އަމީނީމަގު ގަލޮޅު ޕޮލިސް ސްޓޭޝަން ކުރިމަތިން ވެރިއަކު ނެތް ފައިސާތަކެއް ފެނިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވާތީ، އެތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ިފުލުހުން ވިދާޅުވި ގޮތުގައި މިފައިސާތައް ފެނިފައިވަނީ މި މަހުގެ 7 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި އަމީނީ މަގު ގަލޮޅު ޕޮލިސް ސްޓޭޝަން ކުރިމަތިންނެވެ.

މިފައިސާތަކުގެ ވެރިފަރާތުން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަމްބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އިނގޭ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގއަށް ހާޒިރުވެ، ފައިސާއާ ހަވާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.

އަދި މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. މޯޑު

    ތީގެންކިހާފައިސާއެއް މިވަގުތު ބެލުމުގެދަށުގައި އެބަހުރިބާ؟