އައްޑޫސިޓީގައި މި ދުވަސްވަރު ޑެންގީ ހުން ފެތެރެމުންދާތީ އެ ބަލިން ރައްކާތެރިކަން ހޯދުމަށްޓަކައި މަދިރި ނައްތާލަން މަދިރި ދުން ޖަހަން އައްޑޫސިޓީ ކައުންސިލުން ނިންމައިފިއެވެ.

އައްޑޫ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ، މި ދުވަސްވަރަކީ އައްޑޫގެ އެކި އަވަށްތަކުގައި ޑެންގީ ހުން ފެތުރެމުން އަންނަ ދުވަސްވަރަކަށްވުމާއެކު، މި ބަލިން ރައްކާތެރި ވުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުގައި މަދިރި އުފެދޭ ތަންތަން ނައްތާލުމާއި މަދިރި މަދުކުރަން އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހިފައިވާ ކަމަށެވެ.

އެހެން ކަމުން މާދަމާއިން ފެށިގެން އައްޑޫސިޓީގެ ހުރިހާ އަވަށެއްގައި ގަވާޢިދުން މަދިރި ދުން ޖެހުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނެ ކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އައްޑޫގައި ޑެންޖީ ހުން ފެތުރޭތީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ވަނީ އާންމުން އެކަމަށް ސަމާލުވުމަށް އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަވާސާ ހަމީދު

    ތިޔަ ދުންޖަހަންވެސް ކުރިން ވަގުތުތަކެއް އޮވޭ މިހާރު ޑިމޮކުރާތީގައި ވަގުތެއް ނެތީތޯ؟ ބޭނުންކޮންމެ ވަގުތެއްގައި ޖެހޭއެއްޗެއްނޫން ތިޔަ ދުމަކީ އެގޮތަށް ޖަހަންޏާ އެކުރެވެނީ އިސްރާފު ވީމާ، ކައުސިލްތަކުން ކުރިއަސް އިންޑިޔާގެ ޓާޓާ ކުންފުނިން ހަދާ އިމާރާތުގައި އެކްނ ކުރިޔަސް ބޭނުންހާ އެރެއްގައި ބޭނުންވަގުތެއްގައި ބޭނުން މޫސުމުއްގައި މިކަމެއް ނުކުރެވޭނެ! ރަގަޅުގޮތަކީ ވިއްސާރަ ނޫން މޫސުމެއްގައި ފަތިހު 5.30 އާއި 7.00 އާއި ދެމެދު ނުވަތަ ހަވީދު 6.30 އާއި 7.30 އާއި ދެމެދުގެ ގަޑިތަކުގައި މިކަނކުރުން!