ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދަކީ ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމަށް ކުޑަ އެއްޗެއް ނޫން ކަމަށް ގާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ނަވާޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ގާސިމް ވަނީ ސެޕްޓެމްބަރު 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަ ކުރައްވަން ނިންމަވައި ޖޭޕީއާ އެކުގައި ކޯލިޝަން ހެދުމަށްޓަކައި ސިޔާސީ ބައެއް ޕާޓީތަކަށް ރަސްމީކޮށް ދައުވަތު ދެއްވައިފައެވެ. އޭގެ ތެރޭގައި އިދިކޮޅު އެންމެ ބޮޑު ޕާޓީ، ޕީޕީއެމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމް އާއި އެމްއެންޕީ ހިމެނެއެވެ.

މި ތިން ޕާޓީގެ ތެރެއިން ޕީޕީއެމުން ބުނެފައި ވަނީ އެ ޕާޓީން ރިޔާސީ އިންތިހާބުގައި އެއްވެސް ބައެއްގެ ފަހަތަށް ނާރާނެ ކަމަށެވެ. އެމްއެންޕީން ވެސް ބުނެފައި ވަނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެ ޕާޓީން ޖޭޕީގެ ފަހަތަށް ނާރާނެ ކަމުގެ ޔަގީން ދީފައެވެ. އެމްއާރުއެމް އިން ވަކި ގޮތެއް ނުނިންމައެވެ.

ޕީޕީއެމުން ބުނެފައިވާ ގޮތުގައި، އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީނެވެ. ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވި ނަމަވެސް، ޔާމީންގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމުގެ ޔަގީން ކަން ޕީޕީއެމް/ޕީއެންސީ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ގަބޫލު ކުރައްވައެވެ.

އަނެއްކޮޅުން، އެމްއެންޕީން ވަނީ އެ ޕާޓީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް ރިޔާސީ ޓިކެޓު ދީފައެވެ. ގާސިމްގެ ޖޭޕީއާ އެކުގައި ހަމައެކަނި މަސައްކަތް ކުރަން ނިންމާފައި ވަނީ ނަޝީދުގެ "ފިކުރެއްގެ ދިރުން" ޓީމެވެ.

ގާސިމަށް އޮތީ ހަމައެކަނި ނަޝީދުގެ ތާއީދު ކަމަށާއި ސިޔާސީ ޕާޓީއެއްގެ ތާއީދު ނެތް ކަމަށް ބުނަމުން އަންނާތީ އެކަމަށް ރައްދު ދެއްވައި ނަވާޒް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނަޝީދުގެ ތާއީދަކީ ކުޑަ އެއްޗެއް ނޫން ކަމަށެވެ. އަދި މައްސަލައަކީ ކޮބައިތޯ އޭނާ ވަނީ ސުވާލު ކުރައްވައިފައެވެ.

ނަވާޒް ވިދާޅުވި ގޮތުގައި ސިޔާސީ ޕާޓީއަކުން ބޭނުން ވާނީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވަކިން ވާދަ ކުރާށެވެ. އަދި ގާސިމް އިންތިހާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

"ގާސިމް އިންޝާ ﷲ އިންތިހާބު ކާމިޔާބު ކުރައްވާނީ އެއް ބުރުން." ނަވާޒް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމް ވަނީ 2008 އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް ވާދަކުރައްވައިފައެވެ. އެ ދެ އިންތިހާބުގައިވެސް ދެވަނަ ބުރަކަށް ދާން ބޭނުންވާ ވަރަށް ގާސިމަށް ވޯޓު ހޯއްދެވިފައެއް ނުވެއެވެ. ނަމަވެސް ޖޭޕީގެ ލީޑަޝިޕްގައި ތިއްބެވި ބޭފުޅުން ގަބޫލު ކުރައްވާ ގޮތުގައި މިފަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގެ އެންމެ ފަހި ފުރުސަތެއް އޮތީ ގާސިމަށެވެ.

ކިޔުންތެރިންގެ ހިޔާލު

25 ކޮމެންޓް

  1. މާމިގިލި މީހާ

    ވަޓް އަ ޖޯކް!😂 ތިހިރީ ވެފަ!

