ށ. މާއުނގޫދޫ ގޮނޑުދޮށް ހިމާޔަތް ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ. އަދި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއޯއޯ ޝާހިދު ހުސެއިން މޫހާއެވެ.

މި އެއްބަސްވުމުގެ ދަށުން ރަށުގައި ފާހަގަ ކުރެވިފައިވާ އެ ރަށުގައި ފާހަގަ ކުރެވިފައިވާ ރަށްގިރުމުގެ މައްސަލަ ހައްލު ކުރުމަށްޓަކައި ރަށުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ކުރިއަށް ދާނެއެވެ.

މި މަޝްރޫއުގެ ދަށުން 450 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ހަމަޖެހިފައިވެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ 120 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 93 މިލިއަން ރުފިޔާއަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ލުޠުފީ

    93މިލިއަން ރުފިޔާ ޚަރަދުކޮށްގެން ބިން އޮތް އަދި ބިން ބޮޑުކުރެން އޮތް ރަށަކަށް ތިޔަ ރަށު މީހުން ބަދަލުކުރުމުގެ މަސައްކަތް ފެށިއްޔާ މާ ތާހިރުވާނެ. މިހާރުވެސް ގިނަ ޒުވާނުން ދަނީ އެހެން ރަށްރަށަށް ބަދަލުވަމުން.