަނދާން އާކުރޭ. އަދާލަތު ވަނީ ޚަރާބުވެފަ... މީހަކު ބޯހަލާކުވެ މޮޔަވެދާނެ. ކޮބާތަ އަދާލަތުގެ މެމްބަރުން.

    16
  14. ޑރ ސާޖީ

    ދީން ސިޔާސީކުރީ ފައިސާއަށް ތި އުމްރާން.

    34
    1
  15. ކޮޔާ

    ޢިމްރާން ދީން ކިޔަވައިގެން އައިސް މިރާއްޖޭގަ ލާދީނޢްޔަތު ފަތުރަނީ މިޢިމްރާނުއަކީ ހާދަހާވާ ދައްޖާލު މީހެކޭދޯ

    23
    1
  16. ހަޒީފް

    މާދަމާ އަދާލަތު ޕާޓީއިން ބުނެފާނެ ޖޯޖު ޑަބުލިޔޫ ބުޝްއަކީ ވަރަށް ރަނގަޅު މީހެކޭ. ދެންވެސް އަދާލަތުގެ މެމްބަރުންނަށް ހަމަ ވަރިހަމަ. އަދާލަތުގެ ހިންގާ ކޮމިޓީއާއި މެމްބަރުންނާއި އެއްވެސް ގުޅުމެއް ނެތްކަމުގައި ލަފާކުރެވެނީ. އެތާ ތިބި ބަޔަކު ހަދާނެ އެއްޗެއް ހަދަންވީ. ޝޭހު ތަތްގަޑު ޖަހާފަ ތުނބުޅިއެއްލީމަ ދެން އެމީހަކު ބޭނުންކަމެއް ކުރުމުގެ އިޚްތިޔާރު ޕާޓީގެ މެމްބަރުން ދިނީތޯ ހިތަށް އަރާ. ކޮބާތޯ ޕާޓީގެ މެމްބަރުންގެ ޒިންމާ. މިވެރިން ބަދަލުކުރޭ.

    20
  17. ފަހަރިބޭ

    މި ދެން ކާކުތޯ ޓްވީޓް ކުރަން؟ މުނާފިގު ދައްޖާލުން ރަގަޅުވާނީ ޖާރިޔާއިންނާ ފަހަރިންނާއެކު ގޭގަ ތިބިއްޔާ ގައުމުގައި ފިތުނަ ފަސާދަނުއުފައްދައި

    14
    2
  18. ޒިމް

    އިމުރާނު ގޮސް އެމްޑީޕީއަށް ވަދޭ.. އެއީނުން ރަނގަޅު ދީނީ ޕާޓީއަކީ.

    25
    1
  19. ހުދު ގަމީސް

    އިހަކައްދުވަހު ޒައިދު ޓްވީޓްކުރީ، ދީނާ ހިލާފް ކަންކަން މި 5އަހަރުތެރޭ ގިނަވެ އާންމު ނޯމަލްކަމަކައް ހަދައިފިޔޭ.، އެކަމު މުއައްސަސާތައް އެތިބެނީ ނޭގޭކަމައް ހަދައިގެން ނިދާފަޔޭ". އެހެންބުނެ މާދުވަސް ނުވެ ދެންފެންނަނީ ހަމައެމީހުން ސަރުކާރައް ސަނާކިޔާ ތަން". އެހެންވީމަ އެނގޭ އެއްޗަކީ އަދާލަތު ޕާޓީގެ ނަމުގަ މިއުޅޭ ގިނަމީހުންނަކީ "ސޭހް" ޓެގް އަޅުވައިގެން ދުނިޔެވީ ފައިދާއައް އުޅޭބައެއްކަން.

  20. ޝައިޚް

    މި ޤަރުނުގަވެސް މިރާއްޖެ ދުށް އެންމެ ގޮތްކުޑަ މީހާ!

  21. ދޮރާށި

    އަދާލަތުގެ ރެޖިސްޓްރީން އަހަރެމެން ބޭރުވާނޫ! ކަލޭ ބޯކަޅުވެއްޖެ! ތުނބުޅި ގޮތް ހުސްވެ ކުރުވެއްޖެ! އަންނައުނު ކަންނޭލަކަށް އުރަ އަރުވާފަ ހުރިހުރުމަށްވުރެ ޓައިޓްވެ ހުޅަނގުގެ ނާޒިން ގެހެދުމާއި އެއްގޮތްވެ ކައްގަނޑަށް ބާރުވެ އ ށް ފިތިއްޖެ! ޖެހޭ ހައި އަންހެން ކުޅި އެހާ ބޮޑު ! ކުއްލިއަކަށް ލާރި ގަނޑު ގަނޑު ލިބި ފްލެޓް ގަނެ 5 އަހަރު ތެރޭ މުއްސަނދިވެއްޖެ! މަޤާ،މަށް އައިސް ސިޔާސީ ޕޯޑިއަމްތަކުގައި ތެޅި މުނާފިިޤު ވާހަކަތަކުގެ ތަޙްޤީޤު ކުރާކަށް ނުކެރުން. ޔާމީނު ބޮލުގައި މަރުގެ ތުހުމަތުއެޅުވީރު އެކަން ތަޙްޤީޤެއް ނުކުރެވުން!، މި ހާރު ދެން ނުކުރެވި އޮތްކަމަކީ ޝައިޠާނުން ނުންނަށް މުސްލިމު ދީނަށް ލޯބި ކުރާ ކުދިބަޔަކާ ލެޑި އެ މީހުންނަށް ހަޅޭއްލެވުން! ތިޔަ ޖެހުނީ އަދި ކިރިޔާ ޑިމޮކްރެސޫ ގައި! ދެވަނަ ދައުރު ﷲއިރާދަކުރެއްވިއްޔާ ކަލޭ އާއި ޞޯލިހު ޖެހޭނީ ފައިބާން މިގައުމުގެ ވެރިކަމުން!

