އެމްޑީޕީގެ ރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، ވެރިކަން ކުރާ މައިޕާޓީ، އެމްޑީޕީ ހަލާކު ކޮށްލާނެ ކަމަކަށް ދުވަހަކު ވެސް ހީ ނުކުރާ ކަމަށް މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެމްޑީޕީގެ ފަރާތުން ވާދަ ކުރައްވާނެ ކެނޑިޑޭޓަކު ހޮވުމަށް ބޭއްވި ޕްރައިމަރީގައި ރައީސް ނަޝީދަށް ލިބުނު ނާކާމިޔާބީއާއި ގުޅިގެން ނަޝީދު ވަނީ އެމްޑީޕީގެ ތެރެއިން "ފިކުރެއްގެ ދިރުން" ފެކްޝަނެއް އުފައްދަވާފައެވެ. އެކަމާއި ގުޅިގެން ގިނަ ބަޔަކު ވަނީ ނަޝީދު އެމްޑީޕީ ހަލާކު ކޮށްލަން މަސައްކަތް ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

އަދި ނަޝީދު އަންނަނީ ވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަޅިއަށް ނާރުއްވާނެ ކަމަށް ބުނެ، ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.

އެފަދަ އަޑުތަކެއް ގަދަވެފައިވާ ދަނޑިވަޅެއްގައި މަވޯޓާ ކުރެއްވި ޓުވިޓެއްގައި ވިދާޅުވީ، ޑިމޮކްރަސީގެ ޗެމްޕިއަން ކަމަށް އަމިއްލައަށް ބުނާ މީހާ އެމްޑީޕީ ހަލާކު ކޮށްލާނެ ކަމަކަށް ދުވަހަކު ވެސް ހީ ނުކުރާ ކަމަށެވެ.

އޭނާ ވިދާޅުވީ، އެމްޑީޕީއަކީ ނަޝީދަށް ސިޔާސީ މައިދާނުގައި ލިބުނު ކާމިޔާބީތަކުގެ އަސްލު ކަމަށާއި އެޕާޓީއަކީ ނަޝީދު މިއަދު އެ ހުންނެވި ބޭފުޅާއަށް ހެއްދެވި ޕާޓީ ކަމަށެވެ.

ކިބުރުވެރިކަން ފާޅު ކުރުމަކީ އެހެން ލީޑަރުންގެ ގައިގައި ހުންނަ ސިފައެއް ކަމަށާއި ރައީސް ސޯލިހު ވެރިކަމާއި ހަވާލުވި ފަހުން ނަޝީދު އެމްޑީޕީ ހަލާކު ކޮށްލުމުގެ މަސައްކަތް ފެށި ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. Anonymous

    ލާދީނީމީހާ ހެޔޮކަމެއް ނުކުރާނެ. ލާދީނީމީހާ މުޅިންވެސް ކުރާނީ ނުބައި ކަންކަން. ލާދީނީމީހާ އެމްޑީޕީ ހަލާކުކޮށްލި ގޮތަށް، ލާދީނީމީހާ ޖޭޕީ ވެސް ހަލާކުކޮށްލާނެ. ލާދީނީމީހާއަކީ ބޮޑު ހަލާކެއް.

    12
    2
  2. ގުނބޯ

    ޢެމްޑީޕީހަލާކުކުރީތިޥޯޓާ

    18
    3
  3. މަންމާފުޅު އަދުރޭ

    މަވޯޓާމެންނާއެކު ޑީއާރުޕީ ހަލާކުކޮށްލާފައައި ބައިގަނޑު އެމްޑީޕީގަ ވަކިހިއްޕާލާ ޕާޓީގެ އަސާސްތައް މުގުރާލާ ކޮރަޕްސަން ހިންގަމުން އަމިއްލަ އަންބޮޑި ބޮޑުކުރަމުން އާއިލާ އެންމެންނަށް ބޮޑެތިމަޤާމްތައްދެމުންދަނީ، އެމްޑީޕީގެ ހާޑުކޯމެމްބަރުންނާ ވެރިކަންގެންނަން އެންމެބޮޑައް މަސައްކަތްކުރި މީހުންތިބީ އެއްފަރާތްކޮށްފަ، މަވޯޓާއަށް ލިބެމުންދާ ނާޖާއީޒް ފައިދާގެ ސަބަބުން ތިގޮތައް އަނގައެރުވުންނޫން ކަމެއްދެންނެއް، ތިކަމައްދެންއޮތީ ބާކީ 5މަސް ވަރަށް ސަލާން

    18
    2
  4. ބަދަވި

    އަސްލުއެމްޑީޕީ ހަލާކުކުރީ ނަޝީދެއްނޫން ޑީ އާރް ޕީން ދިޔަ ބައިގަނޑެއް

    21
    2
  5. ރާއްޖެ

    އަސްލު ވާގޮތަކީ ނަޝީދު އަބަދުވެސް ބޭނުންވަނީ ވެރިކަން.. ބަލި ގަބޫލު ނުކުރެވުން އެއީ އެންމެ ބޮޑު މައްސަލަ. އެއީ ޑިމޮކްރަސީ ދެއްތޯ..

    1
    2
    • ހައްޖަށްދާންތަ؟

      ސޯލިހު ރާޖުކުމާރު އެއުޅެނީ ކޮން ކަމަކާ ޔޯ؟

  6. ކުރު ކަލޯ

    ހުރިހާ ޕާޓީ އެއް ވެސް ހަލާކުވާނެ! މިހާރު އެމް ޑީޕީ ނިމުނީ! ދެން ފިކުރެއްގެ ދިރުން އޮންނާނީ!

  7. Anonymous

    މަވޯޓާހޭބައްޔާ އެމްޑީޕީގެ ތިލަފަތުގެ އެއްފަތައް މައުމޫނު އަނެއްފަތައް އިމްރާން ލައިގެން ސުލޯލިހު އެތިލަފަތް ހިފައިގެން ހުރީމާ އެއީ އެމްޑީޕީއަށްވާނެތޯ؟؟އެމްޑީޕީ އުފެއްދީ މައުމޫނުގެކިބައިން މިގައުމުސަލާމަތްކުރުމުގެ މަގުސަދުގަ !!އެކަމަކު މިހާރު ގައުމުހިންގަނީ މައުމޫނު!!

  8. ހަންޑިކުޑަ

    ޝަރީފޫ! ޝަރީފޫ! ތަ ދުވަހަކުވެސް ކޮސް ގޮވާނެ ކަމަކަށް އަފިރިންގެ ހިތަކަށް ނާރައެވެ. ޝަރީފޫއެވެ. އިބަ މިހާރު ތިޔަ ކޮސް ގޮވަން ފެށީއެވެ. ރަގަލުވާނީ ލަސް ނުކޮއް ޑޮކްޓަރަކަށް ދެއްކިއްޔާއެވެ.

    11
  9. އަހަންމަދުު

    މަވޯޓާ އަކަށް ނަޝީދެއް ނޭގޭނެ. ތިއީ އަޢްޑޫ ކޫދެއްނޫން. ނަޝީދުގެ އަމިއްލަ ދިރިއުޅުން ދިރާސާ ކޮށްލަބަލަ. އެއިރުން ވަރަށް ސާފުކޮށް އެގޭނެ މީހާގެ ހުރި ނާޤާބިލުކަން. އަދި އެގޭނެ އޭނާއަކީ ޤައުމަށް ހެޔޮއެދޭ މީހެއް ނޫންކަން. އޭނާ ބޭނުމީ އަމިއްލަ ޖާހު ބޮޑުކުރުންކަން.