    16
    1
  2. Anonymous

    ﷲ ގެ ރަސޫލާއަށާއި ﷲ ގެ ދީނަށް ފުރައްސާރަކޮށްފައިވާ ލާދީނީމީހާއާ އެކު ޑީލް ހަދައިގެން ލިބޭނެ ޙަޤީޤީ ކާމިޔާބެއް ނޯންނާނެ. ލާދީނީމީހާއާ ގުޅިގެން ކުރާ ކަމެއްގައި ﷲ ބަރަކާތެއް ނުލައްވާނެ.

    28
  3. ދިވެހިން

    ހެޔޮވިސްނޭ މީހަކު ނަސީދު ފަޅިޔަށް ނާރާނެ

    22
    2
  4. ސޯލިހް 2023

    ހުވަފެނެއްގައި ތި އުޅެނީ.ނަޝީދު ގެ ވެރިކަން ވައްޓާލުމުގައި ހިނގި ހަމަނުޖެހުމުގައި އިސްކޮށް އުޅުނު އެކަކު ތިޔައީ އަދި ތިޕާރޓީގެ ވެރިޔަކީ ވެސް އޭގެ މުލުގައި ހުރި އެކަކު ކަމަށް ބުނާކަށް ނެތިން. އެންޑީޕީ މީހުން އަދި ހަނދާނެއް ނުނެތޭޔޭ ނަޝީދު މޮޔަކަމުން އެހެން އުޅުނެއްކަމަކު.

    12
    2
  5. އިބޫޓް

    އިބޫ އަށް ހާދަ ސަޕޯޓް ބޮޑޭ

    7
    11
  6. އާދަނު

    ނަޝީދުގެ ތާއީދަކީ ކުޑައެއްޗެއްނޫން! އެހެނަސް އެތާއީދު ޤާސިމަކަށް ނުދޭނެ! ޤާސިމަކީ ހެއްދިގޮތަކަށް ހެދޭ ، ދެކެވޭ ވާހަކަތަކަށްވެސް ވިސްނާ ބޭކަލެއްއ ނޫން! ދެން އަމުދުން ވެރިކަމަކާ ޙަވާލުވާއިރު މީހާގައި ޤާބިލްކަމެއްވެސް ހުންނަންޖެހޭ!

    6
    1
  7. ދަލޭކަ

    ކަލޯގެޔާ..މި ޤާސިމް މިއީނީ ދެން ވަރަށް ހެދިފަ..ހަމަ ރައީސުލް ޖުމްހޫރިއްޔާ ވެފަ..ރައީސް ކަމާއި ހެދި މޮޔަފުޅުވަނީ.

    5
    1
  8. ދފސދފދސ

    ގާސިމްގެ ކެމްޕެއިން ފެށުނީމާ މީހަކު އުޅޭނެ ވަރަށް އޯވަރ ވެގެން.
    ބަލަންތިބޭތި.
    އެމީހާ ބޭނުންގޮތަކަށް ކަންކަން ނުކޮށްފިއްޔާ ދެދުވަހުން އެއްދުވަހު މުޒާހަރާ ކުރާނެ، ފުލުހުންނާއި ސިފައިންނަށް އަބަދު އެލާޓްގައި ތިބެންޖެހި އެމީހުންވެސް ވަރުބަލިކޮށްލާނެ.

    ތިއީ ރަނގަޅު ޗޮއިސްއެއްނޫން.

    2
    1
  9. މުހައްމަދު އަހްމަދު

    ނަޝީދު ބުނާހާ ގޮތެއް އެމްޑީޕީގެ ގިނަ ބަޔަކު ނަހަދާނެ. ޖޭޕީގެ ތިބި އެންމެން އެދަނީ އިބޫ ގާތަށް. އަމީނުގެ ކޮއްކޮ އަމީތު ވެސް. ޖޭޕީ އެއްކޮށް އިބޫ ގާތަށް ގޮސް ހުސްވާއިރު ވެސް ތި ކިޔަނީ ހޮވޭނެއޭ.

    5
    2
  10. މުހައްމަދު

    ލާދީނީ ނަޝީދު ހުއްޓާ ތިޔަ ޕާޓީއަށް ވޯޓް ދޭނީ އޭނަ ކަހަލަ މަދު މީހުން ކޮޅެއް

    2
    1
  11. ފަރުޙަތު

    ޖޭޕީގައި މިހާރު ސޭޓްގެ އަންހެނުން ވެސް ހުރިކަމެއް ނޭނގޭ.