  22. ނުރަބޯ

    އަދާލަތު ޕާޓީއިން ވޭތުވެދިޔަ 5 އަހަރުތެރޭ ރާއްޖޭގެ އެއްވެސް ރަށެއްގަ ތިޕާޓީގެ އެއްވެސް ގޮތްޕަކުން ހިންގި އެއްވެސް ހަރަކާތެއްގެ ލިސްޓެއް ކިޔާދީބަލަ އިމްރާން ތިތާ ހުރެގެން އަނގަފުޅާ ނުކޮށް. ކަލެޔާ އިލްޔާސްގެ ދުނިޔަވީ އެދުމަށް ތިޕާޓީއިން މަސައްކަތްކުރަނީ ނަމެއްގަ އަދާލަތު ކިޔައިގެން.

    • ޚިޔާލު 2

      ހެއުވާނި ކިހިނެއްތޯ ދީންހިމާޔްތްކުރުމުގެ ނަމުގައި ހައްގާއި ބާތިލުއޮޅުވާލާ ކަމުގައިވާނަމަ އެއީ ކިހާދެރަކަމެއްތޯއެވެ.ފަހުތިބި ދަންނަބޭކަލުންގެ ސަބަބުން ދެންރިބީން މަގުފުރެދޭނެކަމަށް އިހުތިބީން އިންޒާރުކުރި ޒަމާން ކުރިމަތިވީންނޫންތޯއެވެ.

  23. ޢީޅ

    ސަލަފަކީ ލާރިފަހާދުވާ މެސިނެއް

    2
    10
  24. Anonymous

    ދީނީ ޢިލްމުވެރިއެއްގެ ހަންގަނޑު ލައިގެން މިހާރު ދީނާ ސިޔާސަތު ވަކިކޮށްލީތަ. އެވަރު މަނިކުފާނަށް ނޭނގުނު ކަމަށް ޓަކައި ނިކަމެތި އަޅާ ލަދުގަންނަން.
    ތާރީފުކުރަން ޙައްޤުގެ މާތް ލަފުޒު ނެތިއްޔާ
    މާރީތި ގޮތެއް ނޫންހެ މަޑުން ހަނުހުރެލިއްޔާ

  25. އަހްމަދު

    އިމްރާނުގެ ތުނބުޅި މިހާރު ކުރުވަމުން ކުރުވަމުންގޮސް ހުސްވާން ކައިރި ވެއްޖެ. މަށަށްހީވަނީ އިމްރާނުގެ ކިބައިން ޝޭޚުކަން ހުސްވަމުންދާވަރަކަށް ތުނބުޅިވެސް ހުސްވަމުންދަނީކަމަށް. ދީނީ ބައި ކެނޑި ސިޔާސީ ބައި އިތުރުވަމުންދަނީކަމަށް.

  26. ޙަަަހަ

    އަދާލަތަކީ ފިރުއައުނުގެ އަދާލަތު

  27. ސަރީ

    އަދާލަތުން މިހާރު ދީނީ ދަރުހެއް ނުވަތަ ޖަލްސާއެއް ނުބާއްވާ. އެޕާޓީގެ ހަޔެއްކަ މީހުން ސަރުކާރުގެ މަގާމުތަށް ޕަކަޅާކޮއްގެން ޕާޓީ އުފެއްދި މަގުސަދު ވަޅުޖައްސާ ބާއްވާފަ އަލްމާނީ ބައިގަޑެއްގެ ތެރޭގައި އެލިގަނެގެން ތިބިތަން ވޭތުވެދިޔަ ފަސް އަހަރުވެސް ފެނިގެންގޮސްފައިވަނީ. ޕާޓީ މެމްބަރުންނަށް މާމަމެން ކާފަމެން ލައްވައި ސޮއިކުރުވައިގެން ޕާޓީ ގޮސް ތިޖޫރީއަކަށް ލާތަޅުލާފަ ތިބެ އަދާލަތޭ ކިޔާގެން މިއުޅެނީ. މި ވެރިން ބަދަލުކުރުމަށް އަދާލަތުގެ އެންމެހާލޮބުވެތި އަޚުންނާއި އުޚުތުންނަށް ގޮވާލަން. މައްސަލައަކީ ޕާޓީއެއްނޫން މައްސަލައަކީ ކަބްޒާކޮއްގެން އޮބިއަޅައިގެން ތިބި ވެރިން. ޕާޓީ މެމްބަރުން އެބަޖެހޭ ފަރުދީ ޒިންމާ އަދާކުރަން ޕާޓީއިން ކުނިބުނި ނެރެ ސާފުކޮއް ޕާޓީ އުފެއްދި ހަގީގީ މަގުސަދަށް ޕާޓީގެ ހިންގުމާއި ވައްޓަފާޅި ބަދަލު ކުރަން އެންމެން ވެގެން މަސައްކަތްކުރަންޖެހޭ. އަދާލަކީ މިހާރު ބަަޔަކުގެ ޕުރައިވެޓް ކުންފުންޏެއްފަދަ އެއްޗެއް.