އިންޓެލްގެ ކޯ ފައުންޑާ ގޯޑަން މޫރް މަރުވެއްޖެއެވެ.

"އިންޓެލް އެންޑް މޫރް ފެމިލީ ޗެރިޓަބަލް ފައުންޑޭޝަން" އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭނާ މަރުވީ މިދިޔަ ހުކުރު ދުވަހު ހަވާއީގައި ހުންނަ އޭނާގެ ގޭގައި ކަމަށެވެ. އޭނާ މަރުވިއިރު އުމުރަކީ 94 އަހަރެވެ.

އޭނާއަކީ މައިކްރޯޕްރޮސެސަރ އިންޑަސްޓްރީގެ އެންމެ އިސް ފަންނުވެރިޔާއެވެ. ޒަމާނީ ޓެކްނޮލޮޖީގެ ބަދަލުތައް ގެނައުމުގައި އެންމެ އަރާ ހުރި އަދި ކުދި ޑިވައިސްތަކާއި މޮބައިލްގައި ބޭނުން ކުރުމަށް ވަރުގަދަ ކުދި ޗިޕްތައް އުފެއްދުމުގައިވެސް އޭނާގެ ޙިއްސާ ވަރަށް ބޮޑެވެ.

މޫރަކީ ވަރަށް ހުނަރުވެރި މީހެކެވެ. އޭނާ ވަކިވެގެން ދިޔައީ ދުނިޔެއަށް އޭނަގެ އެތައް ހަނދާންތައް ދޫކޮށްފައެވެ. ކެމިކަލް އިންޖިނިއަރިން ރޮނގުން ޕީއެޗްޑީ ހާސިލުކޮށް، ފިޒިސިސްޓް ރޮބަރޓް ނޮވިސްއާއެކު އޭނާ އެމްއެމް އިލެކްޓްރޮނިކްސް އުފެއްދިއެވެ. ފަހުން އެ ދެމީހުން "އިންޓެލް" ގެ ނަން 15،000 ޑޮލަރަށް ގަނެގެން އާ ކުންފުންޏެއް ހަދައި، މޫރް ވަނީ 1979 އާއި 1987 އާ ދެމެދު އެ ކުންފުނީގެ ސީއީއޯގެ މަގާމު އަދާކޮށްފައެވެ.

މޫރުގެ ދިރިއުޅުމާއި ކެރިއަރުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ފޮތެއް ވެސް ވަނީ ނެރެފައެވެ. ކެލިފޯނިއާގައި އޭނާ ހޭދަކުރި ޅަފަތުގެ ދުވަސްވަރުން ފެށިގެން ކެލިފޯނިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގައި ތައުލީމު ހާސިލްކުރި ޒަމާން މިފޮތުގައި ތަފްސީލުކޮށްފައި ވެއެވެ. އަދި ސެމީކޮންޑަކްޓަރ އިންޑަސްޓްރީގައި މޫރުގެ މަސައްކަތާއި ފަހުން، ޝޮކްލީ ސެމީކޮންޑަކްޓަރ ލެބޯޓްރީގައި އޭނާ މަސައްކަތްކުރި ދުވަސްވަރުގެ ވާހަކަތަކަށް ފަހު ރޮބަޓް ނޮއިސްއާ އެކު އިންޓެލް އެ ނަން ގަނެގެން އިންޓެލް އުފެއްދި ދުވަސްވަރަށް އަލިއަޅުވާ ފައި ވެއެވެ.

މޫރްސް ލޯ: ދަ ލައިފް އޮފް ގޯޑަން މޫރް، ސިލިކަން ވެލީސް ކިއުޓް ރިވޮލިއުޝަނަރީ" އަކީ ޖުމްލަ 16 ބާބުގެ މައްޗަށް ހިމެނޭ ފޮތެކެވެ.

އެމެރިކާގައި ސެމީކޮންޑަކްޓަރ އުފައްދާ އެންމެ މުހިންމު އެއް ކުންފުނި ކަމަށްވާ އިންޓެލް އިން އެންމެ ފުރަތަމަ މައިކްރޯޕްރޮސެސަރ ތައާރަފްކުރީ 1971 ގައެވެ. މިއަދު އެކުންފުންޏަކީީ މުއްސަނދިކަމުގައި ދުނިޔޭގެ ތިންވަނަ ކުންފުންޏެވެ.

"މޫރްއަކީ އިންޓެލް ކުންފުނީގެ ފެށުމެވެ. އިންޓެލް ކުންފުނީގެ ޗިޕަކީ އާންމުކޮށް ގިނަ ކޮމްޕިއުޓަރުތަކުގައި ބޭނުންކުރާ މައި ސިކުނޑިއެވެ.

 

ކިޔުންތެރިންގެ ހިޔާލު