    3
    1
  12. ހަސަންބެ

    ނަވާޒު ކަލޭމެންނަށް ލިބޭނީ 3 ވަނަ

  13. އަލީ އަހްމަދު

    އެމްޑީޕީޕީ މީހުން ހީކުރަނީ ބަޣާވާތަކީ ހަމައެކަނި ފެބުރުއަރީ 7 ކަމަށް ދޯ؟ ކޮބާ ފެބުރުއަރީ 8، އޮގަސްޓް 11،12،13 އަދި 1 ފެބުރުއަރީ، މޭޑޭ، މިހިރީ ހައްތާ ވެސް ފަހުގެ ތާރީޚެއްގައި ބަޣާވާތުގެ ދުވަސްތައް. އަދި ކޮބާ އުސް ފަސްގަނޑުގައި ހިންގަމުން ދިޔަ ބަޣާވާތް. ބަޣާވާތަކަށް ވަނީ ވެރިކަން ވެއްޓުނީމާތަ؟ ވެއްޓުނަސް ނުވެއްޓުނަސް ބަޣާވާތް ވާނީ ބަޣާވާތަށް. ހިއެއްނުވޭ އެމްޑީޕީއަށް މި ފަހަރު ވާނެހެން.

  14. ޝަރީފް

    ސޭޓްގެ އަންހެނުން ވެސް ހުރީ އިބޫއަށް. ދެން ކިހިނެއް ތިކަން ކުރާނީ.

  15. ދިވެހި ޒުވާނުން

    ހަހަހާ ހަހާހަ. ހާހާހި. އުފަންނުވާ ބައެއްގެ ތާއީދު ދޯ ލިބުނީ ހަމައެކަނި، ހަމަ ހިނި އަންނަނީ އަހެރެމެން

  16. ދިވެހި ޒުވާނުން

    ޤައުމުގައި ތިބިނަ،މަ ތިބިހާ ހުރިހާ ދީނީ ދަންނަބޭކަލުން މިފަހަރު އަރާނީ ރައީސް އިބޫ ކޮޅަށް- އިން ޝާ ﷲ - ޔާ ﷲ. ޤައުމުގެ ހުރިހާ ދީނީ ދަންނަބޭކަލުންނަށް ހެޔޮވިސްނުން ދެއްވައި އެބައި މީހުންގެ ތާއީދާއި އެކު އިބޫ އެކުލަވާ 2 ވަނަ ދައުރުގެ ވެރިކަމުން މި ގައުމުގެ އިސްލާމީ ވަރުގަދަ ހަޟާރަތަކަށް މަގު ފަހި ކުރުވާ ފާންދޭވެއެވެ. އަދި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް އަށް 2 ވަނަ ދައުރުގެ ވެރިންކަން މިންވަރު ކުރައްވައި މި ޤައުމަށް ހުރިހާ ގޮތަކުން މަންފާ އިތުރުކޮށް ދެއްވާން ދޭވެއެވެ. އާމީން.

    • މުހައްމަދު

      ރާއްޖޭގެ ތިބި ހުރިހާ ޝޭޚުން އިބޫ ކޮޅަށް އަރަންވީ، އޭނާ އިސްލާމްދީނަށް ލޯބިކުރުން ބޮޑުކަމުންތަ؟ ނުވަތަ އޭނާވަރުގެ ޤައުމިއްޔަތަށް ލޯބިކުރާ މީހަކު ނެތިގެންތަ؟ އިބޫ އަކަސް ނަޝީދަކަސް ތީ ހަމަ އެކައްޗެއް. ފިރުއައުނު ވެސް އެތައް އަހަރަކު މިސްރުގައި ވެރިކަން ކުރި. އެހެންވީމާ، އިބޫއަށް އަދި ކިތަންމެ ދައުރެއް ވެސް ލިބިދާނެ. އެކަމަކާ ދެބަހެެއް ނުވަން. އެކަމަކު ފުރިހަމަ ދިވެހި މުސްލިމެއްގެ އުންމީދަކަށް ވާންވާނީ އެ 2 މީހުން ކުރެ މީހަކަށް ޤައުމުގެ ބާރެއް ނުލިބުން.

    • Anonymous

      ވާނުވާގަ ހުރި މީހެއް ދޯ ތިއީ. ތިބުނާ އިބޫގެ ވެރިކަމުގައޭ ދީނަށް ފުރައްސާރަ ކޮށްފަ ރިޕޯޓު ތައް އެ ނެރެނީ ދެއިރު ދެދަޅައަށް. ލާދީނީ އެންމެންވެސް ހޮރުތަކުން މި ނިކުންނަނީ. ދެން ރާއްޖޭގަ ހުރި މުނާފިގު ޝޭހެއްނަމަ އިބޫ ވަރެއް ނެތިގެން އުޅެނީ. ތެދެއް ތި ބުނީ. އިމްރާން އިލްޔާސް ޒައިދު އިޔާޒު ދެންވެސް..

  17. ހަޤީޤަތް

    ޤާސިމް ވެރިކަމަށް ހޮވުނަސް 100 ދުވަސް ނުވާނެ ނަޝީދު ޖެއްސުން ކުރަން ފަށާނެ. ބޭރު ދިނުޔޭގައި ކިޔަން ފަށާނެ ޤާސިމަކީ ޕީޑަފައިލެކޭ. ޅަކުއްޖަކާ ކައިވެނިކޮގެނޭ އުޅެނީ 4 އަނބިން އެބަތިއްބޭ. ރާއްޖެ އަށް ގެސްޓުން ނުދާށޭ. މިޒާތުގެ ވަރަށް ބޮޑެތި ހާޖާނު ގަނޑު ގާސިމާ ދެކޮޅަށް ނަޝީދާއި އޭނާގެ ބައިވެރިން ހިންގަން ފަށާނެ.

  18. ގަލަން

    އެކަކު އަނެކަކައް ލަނޑު ދޭނީ ތިޔަމީހުން ވާގޮތް ބަލަން ތިބޭ. އެއްބުރުން ރައިސްކަމައް ހޮވޭނެ ރަގަޅު މީހަކުނެތް މިރާއްޖެއަކު

  19. ދަރި

    އެއްހޮރުން ދެފަހަރު ކަށިޖަހާފާނެކަމަށް ވިސްނަވައްޗޭ ބުނުއްވާވަފައިވޭ ކަނާތުންކުރާކަންތައް،
    ވާތަށްވެސްނޭގޭހާ ސިއްރުންކުރާނެކަމަށް، ޗާޓުންބޭރުވެސްވާނެކަމަށް ، ނުބައިކަންދައްކާލާނެ
    ކަމަށް ކުރިން މޮޔަފުޅުވެފައިވާކަމަށް ނުބުނުއްވަންތޯ މިހާރު އެންމެއިސްކޮށްނަންގަވަނީ
    ބޮޑުވަޒީރުކަމަށްފައި މިކަންނުވެއްޖެނަމަ........؟

  20. ހުސޭނުބޭ

    ތާޢީދޭ! ޤާސިމްބެ ފޫކޮޅުގައި ދަތްއަޅާކަށް ދެން މާގިނަ ދުވަހެއް ނެތް! އެއީ ނަޝީދު ތާޢީދުކުރާ ގޮތަކީ!

  21. Anonymous

    ނަޝީދަށް ބާރު ލިބޭކަށް ބޭނުމެއްނނޫން.
    އިބޫ އާނއިމްރާން މެން އެއަށްވުރެ ރަނގަޅު ވާނެ

  22. އަމަލުގިރީ

    ތިބުނަނީ އަމިއްލަ ޕާޓީ ޕްރައިމަރީން ބަލިވި މީހެއްގެ ވާހަކަ.. އަމިއްލަގޮތުން ވެރިކަމަށް ކުރިމަތިލާން ވެގެން 50000 މީހުން ހަމަ ވޭތޯ ފާޑެއްގެ ފޯމެއް ހަދައިގެން ސޮއި ހޯދަން އުޅެގެން އެކަން ވެސް ކާމިޔާބުނުވީމަ އެންމެފަހުން ގާސިމް ފަހަތަށް ދިޔައީ....

  23. ަމަގޭ

    ކުރިން ކީ ލާދީނީ ނަޝީދޭ. މިހާރު މިވީކިހިނެއް؟